Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އީރާނުން އިޒްރޭލުގެ ހައިފާގެ ތެޔޮ ރައްކާކުރާ މަރުކަޒަށް ހަމަލާދީފި

11 މާރިޗު 2026 | ބުދަ 03:02

އީރާނުގެ ރޫހާނީ ލީޑަރާއި އަސްކަރީ އިސްވެރިން އަވަހާރަކޮށްލުމާ ގުޅިގެން، އެމެރިކާ އާއި އިޒްރޭލުން އެ ގައުމަށް ދެމުންދާ ހަމަލާތަކުގައި އާންމުންނަށާއި އުމްރާނީ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައި. މި ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން އީރާނުން ދަނީ އިޒްރޭލާއި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް މިސައިލާއި ޑްރޯން ހަމަލާތައް ފޮނުވަމުން. އީރާނުގެ އަސްކަރިއްޔާއިން ބުނެފައިވަނީ ބާތިލުގެ މައްޗަށް ހައްގަށް ނަސްރު ލިބެންދެން މި ހަނގުރާމަ މެދުކެނޑުމެއް ނެތި ކުރިއަށްގެންދާނެ ކަމަށް.

ރާއްޖެ އެމްވީ | 11 މާރިޗު 2026 | ބުދަ 03:02
އީރާނުން ފޮނުވާލި މިސައިލް ހަމަލާތަކަކާ ގުޅިގެން، އިޒްރޭލުގެ އުތުރާއި މެދުތެރޭގެ އެކި ސަރަހައްދުތަކަށް ލިބުނު ގެއްލުންތަކާ އެކު، ކުއްލި ހާލަތްތަކުގައި ހަރަކާތްތެރިވާ ޓީމުތަކުން އެ ސަރަހައްދުތަކުގައި ދަނީ މަސައްކަތް ކުރަމުން. މި ހަމަލާތަކުގައި އެންމެ ބޮޑު ގެއްލުމެއް ލިބުނު އެއް ތަނަކީ ހައިފާގައި ހުންނަ ތެޔޮ ސާފުކުރާ ކާރުޚާނާ.

އީރާނުން ފޮނުވާލި މިސައިލް ހަމަލާތަކަކާ ގުޅިގެން، އިޒްރޭލުގެ އުތުރާއި މެދުތެރޭގެ އެކި ސަރަހައްދުތަކަށް ލިބުނު ގެއްލުންތަކާ އެކު، ކުއްލި ހާލަތްތަކުގައި ހަރަކާތްތެރިވާ ޓީމުތަކުން އެ ސަރަހައްދުތަކުގައި ދަނީ މަސައްކަތް ކުރަމުން. މި ހަމަލާތަކުގައި އެންމެ ބޮޑު ގެއްލުމެއް ލިބުނު އެއް ތަނަކީ ހައިފާގައި ހުންނަ ތެޔޮ ސާފުކުރާ ކާރުޚާނާ. | އެކްސް

އީރާންގެ ތެޔޮ ގުދަންތަކަށް އިޒްރޭލުން ދިން ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން، ހައިފާގައި ހުންނަ އިޒްރޭލުގެ ތެޔޮ ރައްކާކުރާ މަރުކަޒުތަކަށް އީރާންގެ ވައިގެ ސިފައިން ޑްރޯން ހަމަލާތަކެއް ދީފިކަން އެ ގައުމުގެ އަސްކަރިއްޔާއިން އަންގާރަ ދުވަހު އިއުލާންކޮށްފިއެވެ.

އީރާންގެ އަސްކަރިއްޔާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، އެމެރިކާ އާއި ކުޑަކުދިން މަރަމުންދާ ޒަޔަނިސްޓް އިޒްރޭލުން ހިންގާ ޖަރީމާތަކާ ދެކޮޅަށް ކުރާ ހަނގުރާމަ، ބާތިލުގެ މައްޗަށް ހައްގަށް ނަސްރު ލިބެންދެން މެދުކެނޑުމެއް ނެތި ކުރިއަށްދާނެ ކަމަށެވެ.

އެމެރިކާ އާއި ޒަޔަނިސްޓް އިޒްރޭލުން އީރާނާ ދެކޮޅަށް ފުޅާ ދާއިރާއެއްގައި އަސްކަރީ ހަރަކާތްތަކެއް ފަށާފައިވަނީ، ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އީރާންގެ އިސްލާމީ އިންގިލާބުގެ ލީޑަރު އާޔަތުﷲ ސައްޔިދު އަލީ ޚާމަނާއީ އާއި، އަސްކަރިއްޔާގެ އިސް ކޮމާންޑަރުންތަކެއްގެ އިތުރުން އާންމު ރައްޔިތުންތަކެއް އަވަހާރަކޮށްލުމާ ގުޅިގެންނެވެ.

އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދެމުންދާ ހަމަލާތަކުގައި އެ ގައުމުގެ އަސްކަރީ މަރުކަޒުތަކަށާއި އާންމުން ދިރިއުޅޭ ސަރަހައްދުތަކަށް ވައިގެ މަގުން ގިނަ ހަމަލާތަކެއް ދީފައިވާއިރު، މި ހަމަލާތަކުގައި ގިނަ ބަޔަކު މަރުވެ، އީރާންގެ އުމްރާނީ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.

މި ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން އީރާންގެ ހަތިޔާރު އެޅި ފައުޖުތަކުން ދަނީ އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި ހުރި އެމެރިކާ އާއި އިޒްރޭލުގެ މަރުކަޒުތަކަށާއި، ސަރަހައްދީ ގައުމުތަކުގައި ހުރި އެ ގައުމުތަކުގެ އަސްކަރީ ބޭސްތަކަށް އަމާޒުކޮށް ގިނަ އަދަދެއްގެ މިސައިލާއި ޑްރޯން ހަމަލާތައް ފޮނުވަމުންނެވެ.

އީރާން-އިޒްރޭލްހައިފާއީރާން-އިޒްރޭލް-އެމެރިކާ

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

11 މާރިޗު 2026

ސަރަހައްދީ ސަލާމަތާއި ހަމަޖެހުމަކީ "އެންމެނަށް އޮންނަންޖެހޭނެ އެއްޗެއް ކަމަށާއި، ނޫން ނަމަ އެއްވެސް ބަޔަކަށް އެ އަމާންކަން ނޯންނާނެ" ކަމަށް ބުނެ އީރާނުން އިންޒާރު ދީފި

11 މާރިޗު 2026
ސަރަހައްދީ ސަލާމަތާއި ހަމަޖެހުމަކީ "އެންމެނަށް އޮންނަންޖެހޭނެ އެއްޗެއް ކަމަށާއި، ނޫން ނަމަ އެއްވެސް ބަޔަކަށް އެ އަމާންކަން ނޯންނާނެ" ކަމަށް ބުނެ އީރާނުން އިންޒާރު ދީފި
11 މާރިޗު 2026

އީރާނުން އެމެރިކާ އާއި އިޒްރޭލުގެ ރާޑަރު ނިޒާމުތަކުގެ ބޮޑު ބައެއް ހަލާކުކޮށްލައިފި

11 މާރިޗު 2026
އީރާނުން އެމެރިކާ އާއި އިޒްރޭލުގެ ރާޑަރު ނިޒާމުތަކުގެ ބޮޑު ބައެއް ހަލާކުކޮށްލައިފި
11 މާރިޗު 2026

ޓްރަމްޕް ނައްތާލަފާނެ ކަމުގެ އިންޒާރު އީރާނުން ދީފި

11 މާރިޗު 2026
ޓްރަމްޕް ނައްތާލަފާނެ ކަމުގެ އިންޒާރު އީރާނުން ދީފި
11 މާރިޗު 2026

އީރާނުން ހުއްޓުމެއް ނެތި 3 ގަޑިއިރު ވަންދެން މިސައިލް ހަމަލާތައް އިޒްރޭލާއި އެމެރިކާގެ އަމާޒުތަކަށް ދީފި

11 މާރިޗު 2026
އީރާނުން ހުއްޓުމެއް ނެތި 3 ގަޑިއިރު ވަންދެން މިސައިލް ހަމަލާތައް އިޒްރޭލާއި އެމެރިކާގެ އަމާޒުތަކަށް ދީފި
11 މާރިޗު 2026

ޕްރޮފައިލް: އާޔަތުﷲ މުޖުތަބާ ޚާމަނާއީ - އީރާނުގެ އިސްލާމީ އިންގިލާބުގެ ތިންވަނަ ލީޑަރު

11 މާރިޗު 2026
ޕްރޮފައިލް: އާޔަތުﷲ މުޖުތަބާ ޚާމަނާއީ - އީރާނުގެ އިސްލާމީ އިންގިލާބުގެ ތިންވަނަ ލީޑަރު
10 މާރިޗު 2026

އީރާން ހަނގުރާމަ އިން އެންމެ ބޮޑު ފައިދާއެއް ލިބެނީ ހަމައެކަނި ރަޝިޔާ އަށް: ޔޫރަޕިއަން ކައުންސިލްގެ ރައީސް

10 މާރިޗު 2026
އީރާން ހަނގުރާމަ އިން އެންމެ ބޮޑު ފައިދާއެއް ލިބެނީ ހަމައެކަނި ރަޝިޔާ އަށް: ޔޫރަޕިއަން ކައުންސިލްގެ ރައީސް
10 މާރިޗު 2026

ހަނގުރާމަ ހުއްޓާލުމުގެ ވިސްނުމެއް ނެތް، ހަމަލާ ދޭ ފަރާތް ތަކުގެ އަނގަ މަތީގައި ފައިން ޖަހާ ރަނގަޅު ފިލާވަޅެއް ދޭން ޖެހޭ: އީރާންގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް

10 މާރިޗު 2026
ހަނގުރާމަ ހުއްޓާލުމުގެ ވިސްނުމެއް ނެތް، ހަމަލާ ދޭ ފަރާތް ތަކުގެ އަނގަ މަތީގައި ފައިން ޖަހާ ރަނގަޅު ފިލާވަޅެއް ދޭން ޖެހޭ: އީރާންގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް
10 މާރިޗު 2026

އީރާންއާ ދެކޮޅަށް ދޭ ހަމަލާތައް އަދި ނުނިމޭ ކަމަށް ވިދާޅުވެ، ނަތަންޔާހޫގެ އިންޒާރެއް

10 މާރިޗު 2026
އީރާންއާ ދެކޮޅަށް ދޭ ހަމަލާތައް އަދި ނުނިމޭ ކަމަށް ވިދާޅުވެ، ނަތަންޔާހޫގެ އިންޒާރެއް
10 މާރިޗު 2026

އެމެރިކާ އާއި އިޒްރޭލްގެ ހަނގުރާމަ އެ ދެ ޤައުމަށް ނާކާމިޔާބު ކަމަށް އަރާގްޗީ ވިދާޅުވެއްޖެ

10 މާރިޗު 2026
އެމެރިކާ އާއި އިޒްރޭލްގެ ހަނގުރާމަ އެ ދެ ޤައުމަށް ނާކާމިޔާބު ކަމަށް އަރާގްޗީ ވިދާޅުވެއްޖެ
10 މާރިޗު 2026

ސައުދީގެ އަލް-ޒުލްފީ އަށް ޑްރޯން ތަކެއް ވެއްޓި ގެއްލުން ތަކެއް ލިބިއްޖެ

10 މާރިޗު 2026
ސައުދީގެ އަލް-ޒުލްފީ އަށް ޑްރޯން ތަކެއް ވެއްޓި ގެއްލުން ތަކެއް ލިބިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް