Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

ލަރިޖާނީ އާއި ސުލައިމާނީ އަވަހާރަ ވެފައިވާކަން އީރާން އިން ކަށަވަރު ކޮށްދީފި

އައިއާރުޖީސީ އިން ބުނީ ލަރިޖާނީ އާއި އެހެން ބޭފުޅުން ޝަހީދު ކޮށްލި ކޮށްލުން ހަނދާން ނުނެތޭނެ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 18 މާރިޗު 2026 | ބުދަ 04:18
އީރާންގެ ސެކިއުރިޓީ ކައުންސިލްގެ ޗީފް ލަރިޖާނީ އާއި، ބަސީޖް ފޯސްގެ ކޮމާންޑަރު ސުލައިމާނީ

އީރާންގެ ސެކިއުރިޓީ ކައުންސިލްގެ ޗީފް ލަރިޖާނީ އާއި، ބަސީޖް ފޯސްގެ ކޮމާންޑަރު ސުލައިމާނީ | ރޮއިޓާސް

އީރާންގެ ސެކިއުރިޓީ ޗީފް އަލީ ލަރިޖާނީ އާއި، އީރާންގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ)ގެ ބަސީޖް ފޯސްގެ ކޮމާންޑަރު ގޮލާމްރޭޒް ސުލައިމާނީ އަވަހާރަވެފައިވާކަން ކަށަވަރު ކޮށްދީފި އެވެ.

އަންގާރަ ދުވަހު އިޒްރޭލް އިން ވަނީ ލަރިޖާނީ އާއި ސުލައިމާނީ އަަށް އަމާޒުކޮށް ހަމަލާ ދީ، އެ ދެ ބޭފުޅުން އަވަހާރަ ކޮށްލާފައިވާ ކަމަަށް އިއުލާން ކޮށްފަ އެވެ. އެކަން އިއުލާން ކުރީ އިޒްރޭލްގެ ޑިފެންސް މިނިސްޓަރު އިޒްރާއީލް ކާޓްޒް އެވެ.

އޭގެ އެތައް އިރު ތަކެއް ފަހުން އީރާން އިން ވަނީ ލަރިޖާނީ އާއި ސުލައިމާނީ އަވަހާރަ ވެފައިވާ ކަމަށް ހާމަ ކޮށްފަ އެވެ. އެގޮތުން އައިއާރުޖީސީ އިން ބުނީ، އެހެން ޝަހީދުންނެކޭ އެއް ފަދައިން ލަރިޖާނީގެ ހަނދާން ވެސް އަބަދަށް ހުންނާނެ ކަމަށެވެ. އަދި ލަރިޖާނީ އަކީ ހިތްވަރު ގަދަ އަދި ވިސްނުން ތޫނު ބޭފުޅެއްގެ ގޮތުގައި ވެސް ސިފަ ކޮށްފަ އެވެ.

އައިއާރުޖީސީ އިން ބުނީ ލަރިޖާނީ އާއި އެހެން ބޭފުޅުން ޝަހީދު ކޮށްލި ކޮށްލުން ހަނދާން ނުނެތޭނެ ކަމަށެވެ.

ލަރިޖާނީ އަކީ އީރާންގައި ވަރަށް ނުފޫޒު ގަދަ އަދި ޤަދަރުވެރި ބޭފުޅެކެވެ. ޚާއްޞަކޮށް އީރާންގެ އިސް ވެރިންނާއި، އަސްކަރިއްޔާގެ އޮފިސަރުން އަދި ރައްޔިތުން ވެސް އިންތިހާ އަށް އިޙުތިރާމް ކުރައްވާ ބޭފުޅެކެވެ.

މަސްދަރު: އަލް ޖަޒީރާ

އީރާން-އެމެރިކާއީރާން-އިޒްރޭލް-އެމެރިކާއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ ޢަލީ ލަރިޖާނީއިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް

އިތުރަށް ކިޔާލަން

17 މާރިޗު 2026

އީރާނުގެ ހަމަލާތަކުގައި އެމެރިކާގެ 200 މީހުން މަރުވެއްޖެ: އިންޓެލިޖެންސް

17 މާރިޗު 2026
އީރާނުގެ ހަމަލާތަކުގައި އެމެރިކާގެ 200 މީހުން މަރުވެއްޖެ: އިންޓެލިޖެންސް
17 މާރިޗު 2026

އީރާންއާ ދެކޮޅަށް ޓްރަމްޕް ކުރިއަށް ގެންދާ ހަނގުރާމައާ ދެކޮޅު ހެދުމުގެ ގޮތުން، އެމެރިކާގެ ކައުންޓަޓެރަރިޒަމް ޑިރެކްޓަރު އިސްތިއުފާ ދެއްވައިފި

17 މާރިޗު 2026
އީރާންއާ ދެކޮޅަށް ޓްރަމްޕް ކުރިއަށް ގެންދާ ހަނގުރާމައާ ދެކޮޅު ހެދުމުގެ ގޮތުން، އެމެރިކާގެ ކައުންޓަޓެރަރިޒަމް ޑިރެކްޓަރު އިސްތިއުފާ ދެއްވައިފި
17 މާރިޗު 2026

ލަރިޖާނީގެ އެކައުންޓުން ލިޔުމެއް ޕޯސްޓު ކޮށްފި، އީރާންގެ ރަސްމީ ބަހެއް ނެތް

17 މާރިޗު 2026
ލަރިޖާނީގެ އެކައުންޓުން ލިޔުމެއް ޕޯސްޓު ކޮށްފި، އީރާންގެ ރަސްމީ ބަހެއް ނެތް
17 މާރިޗު 2026

ލަރިޖާނީ އަށް އަމާޒުކޮށް ހަމަލާދީ އަވަހާރަ ކޮށްލާފައިވާ ކަމަށް، އިޒްރޭލްގެ ޑިފެންސް މިނިސްޓަރު ވިދާޅުވެއްޖެ

17 މާރިޗު 2026
ލަރިޖާނީ އަށް އަމާޒުކޮށް ހަމަލާދީ އަވަހާރަ ކޮށްލާފައިވާ ކަމަށް، އިޒްރޭލްގެ ޑިފެންސް މިނިސްޓަރު ވިދާޅުވެއްޖެ
17 މާރިޗު 2026

އީރާންގެ ބަސީޖް ފޯސްގެ ކޮމާންޑަރު ސުލައިމާނީ އަވަހާރަ ކޮށްލާފައިވާ ކަމަށް އިޒްރޭލް އިން ބުނެފި

17 މާރިޗު 2026
އީރާންގެ ބަސީޖް ފޯސްގެ ކޮމާންޑަރު ސުލައިމާނީ އަވަހާރަ ކޮށްލާފައިވާ ކަމަށް އިޒްރޭލް އިން ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު