Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ އެމްޑީޕީ ޕިކަޕް ޖަލްސާ

ފެންނަ ނުފެންނަ ވޯޓު ކަރުދާހުގެ ސުވާލު ވަނީ އޮޅުވާލާފަ: ޝާތިރު

24 މާރިޗު 2026 | އަންގާރަ 03:52

އިންތިޚާބުތައް އެއްކޮށްލުމާ ގުޅޭގޮތުން އަންނަ އޭޕްރީލް މަހު ބާއްވާ ފެންނަ ނުފެންނަ ވޯޓުގެ ކަރުދާހުގައިވާ ސުވާލު އޮޅުވާލާފައިވާ ކަމަށް ބުނެ، އެމްޑީޕީން ސަރުކާރަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފި. މި ވޯޓަކީ ޤާނޫނާ ޚިލާފު ވޯޓެއް ކަމަށް ސިފަކުރައްވައި، ސަރުކާރުގެ މި ނިންމުމާ ދެކޮޅަށް ވޯޓު ދިނުމަށް އެ ޕާޓީން ވަނީ ގޮވާލާފަ. ސަރުކާރުން ޚަރަދު ކުޑަކުރުމުގެ ބަހަނާގައި މި ބަދަލު ގެންނަން އުޅުނު ނަމަވެސް، މިއީ ސިޔާސީ މަންފާއެއް ހޯދުމަށް ކުރާ މަސައްކަތެއް ކަމަށް އިދިކޮޅު ފަރާތްތަކުން ދެކޭ.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް | 24 މާރިޗު 2026 | އަންގާރަ 03:52
ހޯމަ ދުވަހު އެމްޑީޕީ އިން ބޭއްވި ޕިކަޕް ޖަލްސާ ގައި އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެމްބަރު ޝާތިރު އަބްދުއްރަހްމާން ވާހަކަ ދައްކަވަނީ.

ހޯމަ ދުވަހު އެމްޑީޕީ އިން ބޭއްވި ޕިކަޕް ޖަލްސާ ގައި އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެމްބަރު ޝާތިރު އަބްދުއްރަހްމާން ވާހަކަ ދައްކަވަނީ. | ރާއްޖެ އެމްވީ

އަންނަ އެޕްރީލް މަހުގެ 4 ވަނަ ދުވަހު ބާއްވާ ފެންނަ ނުފެންނަ ވޯޓުގައި ވޯޓު ކަރުދާހުގައި އޮންނަ ސުވާލު އޮޅުވާލާފައިވާ ކަމަށާއި އިލެކްޝަންސް ކޮމިޝަނުން ވޯޓު ކަރުދާހުގައި އޮންނަ ސުވާލު ރައްޔިތުންނަށް ސާފުކޮށްދޭންޖެހޭ ކަމަށް އެމްޑީޕީ ގައުމީ މަޖިލީހުގެ މެމްބަރު ޝާތިރު އަބްދުއްރަހްމާން ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލުމާ ދެކޮޅަށް އެމްޑީޕީން ކުރިޔަށްގެންދާ ސިލްސިލާ ޕިކެޓް ޖަލްސާތަކުގެ ތެރެއިން ހޯމަ ދުވަހު ބޭއްވި ޕިކެޓް ޖަލްސާގައި ވާހަކަދައްކަވަމުން ޝާތިރު ވިދާޅުވީ، އެޕްރީލް މަހުގެ 4 ވަނަ ދުވަހު ނަގާ ފެންނަ ނުފެންނަ ވޯޓު ކަރުދާހުގައި ވާ އެއްޗެއް އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންނަށް ސާފުކޮށް ނުދޭކަމުގަ އެވެ.

Advertisement - newsAdvertisement

ވޯޓު ކަރުދާހުގައި ވާ ސުވާލު އިބާރާތް ކުރުމުގައި ވެސް އޮޅުވާލާފައިވާ ކަމަށް ތުހުމަތުކުރައްވަމުން ޝާތިރު ވަނީ އެކަން ތަފްސީލުކޮށް ދެއްވާފަ އެވެ.

އެޕްރީލް 4 ވަނަ ދުވަހު މި ލިބޭ ވޮޓު ކަރުދާހުގައި ބުނަނީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމަށާއި، ފުރަތަމަ ކަމަކަށް އިދާރީ ކަމެއްގެ ވާހަކަ މި ބުނަނީ ، ދެ އިންތިހާބެއް އެއްކޮށް ބާއްވާ ވާހަކަ. ދެން މި ބުނަނީ ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާން ކުރުމަށްޓަކާ ގާނޫނުއސާސީ އަށް ގެނައި 8 ވަނަ އިސްލާހު ތަސްދީގު ކުރަން ފެނޭ ހެއްޔޭ. މި އުސޫލަކީ ކޮބައިގެން ކާކަށްތޯ ތީގެ ތެރެއިން އެނގެނީ. ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލަށް ގެނެސްފަ އޮތް ބަދަލަކީ.. ގާނޫނުއަސާސީ އަށް ގެނެސްފަވާ 8 ވަނަ ބަދަލަކީ ކޮބައިކަން އެނގޭ ރައްޔިތަކު މިތާ އެބަ އިންތޯ... ނީންނާނެ...  އެބުނާ ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލަށް ގެނައީ ކޮން ބަދަލެއްކަން އެނގޭ ރައްޔިތަކު މިރާއްޖޭގަ ނެތި ރައްޔިތުންގެ އަތަސް ކަރުދާސްކޮޅެއް ދީފަ އެބުނަނީ ކަލޭމެންނަށް ފެންނަ ނުފެންނަ ގޮތަކަށް ވޯޓު ދޭށޭ. އަޅުގަނޑުމެން މި ބުނަނީ ވޯޓުކަރުދާހުގަ އެބުނާ ގާނޫނަށް ގެނައި އިސްލާހު އިލެކްޝަންސް ކޮމިޝަނާއި ސާރުކާރުން ރައްޔިތުންނަށް ސާފުކޮށްދޭނެ ޖެހޭ ވާހަކަ. 
އެމްޑީޕީ ގައުމީ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ ރައީސް ޝާތިރު އަބްދުއްރަހްމާން

ވޯޓު ކަރުދާހުގައި ވާ ސުވާލު މިހާރު އިބާރާތްކޮށްފައިވާ ގޮތަށް ނަގާ ވޯޓަކީ ގާނޫނާ ހިލާފު ވޯޓެއްކަމަށް ވެސް ޝާތިރު ވިދާޅުވި އެވެ.

އެހެންކަމުން ހީލަތްތެރިކަމާއެކު ރައީސް މުއިއްޒުގެ ސަރުކާރުން މިގަނާ ފެންނަ ނުފެންނަ ވޯޓުގައި ދިވެހި ރައްޔިތުން ރައީސް މުއިއްޒަށް ނޫނެކޭ ބުނުމަށް ޝާތިރު ވަނީ ގޮވާލާފަ އެވެ.

ޝާތިރު އަބްދުއްރަހްމާންއެމްޑީޕީއިލެކްޝަންސް ކޮމިޝަންޚިޔާލު ހޯދުމުގެ ވޯޓުއެމްޑީޕީ ޕިކަޕް ޖަލްސާ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

24 މާރިޗު 2026

ދެ އިންތިހާބު އެއްކުރުމަކީ ރައްޔިތުންގެ ބާރު ކަނޑުވާލުން: ބޮންޑާ

24 މާރިޗު 2026
ދެ އިންތިހާބު އެއްކުރުމަކީ ރައްޔިތުންގެ ބާރު ކަނޑުވާލުން: ބޮންޑާ
23 މާރިޗު 2026

ސަރުކާރުން އުޅެނީ މުއިއްޒު ބޭނުންފުޅުވާ ކޮންމެ ވަގުތެއްގައި މަޖިލިސް އުވާލެވޭނެ ފަދަ ހީލަތެއް ހަދަން: ބޮންޑާ

23 މާރިޗު 2026
ސަރުކާރުން އުޅެނީ މުއިއްޒު ބޭނުންފުޅުވާ ކޮންމެ ވަގުތެއްގައި މަޖިލިސް އުވާލެވޭނެ ފަދަ ހީލަތެއް ހަދަން: ބޮންޑާ
23 މާރިޗު 2026

އެލްޖީއޭ އިން ނުހައްގުން ސަސްޕެންޑް ކުރި ހޯރަފުށީ ކައުންސިލްގެ ރައީސް އެނބުރި އޮފީހަށް ނިކުތުމުން ރަތްދޫލައިގެ މަރުހަބާ އެއް

23 މާރިޗު 2026
 އެލްޖީއޭ އިން ނުހައްގުން ސަސްޕެންޑް ކުރި ހޯރަފުށީ ކައުންސިލްގެ ރައީސް އެނބުރި އޮފީހަށް ނިކުތުމުން ރަތްދޫލައިގެ މަރުހަބާ އެއް
23 މާރިޗު 2026

ރައްޔިތުން ގަބޫލުކުރަނީ ފެންނަ ނުފެންނަ އިންތިހާބަކީ ޕީއެންސީ އިން ދާއިމަށް ވެރިކަމުގައި ތިބެން ކުރާ ކަމެއްގެ ގޮތުގައި: ދޮންބިލެތް

23 މާރިޗު 2026
ރައްޔިތުން ގަބޫލުކުރަނީ ފެންނަ ނުފެންނަ އިންތިހާބަކީ ޕީއެންސީ އިން ދާއިމަށް ވެރިކަމުގައި ތިބެން ކުރާ ކަމެއްގެ ގޮތުގައި: ދޮންބިލެތް
23 މާރިޗު 2026

ވޯޓަށް ނުފޫޒުފޯރުވުމަށް ވަޒީފާތައް މެދުވެރިކޮށް ރައްޔިތުންގެ ހައްގުތަކަށް އަރައިގަންނަމުންދާ ކަމަށް ބުނެ އެމްޑީޕީ އިން އެޗްއާރްސީއެމް އަށް

23 މާރިޗު 2026
ވޯޓަށް ނުފޫޒުފޯރުވުމަށް ވަޒީފާތައް މެދުވެރިކޮށް ރައްޔިތުންގެ ހައްގުތަކަށް އަރައިގަންނަމުންދާ ކަމަށް ބުނެ އެމްޑީޕީ އިން އެޗްއާރްސީއެމް އަށް
23 މާރިޗު 2026

ރެފަރެންޑަމް އަކީ ރައްޔިތުންގެ ބޮލުގައި އަޅުވާފައި، ހަމައެކަނި ރައީސް މުއިއްޒު ބޭނުންފުޅު ވެގެން ނަގާ ވޯޓެއް: މެންބަރު އަހުމަދު ދީދީ

23 މާރިޗު 2026
ރެފަރެންޑަމް އަކީ ރައްޔިތުންގެ ބޮލުގައި އަޅުވާފައި، ހަމައެކަނި ރައީސް މުއިއްޒު ބޭނުންފުޅު ވެގެން ނަގާ ވޯޓެއް: މެންބަރު އަހުމަދު ދީދީ
22 މާރިޗު 2026

އެމްޑީޕީ ޕިކަޕް ޖަލްސާ: "ވެރިކަމަށް އާދެވުނީ އޮޅުވާލައިގެން ކަމަށް ވާތީ ރައީސް މުއިއްޒަށް ހީފުޅުވަނީ ކޮންމެ ކަމެއްވެސް ރައްޔިތުންނަށް އޮޅުވާލެއްވޭނެ ކަމަށް"

22 މާރިޗު 2026
އެމްޑީޕީ ޕިކަޕް ޖަލްސާ: "ވެރިކަމަށް އާދެވުނީ އޮޅުވާލައިގެން ކަމަށް ވާތީ ރައީސް މުއިއްޒަށް ހީފުޅުވަނީ ކޮންމެ ކަމެއްވެސް ރައްޔިތުންނަށް އޮޅުވާލެއްވޭނެ ކަމަށް"
22 މާރިޗު 2026

ރައީސް މުއިއްޒު ސަރުކާރުގެ ސިޔާސަތެއް ނެތް، ސިޔާސަތަކަށް ގެންގުޅެނީ ''ގަނޑުކަނޑާ ފޮތަކާއި ކަޅު ދަބަހެއް'' : މެންބަރު ޒިޔާދު

22 މާރިޗު 2026
ރައީސް މުއިއްޒު ސަރުކާރުގެ ސިޔާސަތެއް ނެތް، ސިޔާސަތަކަށް ގެންގުޅެނީ ''ގަނޑުކަނޑާ ފޮތަކާއި ކަޅު ދަބަހެއް'' : މެންބަރު ޒިޔާދު
22 މާރިޗު 2026

އަޖައިބެއްނު، މިއީ ފުޓުބޯޅަ މެޗެއް! ދެހާފް ކުޅެގެން ހަމަނުޖެހުން އުފެދިދާނެއޭ ކިޔާފައި އެއް ހާފަށް ބަދަލު ކުރެވިދާނެތަ؟

22 މާރިޗު 2026
އަޖައިބެއްނު، މިއީ ފުޓުބޯޅަ މެޗެއް! ދެހާފް ކުޅެގެން ހަމަނުޖެހުން އުފެދިދާނެއޭ ކިޔާފައި އެއް ހާފަށް ބަދަލު ކުރެވިދާނެތަ؟
22 މާރިޗު 2026

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް އއ، ބ އަދި ރ އަތޮޅަށް ފުރާވަޑައިގެންފި

22 މާރިޗު 2026
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް އއ، ބ އަދި ރ އަތޮޅަށް ފުރާވަޑައިގެންފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް