Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

އަރަބި ތިން ގައުމެއްގައި ހުރި ހަކަތަ އުފައްދާ މުހިންމު މަރުކަޒުތަކުގެ ކައިރީގައި ދިރިއުޅޭ މީހުން ވަގުތުން އެ ސަރަހައްދުތައް ދޫކޮށް ދިއުމަށް އީރާނުން އަމުރުކޮށްފި

އީރާނުގެ ހަކަތަ އުފައްދާ މަރުކަޒުތަކަށް އެމެރިކާއާއި އިޒްރޭލުން ދިން ހަމަލާތަކާ ގުޅިގެން، ސައުދީ އަރަބިއްޔާ، ޔޫ.އޭ.އީ އަދި ގަތަރުގެ މުހިންމު ތެޔޮ ބަނދަރުތަކާއި ރިފައިނަރީތަކަށް ބަދަލުހިފުމުގެ ހަމަލާދޭނެ ކަމުގެ އިންޒާރު އައި.އާރް.ޖީ.ސީ އިން ވަނީ ދީފައި. މި ސަރަހައްދުތަކަކީ މިހާރު ހަމަލާދޭނެ ސައްހަ އަމާޒުފަތްތަކެއް ކަމަށް ކަނޑައަޅައި، އެ ތަންތަނުގެ ކައިރީގައި އުޅޭ މީހުން ވަގުތުން ދިއުމަށް އީރާނުން ވަނީ އަމުރުކޮށްފައި. އަރަބި ގައުމުތަކުގެ ވެރިން އެމެރިކާއަށް ތާއީދުކުރާތީ، ކުރިމަތިވާނެ ނުރައްކާތަކުގެ ފުރިހަމަ ޒިންމާ އެ ގައުމުތަކުގެ ވެރިން އުފުލަންޖެހޭނެ ކަމަށްވެސް އީރާނުން ބުނެފައިވޭ.

ރާއްޖެ އެމްވީ | 18 މާރިޗު 2026 | ބުދަ 16:46
އީރާނުގެ ދެކުނުގައި ހުރި ގޭސް ރިފައިނަރީތަކަކަށް އިޒްރޭލުން ވަނީ ހަމަލާ ދީފައި.

އީރާނުގެ ދެކުނުގައި ހުރި ގޭސް ރިފައިނަރީތަކަކަށް އިޒްރޭލުން ވަނީ ހަމަލާ ދީފައި. | ޕްރެސްޓީވީ

އީރާނުގެ ދެކުނުގައި ހުރި ގޭސް އުފައްދާ މަރުކަޒުތަކަކަށް ދިން ހަމަލާތަކާ ގުޅިގެން، ފާރިސީ ކަނޑުއޮޅީގެ އަރަބި ތިން ގައުމެއްގައި ހުރި ހަކަތަ އުފައްދާ މުހިންމު މަރުކަޒުތަކުގެ ކައިރީގައި ދިރިއުޅޭ މީހުން ވަގުތުން އެ ސަރަހައްދުތަކުން ދިއުމަށް އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) އިން އަމުރުކޮށްފިއެވެ.

އައި.އާރް.ޖީ.ސީ އިން ނެރުނު އިންޒާރުގައި ބުނެފައިވަނީ ސައުދީ އަރަބިއްޔާ، ގަތަރު އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ) ގައި ހުރި ފަސް ކޮމްޕްލެކްސްއަކާއި، ދެ ރިފައިނަރީއަކާއި، ދެ ޕެޓްރޯކެމިކަލް ކޮމްޕްލެކްސްގެ އިތުރުން ގޭސް ފީލްޑެއް މިހާރު ވެފައިވަނީ އީރާނުން ބަދަލުހިފުމުގެ ގޮތުން ހަމަލާދޭނެ ސައްހަ އަމާޒުފަތްތަކަކަށް ކަމަށެވެ.

މި މަރުކަޒުތަކުގެ ކައިރީގައި ދިރިއުޅޭ ރައްޔިތުންނާއި، އެ ގައުމުތަކުގައި ވަޒަންވެރިވެފައިވާ މީހުންނާއި، އެ ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި، އެ ސަރަހައްދުތަކުން ވަގުތުން ދިއުމަށް އައި.އާރް.ޖީ.ސީ އިން ވަނީ އިލްތިމާސްކޮށްފައެވެ.

މި އިންޒާރުގައި ބަޔާންކޮށްފައިވާ މަރުކަޒުތަކުގެ ތެރޭގައި ސައުދީ އަރަބިއްޔާގެ ސޭމްރެފް ރިފައިނަރީއާއި ޖުބައިލް ޕެޓްރޯކެމިކަލް ކޮމްޕްލެކްސް، ޔޫ.އޭ.އީގެ އަލް-ހުސްން ގޭސް ފީލްޑް، އަދި ގަތަރުގެ އަލް-މަސައިދު ހޯލްޑިންގް އެންޑް ޕެޓްރޯކެމިކަލް ކޮމްޕްލެކްސްގެ އިތުރުން ރަސް ލައްފާން ރިފައިނަރީގެ ފޭސް 1 އަދި 2 ހިމެނެއެވެ.

ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާއާއި އިޒްރޭލުން ހަމަލާދޭން ފެށީއްސުރެ، އީރާނުގެ ހަކަތަ އުފައްދާ މުހިންމު މަރުކަޒުތަކަށް ދޭ ކޮންމެ ހަމަލާއަކީ ރަތް ރޮނގު ހުރަސްކުރުން ކަމަށް އީރާނުން ވަނީ އިންޒާރުދީފައެވެ. އަދި އެމެރިކާއާ ގުޅުން އޮންނަ ފާރިސީ ކަނޑުއޮޅީގެ ގައުމުތަކުގެ ތެޔޮ އަދި ގޭސް އުފައްދާ ތަންތަނަށް ބަދަލުހިފުމުގެ ހަމަލާދޭނެ ކަމުގެ ވައުދުވެސް އީރާނުން ވަނީ ވެފައެވެ.

އީރާނުގެ އޮއިލް މިނިސްޓްރީގެ އޮފިޝަލުން ބުދަ ދުވަހު ވިދާޅުވީ، އެމެރިކާއާއި އިޒްރޭލުގެ ވައިގެ ހަމަލާތައް އަމާޒުވެފައިވަނީ އީރާނުގެ އައްސޭރިފަށުގެ ރަށެއް ކަމަށްވާ އަސަލޫޔޭގައި ހުރި ރިފައިނަރީތަކުގެ ބައެއް ބައިތަކަށް ކަމަށެވެ. އަސަލޫޔޭއަކީ އީރާނާއި ގަތަރުގެ ކަނޑުގެ ބޯޑަރުގައި އޮންނަ، ދުނިޔޭގެ އެންމެ ބޮޑު ގޭސް ފީލްޑް ކަމަށްވާ ސައުތު ޕާސް އިން ނަގާ ގޭހުގެ ބޮޑު ބައެއް ސާފުކުރާ ރަށެވެ.

އައި.އާރް.ޖީ.ސީގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ފާރިސީ ކަނޑުއޮޅީގެ އަރަބި ގައުމުތަކުގެ ވެރިން އީރާނުގެ އިންޒާރުތަކަށް ފަރުވާކުޑަކޮށް، "ބީރު ކަންފަތެއް" ދެމުންދާ ކަމަށާއި، އެ ބޭފުޅުން ނިންމަވާ ނިންމެވުންތަކަކީ އެ ގައުމުތަކުގެ ރައްޔިތުންގެ އިހުސާސްތައް ރަމްޒުކޮށްދޭ ނިންމެވުންތަކެއް ނޫން ކަމަށެވެ.

"އެހެންކަމުން، މި ނިންމުންތަކުގެ ސަބަބުން ކުރިމަތިވާނެ ހުރިހާ ނަތީޖާއެއްގެ ފުރިހަމަ ޒިންމާ އެ ބޭފުޅުން އުފުއްލަވަން ޖެހޭނެއެވެ." އީރާނުން ބުނެފައިވެއެވެ.

އީރާންއައިއާރުޖީސީޔޫއޭއީގަތަރުއީރާން-އިޒްރޭލް-އެމެރިކާހޫނު ހަބަރު

ކޮމެންޓް

އިތުރަށް ކިޔާލަން

ސައުދީ އަރަބިއްޔާގެ ވެރިރަށުން ބާރުގަދަ ދެ ގޮވުމެއްގެ އަޑު އިވިއްޖެ، ގަތަރުގެ އެލްއެންޖީ މަރުކަޒު އީރާނުގެ އިންޒާރާއެކު ހުސްކުރަން ފަށައިފި

ސައުދީ އަރަބިއްޔާގެ ވެރިރަށުން ބާރުގަދަ ދެ ގޮވުމެއްގެ އަޑު އިވިއްޖެ، ގަތަރުގެ އެލްއެންޖީ މަރުކަޒު އީރާނުގެ އިންޒާރާއެކު ހުސްކުރަން ފަށައިފި

18 މާރިޗު 2026
އީރާން ހަނގުރާމައިގެ ސަބަބުން ކުރިމަތިވެދާނެ ދަތިތަކަށް ކުޅުދުއްފުށި ސިޓީ ކައުންސިލުން މުހިންމު ފިޔަވަޅުތަކެއް އަޅަން ނިންމައިފި

އީރާން ހަނގުރާމައިގެ ސަބަބުން ކުރިމަތިވެދާނެ ދަތިތަކަށް ކުޅުދުއްފުށި ސިޓީ ކައުންސިލުން މުހިންމު ފިޔަވަޅުތަކެއް އަޅަން ނިންމައިފި

18 މާރިޗު 2026
ގަލްފު ގައުމުތަކުގެ ތެލާއި ގޭސް މަރުކަޒުތައް އަންދާ އަޅިޔަށް ހަދާލާނެ ކަމުގެ އިންޒާރު އިރާނުން ދީފި

ގަލްފު ގައުމުތަކުގެ ތެލާއި ގޭސް މަރުކަޒުތައް އަންދާ އަޅިޔަށް ހަދާލާނެ ކަމުގެ އިންޒާރު އިރާނުން ދީފި

18 މާރިޗު 2026
ފިޠުރުޢީދު ދުވަހަކީ އަންނަ ހުކުރު ދުވަސް ކަމަށް ސައުދީން އިޢުލާނުކޮށްފި

ފިޠުރުޢީދު ދުވަހަކީ އަންނަ ހުކުރު ދުވަސް ކަމަށް ސައުދީން އިޢުލާނުކޮށްފި

18 މާރިޗު 2026
ލަރިޖާނީ އާއި ސުލައިމާނީ އަވަހާރަ ވެފައިވާކަން އީރާން އިން ކަށަވަރު ކޮށްދީފި

ލަރިޖާނީ އާއި ސުލައިމާނީ އަވަހާރަ ވެފައިވާކަން އީރާން އިން ކަށަވަރު ކޮށްދީފި

18 މާރިޗު 2026

އަހަރުތަކުން މިއަދު

8 އެޕްރީލު
ކުރިއަށް އޮތް 6 މަސް ދުވަހަށް އެމްޕީއެލް މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ ކަނޑާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ކުރިއަށް އޮތް 6 މަސް ދުވަހަށް އެމްޕީއެލް މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ ކަނޑާލައިފި

ޝިފާ ހޮސްޕިޓަލް ޤަބުރުސްތާނަކަށް، މުޅި ތަނުގައި ޤަބުރު ކުނިވަސް!
20242 އަހަރު ކުރިން
ރިޕޯޓު

ޝިފާ ހޮސްޕިޓަލް ޤަބުރުސްތާނަކަށް، މުޅި ތަނުގައި ޤަބުރު ކުނިވަސް!

"2 މިލިއަނުންވެސް ނުފުދޭ، ދެން ކޮންތާކުންތަ ފައިސާ ނެރެންވީ؟"
20233 އަހަރު ކުރިން
ރިޕޯޓު

"2 މިލިއަނުންވެސް ނުފުދޭ، ދެން ކޮންތާކުންތަ ފައިސާ ނެރެންވީ؟"

ހަތަރު އަހަރު ފަހުން ދަރިފުޅު ފެނުނީ ޑްރަގާއި ދެކޮޅަށް ތެދުވުމަށް އެމްޓީސީސީން ދިން ފުރުސަތުގެ ސަބަބުން
20224 އަހަރު ކުރިން
ރިޕޯޓު

ހަތަރު އަހަރު ފަހުން ދަރިފުޅު ފެނުނީ ޑްރަގާއި ދެކޮޅަށް ތެދުވުމަށް އެމްޓީސީސީން ދިން ފުރުސަތުގެ ސަބަބުން

"ޕޮލިސް ބޯޑު" އެކުލަވާލައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

"ޕޮލިސް ބޯޑު" އެކުލަވާލައްވައިފި

މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލާނަން: ޖާބިރު
20197 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލާނަން: ޖާބިރު

ބަރުދަން ލުއި ކުރަން ޕާސްތާ ބަރާބަރު: ދިރާސާ
20188 އަހަރު ކުރިން
ސިއްހަތު

ބަރުދަން ލުއި ކުރަން ޕާސްތާ ބަރާބަރު: ދިރާސާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު