Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އީރާނުން އަހަރެންނަށް ތެލާގައި ގޭހުގެ ހަދިޔާއެއް ދީފި. އީރާނުގެ ލީޑަރުންނަށް މިހާރު އިތުބާރު ކުރަން: ޓްރަމްޕް

ޓްރަމްޕް ވިދާޅުވީ، ތެލާއި ގޭހާއި ގުޅޭ ގޮތުން އީރާން އިން އޭނާ އަށް ވަރަށް ބޮޑު ހަދިޔާއެއް ދީފައިވާ ކަމަށާއި، އީރާންގެ ލީޑަރުންނަށް މިހާރު އިތުބާރު ކުރައްވާ ކަމަށް. ނަމަވެސް، އީރާން އިން ދިން ކަމަށް ބުނާ ހަދިޔާާ އާއި، ލީޑަރުންނަށް އިތުބާރު ކުރާ ކަމަށް ވިދާޅުވި ވާހަކައިގެ ތަފްސީލެއް ޓްރަމްޕް ދެއްވާފައި ނުވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 25 މާރިޗު 2026 | ބުދަ 06:22
ވައިޓް ހައުސްގައި އޮތް ރަސްމިއްޔާތެއްގައި އެމެރިކާާގެ ރައީސް ޓްރަމްޕް ވާހަކަ ދައްކަވަނީ

ވައިޓް ހައުސްގައި އޮތް ރަސްމިއްޔާތެއްގައި އެމެރިކާާގެ ރައީސް ޓްރަމްޕް ވާހަކަ ދައްކަވަނީ | ގެޓީ އިމޭޖަސް

އެމެރިކާ އާއި އިޒްރޭލުން އީރާނާ ދެކޮޅަށް ކުރިއަށް ގެންދާ ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތައް މިހާރު ވެސް ކުރިއަށް ދާ ކަމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަނެއްކާ ވެސް ވިދާޅުވެއްޖެ އެވެ.

އަންގާރަ ދުވަހު އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓް ހައުސްގައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އޭނާގެ ނައިބު ރައީސް ޖޭޑީ ވޭންސް އާއި، އޭނާގެ ދަރިކަލުން ޖެރާޑް ކުޝްނާ އާއި ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ އަދި ޓްރަމްޕްގެ ޚާއްސަ މަންދޫބު ސްޓީވް ވިޓްކޮފް ގެންދަވަނީ މަޝްވަރާ ތަކުގައި ބައިވެރި ވަމުން ކަމަށެވެ. 

މަޝްވަރާތައް ކުރިއަށް ދާ ކަމަށް ޓްރަމްޕް ވިދާޅުވަމުން ގެންދެވި ނަމަވެސް، އީރާނުން އަންނަނީ ތަކުރާރުކޮށް އެކަން ދޮގު ކުރަމުންނެވެ. މީގެ އިތުރުން އިޒްރޭލުން ބުނެފައި ވަނީ، އެ ޤައުމުގެ އަސްކަރީ ޙަރަކާތް ތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ. އިތުރަށް ޓްރަމްޕް ވިދާޅުވީ، ތެލާއި ގޭހާއި ގުޅޭ ގޮތުން އީރާނުން އޭނާ އަށް ވަރަށް ބޮޑު ހަދިޔާއެއް ދީފައިވާ ކަމަށާއި، އީރާންގެ ލީޑަރުންނަށް މިހާރު އިތުބާރު ކުރައްވާ ކަމަށެވެ. ނަމަވެސް، އީރާން އިން ދިން ކަމަށް ބުނާ ހަދިޔާާ އާއި، ލީޑަރުންނަށް އިތުބާރު ކުރާ ކަމަށް ވިދާޅުވި ވާހަކައިގެ ތަފްސީލެއް ޓްރަމްޕް ދެއްވާފައި ނުވެ އެވެ. 

މިދިޔަ ފެބްރުވަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާ އާއި އިޒްރޭލްއާ ގުޅިގެން އީރާނަށް ދޭން ފެށި ހަމަލާ ތަކުގައި އެ ޤައުމުގެ ކުރީގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަ ކޮށްލާފައިވާއިރު، އެކަމުގެ ސަބަބުން ހަނގުރާމަ ވަނީ އިތުރަށް ހޫނުވެފަ އެވެ. މި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ހަކަތައިގެ އަގުތައްް ވަރަށް ބޮޑަށް އުފުލި، ދުނިޔޭގެ އިޤްތިޞާދަށް ބޮޑެތި ލޮޅުން ތަކެއް އަންނަނީ ކުރަމުންނެވެ. 

ހަނގުރާާމައިގައި އީރާން އިން ދޫ ދިނުމެއް ނެތި، ވަރުގަދަ ހަމަލާ ތަކެއް ދެމުން އަންނައިރު، އެމެރިކާގެ ރައީސް ޓްރަމްޕް މިހާރު ގެންދަވަނީ ހަނގުރާމަ ނިންމަން ޖެހޭ ކަމުގެ ވާހަކަ ވަރަށް ބޮޑަށް ދައްކަވަމުންނެވެ. ނަމަވެސް، ރައްދުގައި އީރާން އިން ބުނަމުން އަންނަނީ އެ ޤައުމުން ހަނގުރާމަ ފެށުނު ފަހުން އެމެރިކާ އާއެކު އެއްވެސް މަޝްވަރާއެއް ކޮށްފައި ނުވާނެ ކަމަށާއި، އަދި މަޝްވަރާ ކުރަން ބޭނުން ވެސް ނުވާ ކަމަށެވެ.

ބައިނަލްއަޤުވާމީ މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން، އެމެރިކާގެ މަންދޫބުން ކަމަަށްވާ ވިޓްކޮފް އާއި ކުޝްނާ މި ހަފުތާގެ ތެރޭގައި އީރާންގެ ވަފުދާ އެކު ބައްދަލު ކުރެއްވުމަކީ އެކަށީގެންވާ ކަމެކެވެ. އެ ބައްދަލުވުމުގައި އެމެރިކާގެ ނައިބު ރައީސް ވޭންސް ބައިވެރިވެ ވަޑައިގަތުމުގެ ފުރުސަތު އޮތް ކަމަށް ވެސް ފާހަގަ ކޮށްފައިވެ އެވެ. އެކަމާ ގުޅޭ ގޮތުން ޓްރަމްޕް ވިދާޅުވެފައި ވަނީ، އެމެރިކާ އިން މަޝްވަރާ ކުރަމުން އަންނަނީ އެންމެ އެކަށީގެންވާ ފަރާތްތަކާ ކަމަށެވެ. 

މަސްދަރު: އޭއެފްޕީ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްޖޭޑީ ވޭންސްމާކޯ ރޫބިއޯ ޖަރެޑް ކުޝްނަރސްޓީވް ވިޓްކޮފް

އިތުރަށް ކިޔާލަން

24 މާރިޗު 2026

އީރާނުން އިޒްރޭލުގެ ޖާސޫސީ މަރުކަޒުތަކަށް މިސައިލް ހަމަލާދީފި

24 މާރިޗު 2026
އީރާނުން އިޒްރޭލުގެ ޖާސޫސީ މަރުކަޒުތަކަށް މިސައިލް ހަމަލާދީފި
24 މާރިޗު 2026

އީރާނުގެ ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ ގެ މަގާމަށް މުޙައްމަދު ބާގިރު ޒުލްގަދަރު އައްޔަން ކޮށްފި

24 މާރިޗު 2026
އީރާނުގެ ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ ގެ މަގާމަށް މުޙައްމަދު ބާގިރު ޒުލްގަދަރު އައްޔަން ކޮށްފި
24 މާރިޗު 2026

ހުޅަނގު އޭޝިއާގެ ހަމަނުޖެހުންތަކާ ގުޅިގެން އިންޑިއާގެ ޖައިޝަންކަރާއި، ރޫބިއޯ މަޝްވަރާ ކުރައްވައިފި

24 މާރިޗު 2026
ހުޅަނގު އޭޝިއާގެ ހަމަނުޖެހުންތަކާ ގުޅިގެން އިންޑިއާގެ ޖައިޝަންކަރާއި، ރޫބިއޯ މަޝްވަރާ ކުރައްވައިފި
24 މާރިޗު 2026

އިޒްރޭލްގެ މަސްހަލަތު ހިމާޔަތް ކުރުމަށް، ނަތަންޔާހޫ އާއި ޓްރަމްޕް މަޝްވަރާ ކުރައްވައިފި

24 މާރިޗު 2026
އިޒްރޭލްގެ މަސްހަލަތު ހިމާޔަތް ކުރުމަށް، ނަތަންޔާހޫ އާއި ޓްރަމްޕް މަޝްވަރާ ކުރައްވައިފި
24 މާރިޗު 2026

ބިރު ދެއްކިޔަސް އީރާން އޮތީ ބިރަކުން ނޫން، ހަމަލާ ދިނަސް އަވަހަށް ހައްލު ހޯދާނެ

24 މާރިޗު 2026
ބިރު ދެއްކިޔަސް އީރާން އޮތީ ބިރަކުން ނޫން، ހަމަލާ ދިނަސް އަވަހަށް ހައްލު ހޯދާނެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު