Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ދެ އިންތިހާބު އެއްކުރުން

ދެ އިންތިހާބު އެއްކުރުމާއި އިބްރާ ދެކޮޅު، ވިދާޅުވީ އެ ކުރެވެނީ ސިޔާސީ ވަކި މަޤްޞަދެއް މި ވަގުތަށް ހާސިލްކުރުމަށް އިންތިޤާލީ ހާލަތެއް ނެތި އިންތިޤާލީ ކަމެއް ކުރުން ކަމަށް

ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމަށް ޤާނޫނުއަސާސީއަށް ގެންނަ އިސްލާހުގެ ސަބަބުން ދެ އިންތިޚާބު އަބަދުވެސް އެއް ދުވަހެއްގައި ބޭއްވޭނެ ކަމުގެ ޔަގީންކަމެއް ނެތް ކަމަށް އިބްރާހިމް އިސްމާއިލް ވިދާޅުވެއްޖެ. މަޖިލީހުގެ ދައުރު ދިގުދެމިގެންދާ ހާލަތްތަކުގައި އިންތިޚާބުތައް ވަކިވާނެކަން ފާހަގަކުރައްވައި، މިއީ ސިޔާސީ ވަކި މަޤްޞަދެއް ހާސިލްކުރުމަށް ކުރާ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި. އެހެންކަމުން، މި ބަދަލުގެ ސަބަބުން ހުދުމުހުތާރު ވެރިކަމަކަށް މަގުފަހިވެދާނެތީ، މި އިސްލާހަށް "ނޫނެކޭ" ބުނުމަށް އޭނާ ވަނީ ރައްޔިތުންނަށް އިލްތިމާސްކުރައްވާފައި.

މަޚްތޫމް
މަޚްތޫމް, ރާއްޖެ އެމްވީ | 24 މާރިޗު 2026 | އަންގާރަ 14:27
ހާއްސަ މަޖިލީހުގެ ޑްރާފްޓިންގ ކޮމެޓީގެ މުޤައްރިރު އިބްރާހިމް އިސްމާއިލް

ހާއްސަ މަޖިލީހުގެ ޑްރާފްޓިންގ ކޮމެޓީގެ މުޤައްރިރު އިބްރާހިމް އިސްމާއިލް | ސޯޝަލް މީޑިއާ

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް ތައްޔާރުވަމުން އަންނައިރު، މިއީ ސިޔާސީ ވަކި މަޤްޞަދެއް މި ވަގުތަށް ހާސިލްކުރުމަށް އިންތިޤާލީ ހާލަތެއް ނެތި އިންތިޤާލީ ކަމެއް ކުރުން ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް އަދި ހާއްސަ މަޖިލީހުގެ މެންބަރުކަން ކުރެއްވި އިބްރާހިމް އިސްމާއިލް ވިދާޅުވެއްޖެ އެވެ.

މިހާރު އަމަލުކުރަމުން އަންނަ ފެހި ގާނޫނުއަސާސީ ގެނައުމަށް އިސް ދައުރެއް އަދާކުރެއްވި އިބްރާ ފޭސްބުކުގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ މި އިސްލާހުގެ މައިގަނޑު ސަބަބެއް ކަމަށް ބުނެވެނީ ރިޔާސީ އިންތިހާބާއި މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބާއްވުން ކަމަށެވެ.

Advertisement - newsAdvertisement

އިބްރާ ވިދާޅުވީ މި ބަދަލު ގެނެސްފިނަމަ އެ ދެ އިންތިހާބު އަބަދުވެސް އެއް ދުވަހެއްގައި ބާއްވޭނެ ގޮތެއް ނުވާނެ ކަމަށެވެ. ސަބަބަކީ ރައްޔިތުންގެ މަޖިލީހުގެ އުމުރަކީ 5 އަހަރު ކަމަށް ވިޔަސް ބައެއް ހާލަތުގައި ހަ އަހަރަށް ދިގުދެމިގެންދާނޭ ގޮތަށް ގާނޫނުއަސާސީގައި ލިޔެފައި އޮތުމެވެ.

އެ ހާލަތުގައި ރައީސާއި މަޖިލީސް މެންބަރުން އެއް ދުވަހަކު ބާއްވާ އިންތިހާބަކުން 5 އަހަރަށް އިންތިހާބު ކޮށްފައި އޮއްވައި މަޖިލީހުގެ މުއްދަތު ހަ އަހަރަށް ދިގުދެމިގެން ދިޔައީމާ ރިޔާސީ އިންތިހާބު ފަސް އަހަރު ފަހުން ބޭއްވުން ލާޒިމުވާއިރު މަޖިލީހުގެ އިންތިހާބު ބާއްވޭނީ 6 އަހަރު ފަހުން ކަމަށް އިބްރާ ވިދާޅުވި އެވެ. އެއަށްފަހު ދެން އަނެއްކާވެސް އެ ދެ އިންތިހާބު އަބަދުވެސް އޮންނާނީ އެއް އަހަރުގެ ތަފާތަކާއެކު ކަމަށް އިބްރާ ފާހަގަކުރެއްވި އެވެ.

ގާނޫނުއަސާސީ އެކުލަވައިފައި އޮތް ގޮތާއި މަޤްޞަދުތައް ރަނގަޅަށް ނޭނގިތިބެ ނުވަތަ ނުބަލައި ނުވަތަ އެނގިތިބެ ނުބައި ނިޔަތުގައި އިރުއިރުކޮޅާ އެކި ގޮތްގޮތަށް ތަންތަންކޮޅު ބަދަލުކުރާނަމަ ބޮޑެތި މައްސަލަތައް ދިމާވާނެ ކަމަށް އިބްރާ ވިދާޅުވި އެވެ.

ހެޔޮ ގޮތަކީ އެ އޮތް ގޮތަށް ބާއްވައިގެން އެ ހިނގޭތޯ ބެލުން ކަމަށާއި މިހާރު މި ކުރެވެނީ ސިޔާސީ ވަކި މަޤްޞަދެއް މި ވަގުތަށް ހާސިލްކުރުމަށް އިންތިޤާލީ ހާލަތެއް ނެތި އިންތިޤާލީ ކަމެއް ކުރުން ކަމަށް އިބްރާ ވިދާޅުވި އެވެ. ގާނޫނުއަސާސީ އެކަމަކަށް ތަނެއް ނުދޭ ކަމަށް އިބްރާ ވިދާޅުވި އެވެ.

ވަރަށް ފުންކޮށް ވިސްނުމަށްފަހު މި އިސްލާހަށް ވޯޓު ނުދޭން ނިންމައިފި ކަމަށް އިބްރާ ވިދާޅުވި އެވެ. ގާނޫނުއަސާސީގެ ޑްރާފްޓް އެކުލެވި ކޮމިޓީގެ 283 ޖަލްސާގެ ތެރެއިން 282 ޖަލްސާގެ ރިއާސަތު ބެލެހެއްޓި މީހާގެ ހައިސިއްޔަތުން މި އިސްލާހަށް ނޫނެކޭ ބުނުމަށް ދިވެހި އެންމެހައި ރައްޔިތުންނަށް އިލްތިމާސްކުރާ ކަމަށް އިބްރާ ވިދާޅުވި އެވެ.

މި ބަދަލު މި އޮތް ގޮތަށް ގެނެސްފިނަމަ ގާނޫނުއަސާސީއިން ކަށަވަރުކުރި ހައްޤުތައް ގެއްލި ހުދުމުހުތާރު ވެރިކަމަކަށް އަނެއްކާ ވެސް ފުރޮޅުމުގެ މަގު ހުޅުވޭނޭ ކަމުގެ ބިރު އެބައޮތް ކަމަށް އިބްރާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިސްއިބްރާހީމް އިސްމާޢީލް ޢަލީޚާއްޞަ މަޖިލީސްގާނޫނު އަސާސީ އަށް ބަދަލު ގެނައުންޤާނޫނު އަސާސީ

ކޮމެންޓް

އިތުރަށް ކިޔާލަން

ރެފަރެންޑަމް ވޯޓާއެކު މަޖިލީހުން ރައީސް އަޒުލު ކުރުމުގެ ބާރު ވެސް އަތުލާ. ނޫނެކޭ ބުނަންޖެހެނީ އެހެންވެގެން: ޖިނާހު

ރެފަރެންޑަމް ވޯޓާއެކު މަޖިލީހުން ރައީސް އަޒުލު ކުރުމުގެ ބާރު ވެސް އަތުލާ. ނޫނެކޭ ބުނަންޖެހެނީ އެހެންވެގެން: ޖިނާހު

24 މާރިޗު 2026
ދެ އިންތިހާބު އެއްކުރުމަކީ ރައްޔިތުންގެ ބާރު ކަނޑުވާލުން: ބޮންޑާ

ދެ އިންތިހާބު އެއްކުރުމަކީ ރައްޔިތުންގެ ބާރު ކަނޑުވާލުން: ބޮންޑާ

24 މާރިޗު 2026
ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާ އަކީ މަޖިލިސް އުވާލުން ކަމަށް ވެދާނެ، މިއީ ރިޔާސީ ނިޒާމެއްގައި ކުރެވޭނެ ކަމެއް ނޫން: ޖިނާހު

ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާ އަކީ މަޖިލިސް އުވާލުން ކަމަށް ވެދާނެ، މިއީ ރިޔާސީ ނިޒާމެއްގައި ކުރެވޭނެ ކަމެއް ނޫން: ޖިނާހު

23 މާރިޗު 2026
ދެ އިންތިޚާބު އެއްކޮށްލުމުން މަޖިލީހަށް ހޮވޭ މެމްބަރުން ވާނީ ރައީސް ވިދާޅުވާހާ ގޮތަކަށް އަމަލުކުރާ ޕްރޮކްސީ މެމްބަރުންނަށް: އަސްލަމް

ދެ އިންތިޚާބު އެއްކޮށްލުމުން މަޖިލީހަށް ހޮވޭ މެމްބަރުން ވާނީ ރައީސް ވިދާޅުވާހާ ގޮތަކަށް އަމަލުކުރާ ޕްރޮކްސީ މެމްބަރުންނަށް: އަސްލަމް

23 މާރިޗު 2026
ސަރުކާރުން އުޅެނީ މުއިއްޒު ބޭނުންފުޅުވާ ކޮންމެ ވަގުތެއްގައި މަޖިލިސް އުވާލެވޭނެ ފަދަ ހީލަތެއް ހަދަން: ބޮންޑާ

ސަރުކާރުން އުޅެނީ މުއިއްޒު ބޭނުންފުޅުވާ ކޮންމެ ވަގުތެއްގައި މަޖިލިސް އުވާލެވޭނެ ފަދަ ހީލަތެއް ހަދަން: ބޮންޑާ

23 މާރިޗު 2026

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު