Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޑރ. މުޙައްމަދު މުޢިއްޒު

މަޖިލީހުގެ ވަކި އިންސައްތައެއް އެއީ 30 އަހަރުން ދަށުގެ ޒުވާނުންނާ އަންހެނުން ކަމަށް ކަނޑައަޅަން ދިރާސާ ކުރަނީ

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުވާ މައްސަލަ ހައްލުކުރުމަށް ގާނޫނުއަސާސީއަށް އިސްލާހު ހުށަހެޅުއްވުމަށް ސަރުކާރުން ވަނީ ނިންމަވާފަ. މި އިސްލާހުގެ ދަށުން މަޖިލީހުގެ ވަކި އިންސައްތައެއް އަންހެނުންނާއި 30 އަހަރުން ދަށުގެ ޒުވާނުންނަށް ޚާއްސަކުރުމަށް ބޭނުންވާ ދިރާސާތައް ކުރަމުންދާކަމަށް ރައީސް ވިދާޅުވި. މިއީ ގައުމުގެ މަތީ ފަންތީގެ ނިންމުންތަކުގައި އަންހެނުންނާއި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމަށް އެޅޭ މުހިއްމު ފިޔަވަޅެއްކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވި.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 23 މާރިޗު 2026 | ހޯމަ 09:41
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން | މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ވަކި އިންސައްތައެއް އެއީ 30 އަހަރުން ދަށުގެ ޒުވާނުން ކަމަށް ކަނޑައެޅުމަށްޓަކައި ދިރާސާ އެއް ކުރެވެމުން ދާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. 

ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުވާ މައްސަލަ ހައްލު ކުރުމަށް ގާނޫނު އަސާސީ އަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށެވެ. އެ އިސްލާހު ހުށަހަޅުއްވާއިރު އިތުރު ކަންކަން ހިމެނުމަށް ވިސްނަވާ ކަމަށާއި އެގޮތުން އެކަމަށްޓަކައި ދިރާސާތަކެއް ވެސް ކުރެވެމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ. 

Advertisement - newsAdvertisement
ދިރާސާކުރަމުންދާ ދެ ކަމެއް އެބައޮތް. އެއް ކަމަކީ މަޖިލީހުގެ ވަކި އިންސައްތައެއް އެއީ 30 އަހަރުން ދަށުގެ ޒުވާނުން ކަމުގައި ކަނޑައެޅުން. މިހާރު ނޯންނާނެ ވަކި އަދަދެއް ކަނޑައަޅާފައި. އަދި ހަމަ އެފަދައިން ވަކި އިންސައްތައެއް އަންހެނުންނަށް ކަނޑައެޅުން. މިހާރު އެގޮތަކަށް ވެސް ނޯވެ،
ރައީސް ޑރ. މުހައްމަދު މުއިއްޒު 

ރައީސް ވިދާޅުވީ އެމަނިކުފާނުގެ އަނެއް އަމާޒަކީ ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތަކުގެ ތެރެއިން ވަކި މިންވަރެއް 30 އަހަރުން ދަށުގެ ޒުވާނުންނަށް ޚާއްސަ ކުރުން ކަމަށެވެ. އޭގެ އިތުރުން އަންހެނުންނަށް ޚާއްސަކޮށް މަޖިލީހުގެ ވަކި އިންސައްތައެއް ކަނޑައެޅުމަށްޓަކައި ވެސް ގާނޫނަށް ގެންނަން ޖެހޭ އިސްލާހު ގެންނަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

މިއީ މި ގައުމުގެ ނިންމުންތައް ނިންމާ އެންމެ މަތީ ފަންތީގައި އަންހެނުންނާއި ޒުވާނުންގެ ހިއްސާ އިތުރުކުރުމަށް އެޅިގެންދާނެ މުހިއްމު ފިޔަވަޅެއް ކަމަށާއި  މިފަދަ ކަންކަމުގައި އަންހެނުންނާ ޒުވާނުން ބައިވެރިކޮށް، ދައުރު އިތުރު ކުރުމަކީ އެމަނިކުފާނު އަބަދުވެސް އިސްކަން ދެއްވާ ކަމެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. 

އެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ރާއްޖޭގެ އާބާދީ އިތުރުވަމުންދާ ވަރަކަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު 100 ފަހަނަހަޅައި ދިއުން އެކަށީގެންވާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އެއީ ރަނގަޅު ގޮތެއް ކަމަށް ރައްޔިތުން ގަބޫލުނުކުރާ ކަމަށާއި  މިހާރު އޮންނަނީ 5،000 ގެ ކޮންމެ އާބާދީއަކަށް މެންބަރަކު އިތުރުވާ ގޮތަށް ކަމަށެވެ.

އެހެންކަމުން ގާނޫނު އަސާސީ އަށް އިސްލާހު ގެންނަވަނީ މިކަން ހައްލު ކުރަން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

ޑރ. މުޙައްމަދު މުޢިއްޒުރައްޔިތުންގެ މަޖިލިސް

ކޮމެންޓް

އިތުރަށް ކިޔާލަން

ހަނގުރާމައިގެ އަސަރު ކުރާއިރުވެސް މަޖިލިސް އޮތީ ވާކޮށްލާފައި، ވަޒީރުން ހާޒިރުކޮށްދެއްވާ: މީކާއިލް

ހަނގުރާމައިގެ އަސަރު ކުރާއިރުވެސް މަޖިލިސް އޮތީ ވާކޮށްލާފައި، ވަޒީރުން ހާޒިރުކޮށްދެއްވާ: މީކާއިލް

23 މާރިޗު 2026
ދެ އިންތިހާބު އެއްކޮށްލަން އަހާ ސުވާލު އޮތީ ޤާނޫނުއަސާސީގެ ތެރެއިން އަދި ރެފަރަންޑަމަކަށް ވޯޓަށް އެހޭ ކަހަލަ ގޮތަކަށް ވެސް ނޫން: ބިގޭ

ދެ އިންތިހާބު އެއްކޮށްލަން އަހާ ސުވާލު އޮތީ ޤާނޫނުއަސާސީގެ ތެރެއިން އަދި ރެފަރަންޑަމަކަށް ވޯޓަށް އެހޭ ކަހަލަ ގޮތަކަށް ވެސް ނޫން: ބިގޭ

23 މާރިޗު 2026
އެމްޑީޕީ ޕިކަޕް ޖަލްސާ: "ވެރިކަމަށް އާދެވުނީ އޮޅުވާލައިގެން ކަމަށް ވާތީ ރައީސް މުއިއްޒަށް ހީފުޅުވަނީ ކޮންމެ ކަމެއްވެސް ރައްޔިތުންނަށް އޮޅުވާލެއްވޭނެ ކަމަށް"

އެމްޑީޕީ ޕިކަޕް ޖަލްސާ: "ވެރިކަމަށް އާދެވުނީ އޮޅުވާލައިގެން ކަމަށް ވާތީ ރައީސް މުއިއްޒަށް ހީފުޅުވަނީ ކޮންމެ ކަމެއްވެސް ރައްޔިތުންނަށް އޮޅުވާލެއްވޭނެ ކަމަށް"

22 މާރިޗު 2026
އަރަބި ތެޔޮ ހޮޅިތައް ކާށިދޫ ކަނޑުން ނެރޭނެކަމަށް ޝަހީމް ކުރިން ވިދާޅުވި ވާހަކައަށް އިތުރަށް ވާހަކަ ދައްކަވަން ބޭނުން ނުވި

އަރަބި ތެޔޮ ހޮޅިތައް ކާށިދޫ ކަނޑުން ނެރޭނެކަމަށް ޝަހީމް ކުރިން ވިދާޅުވި ވާހަކައަށް އިތުރަށް ވާހަކަ ދައްކަވަން ބޭނުން ނުވި

22 މާރިޗު 2026
އީރާން ހަނގުރާމަ: ދިމާވެދާނެ ކުއްލި ހާލަތަކަށް ތައްޔާރުވުމަށް މަޝްވަރާ ކުރުމަށް 241 ކޮމިޓީގެ ބައްދަލުވުމެއް ބާއްވަދޭން އެދެފި

އީރާން ހަނގުރާމަ: ދިމާވެދާނެ ކުއްލި ހާލަތަކަށް ތައްޔާރުވުމަށް މަޝްވަރާ ކުރުމަށް 241 ކޮމިޓީގެ ބައްދަލުވުމެއް ބާއްވަދޭން އެދެފި

22 މާރިޗު 2026

އަހަރުތަކުން މިއަދު

7 މެއި
ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން
20242 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟
20233 އަހަރު ކުރިން
ރިޕޯޓު

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް
20224 އަހަރު ކުރިން
ރިޕޯޓު

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި

ރައީސް ޔާމީންގެ އަނެއް ރެކޯޑް
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ އަނެއް ރެކޯޑް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު