Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހަނގުރާމައިގެ ޙާލަތު

ހަނގުރާމައެއް ފެށުމުން އެކަމާ ކަންބޮޑުވާނެ ކަމެއް ނެތޭ ޤައުމުގެ ވެރިޔާ ވިދާޅުވި ހިސާބުން އެނގުނީ ސަރުކާރު އެފަދަ ޙާލަތަކަށް ތައްޔާރު ނޫންކަން: އިޙުސާން

12 މާރިޗު 2026 | ބުރާސްފަތި 05:12

އިހުސާން ވިދާޅުވީ، މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ސަޕްލައި ޗެއިންއަށް އޭގެ އަސަރު ކުރާ ކަމަށާއި، އޭގެ ލޮޅުން ރާއްޖޭގެ އިޤްތިސާދަށްވެސް އަރާނެކަމަށް، އަދި ކަން އެހެން އޮތްއިރު އެކަމާ ކަންބޮޑުވާނެ ކަމެއް ނެތޭ ޤައުމުގެ ވެރިޔާ ވިދާޅުވި ހިސާބުން ވެސް މި ސަރުކާރުން އެފަދަ ޙާލަތަކަށް ތައްޔާރު ނޫންކަން އެނގިގެން ގޮސްފައިވާކަމަށް އޭނާ ވިދާޅުވި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 12 މާރިޗު 2026 | ބުރާސްފަތި 05:12
ތެލުގެ އަގު ބޮޑުވާނެ ކަމުގެ އެއްވެސް އިޝާރާތެއް ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވިތާ އެންމެ ދެ ދުވަސް ތެރޭގައި، ރާއްޖޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ ރެކޯޑު މިންވަރަކަށް ބޮޑުވެފަ

ތެލުގެ އަގު ބޮޑުވާނެ ކަމުގެ އެއްވެސް އިޝާރާތެއް ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވިތާ އެންމެ ދެ ދުވަސް ތެރޭގައި، ރާއްޖޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ ރެކޯޑު މިންވަރަކަށް ބޮޑުވެފަ | ރައީސް އޮފީސް

މެދުއިރުމަތީގައި ހަނގުރާމައެއް ފެށުމުން އެކަމާ ކަންބޮޑުވާނެ ކަމެއް ނެތޭ ޤައުމުގެ ވެރިޔާ ވިދާޅުވި ހިސާބުން ވެސް މި ސަރުކާރުން އެފަދަ ޙާލަތަކަށް ތައްޔާރު ނޫންކަން އެނގިގެން ގޮސްފައިވާކަމަށް އިދިކޮޅު އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު މުހައްމަދު އިހުސާން ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އިހުސާން ވަނީ މެދުއިރުމަތީގައި ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ އިޤްތިސާދަށް ކޮށްފާނެ އަސަރުތަކަށް ސަރުކާރުން ސަމާލުވެ އެކަށީގެންވާ ފިޔަވަޅުތަކެއް އަޅަމުން ނުދާކަމަށް ވިދާޅުވެފައެވެ.

Advertisement - newsAdvertisement

އިހުސާން ވިދާޅުވީ، މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ސަޕްލައި ޗެއިންއަށް އޭގެ އަސަރު ކުރާ ކަމަށާއި، އޭގެ ލޮޅުން ރާއްޖޭގެ އިޤްތިސާދަށް ވެސް އަރާނެ ކަމަށެވެ.

މި ހުރިހާ ކަމެއް ނޫސް ކިޔާ   އެންމެ ކުޑަކުދިންނަށް ވެސް އެބަ އެނގޭ ދުނިޔޭގެ ސަޕްލައި ޗެއިންއަށް ލޮޅުމެއް އަރާ ހަމަ ކޮންމެ ފަހަރަކު އަޅުގަނޑުމެންގެ ދިވެހިރާއްޖޭގެ އިޤްތިސާދަށް އޭގެ ބުރޫ އެބަ އަރާ، ދަތުރުފަތުރުގެ ނިޒާމަށް ލޮޅުން އަރާ ކޮންމެ ފަހަރަކު ވެސް އަޅުގަނޑުމެންގެ އިޤްތިސާދަށް އެބަ ލޮޅުން އަރާ، މިއީ ރާއްޖޭގެ ތާރީޚަށް ބަލާއިރުވެސް ރާއްޖޭގެ ކޮންމެ ރައްޔިތަކަށްވެސް އެނގެން އޮތް ކަމެއް.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު މުހައްމަދު އިހުސާން

އިޙުސާން އިތުރަށް ވިދާޅުވީ، އެ ހުރިހާ ކަމެއް އެހެން ހުއްޓައި މެދުއިރުމަތީގެ ހަނގުރާމަ ފެށިފައިވާ ކަމަށާއި، ނަމަވެސް ޤައުމުގެ ރައީސް ޑރ މުޙައްމަދު މުއިއްޒު ވިދާޅުވީ އެކަމާމެދު ކަންބޮޑު ނުވުމަށް ކަމަށެވެ. އަދި އެކަމުން އެނގިގެން ދިޔައީ އެބޭފުޅުން މިފަދަ ޙާލަތަކަށް ތައްޔާރު ނޫން މިންވަރުކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މެދުއިރުމަތީގައި ހަނގުރާމައެއް ފެށުމުން އެކަމާ ކަންބޮޑުވާނެ ކަމެއް ނެތޭ ޤައުމުގެ ވެރިޔާ ބުނާ ހިސާބުން ދެން އަޅުގަނޑުމެންނަށް އެނގިއްޖެ މި މީހުން މިކަމަށް އެކަށީގެންވާ ގޮތެއްގައި ތައްޔާރުވެފައި ނެތްކަން.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު މުހައްމަދު އިހުސާން

އިހުސާން ވަނީ މި ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ ވަކި ކަމެއް އިސްތިސްނާ ކުރުމެއް ނެތި، ރައްޔިތުން އެންމެ ބޭނުންޖެހިފައިވާ ކޮންމެ ކަމެއްގައި ވެސް ރައީސް މުއިއްޒު ގެންދަވަނީ ހަގީގަތް އޮޅުވާލައްވައި ދޮގު ވައުދުތައް ވަމުން ކަމަށެވެ.

އިހުސާންއެމްޑީޕީމުއިއްޒު ސަރުކާރުމެދުއިރުމަތީގެ ހަމަނުޖެހުން

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

11 މާރިޗު 2026

އެމްޑީޕީ ޕިކަޕް ޖަލްސާ: އެމްޑީޕީ އިން މަސައްކަތްކުރަނީ ރައްޔިތުންގެ ވެރިކަމެއް ގާއިމްކުރަށް

11 މާރިޗު 2026
އެމްޑީޕީ ޕިކަޕް ޖަލްސާ: އެމްޑީޕީ އިން މަސައްކަތްކުރަނީ ރައްޔިތުންގެ ވެރިކަމެއް ގާއިމްކުރަށް
11 މާރިޗު 2026

ރައްޔިތުންނަށް ބޭނުންޖެހިފަ ހުރި ކިތަންމެ ކަމެއްގައި ރައީސް މުއިއްޒު ގެންދަވަނީ އޮޅުވާލަމުން: އިހުސާން

11 މާރިޗު 2026
 ރައްޔިތުންނަށް ބޭނުންޖެހިފަ ހުރި ކިތަންމެ ކަމެއްގައި ރައީސް މުއިއްޒު ގެންދަވަނީ އޮޅުވާލަމުން: އިހުސާން
11 މާރިޗު 2026

ރައްޔިތުން ތިބީ ސަރުކާރާއި ދޭތެރޭގައި ހިތްހަމަ ނުޖެހިފައި، ބޭނުންވަނީ ބަދަލު ކުރަން: މޭޔަރު އާޒިމް

11 މާރިޗު 2026
ރައްޔިތުން ތިބީ ސަރުކާރާއި ދޭތެރޭގައި ހިތްހަމަ ނުޖެހިފައި، ބޭނުންވަނީ ބަދަލު ކުރަން: މޭޔަރު އާޒިމް
11 މާރިޗު 2026

ރޯދައަށް ހުންނަވާ ރައީސް މުއިއްޒު އެންޓިކެމްޕޭން ކުރައްވާ އިތުރުފުޅު ހައްދަވައިފި: ޣާލިބު ވިދާޅުވީ އެ ލެވެލް އަށް ދުނިޔެއިން މޮޔަނުވާ ކަމަށް

11 މާރިޗު 2026
ރޯދައަށް ހުންނަވާ ރައީސް މުއިއްޒު އެންޓިކެމްޕޭން ކުރައްވާ އިތުރުފުޅު ހައްދަވައިފި: ޣާލިބު ވިދާޅުވީ އެ ލެވެލް އަށް ދުނިޔެއިން މޮޔަނުވާ ކަމަށް
11 މާރިޗު 2026

ޝާހިދު ރައީސް މުޢިއްޒަށް: ބިރުދެއްކުން ހުއްޓާލައްވާފަ ފަހަތައް ޖެހިވަޑައިގަންނަވާ!

11 މާރިޗު 2026
ޝާހިދު ރައީސް މުޢިއްޒަށް: ބިރުދެއްކުން ހުއްޓާލައްވާފަ ފަހަތައް ޖެހިވަޑައިގަންނަވާ!
11 މާރިޗު 2026

މި އިންތިޚާބު ވާނީ ވޯޓުލުމުގެ އަަސާސީ ހައްގު ލިބޭ ފަރާތްތަކަށް ވޯޓުލުމުގެ ފުރުސަތު އެންމެ ބޮޑަށް ހަނިކުރި އިންތިޚާބަށް، ސައްހަ ކަމާ މެދު ސުވާލު އުފެދޭ: އެމްޑީޕީ

11 މާރިޗު 2026
މި އިންތިޚާބު ވާނީ ވޯޓުލުމުގެ އަަސާސީ ހައްގު ލިބޭ ފަރާތްތަކަށް ވޯޓުލުމުގެ ފުރުސަތު އެންމެ ބޮޑަށް ހަނިކުރި އިންތިޚާބަށް، ސައްހަ ކަމާ މެދު ސުވާލު އުފެދޭ: އެމްޑީޕީ
11 މާރިޗު 2026

ކުރިއަށް އޮތް އިންތިޚާބުގައި ވޯޓު ގަޑުބަޑުކޮށް، ވޯޓުން ވައްކަން ކޮށް، ވޯޓު އޮޅުވާލުމުގެ ޖާގަ އެބަ އޮތް: އެމްޑީޕީ

11 މާރިޗު 2026
ކުރިއަށް އޮތް އިންތިޚާބުގައި ވޯޓު ގަޑުބަޑުކޮށް، ވޯޓުން ވައްކަން ކޮށް، ވޯޓު އޮޅުވާލުމުގެ ޖާގަ އެބަ އޮތް: އެމްޑީޕީ
11 މާރިޗު 2026

ރައީސްގެ ކިބައިން ފެންނަނީ އެވަގުތު ހިތަށް އައި އެއްޗެއް ވިދާޅުވެ، ވައުދަކަށް ހައްދަވަމުންގެންދަވާ ތަން: އާޒިމް

11 މާރިޗު 2026
ރައީސްގެ ކިބައިން ފެންނަނީ އެވަގުތު ހިތަށް އައި އެއްޗެއް ވިދާޅުވެ، ވައުދަކަށް ހައްދަވަމުންގެންދަވާ ތަން: އާޒިމް
10 މާރިޗު 2026

މެޖޯރިޓީ ނެތުމުން ކަންކަން ނުކުރެވޭ، މި އިންތިހާބުގައި މާލޭ ކައުންސިލް މެޖޯރިޓީ ހޯދައި ތަރައްގީ ނެރެދޭނެ: ރައީސް ސޯލިހު

10 މާރިޗު 2026
މެޖޯރިޓީ ނެތުމުން ކަންކަން ނުކުރެވޭ، މި އިންތިހާބުގައި މާލޭ ކައުންސިލް މެޖޯރިޓީ ހޯދައި ތަރައްގީ ނެރެދޭނެ: ރައީސް ސޯލިހު
10 މާރިޗު 2026

ދެ އިންތިހާބު އެއްކޮށްލާ ވޯޓުގެ މައުލޫމާތު ދިނުމަށް އެމްޑީޕީ އިން އެތައް ހާސް ލީފްލެޓެއް މާލޭގައި ބަހައިފި

10 މާރިޗު 2026
ދެ އިންތިހާބު އެއްކޮށްލާ ވޯޓުގެ މައުލޫމާތު ދިނުމަށް އެމްޑީޕީ އިން އެތައް ހާސް ލީފްލެޓެއް މާލޭގައި ބަހައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް