Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މިނިސްޓަރު އާދަމް ޝަރީފް

ޕަބްލިކް ވޯކްސް ޔުނިޓްތަކަށް 516 މުވައްޒަފުން ނަގައި، 9.1 މިލިއަން ޑޮލަރުގެ ތަކެތި ގެންނަނީ

ރާއްޖޭގެ 19 ރަށެއްގައި ޕަބްލިކް ވޯކްސް ޔުނިޓްތައް ގާއިމުކޮށް، ބަނދަރާއި މަގުތައް މަރާމާތުކުރުމަށް ބޭނުންވާ 9.1 މިލިއަން ޑޮލަރުގެ މެޝިނަރީ ހޯދުމަށް ފިނޭންސް މިނިސްޓްރީއަށް މިހާރު ވަނީ ހުށަހަޅާފަ. މި މަޝްރޫއުގެ ދަށުން ސިވިލް ސަރވިސް މެދުވެރިކޮށް މުވައްޒަފުން ނެގުމަށް ނިންމާފައިވާއިރު، އިންތިޚާބާ ދިމާކޮށް ސަރުކާރުގެ އެކި ކުންފުނިތަކުން ގިނަ އަދަދަކަށް ވަޒީފާ އިތުރުކުރަމުންދާތީ އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން ވަނީ އަމާޒުވެފަ. މި މަސައްކަތުގެ މައިގަނޑު މަގްސަދަކީ ރަށްރަށުގެ އާންމު ޚިދުމަތްތައް ބެލެހެއްޓުމަށް ހިނގާ ޚަރަދު ކުޑަކުރުން ކަމަށް ސިޓީސް މިނިސްޓްރީން ބުނޭ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 24 މާރިޗު 2026 | އަންގާރަ 13:53
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޓީސް މިނިސްޓަރު އާދަމް ޝަރީފް އުމަރު

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޓީސް މިނިސްޓަރު އާދަމް ޝަރީފް އުމަރު | ރައީސް އޮފީސް

ޕަބްލިކް ވޯކްސް ޔުނިޓް ތަރައްގީ ކުރުމަށްޓަކައި 4 މޮބައިލް ޔުނިޓަށް ޖުމްލަ 516 މުވައްޒަފުން ނެގުމަށް ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޓީސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ. 

އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޕަބްލިކް ވޯކްސް ޔުނިޓްތައް ތަރައްގީ ކުރުމަށް ބޭނުންވާ އިމާރާތްތަކާއި މެޝިނަރީ ހޯދުމަށް ބޭނުންވާ ބަޖެޓުގެ ތަފްސީލުތައް ފިނޭންސް މިނިސްޓްރީ އަށް މިހާރު ހުށަހަޅާފައިވާ ކަމަށެވެ. 

އެގޮތުން މި ޔުނިޓްތައް ގާއިމް ކުރަން ނިންމާފައި ވަނީ 19 ރަށެއްގައި ކަމަށާ މި މަޝްރޫއަކީ ރަށްރަށުގައި ދެވޭ އާންމު ޚިދުމަތްތަކުގެ މެއިންޓެނަންސް މަސައްކަތްތަކަށް ހިނގާ ޚަރަދު ކުޑަކުރުމުގެ މަގްސަދުގައި ފަށާ މަސައްކަތެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

ކޮންމެ ޔުނިޓަކަށް 9 ބާވަތެއްގެ މެޝިނަރީ އެބަ ހޯދަން. 19 ޕަބްލިކް ވޯކް ޔުނިޓްގެ އިތުރުން، 4 މޮބައިލް ޔުނިޓް ހިމެނޭ. ބަނދާރާއި މަގުތައް މަރާމަތުކުރުމާއި ބެލެހެއްޓުމުގެ މަސައްކަތް ކުރާނެ. 9.1 މިލިއަން ޑޮލަރުގެ ތަކެތި ގެނައުމަށް ފިނޭންސް އަށް ވާނީ ހުށައަޅާފައި، 
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޓީސް މިނިސްޓަރު އާދަމް ޝަރީފް އުމަރު

މިނިސްޓަރު ވިދާޅުވީ މި ވަޒީފާތަކަކީ ސީދާ ސިވިލް ސަރވިސް ގެ ތެރެއިން ހަމަޖެހިގެންދާ ވަޒީފާތަކެއް ކަމަށެވެ. އެހެންކަމުން މުވައްޒަފުން ނެގުމާއި އެކަމާ ގުޅޭ އެންމެހައި ކަންކަން ކުރާނީ ވެސް ސީއެސްސީ އިން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

މިނިސްޓަރު އެހެން ވިދާޅުވި އިރު އިންތިޚާބާ ދިމާކޮށް ރޯޑް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ  ސައިޓުތަކަށް 140ށް ވުރެ ގިނަ މުވައްޒަފުން ހޯދަން ސަރުކާރުން އިއުލާނު ކޮށްފައި ވެ އެވެ. އަދި އެފްއެސްއެމްއާއި އެމްޓީސީސީ އިން ވެސް ވަޒީފާތައް އިއުލާނު ކޮށްފައިވާއިރު މިކަމާ ގުޅިގެން ގިނަ ބަޔަކު ދަނީ މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. ޚާއްސަކޮށް އިދިކޮޅު އެމްޑީޕީ އިން މިކަމަށް ވަރަށް ބޮޑަށް ފާޑުކިޔާ، ކަންބޮޑުވުން ފާޅު ކޮށްފައި ވެ އެވެ. 

އެ ޕާޓީ އިން ވަނީ މި ސަރުކާރުން ވޯޓު ހޯދުމަށްޓަކައި ހަމައެކަނި ކުރަމުންދާ ކަމަކީ ސަރުކާރުގެ ކުންފުނިތަކުން ވަޒީފާތައް ދިނުން ކަމަށް ބުނެ އެކަން އެޗްއާރްސީއެމް ގެ ސަމާލު ކަމަށް ވެސް ގެނަސްފަ އެވެ. އެމްޑީޕީ އިން ބުނެފައި ވަނީ ވަޒީފާތައް ދެމުންގޮސް ސަރުކާރުގެ ޔުޓިލިޓީ ކުންފުނިތަކުގައި މިއަދު 15،000ށް ވުރެ ގިނަ މުވައްޒަފުން އެބަތިބި ކަމަށެވެ.

ޑރ. މުޙައްމަދު މުޢިއްޒުއާދަމް ޝަރީފު އުމަރުރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަންއެމްޑީޕީސިވިލް ސަވިރސް ކޮމިޝަން ޕަބްލިކް ވޯކްސް ޔުނިޓް

ކޮމެންޓް

އިތުރަށް ކިޔާލަން

ރަށްރަށަށް ކަރަންޓު ދިނުމަށް އަހަރަކަށް 2.9 މިލިއަން ފީފާގެ ތެޔޮ ބޭނުންވޭ، މިދިޔަ އަހަރު ރާއްޖެއަށް ތެޔޮ އެތެރެކުރަން 10 ބިލިއަން ރުފިޔާ ހޭދަކުރި: މިނިސްޓަރު ތޯރިގް

ރަށްރަށަށް ކަރަންޓު ދިނުމަށް އަހަރަކަށް 2.9 މިލިއަން ފީފާގެ ތެޔޮ ބޭނުންވޭ، މިދިޔަ އަހަރު ރާއްޖެއަށް ތެޔޮ އެތެރެކުރަން 10 ބިލިއަން ރުފިޔާ ހޭދަކުރި: މިނިސްޓަރު ތޯރިގް

24 މާރިޗު 2026
އޭޕްރީލް 4 ގައި ނަގާ ވޯޓުތަކަށް ސަރުކާރުން ފާޅުގައި ނުފޫޒު ފޯރުވަމުންދާ ކަމަށް ބުނެ އެމްޑީޕީން އޭސީސީއަށް: އޭސީސީން ބުނީ ބަލަމުންދާ ކަމަށް!

އޭޕްރީލް 4 ގައި ނަގާ ވޯޓުތަކަށް ސަރުކާރުން ފާޅުގައި ނުފޫޒު ފޯރުވަމުންދާ ކަމަށް ބުނެ އެމްޑީޕީން އޭސީސީއަށް: އޭސީސީން ބުނީ ބަލަމުންދާ ކަމަށް!

24 މާރިޗު 2026
ފެންނަ ނުފެންނަ ވޯޓު ކަރުދާހުގެ ސުވާލު ވަނީ އޮޅުވާލާފަ: ޝާތިރު

ފެންނަ ނުފެންނަ ވޯޓު ކަރުދާހުގެ ސުވާލު ވަނީ އޮޅުވާލާފަ: ޝާތިރު

24 މާރިޗު 2026
ސަރުކާރުން އުޅެނީ މުއިއްޒު ބޭނުންފުޅުވާ ކޮންމެ ވަގުތެއްގައި މަޖިލިސް އުވާލެވޭނެ ފަދަ ހީލަތެއް ހަދަން: ބޮންޑާ

ސަރުކާރުން އުޅެނީ މުއިއްޒު ބޭނުންފުޅުވާ ކޮންމެ ވަގުތެއްގައި މަޖިލިސް އުވާލެވޭނެ ފަދަ ހީލަތެއް ހަދަން: ބޮންޑާ

23 މާރިޗު 2026
ގާނޫނުގައި ވަކިގޮތަކަށް ބަޔާންކޮށްފައި އޮންނަ ކަމެއް "އުސޫލު" ކިޔާއެއްޗެއް ބޭނުންކޮށްގެން ބަދަލު ކުރުމަކީ ހަމަޖެހޭ ކަމެއް ނޫން: އަލީ ހުސައިން

ގާނޫނުގައި ވަކިގޮތަކަށް ބަޔާންކޮށްފައި އޮންނަ ކަމެއް "އުސޫލު" ކިޔާއެއްޗެއް ބޭނުންކޮށްގެން ބަދަލު ކުރުމަކީ ހަމަޖެހޭ ކަމެއް ނޫން: އަލީ ހުސައިން

23 މާރިޗު 2026

އަހަރުތަކުން މިއަދު

16 އެޕްރީލު
އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް
20251 އަހަރު ކުރިން
ރިޕޯޓު

އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް
20233 އަހަރު ކުރިން
މީހުން

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު