Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ދެ އިންތިހާބު އެއްކުރުމުގެ މައްސަލަ

ދެ އިންތިހާބު އެއްކޮށްލައި މުއިއްޒު އުޅުއްވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ރަސްކަމަކަށް ބަދަލުކުރަން: މަލީހު

ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމަށް ސަރުކާރުން ކުރާ މަސައްކަތަކީ ޚަރަދު ކުޑަކުރުމުގެ ނަމުގައި ރައްޔިތުންނަށް އޮޅުވާލައިގެން، ގާނޫނުއަސާސީގެ ބާރު ކަނޑުވާލުމަށް ކުރާ ކަމެއް ކަމަށް މަލީހު ޖަމާލު ތުހުމަތު ކުރެއްވި. މި ބަދަލާއެކު ދައުލަތުގެ ތިން ބާރު އެކުވެ، ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމު ގެއްލިގެންދާނެ ކަމަށާއި، މިއީ ރިޔާސީ މެނިފެސްޓޯގައި ވެސް ނެތް ކަމެއްކަން އޭނާ ފާހަގަކުރެއްވި. އެހެންކަމުން ގައުމުގެ އިގްތިސާދު ހީނަރުވެފައިވާ މި ދަނޑިވަޅުގައި، ރިފަރަންޑަމެއް ބޭއްވުމުގެ ބަދަލުގައި ރައްޔިތުންނަށް ވީ ވައުދުތައް ފުއްދުމަށް މަލީހު ގޮވާލެއްވި.

މަޚްތޫމް
މަޚްތޫމް, ރާއްޖެ އެމްވީ | 25 މާރިޗު 2026 | ބުދަ 11:59
ޕީއެންއެފްގެ ސެކްރެޓަރީ ޖެނެރަލް މަލީހު ޖަމާލު

ޕީއެންއެފްގެ ސެކްރެޓަރީ ޖެނެރަލް މަލީހު ޖަމާލު | ރާއްޖެ އެމްވީ

ދެ އިންތިހާބު އެއްކޮށްލައި ރައީސް ޑރ. މުހައްމަދު މުއިއްޒު އުޅުއްވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ރަސްކަމަކަށް ބަދަލުކުރަން ކަމަށް ޕީއެންއެފްގެ ސެކްރެޓަރީ ޖެނެރަލް މަލީހު ޖަމާލު ވިދާޅުވެއްޖެ އެވެ.

ޕީއެންއެފް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަލީހު ވިދާޅުވީ ކުއްލިއަކަށް ފެންނަ ނުފެންނަ ވޯޓެއް ޚާއްޞަ ގޮތެއްގައި ދެ އިންތިޚާބެއް އެއްކުރުމުގެ ވާހަކައެއް މި ދައްކާއިރު މިއީ ދެ އިންތިޚާބެއް އެއްކުރުމުގެ ވާހަކައެއް ނޫން ކަމަށެވެ. ސަރުކާރުން ދެތިން ވާހަކައެއް ރައްޔިތުން އޮޅުވާލުމަށްޓަކައި އެބަ ދައްކަވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެއް ވާހަކައަކަށް މި ބުނަނީ ދެ އިންތިޚާބެއް އެއްކޮށް ބޭއްވުމުން ވަރަށް ޚަރަދު ކުޑަވެގެންދާނެ ކަމަށް ކަމަށާއި، ނަމަވެސް އިންތިޚާބުތަކަށް ޚަރަދެއް ކުރަންޖެހޭ ކަމުގައި ވާނަމަ އެއްވެސް އިންތިޚާބެއް ނުބާއްވުމުން ހަރަދު ކުޑަވާނެ ކަމަށް މަލީހު ވިދާޅުވި އެވެ.

ޙަޤީޤަތުގައި ރިފަރަންޑަމޭ ކިޔައި ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރުކޮށް ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށް ބޭއްވުމަކީ މި ވަގުތު ޤާނޫނުއަސާސީ އޮތް ގޮތުން، ކުރެވޭނެ ކަމެއް ނޫން ކަމަށް މަލީހު ވިދާޅުވި އެވެ. ޤާނޫނުއަސާސީގެ މުޅި ބާރު، ޤާނޫނުއަސާސީ އެކުލަވާލާފައިވާ މުޅި ދުސްތޫރީ އެއް ވިސްނުން އެއްކޮށް ފުނޑިގެންދާ މަންޒަރު ފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ޤާނޫނުއަސާސީގެ ހަތަރު ވަނަ މާއްދާ، ރައީސުލްޖުމްހޫރިއްޔާގެ ވާހަކަ އައުމުގެ ކުރިން އޮތީ ރައްޔިތުންގެ ބާރުގެ ވާހަކަ، ޤާނޫނުއަސާސީގެ ހަތަރު ވަނަ މާއްދާގައި ރައްޔިތުންގެ ބާރު އެހައި ކުރިއަށް މި ލީ ކީއްވެގެންތޯ؟ ރައްޔިތުންގެ ބާރަކީ ކޮބައިތޯ؟ ރައްޔިތުންގެ ބާރަކީ ވޯޓުލުމުގެ ޙައްޤު. ވޯޓުލާން އެދާންޖެހޭ ދިޔުން އިނގޭތޯ. މުޅި ޤާނޫނުއަސާސީގެ މުޅި މަފްހޫމަކަށް، މުޅި ވިސްނުމަކަށް ވެފައި އޮތީ ތިން ބާރު ވަކިވެފައިވާ މިނިވަން ޑިމޮކްރާތީ ރާއްޖެއަކަށް ރާއްޖެ ގެންދިއުން. އެ މުޅި މަފްހޫމާ ޚިލާފަށް ޑިކެޓޭޓަރ ޑރ. މުހައްމަދު މުޢިއްޒު މި އުޅުއްވަނީ ދިވެހިރާއްޖެ ކިންގްޑަމަކަށް ހެދުމަށްޓަކައި. މި ރިފަރަންޑަމް ވޯޓު ކާމިޔާބުވެގެން ގޮއްސިއްޔާ، ދެން އޮންނާނެ ބާރުތަކަކީ، ރައްޔިތުންގެ މަޖިލީހުގެ ބާރު، ރައީސުލްޖުމްހޫރިއްޔާ ހިންގުމުގެ ބާރު، މިނިވަންކަމަށް، ޤާނޫނުއަސާސީގެ ޖުޑިޝަރީގެ ބާރު، މިހެން ނޫން. މިގޮތަށް މި ރިފަރަންޑަމް ފާސްވެގެން ގޮއްސިއްޔާ، ރާއްޖޭގައި އޮންނާނީ، މުޢިއްޒު އެއީ އެއް ބާރު، ސާޖިދާ އެއީ އަނެއް ބާރު، ފަލާހު އެއީ އަނެއް ބާރު، މި ތިން ބާރުގެ މައްޗަށް. އޭގެތެރެއިން ސާޖިދާއާއި މުޢިއްޒާ އެއްބާރުލެއްތޯ ހަމަ އެގޮތަށް މިވަނީ. އެހެންވީމާ، މަޖިލީހާއި އެގްޒެކްޓިވް ބްރާންޗް، ނޫނީ ރައީސުލްޖުމްހޫރިއްޔާ އެއްކުރަން އުޅޭ އުޅުމެކޭ މި އުޅެނީ. 
ޕީއެންއެފްގެ ސެކްރެޓަރީ ޖެނެރަލް މަލީހު ޖަމާލު

މަލީހު ވިދާޅުވީ ރިޔާސީ އިންތިޚާބަށް ބޮޑުސިންގާ ކިތާބުލް ބުހުތާނު ގެންދެވިއިރު މި ކިތާބުލް ބުހުތާނުގެ ފަސްސަތޭކަ ސަފްހާގެ އެއްވެސް ސަފްހާއެއްގައި ދެ އިންތިޚާބު އެއްކުރަން ނެތް ކަމަށް މަލީހު ފާހަގަކުރެއްވި އެވެ.

ރިޔާސީ ދައުރެއްގެ މެދުތެރެއިން ކުންފުންޏެއް ހިންގާ ގޮތަށް ޤައުމު ވެސް މި ހިންގަނީ ކަމަށާއި މިއަދު އޮތީ ރައްޔިތުންގެ މަޖިލިސް ޕެރެލައިޒްކޮށްފައި ކަމަށް މަލީހު ވިދާޅުވި އެވެ. ރާއްޖޭގެ އިޤްތިޞާދު އެއޮތީ އެއްކޮށް ފުނޑުފުނޑުވެފައި ކަމަށާއި ޑިކްޓޭޓަރ މުޢިއްޒު ރައްޔިތުންނަށް ވެވަޑައިގެންނެވި އެއްވެސް ވަޢުދަކަށް ހުރުމަތްތެރިކޮށް ނުހިއްތަވައި ޕެޓްރޯލްގެ އަގު އެހެރީ ޑޮލަރަކަށްވުރެ މަތީގައި ކަމަށް އޭނާ ވިދާޅުވި އެވެ.

ޑރ. މުޙައްމަދު މުޢިއްޒުމަލީހު ޖަމާލުޕީއެންއެފްޕީއެންސީރައްޔިތުންގެ މަޖިލިސް

ކޮމެންޓް

އިތުރަށް ކިޔާލަން

އޭޕްރީލް މަހުން ފެށިގެން ކުދިން ފޮސްޓަރ ކުރާ ފަރާތްތަކަށް ވިހެއުމުން ލިބޭ ފަދަ ޗުއްޓީއެއް ލިބޭނެ - މިނިސްޓަރު

އޭޕްރީލް މަހުން ފެށިގެން ކުދިން ފޮސްޓަރ ކުރާ ފަރާތްތަކަށް ވިހެއުމުން ލިބޭ ފަދަ ޗުއްޓީއެއް ލިބޭނެ - މިނިސްޓަރު

25 މާރިޗު 2026
ދެ އިންތިހާބު އެއްކޮށްލުމަށް ގާނޫނުއަސާސީ އަށް ގެނެވުނު އިސްލާހަކީ ދުސްތޫރީ ޝަރުޢިއްޔަތު ލިބިގެންވާ އިސްހާލެއް ނޫން: ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަބްދުﷲ ދީދީ

ދެ އިންތިހާބު އެއްކޮށްލުމަށް ގާނޫނުއަސާސީ އަށް ގެނެވުނު އިސްލާހަކީ ދުސްތޫރީ ޝަރުޢިއްޔަތު ލިބިގެންވާ އިސްހާލެއް ނޫން: ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަބްދުﷲ ދީދީ

25 މާރިޗު 2026
ދެ އިންތިހާބު އެއްކުރުމާއި އިބްރާ ދެކޮޅު، ވިދާޅުވީ އެ ކުރެވެނީ ސިޔާސީ ވަކި މަޤްޞަދެއް މި ވަގުތަށް ހާސިލްކުރުމަށް އިންތިޤާލީ ހާލަތެއް ނެތި އިންތިޤާލީ ކަމެއް ކުރުން ކަމަށް

ދެ އިންތިހާބު އެއްކުރުމާއި އިބްރާ ދެކޮޅު، ވިދާޅުވީ އެ ކުރެވެނީ ސިޔާސީ ވަކި މަޤްޞަދެއް މި ވަގުތަށް ހާސިލްކުރުމަށް އިންތިޤާލީ ހާލަތެއް ނެތި އިންތިޤާލީ ކަމެއް ކުރުން ކަމަށް

24 މާރިޗު 2026
ޕަބްލިކް ވޯކްސް ޔުނިޓްތަކަށް 516 މުވައްޒަފުން ނަގައި، 9.1 މިލިއަން ޑޮލަރުގެ ތަކެތި ގެންނަނީ

ޕަބްލިކް ވޯކްސް ޔުނިޓްތަކަށް 516 މުވައްޒަފުން ނަގައި، 9.1 މިލިއަން ޑޮލަރުގެ ތަކެތި ގެންނަނީ

24 މާރިޗު 2026
ރަށްރަށަށް ކަރަންޓު ދިނުމަށް އަހަރަކަށް 2.9 މިލިއަން ފީފާގެ ތެޔޮ ބޭނުންވޭ، މިދިޔަ އަހަރު ރާއްޖެއަށް ތެޔޮ އެތެރެކުރަން 10 ބިލިއަން ރުފިޔާ ހޭދަކުރި: މިނިސްޓަރު ތޯރިގް

ރަށްރަށަށް ކަރަންޓު ދިނުމަށް އަހަރަކަށް 2.9 މިލިއަން ފީފާގެ ތެޔޮ ބޭނުންވޭ، މިދިޔަ އަހަރު ރާއްޖެއަށް ތެޔޮ އެތެރެކުރަން 10 ބިލިއަން ރުފިޔާ ހޭދަކުރި: މިނިސްޓަރު ތޯރިގް

24 މާރިޗު 2026

އަހަރުތަކުން މިއަދު

16 އެޕްރީލު
އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް
20251 އަހަރު ކުރިން
ރިޕޯޓު

އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް
20233 އަހަރު ކުރިން
މީހުން

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު