Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

އީރާނުން އިޒްރޭލުގެ ޖާސޫސީ މަރުކަޒުތަކަށް މިސައިލް ހަމަލާދީފި

އީރާނުގެ ލީޑަރުންނާއި އާންމުން އަވަހާރަކޮށްލުމާ ގުޅިގެން ބަދަލުހިފުމުގެ ގޮތުން، އައިއާރުޖީސީން ވަނީ އިޒްރޭލުގެ ޖާސޫސީ އަދި އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ބާރުގަދަ މިސައިލާއި ޑްރޯން ހަމަލާތަކެއް ދީފައި. މި އޮޕަރޭޝަނުގައި އިޒްރޭލުގެ ދިފާއީ ނިޒާމުތައް ފޫއަޅުވާލައި ބޮޑެތި ގެއްލުންތަކެއް ދީފައިވާއިރު، އެމެރިކާއާއި އިޒްރޭލުން މި ހަމަލާތަކުގެ މައުލޫމާތު ސެންސަރުކުރަމުންދާ ކަމަށް އީރާނުން ތުހުމަތުކުރޭ. އީރާނުގެ އަސްކަރިއްޔާއިން ބުނި ގޮތުގައި މިއީ ދުޝްމަނުންގެ އުދުވާނުތަކަށް ރައްދު ދިނުމަށް ކުރިއަށްގެންދާ ސިލްސިލާ ހަރަކާތްތަކުގެ ބައެއް.

ރާއްޖެ އެމްވީ | 24 މާރިޗު 2026 | އަންގާރަ 17:23
އިޒްރޭލުގެ ޖާސޫސީ އިދާރާތަކާ ގުޅުންހުރި ތަންތަނަށް އަމާޒުކޮށް މިސައިލް ހަމަލާތަކެއް ދީފައިވާކަން، އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) އިން އަންގާރަ ދުވަހު އިއުލާނުކޮށްފި.

އިޒްރޭލުގެ ޖާސޫސީ އިދާރާތަކާ ގުޅުންހުރި ތަންތަނަށް އަމާޒުކޮށް މިސައިލް ހަމަލާތަކެއް ދީފައިވާކަން، އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) އިން އަންގާރަ ދުވަހު އިއުލާނުކޮށްފި. | ތަސްނީމް ނިއުސް އޭޖެންސީ

އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން އަންގާރަ ދުވަހު ބުނީ، އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި ހުރި ޒަޔަނިސްޓް ރެޖީމްގެ ޖާސޫސީ އިދާރާތަކަށް އަމާޒުކޮށް މިސައިލް ހަމަލާތަކެއް ދީފައިވާ ކަމަށެވެ.

އައިއާރުޖީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، "އޮޕަރޭޝަން ޓްރޫ ޕްރޮމިސް 4" ގެ ދަށުން ބަދަލުހިފުމުގެ ގޮތުން ދިން 79 ވަނަ ބުރުގެ ހަމަލާތައް މާރިޗު މަހުގެ 24 ވީ އަންގާރަ ދުވަހު ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

އައިއާރުޖީސީން ހާމަކުރި ގޮތުގައި، އެ ފައުޖުގެ އެއަރޯސްޕޭސް ފޯސްއިން ބޭނުންކުރި "ޚައިބަރު-ޝަކަން"، "އިމާދު" އަދި "ސައްޖީލް" މަރުކާގެ ބާރުގަދަ މިސައިލްތަކާއި، ފަނާކުރަނިވި ޑްރޯންތަކުން ވަނީ ޒަޔަނިސްޓް ރެޖީމްގެ ވަރުގަދަ ވައިގެ ދިފާއީ ނިޒާމުތައް ފޫއަޅުވާލާފައެވެ. މި ހަމަލާތައް އަމާޒުކޮށްފައިވަނީ ތެލް އަވީވްގެ އުތުރާއި މެދުތެރޭގައި ހުރި އިޒްރޭލުގެ ޖާސޫސީ އިދާރާތަކުގެ ރައްކާތެރި މަރުކަޒުތަކަށާއި، ރާމަތު ގަން އަދި ނެގެވްގައި ހުރި އިޒްރޭލު ސިފައިންގެ ވިޔަފާރިއާއި އެހީތެރިކަން ފޯރުކޮށްދޭ މަރުކަޒުތަކުގެ އިތުރުން، ބީރު ޝޭބާގައި ހުރި އިޒްރޭލު ރެޖީމްގެ މައި ލޮޖިސްޓިކްސް އަދި ދެކުނު ސަރަހައްދުގެ އަސްކަރީ މެނޭޖްމަންޓް ސެންޓަރަށެވެ.

އައިއާރުޖީސީން ބުނި ގޮތުގައި، އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުން އަރަމުންދިޔަ ބޯ ދުމާއި އަލިފާނުގެ ސުންޕާ މަންޒަރުތަކާއި، ދެ މިލިއަނަށްވުރެ ގިނަ ޒަޔަނިސްޓުން ގިނަ ވަގުތުތަކެއް ވަންދެން ރައްކާތެރި ބަންކަރުތަކުގައި ތިބެން ޖެހުމަކީ، އީރާނުގެ މިސައިލާއި ޑްރޯންގެ ގާބިލުކަން ހާމަކޮށްދޭ އަދި ދުޝްމަނުންގެ ދިފާއީ ނިޒާމުތައް ފުނޑުފުނޑުވެފައިވާ ކަމުގެ ސާފު ހެއްކެކެވެ.

މީގެ އިތުރުން، އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށާއި އިޒްރޭލުގެ އަސްކަރީ މަރުކަޒުތަކަށް އީރާނުން ދިން ވަރުގަދަ ހަމަލާތަކުގެ ޚަބަރުތަކާއި ފޮޓޯތައް، ޕެންޓަގަން އާއި އިޒްރޭލުގެ އަސްކަރީ ޖާސޫސީ އިދާރާ "އަމާން" އިން ސިސްޓަމެޓިކްކޮށް ސެންސަރުކުރަމުން ދިއުމަކީ، ދުޝްމަނުން ކަންބޮޑުވެފައިވާ މިންވަރު ހާމަވާ އަދި ހަގީގަތް އޮޅުވާލުމަށް ކުރާ މަސައްކަތެއް ކަމަށްވެސް އައިއާރުޖީސީން ފާހަގަކުރިއެވެ.

ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އީރާނުގެ އިސްލާމީ އިންގިލާބުގެ ލީޑަރު އާޔަތުﷲ ސައްޔިދު އަލީ ޚާމަނާއީ އާއި، އަސްކަރިއްޔާގެ އިސް ކޮމާންޑަރުންތަކެއް އަދި އާންމު ރައްޔިތުންތަކެއް އަވަހާރަކޮށްލުމާ ގުޅިގެން، އެމެރިކާއާއި އިޒްރޭލު ރެޖީމުން ވަނީ އެއްވެސް އުސޫލެއް ނެތް ބޮޑު އަސްކަރީ ކެމްޕޭނެއް އީރާނާ ދެކޮޅަށް ފަށާފައެވެ.

މި ހަމަލާތަކުގައި އީރާނުގެ އެކި ސަރަހައްދުތަކުގައި ހުރި އަސްކަރީ އަދި އާންމު ތަންތަނަށް ވައިގެ މަގުން ގިނަ ހަމަލާތަކެއް ދީފައިވާއިރު، މީގެ ސަބަބުން ގިނަ ބަޔަކު މަރުވެ، އުމްރާނީ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.

މިކަމުގެ ރައްދުގައި، އީރާނުގެ ހަތިޔާރު އެޅި ފައުޖުތަކުން ދަނީ ބަދަލުހިފުމުގެ އޮޕަރޭޝަންތައް ހިންގަމުންނެވެ. އެގޮތުން، އިޒްރޭލުން ހިފާފައިވާ ބިންތަކާއި ސަރަހައްދީ ބޭސްތަކުގައި ހުރި އެމެރިކާ އާއި އިޒްރޭލުގެ މަރުކަޒުތަކަށް އަމާޒުކޮށް މިސައިލާއި ޑްރޯންގެ ގިނަ ހަމަލާތަކެއް ދަނީ ފޮނުވަމުންނެވެ.

އީރާން-އިޒްރޭލްއައިއާރުޖީސީއޮޕަރޭޝަން ޓްރޫ ޕްރޮމިސްއީރާން-އެމެރިކާއީރާން-ޔޫއެސްއޭ-އިޒްރޭލް

ކޮމެންޓް

އިތުރަށް ކިޔާލަން

އީރާނުގެ ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ ގެ މަގާމަށް މުޙައްމަދު ބާގިރު ޒުލްގަދަރު އައްޔަން ކޮށްފި

އީރާނުގެ ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ ގެ މަގާމަށް މުޙައްމަދު ބާގިރު ޒުލްގަދަރު އައްޔަން ކޮށްފި

24 މާރިޗު 2026
އިޒްރޭލާއި އެމެރިކާއިން އީރާނާ ދެކޮޅަށް މިހާރު ކުރަމުންދާ ހަނގުރާމަ މަޝްވަރާގެ ތެރެއިން ނިމުމަކަށް ގެންނަންޖެހޭ ކަމަށް ގަތަރުން ބުނެފި

އިޒްރޭލާއި އެމެރިކާއިން އީރާނާ ދެކޮޅަށް މިހާރު ކުރަމުންދާ ހަނގުރާމަ މަޝްވަރާގެ ތެރެއިން ނިމުމަކަށް ގެންނަންޖެހޭ ކަމަށް ގަތަރުން ބުނެފި

24 މާރިޗު 2026
އިޒްރޭލްގެ މަސްހަލަތު ހިމާޔަތް ކުރުމަށް، ނަތަންޔާހޫ އާއި ޓްރަމްޕް މަޝްވަރާ ކުރައްވައިފި

އިޒްރޭލްގެ މަސްހަލަތު ހިމާޔަތް ކުރުމަށް، ނަތަންޔާހޫ އާއި ޓްރަމްޕް މަޝްވަރާ ކުރައްވައިފި

24 މާރިޗު 2026
ބިރު ދެއްކިޔަސް އީރާން އޮތީ ބިރަކުން ނޫން، ހަމަލާ ދިނަސް އަވަހަށް ހައްލު ހޯދާނެ

ބިރު ދެއްކިޔަސް އީރާން އޮތީ ބިރަކުން ނޫން، ހަމަލާ ދިނަސް އަވަހަށް ހައްލު ހޯދާނެ

24 މާރިޗު 2026
ޚާމަނާއީ އަވަހާރަކޮށްލުމަށް ވިސްނައިދިނުމަށް ނަތަންޔާހޫ ޓްރަމްޕް އަށް ކުރި ފޯނު ކޯލުގެ މައުލޫމާތު ހާމަވެއްޖެ

ޚާމަނާއީ އަވަހާރަކޮށްލުމަށް ވިސްނައިދިނުމަށް ނަތަންޔާހޫ ޓްރަމްޕް އަށް ކުރި ފޯނު ކޯލުގެ މައުލޫމާތު ހާމަވެއްޖެ

24 މާރިޗު 2026

އަހަރުތަކުން މިއަދު

16 އެޕްރީލު
އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް
20251 އަހަރު ކުރިން
ރިޕޯޓު

އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް
20233 އަހަރު ކުރިން
މީހުން

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު