Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މުހައްމަދު ޖިނާހު

ރެފަރެންޑަމް ވޯޓާއެކު މަޖިލީހުން ރައީސް އަޒުލު ކުރުމުގެ ބާރު ވެސް އަތުލާ. ނޫނެކޭ ބުނަންޖެހެނީ އެހެންވެގެން: ޖިނާހު

ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމަކީ ގާނޫނުއަސާސީގެ ރޫހާ ޚިލާފު ކަމެއް ކަމަށް ކުރީގެ އޭސީޕީ މުހައްމަދު ޖިނާހު ވިދާޅުވެއްޖެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، މި ބަދަލުގެ ސަބަބުން ރައްޔިތުންގެ އަސާސީ ހައްގުތަކާއި މަޖިލީހުގެ ބާރުތަކަށް އުނިކަން އަންނާނެތީ. މިކަމާ ގުޅޭ ފެންނަ ނުފެންނަ ވޯޓުގައި "ނޫނެކޭ" ބުނަން ޖެހޭ. އަދި މިއީ ދައުލަތުގެ ބާރުތައް ފެށިގެން އަންނަ އަސްލު މަސްދަރަށް (ރައްޔިތުން ގެ ބާރަށް) އަސަރުކުރާނެ ކަމެއް ކަމަށް ވެސް ޖިނާހު ވިދާޅުވި.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 24 މާރިޗު 2026 | އަންގާރަ 12:24
ކުރީގެ އޭސީޕީ މުހައްމަދު ޖިނާހު

ކުރީގެ އޭސީޕީ މުހައްމަދު ޖިނާހު | ރާއްޖެ އެމްވީ

ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމާ މެދު ނަގާ ފެންނަ ނުފެންނަ ވޯޓުން ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ އެންމެ މުހިއްމު އެއް ބާރު ކަމުގައިވާ ރައީސުލްޖުމްހޫރިއްޔާ އަޒުލު ކުރަން ޖެހޭ ހާލަތުގައި އެކަން ކުރުމުގެ ބާރު އަތުލެވިގެންދާ ކަމަށާއި، އެ ވޯޓުގައި ނޫނެކޭ ބުނަން ޖެހެނީ ރައްޔިތުންގެ އަތުގައި އެ ބާރު ބޭއްވުމަށް ކަމަށް ކުރީގެ އޭސީޕީ މުހައްމަދު ޖިނާހު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ "ނޫނެކޭ" ކެމްޕެއިން ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޖިނާހު ވިދާޅުވީ ގާނޫނު އަސާސީ އެކުލެވި، ލިޔެވިފައިވާ ގޮތަށް ބަލާއިރު ދެ އިންތިޚާބު އެއް ކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.  މި ސަރުކާރުން ދެ އިންތިޚާބު އެއްކުރަން މަސައްކަތް ކުރި ނަމަވެސް އެކަން ކުރުމަށް ގާނޫނު އަސާސީ އިން ތަން ނުދޭއިރު އެކަމުގައި ބޮޑެތި ކަންބޮޑުވުންތަކެއް ހުރި ކަމަށް ވެސް ޖިނާހު ވިދާޅުވި އެވެ. 

އެގޮތުން ގާނޫނު އަސާސީގެ 16 ވަނަ މާއްދާއިން އެ ޖާގަ ނުދޭ ކަމަށް ޖިނާހު ވިދާޅުވި އެވެ. ގާނޫނު އަސާސީގެ 16 ވަނަ މާއްދާގައި ބަޔާން ކޮށްފައިވަނީ ރައްޔިތުންގެ އަސާސީ ހައްގުތަކާއި މިނިވަންކަން ކަށަވަރު ކޮށްދޭން ޖެހޭ ކަމަށެވެ. 

ސަރުކާރުން ދެ އިންތިޚާބު އެއްކޮށްފިނަމަ އެ ހިފެހެއްޓެނީ ރައްޔިތުންގެ މަޖިލީހާ، ވެރިކަމާ ގުޅިފައިވާ ރައްޔިތުންގެ ހައްގުތައް ކަމަށް ވެސް ޖިނާހު ވިދާޅުވި އެވެ. ސަބަބަކީ ނަގަން އުޅޭ ރެފަރެންޑަމް ވޯޓުން އުވާލަނީ، ނުވަތަ ނިގުޅައިގަންނަނީ ރައްޔިތުންގެ މަޖިލީހުގެ ބާރާއި، ރައްޔިތުންގެ ޙައްޤުތައް ކަމަށާއި އެގޮތަށް އެކަން ނުކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

މަޖިލިސް ކުރެއް ނުކުރެވޭ. މަޖިލިސް އުވާލަނީ. މަޖިލިސް އުވާލާއިރު ޖެހޭނެ ސަރުކާރު ވެސް އުވެން. އެއީ އަސްލު މަޖިލިސް އުވޭ ގޮތަކީ. މަޖިލީހަކީ އެކަނި އުވޭ އެއްޗެއް ނޫން. އެފަދަ ހާލަތަކަށް ކަންތައްތައް މި ގެންދެވެނީ ފެންނަ ނުފެންނަ ވޯޓެއްގެ ޒަރިއްޔާއިން. މި ވޯޓުން މި ކުރާ ކަމަކީ މަޖިލިސް އުވާލަނީ. އެއީ ގާނޫނު އަސާސީގެ ފަސް ވަނަ މާއްދާގެ ދަށުން. 
ކުރީގެ އޭސީޕީ މުހައްމަދު ޖިނާހު 

ގާނޫނު އަސާސީގެ 5 ވަނަ މާއްދާގައި ބަޔާން ކޮށްފައި ވަނީ ދިވެހިރާއްޖޭގައި ގާނޫނުހެދުމުގެ އެންމެހައި ބާރުތައް ލިބިގެންވަނީ ރައްޔިތުންގެ މަޖިލީހަށް ކަމަށެވެ. އަދި ގާނޫނު އަސާސީގެ 4 ވަނަ މާއްދާގައި ބުނެފައިވަނީ ދިވެހިދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށާއި މި ބާރުތައް ދެމިއޮންނާނީ ރައްޔިތުންގެ ކިބައިގައި ކަމަށެވެ. 

ޖިނާހު ވިދާޅުވީ އެހެން ކަމުން ރެފަރެންޑަމް ވޯޓަކުން މަޖިލިސް އުވާލައި ރައްޔިތުންގެ އަތުން މި ބާރުތައް އަތު ނުލެވޭނެ ކަމަށެވެ. އަދި އެކަން ކޮށްފި ނަމަ މަޖިލީހަށް ލިބިގެންވާ އެންމެ ބޮޑު އެއްބާރު ކަމުގައިވާ ރައީސުލްޖުމްހޫރިއްޔާ އަޒުލު ކުރަން ޖެހޭ ހާލަތުގައި އެކަން ކުރުމުގެ ބާރުވެސް އަތުލާ ކަމަށެވެ. 

ބާރުތައް ފެށެނީ ރައްޔިތުން އިންތިޚާބު ކުރާ ވެރިކަމަކުން. ވެރިކަން ދެމި މި އޮންނަނީ ރައްޔިތުން ބޭނުންވަންޏާ.  އެއީ އިމްޕީޗް ކޮށްފަ ވެސް އެބަ ގެއަށް ފޮނުވާލެވޭ. އެހެންވީމަ ދެމި އޮންނަނީ ރައްޔިތުންގެ ކިބައިގަ. ދެމި އޮންނަ އޮތުމުގެ ބާރު ނައްތާލެވޭ އެބަ.
ކުރީގެ އޭސީޕީ މުހައްމަދު ޖިނާހު 

އެހެން ކަމުން ހައްތަހާ ވެސް މިއީ ރެފަރެންޑަމް އަށް ނޫނެކޭ ބުނަން ޖެހޭ ސަބަބުތައް ކަމަށް ޖިނާހު ވިދާޅުވި އެވެ. 

މުހައްމަދު ޖިނާހުރައްޔިތުންގެ މަޖިލިސްރިޔާސީ އިންތިޚާބުމަޖިލީސް އިންތިޚާބުޚިޔާލު ހޯދުމުގެ ވޯޓު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ފެންނަ ނުފެންނަ ވޯޓު ކަރުދާހުގެ ސުވާލު ވަނީ އޮޅުވާލާފަ: ޝާތިރު

ފެންނަ ނުފެންނަ ވޯޓު ކަރުދާހުގެ ސުވާލު ވަނީ އޮޅުވާލާފަ: ޝާތިރު

24 މާރިޗު 2026
ދެ އިންތިހާބު އެއްކުރުމަކީ ރައްޔިތުންގެ ބާރު ކަނޑުވާލުން: ބޮންޑާ

ދެ އިންތިހާބު އެއްކުރުމަކީ ރައްޔިތުންގެ ބާރު ކަނޑުވާލުން: ބޮންޑާ

24 މާރިޗު 2026
ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާ އަކީ މަޖިލިސް އުވާލުން ކަމަށް ވެދާނެ، މިއީ ރިޔާސީ ނިޒާމެއްގައި ކުރެވޭނެ ކަމެއް ނޫން: ޖިނާހު

ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާ އަކީ މަޖިލިސް އުވާލުން ކަމަށް ވެދާނެ، މިއީ ރިޔާސީ ނިޒާމެއްގައި ކުރެވޭނެ ކަމެއް ނޫން: ޖިނާހު

23 މާރިޗު 2026
ދެ އިންތިޚާބު އެއްކޮށްލުމުން މަޖިލީހަށް ހޮވޭ މެމްބަރުން ވާނީ ރައީސް ވިދާޅުވާހާ ގޮތަކަށް އަމަލުކުރާ ޕްރޮކްސީ މެމްބަރުންނަށް: އަސްލަމް

ދެ އިންތިޚާބު އެއްކޮށްލުމުން މަޖިލީހަށް ހޮވޭ މެމްބަރުން ވާނީ ރައީސް ވިދާޅުވާހާ ގޮތަކަށް އަމަލުކުރާ ޕްރޮކްސީ މެމްބަރުންނަށް: އަސްލަމް

23 މާރިޗު 2026
ސަރުކާރުން އުޅެނީ މުއިއްޒު ބޭނުންފުޅުވާ ކޮންމެ ވަގުތެއްގައި މަޖިލިސް އުވާލެވޭނެ ފަދަ ހީލަތެއް ހަދަން: ބޮންޑާ

ސަރުކާރުން އުޅެނީ މުއިއްޒު ބޭނުންފުޅުވާ ކޮންމެ ވަގުތެއްގައި މަޖިލިސް އުވާލެވޭނެ ފަދަ ހީލަތެއް ހަދަން: ބޮންޑާ

23 މާރިޗު 2026

އަހަރުތަކުން މިއަދު

24 މާރިޗު
ރަސްދޫގައި ފިހުނު ޒުވާން ދެމަފިރިންގެ ހާލު ގޯސްވެ، ވެންޓިލޭޓަރަށް ލައިފި
20251 އަހަރު ކުރިން
ރާއްޖެ

ރަސްދޫގައި ފިހުނު ޒުވާން ދެމަފިރިންގެ ހާލު ގޯސްވެ، ވެންޓިލޭޓަރަށް ލައިފި

ރައްޔިތުން ބޯންވީމަ އިސްކުރު ފެން، ރައީސްގެ ގެކޮޅުގައި ބޭނުންކުރަން ޗައިނާ އިމްޕޯޓެޑް ލަގްޒަރީ ފެން
20242 އަހަރު ކުރިން
ރިޕޯޓު

ރައްޔިތުން ބޯންވީމަ އިސްކުރު ފެން، ރައީސްގެ ގެކޮޅުގައި ބޭނުންކުރަން ޗައިނާ އިމްޕޯޓެޑް ލަގްޒަރީ ފެން

ސުމާއާއި އާސިމާ: ރަންތާޖު ގުރުއާން މުބާރާތުގައި މަންމައާއި ދަރިފުޅު!
20233 އަހަރު ކުރިން
ރިޕޯޓު

ސުމާއާއި އާސިމާ: ރަންތާޖު ގުރުއާން މުބާރާތުގައި މަންމައާއި ދަރިފުޅު!

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ބައެއް މަންޒަރުތައް ދައްކުވައިދޭ ޓްރެއިލަރެއް
20224 އަހަރު ކުރިން
ރިޕޯޓު

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ބައެއް މަންޒަރުތައް ދައްކުވައިދޭ ޓްރެއިލަރެއް

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން 3000 ޒުވާނުންނަށް ތަމްރީނު ދިނުމަށް ހުޅުވާލައިފި
20215 އަހަރު ކުރިން
ރާއްޖެ

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން 3000 ޒުވާނުންނަށް ތަމްރީނު ދިނުމަށް ހުޅުވާލައިފި

އަޅުގަނޑުގެ ކެންޑިޑޭޓަކީ ސައްލެ، ވޯޓު ދެއްވުމަށް އާދޭހާ އެކު އެދެން: މިނިސްޓަރު އައިޝާ
20197 އަހަރު ކުރިން
ރާއްޖެ

އަޅުގަނޑުގެ ކެންޑިޑޭޓަކީ ސައްލެ، ވޯޓު ދެއްވުމަށް އާދޭހާ އެކު އެދެން: މިނިސްޓަރު އައިޝާ

އދ.ގެ ޕޮލިޓިކަލް އެފެއަރޒް ޑިޕާޓްމަންޓްގެ ޓީމެއް ރާއްޖޭގައި!
20188 އަހަރު ކުރިން
ރާއްޖެ

އދ.ގެ ޕޮލިޓިކަލް އެފެއަރޒް ޑިޕާޓްމަންޓްގެ ޓީމެއް ރާއްޖޭގައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު