Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ ނޫނެކޭ ކެމްޕެއިން

ދެ އިންތިހާބު އެއްކޮށްލުމަށް ގާނޫނުއަސާސީ އަށް ގެނެވުނު އިސްލާހަކީ ދުސްތޫރީ ޝަރުޢިއްޔަތު ލިބިގެންވާ އިސްހާލެއް ނޫން: ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަބްދުﷲ ދީދީ

މި އިޞްލާޙާ ގުޅޭގޮތުން އަންނަ މަހު ބާއްވާ ފެންނަ ނުފެންނަ ވޯޓުގައި "ނޫނެކޭ" ބުނުމަށް އެމަނިކުފާނު ގޮވާލެއްވިއިރު، އިދިކޮޅު ފަރާތްތަކުން ވެސް ދަނީ މިއީ ޑިމޮކްރަސީއަށް ގެއްލުންވާނެ ކަމެއް ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރަމުން. ނަމަވެސް ސަރުކާރުން ބުނަނީ މިއީ ޚަރަދު ކުޑަކުރުމަށްޓަކައި ރައްޔިތުންނަށް ފައިދާހުރި ބަދަލެއް ކަމަށް.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް | 25 މާރިޗު 2026 | ބުދަ 03:29
ދިވެހިރާއްޖޭގެ ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ.އަހުމަދު އަބްދުﷲ ދީދީ ރާއްޖެޓީވީ އިން ގެނެސްދޭ ނޫނެކޭ ކެމްޕެއިން ޕްރޮގްރާމްގައި ވާހަކަދައްކަވަނީ

ދިވެހިރާއްޖޭގެ ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ.އަހުމަދު އަބްދުﷲ ދީދީ ރާއްޖެޓީވީ އިން ގެނެސްދޭ ނޫނެކޭ ކެމްޕެއިން ޕްރޮގްރާމްގައި ވާހަކަދައްކަވަނީ | ރާއްޖެ އެމްވީ

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބޭއްވުމަށް ޤާނޫނުއަސާސީ އަށް ގެނެވުނު އިސްލާހަކީ ދުސްތޫރީ ޝަރުޢިއްޔަތު ނުވަތަ ކޮންސްޓިޓިޔުޝަނަލް ލެޖިޓިމެސީ ލިބިގެންވާ އިސްލާހެއް ނޫންކަމަށް ރާއްޖޭގެ ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ އެވެ. 

އަންގާރަ ދުވަހުގެ ރޭ ރާއްޖެ ޓީވީން ފޮނުވި ނޫނެކޭ ކެމްޕެއިން ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުން ޑރ. އަޙްމަދު އަބްދުﷲ ދީދީ ވިދާޅުވީ އެޕްރީލް ހަތަރުވަނަ ދުވަހު ބާއްވާ "ފެންނަ ނުފެންނަ ވޯޓު"ގައި ރައްޔިތުން ނޫނެކޭ ބުނަންޖެހޭ އެންމެ ބޮޑު ސަބަބަކީ މި އިސްލާހަށް ކޮންސްޓިޓިއުޝަނަލް ލެޖިޓިމެސީ ލިބިގެންނުވުން ކަމަށެވެ.

އެކަން ތަފްސީލުކޮށް ދެއްވަމުން ޑރ. އަބްދުﷲ ދީދީ ވިދާޅުވީ ޤާނޫނުއަސާސީ އަށް ގެނެވޭ އެއްވެސް އިސްލާހަކަށް އިޖްރާއީ ނުވަތަ ފޯރމަލް ކޮންސްޓިޓިޔުޝަނަލް ލެޖިޓިމެސީގެ އިތުރުން މައުޟޫޢީ ނުވަތަ ސަބްސްޓެންޓިވް ލެޖިޓިމެސީ ލިބިގެންވުން ލާޒިމްވެގެންވާ ކަމަށެވެ.

ކުރީގެ އުއްތަމަ ފަނޑިޔާރު ވިދާޅުވީ ދެ އިންތިޚާބު އެކުގައި ބޭއްވުމަށް ޤާނޫނުއަސާސީ އަށް ގެނެވުނު އިޞްލާޙަކީ ދުސްތޫރީ އަދި ޤާނޫނީ އިޖްރާއާތުތަކަށް އިޙްތިރާމް ކުރުމަކާ ނުލައި ޤާނޫނުއަސާސީގެ ބާރު ކަނޑުވައިލުމަށް ގެނެސްފައިވާ "އެބިއުސިވް" ތަޢައްސުފީ އިޞްލާޙެއް ކަމާމެދު އެއްވެސް ޝައްކެއް ނެތް ކަމަށެވެ.

ޑރ. އަޙްމަދު އަބްދުﷲ ދީދީ ވިދާޅުވީ މިކަމަކީ ރައީސުލްޖުމްހޫރިއްޔާގެ ފުރިހަމަ ކޮންޓްރޯލް އޮންނަ ރައްޔިތުންގެ މަޖިލީސް ބޭނުންކޮށްގެން ދައުލަތުގެ މުއައްސަސާތައް ހިސޯރުކުރުމަށް ޤާނޫނުއަސާސީއަށް ގެނައި ބަދަލެއް ކަމަށެވެ. އަދި މި އިޞްލާޙުގެ މައުޟޫޢީ ލެޖިޓިމެސީ ނެތި އޮޅުވާލައިގެން ހިންގާ ބޮޑު ކޮންސްޓިޓިއުޝަނަލް މެނިޕިއުލޭޝަނެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ދުސްތޫރީ އިލްމުވެރިން ވިދާޅުވަނީ މައުޟޫއީ ލެޖިޓިމެސީ ގެއްލިގެންދާ ދެ ހާލަތެއް ވެޔޭ.. އެއީ ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ މަސްލަހަތަކަށްޓަކައި.. ރައީސުލްޖުމްހޫރިއްޔާ ކޮންޓްރޯލްކުރާ މަޖްލިސް މެޖޯރިޓީ އެއް އޮނައިރާއި،.. އެ މެޖޯރިޓީ ބޭނުންކޮށްގެން ގާނޫނު އަސާސީ ބަދަލުކޮށްގެން،..  ދައުލަތުގެ ބާރުތަކާއި މުއައްސަސާތައް ކޮންޓްރޯލް ކުރުމުގެ ބޭނުމުގަ މި ގެންނަ ބަދަލަކީ މައުޟޫއީ ލެޖިޓިމެސީ ގެންލިގެންދާ ކަމެއް... އެޔަށް ދުސްތޫރީ އިލްމުވެރިން ވިދާޅުވަނީ އެއީ ކޮންސްޓިޓުޓަޝަނަލް މެނިޕިއުލޭޝަން އެކޭ... އެއީ އޮޅުވާލުމެއް...ގާނޫނުއަސާސީ އާއި ކުޅުމޭ... ކޮންޓްރޯލް ކުރުމަށްޓަކައި، ނޫނީ ކެޕްޗަރ ކުރުމަށްޓަކައި، ދައުލަތުގެ މުއައްސަސާތައް.
ރާއްޖޭގެ ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ

ރައީސް މުއިއްޒުގެ ސަރުކާރުން ދަނީ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބޭއްވުމަށް ޤާނޫނުއަސާސީއަށް ގެނައި އިޞްލާޙަށް ރައްޔިތުންގެ ރުހުން ހޯދުމަށް ވަރުގަދަ ކެމްޕެއިން ތަކެއް ކުރަމުންނެވެ. 

އަނެއްކޮޅުން ދެ އިންތިހާބު އެއްކޮށްލުމާ ދެކޮޅަށް އިދިކޮޅު މައި ޕާޓީ އެމްޑީޕީން ދަނީ ވަރުގަދަ ކެމްޕެއިނެއް މުޅި ރާއްޖޭގައި ހިންގަމުންނެވެ. ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި، އިންތިހާބުތަކަށް މިފަދަ ބަދަލެއް ގެންނަން ސަރުކާރުން އުޅެނީ ރައްޔިތުންގެ ފަރާތުން ސަރުކާރަށް އޮންނަ ފާރަވެރިކަން ކުޑަ ކުރުމަށެވެ. އަދި ސިޔާސީ ނުފޫޒު ގަދަކޮށް، ރާއްޖޭގައި ޒަމާންތަކަކަށް ދެމިގެންދާނެ ހުދުމުހުތާރު ވެރިކަމެއް ގާއިމުކުރުމަކީ މި ބަދަލުގެ އަސްލު މަގުސަދު ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެ އެވެ.

އަޙްމަދު ޢަބްދުﷲ ދީދީލޯކަލް ކައުންސިލް އިންތިޚާބު 2026ރައްޔިތުންގެ މަޖިލިސްޚިޔާލު ހޯދުމުގެ ވޯޓުނޫނެކޭ ކެމްޕެއިން

އިތުރަށް ކިޔާލަން

25 މާރިޗު 2026

ރައީސް މުއިއްޒު އަށް "ރީތި ބޮނޑިއެއް" ނުލިބެނީސް ނޫނެކޭ ގޮޅިގައި ހެޔޮ ފާހަގަ ޖައްސަވަންޖެހޭ!

25 މާރިޗު 2026
ރައީސް މުއިއްޒު އަށް "ރީތި ބޮނޑިއެއް" ނުލިބެނީސް ނޫނެކޭ ގޮޅިގައި ހެޔޮ ފާހަގަ ޖައްސަވަންޖެހޭ!
25 މާރިޗު 2026

އިންތިޚާބާ ދިމާކޮށް އެއްވެސް މަޝްރޫއެއް ނުފަށާނެ ކަމަށް ރައީސް ވިދާޅުވެެފައިވަނިކޮށް ރައީސްގެ ބަސްފުޅާ ދެކޮޅަށް، 8 ރަށެއްގެ މަޝްރޫއުތައް ކުންފުނިތަކާ ހަވާލުކޮށްފި

25 މާރިޗު 2026
އިންތިޚާބާ ދިމާކޮށް އެއްވެސް މަޝްރޫއެއް ނުފަށާނެ ކަމަށް ރައީސް ވިދާޅުވެެފައިވަނިކޮށް ރައީސްގެ ބަސްފުޅާ ދެކޮޅަށް، 8 ރަށެއްގެ މަޝްރޫއުތައް ކުންފުނިތަކާ ހަވާލުކޮށްފި
25 މާރިޗު 2026

ދެ އިންތިހާބު އެއްކޮށްލައި މުއިއްޒު އުޅުއްވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ރަސްކަމަކަށް ބަދަލުކުރަން: މަލީހު

25 މާރިޗު 2026
ދެ އިންތިހާބު އެއްކޮށްލައި މުއިއްޒު އުޅުއްވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ރަސްކަމަކަށް ބަދަލުކުރަން: މަލީހު
25 މާރިޗު 2026

ރެފަރެންޑަމްއާ ގުޅޭ ބިލަކީ ބާތިލު ބިލެއްކަމަށް ކަނޑައަޅައިދޭން އެދި ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި

25 މާރިޗު 2026
ރެފަރެންޑަމްއާ ގުޅޭ ބިލަކީ ބާތިލު ބިލެއްކަމަށް ކަނޑައަޅައިދޭން އެދި ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި
25 މާރިޗު 2026

ރެފަރެންޑަމް ވޯޓުގެ ސުވާލު މިހާރު އޮތްގޮތުން އެ ޥޯޓު ނުނެގޭނެކަމަށް ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ މާދަމާ ފަށަނީ

25 މާރިޗު 2026
ރެފަރެންޑަމް ވޯޓުގެ ސުވާލު މިހާރު އޮތްގޮތުން އެ ޥޯޓު ނުނެގޭނެކަމަށް ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ  މާދަމާ ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު