Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ދެ އިންތިހާބު އެއްކޮށްލުން

ދިވެހިރާއްޖެ މިހާރު އޮތް ހާލަތުން، ދެ އިންތިޚާބު އެއްކޮށްލުމަކީ ރައްޔިތުންނަށް ފައިދާ ހުރި ކަމެއް ނޫން: ޑރ. ހަސަން ހަމީދު

ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމުން ޤައުމީ ފެންވަރުގެ މައްސަލަތަކަށް ދޭންޖެހޭ ސަމާލުކަން ކުޑަވެ، ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އޮތް ފުރުސަތު ހަނިވާނެ ކަމަށް ޑރ. ހަސަން ހަމީދު ވަނި ވިދާޅުވެފަ. އިންތިޚާބުތައް މަދުކުރުމަކީ ޚުދުމުޚުތާރު ވެރިކަމަކަށް މަގުފަހިވެ، ޑިމޮކްރެޓިކް ރޫޙާ ޚިލާފު ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވި. މީގެ އިތުރުން، މި ބަދަލުގެ ސަބަބުން ރައްޔިތުންނަށް ލިބޭނެ ފައިދާއެއް ނެތް ކަމަށާއި، މީގެ ނާޖާއިޒު މަންފާ އަބަދުވެސް ލިބޭނީ ވެރިކަން ކުރާ ފަރާތްތަކަށް ކަމަށްވެސް އޭނާ ވިދާޅުވި.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް, ރާއްޖެ އެމްވީ | 25 މާރިޗު 2026 | ބުދަ 15:55
ރާއްޖޭގެ ގައުމީ ޔުނިވަސިޓީގެ ކުރީގެ ޗާންސެލަރ ޑރ. ހަސަން ހަމީދު

ރާއްޖޭގެ ގައުމީ ޔުނިވަސިޓީގެ ކުރީގެ ޗާންސެލަރ ޑރ. ހަސަން ހަމީދު | އެމްއެންޔޫ

ދިވެހިރާއްޖޭގެ މިހާރުގެ ހާލަތަށް ބަލާއިރު ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށްލުމަކީ ދިވެހި ރައްޔިތުންނަށް ފައިދާހުރި ކަމެއް ނޫންކަމަށް ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީގެ ކުރީގެ ޗާންސެލަރ ޑރ. ހަސަން ހަމީދު ވިދާޅުވެއްޖެ އެވެ.

ޑރ. ހަސަން މިހެން ވިދާޅުވީ އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ނެގުމަށް ހަމަޖެހިފައިވާ ފެންނަ ނުފެންނަ ވޯޓާ ގުޅޭގޮތުން ޝާއިއު ކުރެއްވި ލިޔުމެއްގަ އެވެ.

މި ލިޔުމުގައި ޑރ. ހަސަން ވަނީ އިންތިޚާބުތައް އެއްކޮށްލުމުން ރައްޔިތުންނަށް ކުރިމަތިވެދާނެ ގެއްލުންތައް ވަރަށް ބޮޑަށް ތަފްސީލު ކޮށްދެއްވާފަ އެވެ. އިންތިޚާބުތައް މަދުކުރުމުން ދައުލަތުގެ ޚަރަދުތައް ކުޑަވެ ފައިދާވާނެ ކަމަށް ސަރުކާރުން ބުނާ ވާހަކައަށް ރައްދު ދެއްވަމުން ޑރ. ހަސަން ވިދާޅުވީ، އިންތިޚާބުތައް މަދުކުރުމުން ގާނޫނު ހަދާ ފަރާތްތަކާއި އިދާރީ ގޮތުން ގައުމު ހިންގާ ފަރާތްތަކާ ރައްޔިތުން ދުރުވާނެ ކަމަށެވެ. އަދި މީގެ ނަތީޖާއެއްގެ ގޮތުން ގައުމު ޚުދުމުޚްތާރު ވެރިކަމަކަށް އެނބުރިގެން ދިއުމުގެ ފުރުސަތު ބޮޑުވާނެ ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.

  20 އަހަރުން އެއް ފަހަރު އިންތިޚާބު ބޭއްވުން ކިހިނެއް ވާނެތޯ ؟ މިހެން ހަދައިފިނަމަ، ގިނަ ފަރާތްތަކުން ބުނާނީ މިއީ އެދެވޭ ގޮތެއް ނޫން ކަމަށް. ޑިމޮކްރެސީ އެއް ނެތް ކަމަށް. ރައްޔިތުންގެ އެއްވެސް ބާރެއް ނެތް ކަމަށް. ޤާނޫނު ހަދާ ފަރާތްތަކާއި އިދާރީ ގޮތުން ޤައުމު ހިންގާ ފަރާތްތަކާ، ރައްޔިތުން ފޭވެ، ޚުދުމުޚްތާރު ވެރިކަމަކަށް ޤައުމު އެނބުރޭނެ ކަމަށް.
 ޑރ. ހަސަން ހަމީދު

ރިޔާސީ އިންތިޚާބަކީ މުޅި ގައުމީ ފެންވަރުގެ ބޮޑެތި މައްސަލަތަކަށް ސަމާލުކަންދޭ އިންތިޚާބަކަށް ވާއިރު، މަޖިލިސް އިންތިޚާބާއި ރިޔާސީ އިންތިޚާބު އެއްކޮށް ބޭއްވުމުން ސަރަހައްދީ ފެންވަރުގެ މައްސަލަތަކާއި ހައްލުތަކުގެ ވާހަކަތަކުން ގައުމީ ފެންވަރުގެ މައްސަލަތަކަށް ހިޔަނި އެޅޭނެ ކަމަށް ޑރ. ހަސަން ވިދާޅުވި އެވެ.

ރިޔާސީ އިންތިޚާބަކީ ޤައުމީ ފެންވަރުގެ މައްސަލަތަކަށް ސަމާލުކަން ދެވޭ، ނުވަތަ ފޯކަސް ކުރެވޭ އިންތިޚާބެއް. މެންބަރު ކަމާއި ކައުންސިލްގެ އިންތިޚާބުތަކަކީ ސަރަޙައްދީ ނުވަތަ އަތޮޅު ފެންވަރުގެ ކަންކަމަށް ފޯކަސް ކުރެވެން ޖެހޭ އިންތިޚާބެއް. މި ދެ ބާވަތުގެ އިންތިޚާބު އެއްކޮށްލުމުން ސަރަޙައްދީ ފެންވަރުގެ މައްސަލަތަކާއި ހައްލުތަކުގެ ވާހަކަތަކުން ޤައުމީ ފެންވަރުގެ މައްސަލަތަކާއި ހައްލުތަކަށް ހިޔަނި އެޅި، ޤައުމީ ކަންކަމަށް ދޭންޖެހޭ އިސްކަމުގައި ކޭތަ ހިފާނެ. 
 ޑރ. ހަސަން ހަމީދު

ރާއްޖޭގައި މިހާރު އޮންނަ އުސޫލުން ފަސް އަހަރެއްގެ ތެރޭގައި ދެ ފަހަރު އިންތިޚާބު އޮތުމުން، މަޖިލިސް މެންބަރުންނާއި ރައީސަކު ވެސް ދެ ފަހަރު ރައްޔިތުންގެ ކުރިމައްޗަށް ނުސީދާ ގޮތެއްގައި ނުކުންނަން މަޖުބޫރުވާކަން އޭނާ ފާހަގަކުރެއްވި އެވެ.

ޑރ. ހަސަން އިތުރަށް ވިދާޅުވީ، ބޮޑު ދެ އިންތިޚާބު އެއްކޮށްލުމުން ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަގު ވެސް ހަނިވެގެންދާނެ ކަމަށެވެ. ރާއްޖޭގައި މިވަގުތު އޮތް ޑިމޮކްރެސީގެ ސަގާފަތާ އަޅާބަލާއިރު ދެ އިންތިޚާބު އެއްކޮށްލުމަކީ ޑިމޮކްރެޓިކް ރޫހާ ގުޅޭ ކަމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވި އެވެ. އަދި މިގޮތަށް ދެ އިންތިޚާބު އެއްކޮށްލުމުން އޭގެ މަންފާ އަބަދުވެސް އެންމެ ބޮޑަށް ކުރާނީ ވެރިކަމުގައި ތިބޭ ބަޔަކަށް ކަމަށް ޑރ. ހަސަން ފާހަގަކުރެއްވި އެވެ.

ޑރ. ހަސަން ހަމީދުރިޔާސީ އިންތިޚާބުރައްޔިތުންގެ މަޖިލިސްޑިމޮކްރަސީޚިޔާލު ހޯދުމުގެ ވޯޓު

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް މުއިއްޒު އަށް "ރީތި ބޮނޑިއެއް" ނުލިބެނީސް ނޫނެކޭ ގޮޅިގައި ހެޔޮ ފާހަގަ ޖައްސަވަންޖެހޭ!

ރައީސް މުއިއްޒު އަށް "ރީތި ބޮނޑިއެއް" ނުލިބެނީސް ނޫނެކޭ ގޮޅިގައި ހެޔޮ ފާހަގަ ޖައްސަވަންޖެހޭ!

25 މާރިޗު 2026
ދެ އިންތިހާބު އެއްކޮށްލައި މުއިއްޒު އުޅުއްވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ރަސްކަމަކަށް ބަދަލުކުރަން: މަލީހު

ދެ އިންތިހާބު އެއްކޮށްލައި މުއިއްޒު އުޅުއްވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ރަސްކަމަކަށް ބަދަލުކުރަން: މަލީހު

25 މާރިޗު 2026
ދެ އިންތިހާބު އެއްކޮށްލުމަށް ގާނޫނުއަސާސީ އަށް ގެނެވުނު އިސްލާހަކީ ދުސްތޫރީ ޝަރުޢިއްޔަތު ލިބިގެންވާ އިސްހާލެއް ނޫން: ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަބްދުﷲ ދީދީ

ދެ އިންތިހާބު އެއްކޮށްލުމަށް ގާނޫނުއަސާސީ އަށް ގެނެވުނު އިސްލާހަކީ ދުސްތޫރީ ޝަރުޢިއްޔަތު ލިބިގެންވާ އިސްހާލެއް ނޫން: ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަބްދުﷲ ދީދީ

25 މާރިޗު 2026
ދެ އިންތިހާބު އެއްކުރުމާއި އިބްރާ ދެކޮޅު، ވިދާޅުވީ އެ ކުރެވެނީ ސިޔާސީ ވަކި މަޤްޞަދެއް މި ވަގުތަށް ހާސިލްކުރުމަށް އިންތިޤާލީ ހާލަތެއް ނެތި އިންތިޤާލީ ކަމެއް ކުރުން ކަމަށް

ދެ އިންތިހާބު އެއްކުރުމާއި އިބްރާ ދެކޮޅު، ވިދާޅުވީ އެ ކުރެވެނީ ސިޔާސީ ވަކި މަޤްޞަދެއް މި ވަގުތަށް ހާސިލްކުރުމަށް އިންތިޤާލީ ހާލަތެއް ނެތި އިންތިޤާލީ ކަމެއް ކުރުން ކަމަށް

24 މާރިޗު 2026
ރެފަރެންޑަމް ވޯޓާއެކު މަޖިލީހުން ރައީސް އަޒުލު ކުރުމުގެ ބާރު ވެސް އަތުލާ. ނޫނެކޭ ބުނަންޖެހެނީ އެހެންވެގެން: ޖިނާހު

ރެފަރެންޑަމް ވޯޓާއެކު މަޖިލީހުން ރައީސް އަޒުލު ކުރުމުގެ ބާރު ވެސް އަތުލާ. ނޫނެކޭ ބުނަންޖެހެނީ އެހެންވެގެން: ޖިނާހު

24 މާރިޗު 2026

އަހަރުތަކުން މިއަދު

17 އެޕްރީލު
ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް
20251 އަހަރު ކުރިން
ރާއްޖެ

ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"
20233 އަހަރު ކުރިން
ކުޅިވަރު

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް
20224 އަހަރު ކުރިން
ރާއްޖެ

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!
20188 އަހަރު ކުރިން
ރިޕޯޓު

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު