Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފޮސްޓަރ ޕްރޮގްރާމް

އޭޕްރީލް މަހުން ފެށިގެން ކުދިން ފޮސްޓަރ ކުރާ ފަރާތްތަކަށް ވިހެއުމުން ލިބޭ ފަދަ ޗުއްޓީއެއް ލިބޭނެ - މިނިސްޓަރު

25 މާރިޗު 2026 | ބުދަ 11:29

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ފޮސްޓަރކުރާ (ކުދިން ބެލުމުގެ ޒިންމާ ނަގާ ފަރާތްތަކަށް ނުވަތަ ޢާއިލާއަކަށް) އާއިލާތަކަށް، ވިހެއުމުން ލިބޭ ފަދަ ޚާއްސަ ޗުއްޓީއެއް އަންނަ އޭޕްރީލް މަހުން ފެށިގެން ދިނުމަށް ސަރުކާރުން ވަނީ ނިންމާފަ. މީގެ އިތުރުން، ފޮސްޓަރކުރާ އާއިލާތަކުގެ ތެރެއިން މާލީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ކޮންމެ ކުއްޖަކަށް މަހަކު 5،000 ރުފިޔާގެ އެލަވަންސެއް ދިނުމަށް ވެސް ވަނީ ހަމަޖެހިފަ. މި ނިންމުންތަކަކީ ކުދިންނާއި އާއިލާތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް، ކޮންމެ ކުއްޖަކަށް އާއިލީ ވެއްޓެއް ހޯދައިދިނުމަށް ކުރާ މަސައްކަތުގެ ބައެއް.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 25 މާރިޗު 2026 | ބުދަ 11:29
 ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ މިނިސްޓަރު ޑރ. އައިޝަތު ޝިހާމް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ މިނިސްޓަރު ޑރ. އައިޝަތު ޝިހާމް | ރައީސް އޮފީސް

އަންނަ އޭޕްރީލް މަހުން ފެށިގެން ތުއްތުކުދިން ފޮސްޓަރކުރާ ފަރާތްތަކަށް، އަންހެނުން ވިހެމުން ލިބޭ ފަދަ ޚާއްސަ ޗުއްޓީއެއް ދިނުމަށް ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެ އެވެ.

ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ތުއްތުކުދިން  ފޮސްޓަރކުރާ ފަރާތްތަކަށް، (ކުދިން ބެލުމުގެ ޒިންމާ ނަގާ ފަރާތްތަކަށް ނުވަތަ ޢާއިލާއަކަށް) އަންހެނުން ވިހެމުން ލިބޭ ފަދަ ޚާއްޞަ ޗުއްޓީއެއް ދިނުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އަންނަ އޭޕްރީލް މަހުން ފެށިގެން އެކަން ހަމަޖެހިގެން ދާނެ ކަމަށާއި އެކަން ކުރުމަށް ސަރުކާރުން ނިންމާފައި ވަނީ އާއިލާތަކަށް އެ ކުދިންނާއެކު ވަގުތު ހޭދަކޮށް، ގާތް ގުޅުމެއް އުފެއްދުމަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ. 

ކޮންމެ ކުއްޖަކީ ވެސް އާއިލީ ވެއްޓެއްގެ ހިމާޔަތާއި ރައްކާތެރިކަން ލިބިގެން، އާއިލީ ގުޅުންތަކުގެ ތެރެއިން ބޮޑުވާ ކުދިންކަން ކަށަވަރުކުރުމަށް މަސައްކަތްކުރާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެކަމަށްޓަކައި، ކޮންމެ ކުއްޖަކަށް އާއިލާއެއް ނަމުގައި ޚާއްސަ ޕްރޮގްރާމެއް ކުރިއަށް ގެންގޮސް، މިހާތަނަށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި 111 ކުދިންނަށް އާއިލީ ވެއްޓެއް ހޯދައިދެވިފައިވާ ކަން މިނިސްޓްރީ އިން ވަނީ ހާމަ ކޮށްފަ އެވެ. 

އެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ކުދިން ފޮސްޓަރ ކުރާ އާއިލާތަކުގެ ތެރެއިން މާލީ އެހީތެރިކަން ބޭނުންވާ އާއިލާތައް ވެސް ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި އެފަދަ އާއިލާތައް އައިޑެންޓިފައި ކޮށް، ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު ކޮންމެ ކުއްޖަކަށް މަހަކު 5،000 ރުފިޔާގެ އެލަވަންސެއް ދިނުމަށް ވެސް ހަމަޖައްސާފައިވާ ކަމަށެވެ. 

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި، ޖެންޑަރ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީގެ ބެއްލެވުމުގެ ދަށުން ވަނީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ފޯސްޓަރ ކުރުމާގުޅޭ ޚާއްސަ ޕްރޮގްރާމެއް ފަށާފަ އެވެ. މި ޕްރޮގްރާމް ވަރަށް ކާމިޔާބު ކަމާއެކު ކުރިއަށް ގެންގޮސް، މިކަމަށް އާއްމު ރައްޔިތުން ވަރަށް ބޮޑަށް ހޭލުންތެރި ކޮށްފައި ވެ އެވެ. ނަމަވެސް ސަރުކާރުން ބަދަލުވެގެން ދިިއުމާއެކު، މިސަރުކާރުން ވަނީ ފޯސްޓަރ ޕްރޮގްރާމްގެ ނަން ބަދަލުކޮށް، ''ކޮންމެ ކުއްޖަކަށް އާއިލާއެއް'' ނަމުގައި ޕްރޮގްރާމެއް ފަށާފަ އެވެ.

ޑރ. މުޙައްމަދު މުޢިއްޒުއާއިޝަތު ޝިހާމްއިބްރާހިމް މުހައްމަދު ސޯލިހުއާއިޝަތު މުހައްމަދު ދީދީފޮސްޓަރ ޕްރޮގްރާމްކޮންމެ ކުއްޖަކަށް އާއިލާއެއް ޕްރޮގްރާމް

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

24 މާރިޗު 2026

ޕަބްލިކް ވޯކްސް ޔުނިޓްތަކަށް 516 މުވައްޒަފުން ނަގައި، 9.1 މިލިއަން ޑޮލަރުގެ ތަކެތި ގެންނަނީ

24 މާރިޗު 2026
ޕަބްލިކް ވޯކްސް ޔުނިޓްތަކަށް 516 މުވައްޒަފުން ނަގައި، 9.1 މިލިއަން ޑޮލަރުގެ ތަކެތި ގެންނަނީ
24 މާރިޗު 2026

ރަށްރަށަށް ކަރަންޓު ދިނުމަށް އަހަރަކަށް 2.9 މިލިއަން ފީފާގެ ތެޔޮ ބޭނުންވޭ، މިދިޔަ އަހަރު ރާއްޖެއަށް ތެޔޮ އެތެރެކުރަން 10 ބިލިއަން ރުފިޔާ ހޭދަކުރި: މިނިސްޓަރު ތޯރިގް

24 މާރިޗު 2026
ރަށްރަށަށް ކަރަންޓު ދިނުމަށް އަހަރަކަށް 2.9 މިލިއަން ފީފާގެ ތެޔޮ ބޭނުންވޭ، މިދިޔަ އަހަރު ރާއްޖެއަށް ތެޔޮ އެތެރެކުރަން 10 ބިލިއަން ރުފިޔާ ހޭދަކުރި: މިނިސްޓަރު ތޯރިގް
23 މާރިޗު 2026

ސަރުކާރުން އުޅެނީ މުއިއްޒު ބޭނުންފުޅުވާ ކޮންމެ ވަގުތެއްގައި މަޖިލިސް އުވާލެވޭނެ ފަދަ ހީލަތެއް ހަދަން: ބޮންޑާ

23 މާރިޗު 2026
ސަރުކާރުން އުޅެނީ މުއިއްޒު ބޭނުންފުޅުވާ ކޮންމެ ވަގުތެއްގައި މަޖިލިސް އުވާލެވޭނެ ފަދަ ހީލަތެއް ހަދަން: ބޮންޑާ
23 މާރިޗު 2026

ގާނޫނުގައި ވަކިގޮތަކަށް ބަޔާންކޮށްފައި އޮންނަ ކަމެއް "އުސޫލު" ކިޔާއެއްޗެއް ބޭނުންކޮށްގެން ބަދަލު ކުރުމަކީ ހަމަޖެހޭ ކަމެއް ނޫން: އަލީ ހުސައިން

23 މާރިޗު 2026
ގާނޫނުގައި ވަކިގޮތަކަށް ބަޔާންކޮށްފައި އޮންނަ ކަމެއް "އުސޫލު" ކިޔާއެއްޗެއް ބޭނުންކޮށްގެން ބަދަލު ކުރުމަކީ ހަމަޖެހޭ ކަމެއް ނޫން: އަލީ ހުސައިން
23 މާރިޗު 2026

މަޖިލީހުގެ ވަކި އިންސައްތައެއް އެއީ 30 އަހަރުން ދަށުގެ ޒުވާނުންނާ އަންހެނުން ކަމަށް ކަނޑައަޅަން ދިރާސާ ކުރަނީ

23 މާރިޗު 2026
މަޖިލީހުގެ ވަކި އިންސައްތައެއް އެއީ 30 އަހަރުން ދަށުގެ ޒުވާނުންނާ އަންހެނުން ކަމަށް ކަނޑައަޅަން ދިރާސާ ކުރަނީ
22 މާރިޗު 2026

އެމްޑީޕީ ޕިކަޕް ޖަލްސާ: "ވެރިކަމަށް އާދެވުނީ އޮޅުވާލައިގެން ކަމަށް ވާތީ ރައީސް މުއިއްޒަށް ހީފުޅުވަނީ ކޮންމެ ކަމެއްވެސް ރައްޔިތުންނަށް އޮޅުވާލެއްވޭނެ ކަމަށް"

22 މާރިޗު 2026
އެމްޑީޕީ ޕިކަޕް ޖަލްސާ: "ވެރިކަމަށް އާދެވުނީ އޮޅުވާލައިގެން ކަމަށް ވާތީ ރައީސް މުއިއްޒަށް ހީފުޅުވަނީ ކޮންމެ ކަމެއްވެސް ރައްޔިތުންނަށް އޮޅުވާލެއްވޭނެ ކަމަށް"
22 މާރިޗު 2026

އަރަބި ތެޔޮ ހޮޅިތައް ކާށިދޫ ކަނޑުން ނެރޭނެކަމަށް ޝަހީމް ކުރިން ވިދާޅުވި ވާހަކައަށް އިތުރަށް ވާހަކަ ދައްކަވަން ބޭނުން ނުވި

22 މާރިޗު 2026
އަރަބި ތެޔޮ ހޮޅިތައް ކާށިދޫ ކަނޑުން ނެރޭނެކަމަށް ޝަހީމް ކުރިން ވިދާޅުވި ވާހަކައަށް އިތުރަށް ވާހަކަ ދައްކަވަން ބޭނުން ނުވި
20 މާރިޗު 2026

ދެ އިންތިޚާބު އެއްކޮށްލުމާއި ދެކޮޅަށް "ނޫނެކޭ" ބުނަން ނ. ލަންދޫ އިން ބޮޑުތަނުން ތައްޔާރަށް

20 މާރިޗު 2026
ދެ އިންތިޚާބު އެއްކޮށްލުމާއި ދެކޮޅަށް "ނޫނެކޭ" ބުނަން ނ. ލަންދޫ އިން ބޮޑުތަނުން ތައްޔާރަށް
20 މާރިޗު 2026

ދޫނި ޕާޓީ އިން ކުރިހާ ވެސް ކަމަކީ ވެރި މީހާ އެކަނި ވާދަކުރައްވާ ބިންގާ އެޅުމުގެ މުބާރާތެއް މުޅި ރާއްޖޭގައި ބޭއްވުން: ދީދީ

20 މާރިޗު 2026
ދޫނި ޕާޓީ އިން ކުރިހާ ވެސް ކަމަކީ ވެރި މީހާ އެކަނި ވާދަކުރައްވާ ބިންގާ އެޅުމުގެ މުބާރާތެއް މުޅި ރާއްޖޭގައި ބޭއްވުން: ދީދީ
20 މާރިޗު 2026

ރައްޔިތު މީހާގެ ބާރު އޮންނަނީ ވޯޓުގައި، އިންތިޚާބު މަދުކުރުމަކީ ރައްޔިތު މީހާގެ ބާރު އަތުލައިގަތުން: ޝާހިދު

20 މާރިޗު 2026
ރައްޔިތު މީހާގެ ބާރު އޮންނަނީ ވޯޓުގައި، އިންތިޚާބު މަދުކުރުމަކީ ރައްޔިތު މީހާގެ ބާރު އަތުލައިގަތުން: ޝާހިދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް