Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

އީރާން ބަލި ކޮށްލުމަށް އެމެރިކާ އާއި އިޒްރޭލުން ޖެހި ހިސާބު ގޯސް: އިޒްރޭލުގެ ޖާސޫސީ އިދާރާގެ ކުރީގެ އިސް އޮފިޝަލް

އީރާނުގެ އެތެރޭގައި ސަރުކާރާ ދެކޮޅު ލީޑަޝިޕެއް ނެތި އިންގިލާބެއް ނުގެނެވޭނެ ކަމަށާއި، ހަމައެކަނި ވައިގެ ހަމަލާތަކުން ހަނގުރާމައެއް ކާމިޔާބު ނުކުރެވޭނެ ކަމަށް އޭނާ ފާހަގަކުރެއްވި. އަދި މި ހަމަލާތަކުގެ ސަބަބުން އީރާނުން ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ ފުރުސަތު ބޮޑުވެ، މުޅި ދުނިޔެއަށް ނުރައްކާތެރި ހަކަތައިގެ ހަނގުރާމައަކަށް މިކަން ބަދަލުވަމުންދާ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައި.

ރާއްޖެ އެމްވީ | 24 މާރިޗު 2026 | އަންގާރަ 17:49
އިޒްރޭލުގެ ޖާސޫސީ އިދާރާ، މޮސާޑުގެ ކެޕްޓިވްސް އެންޑް މިސިންގ ޑިވިޜަންގެ ކުރީގެ ވެރިޔާ ރާމީ އިގްރާ.

އިޒްރޭލުގެ ޖާސޫސީ އިދާރާ، މޮސާޑުގެ ކެޕްޓިވްސް އެންޑް މިސިންގ ޑިވިޜަންގެ ކުރީގެ ވެރިޔާ ރާމީ އިގްރާ. | އެކްސް

އީރާނުގެ ވެރިން އަވަހާރަކޮށްލައިގެން އެ ގައުމުގައި އިންގިލާބެއް ގެނައުމަށް އެމެރިކާ އާއި އިޒްރޭލުން ގެންގުޅުނު ސިޔާސަތު ބިނާވެފައިވާ އޮތީ "ގޯސް ހިސާބެއް" ގެ މައްޗަށް ކަމަށާއި، އޭގެ ސަބަބުން އިސްލާމީ ޖުމްހޫރިއްޔާ ބަލިކަށިކޮށްނުލެވުނު ކަމަށް އިޒްރޭލުގެ ޖާސޫސީ އިދާރާ، މޮސާޑްގެ ކުރީގެ އިސް އޮފިޝަލަކު ރަޝިޔާ ޓީވީ (އާރުޓީ) ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެއްޖެއެވެ.

މޮސާޑްގެ ހޮސްޓޭޖަސް އެންޑް މިސިންގް ޕާސަންސް ޑިވިޜަންގެ ކުރީގެ ވެރިޔާ ރާމީ އިގްރާ ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވިދާޅުވީ، އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އާއި އެ ގައުމުގެ އެހެން އިސްވެރިން އަވަހާރަކޮށްލުމުން އީރާނުގެ ރައްޔިތުން މަގުތަކަށް ނުކުމެ މުޒާހަރާކުރާނެ ކަމަށް އުންމީދުކޮށްގެން ތިބި މީހުންނަށް މިހާރު ވަނީ "ބޮޑު މާޔޫސްކަމެއް" ލިބިފައި ކަމަށެވެ.

އިންގިލާބަކީ ކޮބައިކަން މީހުންނަށް ފަހުމްނުވާކަން ފާހަގަކުރައްވަމުން އިގްރާ ވިދާޅުވީ، އިންގިލާބެއް ގެނައުމަށްޓަކައި ރައްޔިތުންގެ ފަރާތުން އުފެދޭ ހަރަކާތެއް ބޭނުންވާނެ ކަމަށާއި، ނަމަވެސް އީރާނުގައި އެފަދަ ހަރަކާތެއް ނެތް ކަމަށެވެ. އަދި އިންގިލާބަކަށް ބޭނުންވަނީ ގައުމުގެ އެތެރޭގެ ލީޑަޝިޕެއް ކަމަށާއި، އެމެރިކާގެ ލޮސް އެންޖެލިސްގައި ހުންނެވި އީރާނުގެ ކުރީގެ ރަސްގެފާނުގެ ދަރިކަލުން ރިޒާ ޕަހްލަވީ ފަދަ ބޭފުޅުންނަށް އެކަން ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން، އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދެމުންދާ ވައިގެ ހަމަލާތަކުން އެ ގައުމު ބަލިކޮށްލެވިދާނެ ކަމަށް ގަބޫލުކުރެވޭ ވިސްނުމަށް އިގްރާ ވަނީ ދެކޮޅު ހައްދަވާފައެވެ. ދެވަނަ ބޮޑު ހަނގުރާމައިން މިސާލު ދައްކަވަމުން އޭނާ ވިދާޅުވީ، ރަޝިޔާގެ ސިފައިން ޖަރުމަނުގެ ބާލިންއަށް އެއްގަމު މަގުން އަރަންދެން އެއްވެސް ކަމެއް ކާމިޔާބުނުވާ ކަމަށާއި، ހަނގުރާމަ ކާމިޔާބު ކުރެވެނީ ހަމައެކަނި ވައިގެ ހަމަލާތަކުން ނޫން ކަމަށާއި، އެކަމަށްޓަކައި އެއްގަމު މަގުން ސިފައިން އެތަނަކަށް ވަންނަން ޖެހޭނެ ކަމަށެވެ.

މޮސާޑްގެ ކުރީގެ އޮފިޝަލް މިހެން ވިދާޅުވެފައި މިވަނީ، އީރާނުން ނިއުކްލިއާ ހަތިޔާރު އުފެއްދުން ހުއްޓުވުމުގެ ނަމުގައި އެމެރިކާ އާއި އިޒްރޭލުން އީރާނަށް ހަމަލާދޭތާ ހަތަރުވަނަ ހަފުތާ ފާއިތުވެފައިވަނިކޮށްނެވެ. އިގްރާ ވިދާޅުވި ގޮތުގައި މި ހަމަލާތަކުގެ ސަބަބުން އީރާނުން ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ ފުރުސަތު މިހާރު ވަނީ ކުރިއަށްވުރެ ބޮޑުވެފައެވެ. އަދި އީރާނުގެ ލީޑަރުން ނިއުކްލިއާ ބޮން އުފެއްދުމަށް ގޮވާލައި "އާ ފަތުވާއެއް" ނެރެފައިވާ ކަމަށް ލިބޭ ރިޕޯޓްތަކަށް އޭނާ އިޝާރާތް ކުރެއްވިއެވެ.

މި ހަނގުރާމަ މިހާރު ދުނިޔެއަށް ނުރައްކާތެރި "ހަކަތައިގެ ހަނގުރާމައަކަށް" ބަދަލުވަމުންދާ ކަމުގެ އިންޒާރު ދެއްވަމުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް މި ހަނގުރާމަ ހުއްޓުވުމަށް އެއްބަސްވުމަކަށް އާދެވިދާނެ ކަމާމެދު އިގްރާ ވަނީ ޝައްކު އުފައްދަވާފައެވެ.

އީރާންރާމީ އިގްރާއީރާން-ޔޫއެސްއޭ-އިޒްރޭލް

ކޮމެންޓް

އިތުރަށް ކިޔާލަން

އީރާނުން އިޒްރޭލުގެ ޖާސޫސީ މަރުކަޒުތަކަށް މިސައިލް ހަމަލާދީފި

އީރާނުން އިޒްރޭލުގެ ޖާސޫސީ މަރުކަޒުތަކަށް މިސައިލް ހަމަލާދީފި

24 މާރިޗު 2026
އީރާނުގެ ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ ގެ މަގާމަށް މުޙައްމަދު ބާގިރު ޒުލްގަދަރު އައްޔަން ކޮށްފި

އީރާނުގެ ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ ގެ މަގާމަށް މުޙައްމަދު ބާގިރު ޒުލްގަދަރު އައްޔަން ކޮށްފި

24 މާރިޗު 2026
އިޒްރޭލާއި އެމެރިކާއިން އީރާނާ ދެކޮޅަށް މިހާރު ކުރަމުންދާ ހަނގުރާމަ މަޝްވަރާގެ ތެރެއިން ނިމުމަކަށް ގެންނަންޖެހޭ ކަމަށް ގަތަރުން ބުނެފި

އިޒްރޭލާއި އެމެރިކާއިން އީރާނާ ދެކޮޅަށް މިހާރު ކުރަމުންދާ ހަނގުރާމަ މަޝްވަރާގެ ތެރެއިން ނިމުމަކަށް ގެންނަންޖެހޭ ކަމަށް ގަތަރުން ބުނެފި

24 މާރިޗު 2026
ބިރު ދެއްކިޔަސް އީރާން އޮތީ ބިރަކުން ނޫން، ހަމަލާ ދިނަސް އަވަހަށް ހައްލު ހޯދާނެ

ބިރު ދެއްކިޔަސް އީރާން އޮތީ ބިރަކުން ނޫން، ހަމަލާ ދިނަސް އަވަހަށް ހައްލު ހޯދާނެ

24 މާރިޗު 2026
މެކްސިކޯ އަށް މެޗުތައް ބަދަލު ކުރުމަށް އީރާން އިން އެދުނު ނަމަވެސް، ފީފާ އިން އެ ފުރުސަތު ނުދިން

މެކްސިކޯ އަށް މެޗުތައް ބަދަލު ކުރުމަށް އީރާން އިން އެދުނު ނަމަވެސް، ފީފާ އިން އެ ފުރުސަތު ނުދިން

24 މާރިޗު 2026

އަހަރުތަކުން މިއަދު

27 މެއި
2023 ވަނަ އަހަރު ޑިފެންސް މިނިސްޓްރީ އިން ހަރަދުކޮށްފައިވަނީ މާލިއްޔާތު ގާނޫނާ އެއްގޮތަށް
20251 އަހަރު ކުރިން
ރާއްޖެ

2023 ވަނަ އަހަރު ޑިފެންސް މިނިސްޓްރީ އިން ހަރަދުކޮށްފައިވަނީ މާލިއްޔާތު ގާނޫނާ އެއްގޮތަށް

ފަލަސްތީނުގައި ޔަހޫދީން ހިންގަމުން ގެންދާ ގަތުލުއާންމަކީ ދެގައުމެއްގެ ދޭތެރޭގައި އޮތް ދާހިލި މައްސަލައެއްގެ ގޮތުގައި ޕީއެންސީން ސިފަކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ފަލަސްތީނުގައި ޔަހޫދީން ހިންގަމުން ގެންދާ ގަތުލުއާންމަކީ ދެގައުމެއްގެ ދޭތެރޭގައި އޮތް ދާހިލި މައްސަލައެއްގެ ގޮތުގައި ޕީއެންސީން ސިފަކޮށްފި

"ބޭހެއް ނުކަން، ޖަހާލީ ކުޅަނދުރު ކައްޓެއް. އަނެއް ދުވަހު ހެނދުނު ރަނގަޅުވެއްޖެ"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

"ބޭހެއް ނުކަން، ޖަހާލީ ކުޅަނދުރު ކައްޓެއް. އަނެއް ދުވަހު ހެނދުނު ރަނގަޅުވެއްޖެ"

އަސޭލާ ލައްވާ ކުރީގެ ރައީސް ޔާމީން ފާލު ބެލިކަން ހާމަވާ އިތުރުވާހަކަތަކެއް
20224 އަހަރު ކުރިން
ރާއްޖެ

އަސޭލާ ލައްވާ ކުރީގެ ރައީސް ޔާމީން ފާލު ބެލިކަން ހާމަވާ އިތުރުވާހަކަތަކެއް

މުއިއްޒުގެ ޢިއްޒަތް
20215 އަހަރު ކުރިން
ކޮލަމް

މުއިއްޒުގެ ޢިއްޒަތް

ނަޝީދު ކުޅުއްވީ ޑްރާމާއެއްތަ؟
20197 އަހަރު ކުރިން
ރިޕޯޓު

ނަޝީދު ކުޅުއްވީ ޑްރާމާއެއްތަ؟

އާރަށުގައި ދިގުކޮށް ކިޔަވާތީ ތިން މުދިމުން ބަދަލުކޮށްފި: މަހްލޫފް
20188 އަހަރު ކުރިން
ރާއްޖެ

އާރަށުގައި ދިގުކޮށް ކިޔަވާތީ ތިން މުދިމުން ބަދަލުކޮށްފި: މަހްލޫފް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު