Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

ސުލްޙައިގެ މަޝްވަރާ ތަކުގައި މެދުވެރިއްގެ ދައުރު އަދާ ކުރަން ޕާކިސްތާން އޮތީ ތައްޔާރަށް

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ބޮޑު ވަޒީރު ޝެހްބާޒް ވިދާޅުވީ، ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި މިހާރު ކުރިއަށްދާ މަޝްވަރާ ތަކަށް ޕާކިސްތާން އިން ފުރިހަމަ އަށް ތާއީދު ކުރާ ކަމަށް. އަދި އެމެރިކާ އާއި އީރާން އިން އެއްބަސްވާ ނަމަ، ދާއިމީ ޙައްލެއް ހޯދުމަށް ބާއްވާ މާނަ ހުރި މަޝްވަރާ ތަކަށް ފުރުސަތު ހޯދައި ދިނުމަކީ ޕާކިސްތާން އަށް ލިބޭނެ ޝަރަފެއް ކަމަށް ވެސް ބޮޑު ވަޒީރު ވިދާޅުވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 25 މާރިޗު 2026 | ބުދަ 06:39
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި، ޕާކިސްތާންގެ ބޮޑު ވަޒީރު ޝެހްބާޒް ޝަރީފް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި، ޕާކިސްތާންގެ ބޮޑު ވަޒީރު ޝެހްބާޒް ޝަރީފް | ގެޓީ އިމޭޖަސް

އެމެރިކާ އާއި އިޒްރޭލް އިން އީރާންއާ ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމަ ނިންމުމަށްޓަކައި، ސުލްޙައިގެ މަޝްވަރާތައް ކުރިއަށް ގެންދިޔުމުގައި މެދުވެރިއެއްގެ ދައުރު އަދާ ކުރަން ތައްޔާރަށް އޮތް ކަމަށް ޕާކިސްތާން އިން ހާމަ ކޮށްފި އެވެ.

ޕާކިސްތާންގެ ބޮޑު ވަޒީރު ޝެހްބާޒް ޝަރީފް މިހެން ވިދާޅުވެފައި ވަނީ، އީރާންގެ ކަރަންޓުގެ ނިޒާމަށް ހަމަލާ ދޭނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވި އިންޒާރު، ފަސް ދުވަހަށް މަޑު ޖައްސާލައި، މަޝްވަރާ ކުރަމުން އަންނަ ކަމަށް ޓްރަމްޕް ވިދާޅުވިތާ އެއް ދުވަސް ފަހުންނެވެ. 

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ބޮޑު ވަޒީރު ޝެހްބާޒް ވިދާޅުވީ، ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި މިހާރު ކުރިއަށްދާ މަޝްވަރާ ތަކަށް ޕާކިސްތާން އިން ފުރިހަމަ އަށް ތާއީދު ކުރާ ކަމަށެވެ. އަދި އެމެރިކާ އާއި އީރާން އިން އެއްބަސްވާ ނަމަ، ދާއިމީ ޙައްލެއް ހޯދުމަށް ބާއްވާ މާނަ ހުރި މަޝްވަރާ ތަކަށް ފުރުސަތު ހޯދައި ދިނުމަކީ ޕާކިސްތާނަށް ލިބޭނެ ޝަރަފެއް ކަމަށް ވެސް ބޮޑު ވަޒީރު ވިދާޅުވި އެވެ. 

އެމެރިކާ އާއި އިޒްރޭލް އެކުވެގެން އީރާންއާ ދެކޮޅަށް ހަމަލާތައް ދޭން ފެށީ ވެސް، އެމެރިކާ އާއި އީރާންއާ ދެމެދު މަޝްވަރާތައް ކުރިއަށް ގެންދަމުން އަންނަނިކޮށެވެ. އޮމާން މެދުވެރި ވެގެން ކުރިއަށް ގެންދިޔަ މަޝްވަރާތަކާ މެދު ދެ ޤައުމުގެ އިސްވެރިން ވެސް ވަނީ އުންމީދު ފާޅު ކުރައްވައިފަ އެވެ. ނަމަވެސް، ވަކި ހިސާބަކުން އެމެރިކާ އާއި އިޒްރޭލް އިން އީރާން އަށް ހަމަލާ ދިނުމާ ގުޅިގެން އެ މަޝްވަރާތައް ވަނީ މަޑު ޖެހިފަ އެވެ. 

މި ހަނގުރާމައިގައި އީރާން އިން ވަނީ މެދު އިރުމަތީގެ ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒު ތަކަށް އަމާޒުކޮށް ވަރުގަދަ ހަމަލާ ތަކެއް ދީފަ އެވެ. އަދި އީރާން އިން ވަނީ ދުނިޔޭގެ ތެލާއި ގޭހުގެ ފަސްބައި ކުޅަ އެއް ބައި ދަތުރު ކުރާ ހޮރްމޫޒް ކަނޑު އޮޅި ވެސް ބަންދު ކޮށްފަ އެވެ. އެކަމުގެ ސަބަބުން ތާރީޚުގައި ވެސް ކުރިމަތި ނުވާ ވަރުގެ ހަކަތައިގެ ދަތި ތަކެއް ދުނިޔެ އަށް ވަނީ ކުރިމަތިވެފަ އެވެ. 

ޕާކިސްތާންގެ ސަރުކާާރުގެ މަސްދަރު ތަކުން މައުލޫމާތު ދޭ ގޮތުގައި، މި މަޝްވަރާތައް ބޭއްވުމާ ގުޅޭ ގޮތުން ދެކެވެމުން އަންނަ ވާހަކަތައް މިހާރު އޮތީ ވަރަށް ކުރިއަރާފައިވާ މަރުޙަލާއެއްގަ އެވެ. އަދި ދެ ފަރާތުން ވެސް އެއްބަސްވެއްޖެ ނަަމަ، ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މި ބައްދަލުވުން ބޭއްވުމުގެ ފުރުސަތު ބޮޑު ކަމަށް ވެސް ބުނެފައިވެ އެވެ.

މަސްދަރު: ރޮއިޓާސް

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްޝެހްބާޒް ޝަރީފް

ކޮމެންޓް

އިތުރަށް ކިޔާލަން

އީރާނުން އަހަރެންނަށް ތެލާގައި ގޭހުގެ ހަދިޔާއެއް ދީފި. އީރާނުގެ ލީޑަރުންނަށް މިހާރު އިތުބާރު ކުރަން: ޓްރަމްޕް

އީރާނުން އަހަރެންނަށް ތެލާގައި ގޭހުގެ ހަދިޔާއެއް ދީފި. އީރާނުގެ ލީޑަރުންނަށް މިހާރު އިތުބާރު ކުރަން: ޓްރަމްޕް

25 މާރިޗު 2026
އީރާނުން އިޒްރޭލުގެ ޖާސޫސީ މަރުކަޒުތަކަށް މިސައިލް ހަމަލާދީފި

އީރާނުން އިޒްރޭލުގެ ޖާސޫސީ މަރުކަޒުތަކަށް މިސައިލް ހަމަލާދީފި

24 މާރިޗު 2026
އީރާނުގެ ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ ގެ މަގާމަށް މުޙައްމަދު ބާގިރު ޒުލްގަދަރު އައްޔަން ކޮށްފި

އީރާނުގެ ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ ގެ މަގާމަށް މުޙައްމަދު ބާގިރު ޒުލްގަދަރު އައްޔަން ކޮށްފި

24 މާރިޗު 2026
އިޒްރޭލްގެ މަސްހަލަތު ހިމާޔަތް ކުރުމަށް، ނަތަންޔާހޫ އާއި ޓްރަމްޕް މަޝްވަރާ ކުރައްވައިފި

އިޒްރޭލްގެ މަސްހަލަތު ހިމާޔަތް ކުރުމަށް، ނަތަންޔާހޫ އާއި ޓްރަމްޕް މަޝްވަރާ ކުރައްވައިފި

24 މާރިޗު 2026
ބިރު ދެއްކިޔަސް އީރާން އޮތީ ބިރަކުން ނޫން، ހަމަލާ ދިނަސް އަވަހަށް ހައްލު ހޯދާނެ

ބިރު ދެއްކިޔަސް އީރާން އޮތީ ބިރަކުން ނޫން، ހަމަލާ ދިނަސް އަވަހަށް ހައްލު ހޯދާނެ

24 މާރިޗު 2026

އަހަރުތަކުން މިއަދު

16 އެޕްރީލު
އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް
20251 އަހަރު ކުރިން
ރިޕޯޓު

އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް
20233 އަހަރު ކުރިން
މީހުން

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު