Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރައްޔިތުންގެ މަޖިލިސް

ދެ އިންތިޚާބު އެއްކޮށްލުމުން މަޖިލީހަށް ހޮވޭ މެމްބަރުން ވާނީ ރައީސް ވިދާޅުވާހާ ގޮތަކަށް އަމަލުކުރާ ޕްރޮކްސީ މެމްބަރުންނަށް: އަސްލަމް

ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމަކީ ރައްޔިތުންނަށް ފައިދާހުރި ގޮތެއް ނޫން ކަމަށާއި، މިއީ ނިޒާމު މަސްހުނިވެގެންދާނެ ކަމެއް ކަމަށް މަޖިލިސް ކުރީގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވި.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް, ރާއްޖެ އެމްވީ | 23 މާރިޗު 2026 | ހޯމަ 19:23
 ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު އަސްލަމް.

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު އަސްލަމް. | ރާއްޖެ އެމްވީ

ދެ އިންތިޚާބު އެއްކޮށްލުމުން މަޖިލީހަށް ހޮވޭ މެމްބަރުން ވާނީ ރައީސް ވިދާޅުވާހާ ގޮތަކަށް އަމަލުކުރާ ޕްރޮކްސީ މެމްބަރުންނަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ޤާނޫނުއަސާސީ އެކުލަވާލުމުގެ މަސައްކަތުގައި ވެސް އުޅުއްވި ބޭފުޅެއް ކަމަށްވާ އަސްލަމް ރާއްޖެޓީވީގެ ނޫނެކޭ ކެމްޕެއިން ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ވިދާޅުވީ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމަކީ ރައްޔިތުންނަށް ފައިދާ ހުރި ގޮތެއް ނޫން ކަމަށެވެ. 

Advertisement - newsAdvertisement

މީގެ އިތުރުން މިހާރު ގެންނަ ބަދަލަކީ ހަގީގަތުގައި ރައްޔިތުންގެ މަޖިލީހުގެ ދައުރަށް ބަދަލު އަންނަ ކަމަކަށް ވާއިރު، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ދައުރުގެ ދިގު މިނާއި ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާ ބޭފުޅެއްގެ ދައުރުގެ އުމުރާއި ގުޅޭ ގޮތުން ގޮތެއް ނިންމޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް އަހައިގެން ކަމަށް އަސްލަމް ވަނީ ވިދާޅުވެފަ އެވެ. 

ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ އަކީ ރާއްޖޭގައި ކަންކަން ކުރަން ޖެހޭ އެންމެ އަސާސީ މިންގަނޑު ކަމަށް އަސްލަމް ވަނީ ވިދާޅުވެފަ އެވެ. އެ ޤާނޫނުއަސާސީ ބަލައިގަނެ ކުރިއަށް ދާން ވާނީ ވަކި ތަރުތީބަކުން ކަމަށް އަސްލަމް ވަނީ ވިދާޅުވެފަ އެވެ. އަދި ޤާނޫނުއަސާސީގައި ބާރުތައް ތަރުތީބުކުރެވިފައިވާ ގޮތަށް ޖުމުލަ ބަދަލެއް ގެންނަ ކަމަށް ވާނަމަ ޤާނޫނުއަސާސީ ނުވަތަ މުޅި ނިޒާމް ބަދަލުކުރަން ޖެހޭ ކަމަށް އަސްލަމް ވަނީ ވިދާޅުވެފަ އެވެ.

"މިދާ ގޮތަށް ދާއިރު އަޅުގަނޑަށް ހީވަނީ ބަރުލަމާނީ ނިޒާމް ވެސް މާ ރަނގަޅު ހެން. ބަރުލަމާނީ ނިޒާމަކަށް އެއްކޮށް ބަދަލުކޮށްލަން ވީނުންތޯ މިވަރަށް މަސްހުނިކުރަންޏާ؟" އަސްލަމް ވިދާޅުވި އެވެ.

މަޖިލިސް އިންތިޚާބާއި ރިޔާސީ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަކީ ބަރުލަމާނީ ނިޒާމުގެ ސިފަ އެއް ކަމަށާއި އެއީ ނިޒާމް ވަރަށް ބޮޑަށް މަސްހުނިވުން ކަމަށް އަސްލަމް ވިދާޅުވި އެވެ. އަސްލަމް ވަނީ ޤާނޫނުއަސާސީ އެކުލަވާލައި، ތިން ބާރު އެކުލެވޭ ނިޒާމެއް އެކުލަވާލުމުގެ ފައިދާ ކިހާވަރަކަށް އާއްމުންނަށް މިއަދު ލިބޭތޯ ސުވާލު އުފައްދަވާފަ އެވެ. ތިން ބާރު ވަކިކުރަން ނުކުމެ ކުރި މަސައްކަތުގެ ނަތީޖާ އަކީ ކޮބައިތޯ މިއަދު ސުވާލުކޮށްލަން ޖެހޭ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

މުހައްމަދު އަސްލަމްރައްޔިތުންގެ މަޖިލިސްރާއްޖެ ޓީވީބަރުލަމާނީ ނިޒާމްނޫނެކޭ

ކޮމެންޓް

އިތުރަށް ކިޔާލަން

ސަރުކާރުން އުޅެނީ މުއިއްޒު ބޭނުންފުޅުވާ ކޮންމެ ވަގުތެއްގައި މަޖިލިސް އުވާލެވޭނެ ފަދަ ހީލަތެއް ހަދަން: ބޮންޑާ

ސަރުކާރުން އުޅެނީ މުއިއްޒު ބޭނުންފުޅުވާ ކޮންމެ ވަގުތެއްގައި މަޖިލިސް އުވާލެވޭނެ ފަދަ ހީލަތެއް ހަދަން: ބޮންޑާ

23 މާރިޗު 2026
މަޖިލީހުގެ ވަކި އިންސައްތައެއް އެއީ 30 އަހަރުން ދަށުގެ ޒުވާނުންނާ އަންހެނުން ކަމަށް ކަނޑައަޅަން ދިރާސާ ކުރަނީ

މަޖިލީހުގެ ވަކި އިންސައްތައެއް އެއީ 30 އަހަރުން ދަށުގެ ޒުވާނުންނާ އަންހެނުން ކަމަށް ކަނޑައަޅަން ދިރާސާ ކުރަނީ

23 މާރިޗު 2026
ރެފަރެންޑަމް ވޯޓުގައި އާނއެކޭ ބުނެއްޖެނަމަ ރައީސަށް ހުރިހާ ބާރެއް ލިބޭނެ، އެހިސާބުން ފެނާއި ކަރަންޓުގެ އަގުވެސް ބޮޑުވާނެ: އިލްހާމް

ރެފަރެންޑަމް ވޯޓުގައި އާނއެކޭ ބުނެއްޖެނަމަ ރައީސަށް ހުރިހާ ބާރެއް ލިބޭނެ، އެހިސާބުން ފެނާއި ކަރަންޓުގެ އަގުވެސް ބޮޑުވާނެ: އިލްހާމް

23 މާރިޗު 2026
ރައީސްގެ ޤަރާރާ ގުޅިގެން އެމްޑީޕީން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އާންމު އުސޫލާ ޚިލާފަށް ލަސްކުރަމުންދާކަން ފާހަގަވޭ: މައުރޫފް

ރައީސްގެ ޤަރާރާ ގުޅިގެން އެމްޑީޕީން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އާންމު އުސޫލާ ޚިލާފަށް ލަސްކުރަމުންދާކަން ފާހަގަވޭ: މައުރޫފް

23 މާރިޗު 2026
ރެފަރެންޑަމް ވޯޓުގެ ސުވާލު އިބާރާތްކޮށްފައިވަނީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިގެންފި

ރެފަރެންޑަމް ވޯޓުގެ ސުވާލު އިބާރާތްކޮށްފައިވަނީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިގެންފި

23 މާރިޗު 2026

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު