Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
މަޖިލިސް އުވާލުމުގެ ކަންބޮޑުވުން

ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާ އަކީ މަޖިލިސް އުވާލުން ކަމަށް ވެދާނެ، މިއީ ރިޔާސީ ނިޒާމެއްގައި ކުރެވޭނެ ކަމެއް ނޫން: ޖިނާހު

ގައުމީ ބޮޑު މަޝްވަރާއަކާ ނުލައި ގާނޫނުއަސާސީއަށް ބަދަލު ގެނައުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް ކުރީގެ އޭސީޕީ މުހައްމަދު ޖިނާހު ވިދާޅުވި. ރިޔާސީ ނިޒާމެއްގައި މަޖިލިސް އުވާލުމަކީ ކުރެވޭނެ ކަމެއް ނޫންކަން ފާހަގަކުރައްވައި، ގާނޫނުއަސާސީގެ މާއްދާތައް ސިޔާސީ ބޭނުމަށް "ސްވިޗެއް" ގޮތަށް ބޭނުންކުރުމާ މެދު އޭނާ ކަންބޮޑުވުން ފާޅުކުރެއްވި.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް, ރާއްޖެ އެމްވީ | 23 މާރިޗު 2026 | ހޯމަ 19:31
ކުރީގެ އޭސީޕީ މުހައްމަދު ޖިނާހު ރާއްޖެޓީވީގެ ނޫނެކޭ ކެމްޕެއިން ޕްރޮގްރާމްގައި ވާހަކަދައްކަވަނީ.

ކުރީގެ އޭސީޕީ މުހައްމަދު ޖިނާހު ރާއްޖެޓީވީގެ ނޫނެކޭ ކެމްޕެއިން ޕްރޮގްރާމްގައި ވާހަކަދައްކަވަނީ. | ސްކްރީން އިމޭޖް

ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާ އަކީ މަޖިލިސް އުވާލުން ކަމަށް ވެދާނެ ކަމަށާއި މިއީ ރިޔާސީ ނިޒާމެއްގައި ކުރެވޭނެ ކަމެއް ނޫން ކަމަށް ކުރީގެ އޭސީޕީ މުހައްމަދު ޖިނާހު ވިދާޅުވެއްޖެ އެވެ.

އޭނާ އެފަދައިން ވިދާޅުވީ ރާއްޖެޓީވީގެ ނޫނެކޭ ކެމްޕެއިން ޕްރޮގްރާމްގައި އޮންލައިންކޮށް ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުންނެވެ. އޭނާ ވިދަޅުވީ އެޕްރިލް މަހު ނަގާ ފެންނަ ނުފެންނަ ވޯޓުގައި ޤާނޫނީ ގޮތުން ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތުތައް ފުރިހަމަ ނުވާ ކަމަށެވެ.

Advertisement - newsAdvertisement

މީގެ އިތުރުން، އެޕްރިލް މަހު ބާއްވާ ފެންނަ ނުފެންނަ ވޯޓަކީ ދެ ގަނޑުގެ ޤާނޫނީ ޑްރާފްޓަކަށް އަހާ ވޯޓެއް ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ ފެންނަ ނުފެންނަ ވޯޓަށް އަހާ ގޮތް ކަމަށް ގަބޫލު ނުކުރެވޭ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. 

ކައިރި ކައިރީގައި ޤާނޫނުއަސާސީ އަށް ބަދަލު ގެނައުމަކީ އެއީ ރަނގަޅު ގޮތެއް ނޫން ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ. ރައްޔިތުންގެ މަޖިލީހުގެ ދައުރަކީ ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކަމަކަށް ވާއިރު ޤާނޫނުއަސާސީ އަށް ބޮޑު ބަދަލު ގެންނަން ވާނީ ޤައުމީ މަޝްވަރާ އަކަށް ފަހުގައި ކަމަށް ޖިނާހު ވަނީ ވިދާޅުވެފަ އެވެ. ދެ އިންތިޚާބު އެއްކޮށްލާ އިރު އެންމެ ބޮޑަށް ކަންބޮޑުވަނީ ޤާނޫނުއަސާސީގެ 79 ވަނަ މާއްދާގެ (ހ) އަކީ ސްވިޗެއް ގޮތަށް ބޭނުން ކުރުން ކަމަށެވެ.

"79 ވަނަ މާއްދާގެ ހ އަކީ ނިވިދިއްލޭ، ބޭނުންވީމަ ނިވާލާ ދިއްލާލަން ހަދަން އޮންނަ މާއްދާ އެއް ނޫން. މިހާރު މި ގެންނެވި ބަދަލާއި ގުޅިގެން ރައްޔިތުންގެ މަޖިލިސް އުވާލުމަކީ އެންމެ ބޮޑު އެއް ކަންބޮޑުވުން." އޭނާ ވިދާޅުވި އެވެ.

މަޖިލިސް އުވާލުމަކީ އެއީ ރިޔާސީ ނިޒާމް ދަންނަ ކަމެއް ނޫން ކަމަށް ޖިނާހު ވަނީ ވިދާޅުވެފަ އެވެ. ރައްޔިތުންގެ މަޖިލީހުގެ ދައުރު ދިގު ކުރެވޭނެ ގޮތްތައް ހުރި ނަމަވެސް މަޖިލީސް ކުރު ކުރެވޭނެ ގޮތެއް ޤާނޫނުއަސާސީގައި ނެތް ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. މަޖިލިސް އުވާލުމަކީ ބަރުލަމާނީ ނިޒާމުގެ ސިފަ އެއް ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. އެއީ ނޭނގިގެން އޮޅިގެން ކުރެވިފައިވާ ކަމެއް ނޫން ކަމަށާއި، ބޭނުންވީމަ ބޭނުން ބަޔަކު މަޖިލިސް އުވާލުމަކީ ރިޔާސީ ނިޒާމެއްގައި ކުރެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

މުހައްމަދު ޖިނާހުރާއްޖެ ޓީވީރައްޔިތުންގެ މަޖިލިސްރިޔާސީ ނިޒާމުބަރުލަމާނީ ނިޒާމްނޫނެކޭ

ކޮމެންޓް

އިތުރަށް ކިޔާލަން

އޭޕްރީލް 4 ގައި ނަގާ ވޯޓުތަކަށް ސަރުކާރުން ފާޅުގައި ނުފޫޒު ފޯރުވަމުންދާ ކަމަށް ބުނެ އެމްޑީޕީން އޭސީސީއަށް: އޭސީސީން ބުނީ ބަލަމުންދާ ކަމަށް!

އޭޕްރީލް 4 ގައި ނަގާ ވޯޓުތަކަށް ސަރުކާރުން ފާޅުގައި ނުފޫޒު ފޯރުވަމުންދާ ކަމަށް ބުނެ އެމްޑީޕީން އޭސީސީއަށް: އޭސީސީން ބުނީ ބަލަމުންދާ ކަމަށް!

24 މާރިޗު 2026
ދެ އިންތިހާބު އެއްކުރުމަކީ ރައްޔިތުންގެ ބާރު ކަނޑުވާލުން: ބޮންޑާ

ދެ އިންތިހާބު އެއްކުރުމަކީ ރައްޔިތުންގެ ބާރު ކަނޑުވާލުން: ބޮންޑާ

24 މާރިޗު 2026
ދެ އިންތިޚާބު އެއްކޮށްލުމުން މަޖިލީހަށް ހޮވޭ މެމްބަރުން ވާނީ ރައީސް ވިދާޅުވާހާ ގޮތަކަށް އަމަލުކުރާ ޕްރޮކްސީ މެމްބަރުންނަށް: އަސްލަމް

ދެ އިންތިޚާބު އެއްކޮށްލުމުން މަޖިލީހަށް ހޮވޭ މެމްބަރުން ވާނީ ރައީސް ވިދާޅުވާހާ ގޮތަކަށް އަމަލުކުރާ ޕްރޮކްސީ މެމްބަރުންނަށް: އަސްލަމް

23 މާރިޗު 2026
ސަރުކާރުން އުޅެނީ މުއިއްޒު ބޭނުންފުޅުވާ ކޮންމެ ވަގުތެއްގައި މަޖިލިސް އުވާލެވޭނެ ފަދަ ހީލަތެއް ހަދަން: ބޮންޑާ

ސަރުކާރުން އުޅެނީ މުއިއްޒު ބޭނުންފުޅުވާ ކޮންމެ ވަގުތެއްގައި މަޖިލިސް އުވާލެވޭނެ ފަދަ ހީލަތެއް ހަދަން: ބޮންޑާ

23 މާރިޗު 2026
މަޖިލީހުގެ ވަކި އިންސައްތައެއް އެއީ 30 އަހަރުން ދަށުގެ ޒުވާނުންނާ އަންހެނުން ކަމަށް ކަނޑައަޅަން ދިރާސާ ކުރަނީ

މަޖިލީހުގެ ވަކި އިންސައްތައެއް އެއީ 30 އަހަރުން ދަށުގެ ޒުވާނުންނާ އަންހެނުން ކަމަށް ކަނޑައަޅަން ދިރާސާ ކުރަނީ

23 މާރިޗު 2026

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު