Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މިނިސްޓަރު ތޯރިގް އިބްރާހިމް

ރަށްރަށަށް ކަރަންޓު ދިނުމަށް އަހަރަކަށް 2.9 މިލިއަން ފީފާގެ ތެޔޮ ބޭނުންވޭ، މިދިޔަ އަހަރު ރާއްޖެއަށް ތެޔޮ އެތެރެކުރަން 10 ބިލިއަން ރުފިޔާ ހޭދަކުރި: މިނިސްޓަރު ތޯރިގް

ރާއްޖެއަށް ބޭނުންވާ ކަރަންޓު އުފެއްދުމަށް ތެޔޮ އެތެރެކުރުމަށް މިދިޔަ އަހަރު ދައުލަތުގެ ބަޖެޓުން 10 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވެއްޖެ. މިއީ ޖީޑީޕީގެ 10 އިންސައްތަ ކަމަށްވާއިރު، ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށްޓަކައި އިއާދަކުރަނިވި ހަކަތައިގެ މަޝްރޫއުތައް ސަރުކާރުން ދަނީ ބާރަށް ކުރިއަށް ގެންދަމުން. އެގޮތުން ފްލޯޓިން ސޯލާ ޕެނަލްތައް ހަރުކުރުމުގެ މަސައްކަތް ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ނިންމާލުމަށް ވަނީ އަމާޒު ހިފާފަ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 24 މާރިޗު 2026 | އަންގާރަ 12:28
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް | ރައީސް އޮފީސް

ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށަށް ކަރަންޓު ފޯރު ކޮށްދިނުމަށް ނިމުނު 2025 ވަނަ އަހަރު 10 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވެއްޖެ އެވެ. 

އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ތޯރިގް ވިދާޅުވީ މީހުން ދިރިއުޅޭ ރަށްރަށަށް ކަރަންޓުދިނުމަށް ދުވާލަކު 7،965 ފީފާގެ ތެޔޮ ބޭނުންވާ ކަމަށެވެ. އަދި ރިސޯޓުތަކުން ވެސް މިހާ ވަރު ހޭދަކުރާނެ ކަމަށާ، އެއީ އަހަރަކަށް ބަލާނަމަ 2.9 މިލިއަން ފީފާގެ ތެޔޮ ކަމަށެވެ. 

Advertisement - newsAdvertisement

މިނިސްޓަރު ވިދާޅުވީ ފާއިތުވި 2025 ވަނަ އަހަރު އެކަނި ވެސް ކަރަންޓު ފޯރު ކޮށްދިނުމަށް ބޭނުންވާ ތެޔޮ ރާއްޖެއަށް އެތެރެކުރަން ދައުލަތުގެ ބަޖެޓުން 10 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށެވެ. 

މިދިޔަ އަހަރު އެކަނި ބަލާލި ކަމުގައި ވިޔަސް ތެޔޮ އެތެރެ ކުރުމަށްޓަކައި ގާތްގަނޑަކަށް 10 ބިލިއަން ރުފިޔާ ޚަރަދު ކޮށްފަވޭ. މި 10 ބިލިއަން ރުފިޔާ އަކީ ހަމަ ރާއްޖެއިން ބޭރުވާ ފައިސާ. ތެޔޮ އެތެރެ ކުރުމަށް ޖީޑީޕީ ގެ 10 ޕަސެންޓް އަޅުގަނޑުމެން ޚަރަދު ކުރަން ޖެހުނު. 
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް 

މިނިސްޓަރު ވިދާޅުވީ މި ގައުމަކީ ތެލަށް ބަރޯސާވެފައިވާ ގައުމެއްގެ ގޮތުގައި އޮތް އޮތުން ބަދަލު ކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން ދާ ކަމަށެވެ. އެގޮތުން ރާއްޖެއިން ލިބެން ހުރި އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުން ކުރުމަކީ މުހިއްމު ކަމެއް ކަމަށާއި އެކަމަށް އިންވެސްޓް ކޮށް، މަޝްރޫއުތައް ހިންގާ، ތެލަށް ބަރޯސާވާ މިންވަރު ކުޑަ ކުރުމަށް މިހާރުވެސް ދަނީ މަސައްކަތް ކުރެވެމުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިހާރު ކުރެވެމުންދާ މަސައްކަތްތަކުގެ ތެރޭގައި ފްލޯޓިން ސޯލާ ޕެނަލްތައް ހަރުކުރުމުގެ މަސައްކަތް ކުރަމުންދާއިރު މިއީ ވަރަށް ބޮޑު މަސައްކަތެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި މި މަސައްކަތް ކުރަމުންދަނީ ބަހާލެވިގެން ކަމަށާއި އެއްވެސް މައްސަލައެއް ދިމާނުވާ ނަމަ، 2 އަހަރު ދުވަހުގެ ތެރޭގައި އެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް މިނިސްޓަރު ތޯރިގް ވިދާޅުވި އެވެ. 

އިއާދަކުރަނިވި ހަކަތަ މުޅިން ބޭނުންކޮށްގެން ރާއްޖޭގައި ކަރަންޓު އުފެއްދުމުގެ ކެޕޭސިޓީ އަދި ނެތް ނަމަވެސް ސަރުކާރުން މަސައްކަތް ކުރަނީ ރާއްޖެއިން ތެލަށް ބަރޯސާވާ މިންވަރު ވީ އެންމެ ބޮޑަކަށް ކުޑަކޮށް، ފްލޯޓިން ސޯލާ ޕެނަލްތައް ހަރުކުރުމުގެ މަޝްރޫއު ފަދަ މަޝްރޫއުތައް މެދުވެރިކޮށް، އިޔާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރު ކުރަން ކަމަށް މިނިސްޓަރު ތަކުރާރު ކޮށް ވިދާޅުވި އެވެ. 

ޑރ. މުޙައްމަދު މުޢިއްޒުތޯރިގް އިބްރާހީމް އިޔާދަކުރަނިވި ހަކަތަފްލޯޓިން ސޯލާ ޕެނަލް

ކޮމެންޓް

އިތުރަށް ކިޔާލަން

ސަރުކާރުން އުޅެނީ މުއިއްޒު ބޭނުންފުޅުވާ ކޮންމެ ވަގުތެއްގައި މަޖިލިސް އުވާލެވޭނެ ފަދަ ހީލަތެއް ހަދަން: ބޮންޑާ

ސަރުކާރުން އުޅެނީ މުއިއްޒު ބޭނުންފުޅުވާ ކޮންމެ ވަގުތެއްގައި މަޖިލިސް އުވާލެވޭނެ ފަދަ ހީލަތެއް ހަދަން: ބޮންޑާ

23 މާރިޗު 2026
ގާނޫނުގައި ވަކިގޮތަކަށް ބަޔާންކޮށްފައި އޮންނަ ކަމެއް "އުސޫލު" ކިޔާއެއްޗެއް ބޭނުންކޮށްގެން ބަދަލު ކުރުމަކީ ހަމަޖެހޭ ކަމެއް ނޫން: އަލީ ހުސައިން

ގާނޫނުގައި ވަކިގޮތަކަށް ބަޔާންކޮށްފައި އޮންނަ ކަމެއް "އުސޫލު" ކިޔާއެއްޗެއް ބޭނުންކޮށްގެން ބަދަލު ކުރުމަކީ ހަމަޖެހޭ ކަމެއް ނޫން: އަލީ ހުސައިން

23 މާރިޗު 2026
މަޖިލީހުގެ ވަކި އިންސައްތައެއް އެއީ 30 އަހަރުން ދަށުގެ ޒުވާނުންނާ އަންހެނުން ކަމަށް ކަނޑައަޅަން ދިރާސާ ކުރަނީ

މަޖިލީހުގެ ވަކި އިންސައްތައެއް އެއީ 30 އަހަރުން ދަށުގެ ޒުވާނުންނާ އަންހެނުން ކަމަށް ކަނޑައަޅަން ދިރާސާ ކުރަނީ

23 މާރިޗު 2026
އެމްޑީޕީ ޕިކަޕް ޖަލްސާ: "ވެރިކަމަށް އާދެވުނީ އޮޅުވާލައިގެން ކަމަށް ވާތީ ރައީސް މުއިއްޒަށް ހީފުޅުވަނީ ކޮންމެ ކަމެއްވެސް ރައްޔިތުންނަށް އޮޅުވާލެއްވޭނެ ކަމަށް"

އެމްޑީޕީ ޕިކަޕް ޖަލްސާ: "ވެރިކަމަށް އާދެވުނީ އޮޅުވާލައިގެން ކަމަށް ވާތީ ރައީސް މުއިއްޒަށް ހީފުޅުވަނީ ކޮންމެ ކަމެއްވެސް ރައްޔިތުންނަށް އޮޅުވާލެއްވޭނެ ކަމަށް"

22 މާރިޗު 2026
އަރަބި ތެޔޮ ހޮޅިތައް ކާށިދޫ ކަނޑުން ނެރޭނެކަމަށް ޝަހީމް ކުރިން ވިދާޅުވި ވާހަކައަށް އިތުރަށް ވާހަކަ ދައްކަވަން ބޭނުން ނުވި

އަރަބި ތެޔޮ ހޮޅިތައް ކާށިދޫ ކަނޑުން ނެރޭނެކަމަށް ޝަހީމް ކުރިން ވިދާޅުވި ވާހަކައަށް އިތުރަށް ވާހަކަ ދައްކަވަން ބޭނުން ނުވި

22 މާރިޗު 2026

އަހަރުތަކުން މިއަދު

20 އެޕްރީލު
ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް
20251 އަހަރު ކުރިން
ރާއްޖެ

ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު