Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މީޑިއާ ކޮންޓްރޯލް ކޮމިޝަން

މީޑީއާތަކަށް ބިރު ދެއްކުމުގެ ގޮތުން ސަރުކާރު ދިފާއު ކޮށް، ކޮންޓްރޯލް ކޮމިޝަނުން ބަޔާނެއް ނެރެފި

މެދުއިރުމަތީގެ ހަނގުރާމައާ ގުޅޭގޮތުން ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅުތަކެއް މީޑިއާތަކުން ރިޕޯޓުކުރުމާ ގުޅިގެން، ޚަބަރު ފެތުރުމުގައި ނޫސްވެރިންގެ ސުލޫކީ މިންގަނޑަށް ސަމާލުވުމަށް ކޮންޓްރޯލް ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައި. އެ ކޮމިޝަނުން ނެރުނު ބަޔާނުގައި ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ކަންކަމާއި، ހަގީގަތް އޮޅޭ ގޮތަށް އޯޑިއޯ އަދި ވީޑިއޯ ބޭނުންކުރުމުން ދުރުހެލިވުމަށް އަންގާފައިވޭ. މި ބަޔާން ނެރެފައިވަނީ އިޒްރޭލާއި އެމެރިކާއަށް ހަމަލާދިނުމަށް ހިތްވަރު ލިބޭ ފަދަ މޭރުމަކުން ރައީސް ދެއްކެވި ވާހަކަފުޅުތަކަކަށް ބޭރުގެ މީޑިއާތަކުގެ ސަމާލުކަން ލިބި، ސަރުކާރަށް ފިއްތުންތައް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 26 މާރިޗު 2026 | ބުރާސްފަތި 06:37
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރުންގެ ބައްދަލުވުމެއްގެ ތެރެއިން.

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރުންގެ ބައްދަލުވުމެއްގެ ތެރެއިން. | މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ބޭނުންވާ ގޮތަށް މެދުއިރުމަތީގެ ހަނގުރާމަ ރިޕޯޓު ނުކުރާ މީޑީއާތަކަށް ބިރު ދެއްކުމުގެ ގޮތުން ސަރުކާރު ދިފާއު ކޮށް، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (ކޮންޓްރޯލް ކޮމިޝަން) އިން ބަޔާނެއް ނެރެފި އެވެ.

ބުދަ ދުވަހު ކޮންޓްރޯލް ކޮމިޝަނުން ނެރުނު ބަޔާނުގައި ބުނީ، މީޑިއާތަކުން އާއްމުންނާ ހަމައަށް ޚަބަރާއި މައުލޫމާތު ފެތުރުމުގައި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ގާނޫނުގެ 38 ވަނަ މާއްދާގެ ދަށުން އެކުލަވައިލާފައިވާ ''ބްރޯޑްކާސްޓަރުންނާއި މީޑިއާގައި މަސައްކަތް ކުރާ ފަރާތްތަކާއި ނޫސްވެރިންގެ ސުލޫކީ މިންގަނޑު'' އާ އެއްގޮތަށް ޒިންމާދާރު ކަމާއެކު ޚަބަރާއި މައުލޫމާތު ފެތުރުމަށް އިލްތިމާސް ކުރާ ކަމަށެވެ. 

ބަޔާނުގައި ބުނީ، ވަކިން ޚާއްސަކޮށް ދުނިޔެ ހަނގުރާމައެއްގެ ބިރުވެރި ދުވަސްތަކެއް ކަޑައްތުކުރަމުން ގެންދާ މިޙައްސާސް ދަނޑިވަޅުގައި މީޑިއާތަކުން މިފަދަ ޚަބަރާއި މައުލޫމާތު ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމުގައި ހަވާލާދީފައިވާ ސުލޫކީ މިންގަނޑުގެ 5 ވަނަ މާއްދާ ''ގައުމީ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުން'' އަދި 6 ވަނަ މާއްދާގެ (ކ) ގައި ފެކްޗުއަލް ޕްރޮގްރާމްތަކުގައި އެކި ފަރާތްތަކުން ހޯދާ ކޮންޓެންޓު ހިމެނުމުގައި އެފަރާތްތަކުން ދެއްކި ވާހަކައިގެ މަފުހޫމް ނުގެއްލޭގޮތަށް ގެނެސްދިނުން'' ހިމެނޭ ކަމަށެވެ. އަދި 14 ވަނަ މާއްދާގެ (ރ) ގައި ''އަސްލާ އެއްގޮތަށް މެނިޕިއުލޭޓް ކޮށްފައިވާ އަދި ފެބްރިކޭޓް ކޮށްފައިވާ ފޮޓޯއާއި އޯޑިއޯ، ވީޑިއޯ ނަފްރަތު އުފެއްދުމުގެ ބޭނުމުގައި ބޭނުން ނުކުރުން'' މި މާއްދާތަކުގައި ބަޔާންކުރާ ކަންކަމަށް ޚާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ. 

މީގެ އިތުރުން މީޑިއާތަކުން އެފަރާތްތަކުގެ ފަރުދީ ޒިންމާ، ޒިންމާދާރު ކަމާއެކު މީޑިއާތަކުގެ ބެލެނިވެރިފަރާތުގެ ހައިސިއްޔަތުން މިދަނޑިވަޅުގައި ދިވެހި އެންމެހައި ނޫސްވެރިންނަށް ހަނދާން ކޮށްދޭކަމަށް ބުނެފައި ވެއެވެ. 

ކޮންޓްރޯލް ކޮމިޝަނުން މީޑިއާތަކަށް އަމާޒުކޮށް މިފަދަ ބަޔާނެއް މި ނެރުނީ، އިރާނުން އިޒްރޭލާއި އެމެރިކާއަށް ދެމުންދާ ހަމަލާތައް ވަރުގަދަ ކުރަން ހިތްވަރު ލިބޭ ގޮތަށް ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް މުއިއްޒު ވާހަކަ ދެއްކެވުމާއި ގުޅިގެން އެކަން މީޑީއާތަކުގައި ރިޕޯޓު ކުރުމާ ގުޅިގެންނެވެ. އަދި ބޭރުގެ މީޑީއާތަކުގެ ސަމާލުކަމަށް މިކަން އައުމާއެކު ދިވެހި ސަރުކާރަށް ޕްރެޝަރ ބޮޑުވެފައިވާ ދަނޑިވަޅެއްގަ އެވެ. 

މިމަހުގެ 23 ވަނަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވީ، އިރާނުން ހަމަލާ ދެންޏާ ދޭން ޖެހޭނީ ސީދާ އިޒްރޭލަށް ކަމަށާއި، އެމެރިކާގެ ތަންތަނަށް ކަމަށެވެ.  އެއީ އަޅުގަނޑުމެން ގަބޫލުކުރާ ގޮތް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

އިޒްރޭލަށް ހަމަ ހަމަލާ ދޭންވީ ހަމަ ރެ އާއި ދުވާލު. އަޅުގަނޑުމެން ވަރަށް ބޭނުން އެކަން އެގޮތަށް ދާން. އެހެނެއް ނޫން މުސްލިމު އަަރަބި ގައުމުތަކަށް ހަމަލާދިނީމާ މުސްލިމުން މަރުވާނީ. މުސްލިމުންގެ ތަންތަން ހަލާކުވާނީ ވެސް. އެހެނެއް ނޫން އިރާނުގެ ހަމަލާތައް އިޒްރޭލަށް އަދި މި ހަނގުރާމަ ކުރާ، އިރާނަށް ހަމަލާ ދޭ ދެ ފަރާތަށް، އެމެރިކާ އާއި އިޒްރޭލުގެ ތަންތަނަށް، އެ ސަރަހައްދުގެ މުސްލިމުންނަށް ގެއްލުން ނުވާ ގޮތަށް އެކަން ހިނގުމަކީ ކަން ނޭނގެ މިކަން ވާން ޖެހޭނެ ގޮތަކީ. އެއީ އަޅުގަނޑު ހިތުން ދިވެހި ސަރުކާރުގެ ސިޔާސަތަކީ. އެހެންވީމާ އެއްގޮތަކަށް ވެސް ފުރުސަތު ނުދޭނަން، ރާއްޖެ ބޭނުންކުރަން، އެއީ މިލިޓަރީ އެއާކްރާފްޓް އެކަންޏެއް ނޫން، ޑިޕްލޮމެޓިކަލީ ވިޔަސް، އަދި އެހެން ކަހަލަ އިންތިޒާމީ ކަމެއްގެ ގޮތުން ވިޔަސް ރާއްޖެ ބޭނުންކުރުމުގެ ފުރުސަތު ނުލިބޭނެ މި ހަނގުރާމައަކަށް.
ރައީސް ޑރ.މުހައްމަދު މުއިއްޒު 

ރައީސް މުއިއްޒު މިމޭރުމުން ވާހަކަފުޅު ދެއްކެވި ނަމަވެސް ފަހުން ސަރުކާރުން ވަނީ މިވާހަކަތައް ބަދަލު ކުރުމަށް މަސައްކަތް ކޮށްފަ އެވެ. 

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންމެދުއިރުމަތީގެ ހަމަނުޖެހުންއީރާން-އިޒްރޭލް-އެމެރިކާމީޑިއާ ކޮންޓްރޯލް ކޮމިޝަން

ކޮމެންޓް

އިތުރަށް ކިޔާލަން

އީރާން އިން ގަސްދުގައި ހަމަލާ ދޭ ކަމަށް ވިދާޅުވެ، އަރަބި އަދި އިސްލާމީ ޤައުމު ތަކުގެ މިނިސްޓަރުން އީރާންއާ ދެކޮޅަށް ތެދުވެއްޖެ

އީރާން އިން ގަސްދުގައި ހަމަލާ ދޭ ކަމަށް ވިދާޅުވެ، އަރަބި އަދި އިސްލާމީ ޤައުމު ތަކުގެ މިނިސްޓަރުން އީރާންއާ ދެކޮޅަށް ތެދުވެއްޖެ

19 މާރިޗު 2026
އިތުބާރު ގެއްލިއްޖެ ކަމަށް ވިދާޅުވެ، އީރާންއާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އަޅަން ޖެހިދާނެ ކަމުގެ އިންޒާރު ސައުދީގެ ފޮރިން މިނިސްޓަރު ދެއްވައިފި

އިތުބާރު ގެއްލިއްޖެ ކަމަށް ވިދާޅުވެ، އީރާންއާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އަޅަން ޖެހިދާނެ ކަމުގެ އިންޒާރު ސައުދީގެ ފޮރިން މިނިސްޓަރު ދެއްވައިފި

19 މާރިޗު 2026
އަރަބި ތިން ގައުމެއްގައި ހުރި ހަކަތަ އުފައްދާ މުހިންމު މަރުކަޒުތަކުގެ ކައިރީގައި ދިރިއުޅޭ މީހުން ވަގުތުން އެ ސަރަހައްދުތައް ދޫކޮށް ދިއުމަށް އީރާނުން އަމުރުކޮށްފި

އަރަބި ތިން ގައުމެއްގައި ހުރި ހަކަތަ އުފައްދާ މުހިންމު މަރުކަޒުތަކުގެ ކައިރީގައި ދިރިއުޅޭ މީހުން ވަގުތުން އެ ސަރަހައްދުތައް ދޫކޮށް ދިއުމަށް އީރާނުން އަމުރުކޮށްފި

18 މާރިޗު 2026
ލަރިޖާނީ އާއި ސުލައިމާނީ އަވަހާރަ ވެފައިވާކަން އީރާން އިން ކަށަވަރު ކޮށްދީފި

ލަރިޖާނީ އާއި ސުލައިމާނީ އަވަހާރަ ވެފައިވާކަން އީރާން އިން ކަށަވަރު ކޮށްދީފި

18 މާރިޗު 2026
ދުވާލެއްގެ މައްޗަށް 3000 އެއްހާ ބުކިންގ ދަނީ ކެންސަލްވަމުން، ހަރުދަނާ އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ!

ދުވާލެއްގެ މައްޗަށް 3000 އެއްހާ ބުކިންގ ދަނީ ކެންސަލްވަމުން، ހަރުދަނާ އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ!

16 މާރިޗު 2026

އަހަރުތަކުން މިއަދު

16 އެޕްރީލު
އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް
20251 އަހަރު ކުރިން
ރިޕޯޓު

އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް
20233 އަހަރު ކުރިން
މީހުން

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު