Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ރައީސް މުއިއްޒު އަށް "ރީތި ބޮނޑިއެއް" ނުލިބެނީސް ނޫނެކޭ ގޮޅިގައި ހެޔޮ ފާހަގަ ޖައްސަވަންޖެހޭ!

ޚަރަދު ކުޑަކުރުމުގެ ނަމުގައި ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމަށް ސަރުކާރުން ކުރާ މަސައްކަތަކީ ރައީސް ޑރ. މުއިއްޒުގެ ސިޔާސީ މުސްތަގުބަލަށް އޮތް ނުރައްކަލެއް ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ފާޑުކިޔަމުން. މިކަމާ ގުޅިގެން ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވީ، ދެ އިންތިޚާބު އެއްކޮށް ބާއްވައިގެން މަޖިލީހުގެ މެޖޯރިޓީ އިދިކޮޅަށް ލިބިއްޖެނަމަ ރައީސް އަޒުލުކުރުމުގެ ފުރުސަތު ބޮޑުވާނެ ކަމަށް. އެހެންކަމުން އަމިއްލަ ސަލާމަތަށްޓަކައިވެސް މި ރެފަރެންޑަމަށް "ނޫނެކޭ" ވިދާޅުވާންޖެހޭ ފުރަތަމަ ބޭފުޅަކީ ރައީސް މުއިއްޒު ކަމަށް އޭނާ ފާހަގަކުރެއްވި.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 25 މާރިޗު 2026 | ބުދަ 13:53
ރައީސް މުއިއްޒު އެންމެ ފުރަތަމަ ވެސް ކުރައްވަންވީ ކަމަކީ މި ރެފަރެންޑަމަށް "ނޫނެކޭ" ބުނުން ކަމަށް ސުއޫދު ވިދާޅުވި

ރައީސް މުއިއްޒު އެންމެ ފުރަތަމަ ވެސް ކުރައްވަންވީ ކަމަކީ މި ރެފަރެންޑަމަށް "ނޫނެކޭ" ބުނުން ކަމަށް ސުއޫދު ވިދާޅުވި | ރާއްޖެއެމްވީ ގްރެފިކްސް

ދިވެހިރާއްޖޭގެ ސިޔާސީ  މަޝްރަހުން މިއަދު ފެންނަމުން ދަނީ ވަރަށްވެސް ތަފާތު މަންޒަރެކެވެ. ގައުމުގެ ބާރުތައް ކޮންމެވެސް ގޮތަކުން، ވަގުތީ ގޮތެއްގައި ލިބިގެން އުޅޭ ބަޔަކު، ބަތްކައްކާ ކުޅޭހެން ގާނޫނު އަސާސީއާ ކުޅެމުންދަނީ ރައްޔިތުންގެ ބާރުތައް "މުށުތެރެއަށް" ލެވޭނެ ގޮތެއް ހޯދުމަށެވެ. މިއަދު ސަރުކާރު ހިންގުމާ ހަވާލުވެ ހުންނެވި ރައީސް ޑރ. މުހައްމަދު މުއިއްޒާއި، އެމަނިކުފާނަށް ސަނާ ކިޔާ ބަޔަކު އެތިބީ މުޅި މި ގައުމު އެވެރިންގެ އަތުތެރެއަށް ލެވޭނެ އެންމެ ފަސޭހަ ގޮތެއް ހޯދައި، އެ ވަގުތެއްގެ އިންތިޒާރުގަ އެވެ. 

އެކަމަށްޓަކައި ހީލަތްތެރި ރޭވުމަކުން، ޚަރަދުތައް ކުޑަކުރަން ކަމަށް ބުނެ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލަން ރެފަރެންޑަމް އެއް ނެގުމަަށް ނިންމާފައިވާއިރު މިކަމަކީ  ރޭވުމެއްގެ ތެރެއިން ރާއްޖޭގެ ވެރިކަން ދިގުދަންމާލުމަށް ރައީސް މުއިއްޒު ކުރައްވާ ކަމެއް ކަމަށް އެތައް ބަޔަކު އެދަނީ ބުނަމުންނެވެ. ރެފަރެންޑަމް ގައި "އާން" އެކޭ ބުނަން ޖެހޭ ކަމަށް ބުނެ ބޮޑު ކެމްޕޭނެއް މި ސަރުކާރުން ފަށާފައިވާއިރު މި ވޯޓުގައި ނޫނެކޭ ބުނަން ޖެހޭ އެންމެ ފުރަތަމަ ބޭފުޅަކީ ޚުދު ރައީސް މުއިއްޒު ކަމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު މިވަނީ ވިދާޅުވެފަ އެވެ. ސުއޫދު ވަނީ މިކަން ވަރަށް ރަނގަޅަށް ތަފްސީލު ވެސް ކޮށްދެއްވާފަ އެވެ. 

ސަރުކާރުން މި އުޅެނީ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހަކު ބާއްވާށެވެ. ބޭނުމަކީ ޚަރަދު ކުޑަކުރުން ކަމަށް ބުނި ކަމުގައިވިޔަސް، މީގެ އަޑީގައި އޮތީ ހީލަތްތެރި ރޭވުމެއްކަން ގިނަ ބަޔަކު މިއަދު ގަބޫލު ކުރެ އެވެ. ސުއޫދު ވިދާޅުވާ ގޮތުގައި، މިއީ ރައީސް މުއިއްޒަށް ލިބިދާނެ ވަރަށް ބޮޑު "ލަނޑަކަށް" ވެދާނެ އެވެ. ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ނަމަވެސް، މަޖިލީހުގެ މެޖޯރިޓީ ނުލިބިއްޖެނަމަ، ދެން ވާނެ ގޮތް އެމަކިނުފާނަށް ވެސް އެނގިވަޑައިގަންނަވާނެ އެވެ. 

ސުއޫދު ފާހަގަކުރެއްވި ގޮތުގައި، ދެ އިންތިޚާބު އެއްކޮށް ބާއްވައިގެން ރައީސް ހޮވޭ ދުވަހު މަޖިލީހުގެ މެޖޯރިޓީ އިދިކޮޅަށް ލިބިއްޖެނަމަ، "ދެ ދުވަސް ނުވަނީސް" ރައީސް އަޒުލުކޮށް ގެއަށް ފޮނުވާލުމުގެ ބާރު ރައްޔިތުންނަށް ލިބިގެންދާނެ އެވެ. އެހެންވެއްޖެ ނަމަ މިއީ ހަމަ ރީތި "ބޮނޑިއެއް ބޮވުން" ނޫން ދެން ކޮން ކަމެއް ތޯ ސުއޫދު ސުވާލު އުފެއްދެވި އެވެ. 

އޭރުން ރައީސް މުއިއްޒު އަންގަވައިގެން ޖައްސަވާ ބެރައް ނަށަމުންދާ މަޖިލީސް އެކަން ހުއްޓާލާނެ އެވެ. ހަމަގައިމު ވެސް މިއީ އެމަނިކުފާނު ބޭނުންފުޅުވާނެ ގޮތެއް ނޫންތާ އެވެ. އެހެންވީމާ ސުއޫދު ވިދާޅުވި ގޮތަށް ހަގީގަތުގައި މިކަމާ މެދު އެންމެ ފުން ކޮށް ވިސްނާ، އެންމެ ބާރަށް ގޮސް ނޫނެކޭ ބުނަން ޖެހޭ ފުރަތަމަ ބޭފުޅަކީ ރައީސް މުއިއްޒެއް ނޫންތޯ އެވެ؟ 

ރެފަރެންޑަމް ބާއްވަން ނެރުއްވި ގަރާރުގައި އެކަށީގެންވާ ހުއްޖަތެއް ނެތް ކަމަށް ގާނޫނީ މާހިރުން ބުނާއިރު، މިއީ ހަމައެކަނި ބާރުތައް މަސްހުނިކޮށް، ރައީސް އޮފީހުގެ ތެރެއިން މުޅި ދައުލަތް ހިންގަން ކުރާ ކަމެއްގެ ގޮތުގައި ވަނީ ސިފަވެފަ އެވެ. ސުއޫދު ވިދާޅުވާ ފަދައިން، ބާރުތައް ވަކިކުރުމުގެ ވާހަކައަކީ މިއަދު "ދެކޮޅު ނުޖެހޭ" ވާހަކައެކެވެ. މަޖިލީހުގެ ރައީސަކު ހުރިކަމެއް ނުވަތަ ނެތްކަމެއް ވެސް ނޭނގޭ މިންވަރަށް ކަންކަން ގޮސްފައިވާއިރު، މިފަދަ ނިޒާމެއްގެ ތެރެއަށް ރައީސް މުއީއްޒު އަމިއްލަފުޅަށް ވެއްޓިވަޑައިގަންނަވަން އެމަނިކުފާނު ވެސް ބޭނުންފުޅެއް ނުވާނެތާ އެވެ. 

އެހެންކަމުން، ރައީސް މުއިއްޒު އެންމެ ފުރަތަމަ ވެސް ކުރައްވަންވީ ކަމަކީ މި ރެފަރެންޑަމަށް "ނޫނެކޭ" ވިދާޅުވުމެވެ. އެއީ ރައްޔިތުންގެ ހައްގުގައެއް ނޫނެވެ. ހަމަ އަމިއްލަފުޅު ސިޔާސީ މުސްތަގްބަލުގެ ސަލާމަތަށްޓަކައެވެ. އިދިކޮޅު މަޖިލީހަކުން ދީފާނެ "ރީތި ބޮނޑިއަކުން" ސަލާމަތްވެ، މަގާމުގައި ދެމިހުންނެވޭނީ އޭރުންނެވެ. ނޫންނަމަ، އިންތިޚާބު ނިމި، އުފާފާޅުކޮށް ނުނިމެނީސް "ގެއަށް ވަޑައިގަންނަވަން" ޖެހުމަކީ ދުރުގައި އޮތް ކަމެއް ނޫނެވެ.

ރައީސް އެވެ! ސުއޫދު އެ ދެއްވީ ހަމަ ހަގީގަތުގައި ވެސް ރަނގަޅު ނަސޭހަތެކެވެ. މި ކުޅިވަރުގެ ތެރެއިން އަމިއްލަފުޅު އަޒުލުވުމުގެ ސިޓީގައި ސޮއިނުކުރައްވާށެވެ! އަވަހަށް ސަލާމަތްވެވަޑައިގަންނަވާށެވެ!

ޑރ. މުޙައްމަދު މުޢިއްޒުހުސްނުއްސުއޫދުޚިޔާލު ހޯދުމުގެ ވޯޓުރިޔާސީ އިންތިޚާބުމަޖިލީސް އިންތިޚާބު

ކޮމެންޓް

އިތުރަށް ކިޔާލަން

މިއީ ވަޒީފާ އަށް މީހުން ނަގަން ރަނގަޅު ވަގުތަކަށް ނުވިޔަސް، ސަރުކާރު ހިންގަން ދޭން ޖެހޭ ވަޒީފާ ދޭނެ: ޒަމީރު

މިއީ ވަޒީފާ އަށް މީހުން ނަގަން ރަނގަޅު ވަގުތަކަށް ނުވިޔަސް، ސަރުކާރު ހިންގަން ދޭން ޖެހޭ ވަޒީފާ ދޭނެ: ޒަމީރު

25 މާރިޗު 2026
ދެ އިންތިހާބު އެއްކޮށްލައި މުއިއްޒު އުޅުއްވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ރަސްކަމަކަށް ބަދަލުކުރަން: މަލީހު

ދެ އިންތިހާބު އެއްކޮށްލައި މުއިއްޒު އުޅުއްވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ރަސްކަމަކަށް ބަދަލުކުރަން: މަލީހު

25 މާރިޗު 2026
އޭޕްރީލް މަހުން ފެށިގެން ކުދިން ފޮސްޓަރ ކުރާ ފަރާތްތަކަށް ވިހެއުމުން ލިބޭ ފަދަ ޗުއްޓީއެއް ލިބޭނެ - މިނިސްޓަރު

އޭޕްރީލް މަހުން ފެށިގެން ކުދިން ފޮސްޓަރ ކުރާ ފަރާތްތަކަށް ވިހެއުމުން ލިބޭ ފަދަ ޗުއްޓީއެއް ލިބޭނެ - މިނިސްޓަރު

25 މާރިޗު 2026
ދެ އިންތިހާބު އެއްކޮށްލުމަށް ގާނޫނުއަސާސީ އަށް ގެނެވުނު އިސްލާހަކީ ދުސްތޫރީ ޝަރުޢިއްޔަތު ލިބިގެންވާ އިސްހާލެއް ނޫން: ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަބްދުﷲ ދީދީ

ދެ އިންތިހާބު އެއްކޮށްލުމަށް ގާނޫނުއަސާސީ އަށް ގެނެވުނު އިސްލާހަކީ ދުސްތޫރީ ޝަރުޢިއްޔަތު ލިބިގެންވާ އިސްހާލެއް ނޫން: ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަބްދުﷲ ދީދީ

25 މާރިޗު 2026
ޕަބްލިކް ވޯކްސް ޔުނިޓްތަކަށް 516 މުވައްޒަފުން ނަގައި، 9.1 މިލިއަން ޑޮލަރުގެ ތަކެތި ގެންނަނީ

ޕަބްލިކް ވޯކްސް ޔުނިޓްތަކަށް 516 މުވައްޒަފުން ނަގައި، 9.1 މިލިއަން ޑޮލަރުގެ ތަކެތި ގެންނަނީ

24 މާރިޗު 2026

އަހަރުތަކުން މިއަދު

16 އެޕްރީލު
އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް
20251 އަހަރު ކުރިން
ރިޕޯޓު

އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް
20233 އަހަރު ކުރިން
މީހުން

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު