Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ފްރާންސް ލީގު

ލީލް ބަލިކޮށް ޕީއެސްޖީ އެއް ވަނަ އަށް، އެންރީކޭ އަށް 100 ވަނަ މޮޅު

މިއީ އެންރީކޭގެ އިރުޝާދުގެ ދަށުން ޕީއެސްޖީ އިން ހޯދި 100 ވަނަ މޮޅު. އޭނާގެ އިރުޝާދުގެ ދަށުން މިހާތަނަށް ޕީއެސްޖީ އިން ވަނީ 147 މެޗު ކުޅެފައި. އޭގެ ތެރެއިން 100 މެޗުން މޮޅުވެފައިވާއިރު، 20 މެޗުން ބަލިވެ އަނެއް 27 މެޗުން ވަނީ އެއްވަރުވެފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 17 ޖެނުއަރީ 2026 | ހޮނިހިރު 04:17
ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ

ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ | ރޮއިޓަސް

ފްރާންސް ލީގުގައި ލީލްއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އެންމެ ފަހުގެ ޗެމްޕިއަން ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އިން ލީގު ތާވަލްގެ އެއް ވަނަ މަގާމަށް ޖެހިލައިފި އެވެ،

ހުކުރު ދުވަހުގެ ރޭ ދަންވަރު ޕީއެސްޖީގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 3-0 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ޕީއެސްޖީ އިން އެއް ލަނޑު ޖެހިއިރު، އަނެއް ދެ ލަނޑު އެ ޓީމުން ޖެހީ މެޗުގެ ދެ ވަނަ ހާފުގަ އެވެ.

މެޗު ފަށައިގެން 13 ވަނަ މިނެޓުގައި ޕީއެސްޖީ އަށް ލީޑު ނަގައިދިނީ ފްރާންސްގެ ފޯވާޑު އޮސްމާން ޑެމްބެލޭ އެވެ. އެ ލަނޑު ޖަހަން ޑެމްބެލޭ އަަށް ފުރުސަތު ތަނަވަސްކޮށްދިނީ ވިޓީނިއާ އެވެ. އޭގެ ފަހުން ދެ ވަނަ ހާފުގައި ޑެމްބެލޭ ވަނީ ޕީއެސްޖީގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްފަ އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި ޕީއެސްޖީގެ ތިން ވަނަ ލަނޑު ޖެހީ ބްރާޑްލޭ ބާކޮލާ އެވެ.

މޮޅާ އެކު ޕީއެސްޖީ އިން ވަނީ ލީގު ތާވަލްގެ އެއް ވަނަ މަގާމަށް ޖެހިލައިފަ އެވެ. މިހާތަނަށް ކުޅެފައިވާ 18 މެޗުން ޕީއެސްޖީ އަށް ލިބެނީ 42 ޕޮއިންޓެވެ. ޕީއެސްޖީ އަށް ވުރެ އެއް މެޗު މަދުން ކުޅެގެން ދެ ވަނައިގައި ލެންސް އަށް 40 ޕޮއިންޓު ލިބޭއިރު، މެޗުގެ އަދަދު ހަމަކޮށް އެއް ވަނަ އަށް ޖެހިލުމުގެ ފުރުސަތު އެ ޓީމަށް އޮންނާނެ އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ ބުނެފައި ވަނީ، ޑެމްބެލޭ އަކީ ޕީއެސްޖީ އިން ކޮންމެހެން ވެސް ބޭނުންވާ ފެންވަރުގެ ކުޅުންތެރިޔެއް ކަމަށެވެ. ޚާއްސަކޮށް ޑެމްބެލޭގެ ފަރާތުން ފެންނަމުން އަންނަ ކުޅުމާއި، އެންމެ މުހިންމު ވަގުތު ޑެމްބެލޭގެ ފަރާތުން ޓީމަށް އެތައް ފައިދާ ތަކެއް ކުރާ ކަމަށް އެންރީކޭ ބުންޏެވެ.

މިއީ އެންރީކޭގެ އިރުޝާދުގެ ދަށުން ޕީއެސްޖީ އިން ހޯދި 100 ވަނަ މޮޅެވެ. އޭނާގެ އިރުޝާދުގެ ދަށުން މިހާތަނަށް ޕީއެސްޖީ އިން ވަނީ 147 މެޗު ކުޅެފަ އެވެ. އޭގެ ތެރެއިން 100 މެޗުން މޮޅުވެފައިވާއިރު، 20 މެޗުން ބަލިވެ އަނެއް 27 މެޗުން ވަނީ އެއްވަރުވެފަ އެވެ. 

ފްރެންޗް ލީގުޕީއެސްޖީލިލްލުއިސް އެންރީކޭ

ކޮމެންޓް

އިތުރަށް ކިޔާލަން

ފުޓުބޯޅައިގައި ބައެއް ފަހަރު ހިތް ނޭދޭ ކަންކަމާ ކުރިމަތިލާން ޖެހޭނެ: އެންރީކޭ

ފުޓުބޯޅައިގައި ބައެއް ފަހަރު ހިތް ނޭދޭ ކަންކަމާ ކުރިމަތިލާން ޖެހޭނެ: އެންރީކޭ

14 ޖެނުއަރީ 2026
ގްލޯބް ސޮކަރ އިން ހޮވި އަހަރުގެ މޮޅު ކުޅުންތެރިޔަކީ ވެސް ޑެމްބެލޭ

ގްލޯބް ސޮކަރ އިން ހޮވި އަހަރުގެ މޮޅު ކުޅުންތެރިޔަކީ ވެސް ޑެމްބެލޭ

29 ޑިސެމްބަރު 2025
އިންޓަކޮންޓިނެންޓަލް ކަޕް ކާމިޔާބު ކޮށް ޕީއެސްޖީ ތާރީޚު ގެ ތެރެއަށް

އިންޓަކޮންޓިނެންޓަލް ކަޕް ކާމިޔާބު ކޮށް ޕީއެސްޖީ ތާރީޚު ގެ ތެރެއަށް

18 ޑިސެމްބަރު 2025
ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި

ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި

23 ސެޕްޓެމްބަރު 2025
ޗެމްޕިއަން ޕީއެސްޖީ އަށް ވެސް ވަރުގަދަ ފެށުމެއް

ޗެމްޕިއަން ޕީއެސްޖީ އަށް ވެސް ވަރުގަދަ ފެށުމެއް

18 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

25 މެއި
އެންމެ ފަހުން އެޗްއާރުސީއެމް ވެސް ގާނޫނާ ޚިލާފުވެއްޖެ ކަމަށް ކަނޑައަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

އެންމެ ފަހުން އެޗްއާރުސީއެމް ވެސް ގާނޫނާ ޚިލާފުވެއްޖެ ކަމަށް ކަނޑައަޅައިފި

ސަރުކާރު އުޅެނީ، ޕާން ފޮތި ބޭނުންވެގެން ހިޔަޅު އުޅުނުހެން!
20242 އަހަރު ކުރިން
ރިޕޯޓު

ސަރުކާރު އުޅެނީ، ޕާން ފޮތި ބޭނުންވެގެން ހިޔަޅު އުޅުނުހެން!

ދަސްވެނީންގެ ހަފްލާގައި ޝަރަފުވެރި މެހެމާނުގެ އިތުރުން ރައީސް ބަލަދުވެރިޔަކަށް
20233 އަހަރު ކުރިން
ރާއްޖެ

ދަސްވެނީންގެ ހަފްލާގައި ޝަރަފުވެރި މެހެމާނުގެ އިތުރުން ރައީސް ބަލަދުވެރިޔަކަށް

ޖޯޑަންގެ މި އަންހެން މީހާ ވަޔަރުތައް ބަދަލުކޮށްލަނީ ރީތީ ޓްރޭތަކަށް
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޖޯޑަންގެ މި އަންހެން މީހާ ވަޔަރުތައް ބަދަލުކޮށްލަނީ ރީތީ ޓްރޭތަކަށް

17 މުވައްޒަފުންނާއެކު ރާއްޖެޓީވީ އަނެއްކާވެސް ލޮކްޑައުންއަކަށް!
20215 އަހަރު ކުރިން
ރާއްޖެ

17 މުވައްޒަފުންނާއެކު ރާއްޖެޓީވީ އަނެއްކާވެސް ލޮކްޑައުންއަކަށް!

މުލައްދަނޑިން އިންސާފު ހޯދުން: ބޮޑު ގޯހެއްގެ ފެށުން!
20197 އަހަރު ކުރިން
ރިޕޯޓު

މުލައްދަނޑިން އިންސާފު ހޯދުން: ބޮޑު ގޯހެއްގެ ފެށުން!

ޗިކަން ޝަވަރުމާ
20188 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކަން ޝަވަރުމާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު