Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އުސޫލުގެ މައްސަލަ

ގާނޫނުގައި ވަކިގޮތަކަށް ބަޔާންކޮށްފައި އޮންނަ ކަމެއް "އުސޫލު" ކިޔާއެއްޗެއް ބޭނުންކޮށްގެން ބަދަލު ކުރުމަކީ ހަމަޖެހޭ ކަމެއް ނޫން: އަލީ ހުސައިން

ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުން ފްލެޓާއި ގޯތި ލިބޭ މީހުންގެ އަތުގައި އޮންނަ ކުދި ބިންކޮޅުތައް ދައުލަތަށް ދޫކޮށްލުމުގެ ބަދަލުގައި އާއިލާ މީހަކަށް ދެވޭގޮތަށް އުސޫލު އިސްލާހުކުރަން ސަރުކާރުން ނިންމުމާ ގުޅިގެން ގާނޫނީ ފާޑުކިޔުންތައް އަމާޒުވެއްޖެ. މިކަމާ ގުޅިގެން ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވީ ބިމާބެހޭ ގާނޫނުގައި ވަކިގޮތަކަށް ކަނޑައަޅާފައިވާ ކަންކަން ގާނޫނުއަސާސީ ނުދަންނަ "އުސޫލު" ތަކަކުން ބަދަލުނުކުރެވޭނެ ކަމަށް. އެހެންކަމުން މިފަދަ ބަދަލުތައް ގެންނަންވާނީ ބިމާބެހޭ ގާނޫނަށް އިސްލާހު ގެނެސްގެން ކަމަށް އޭނާ ފާހަގަކުރެއްވި.

މަޚްތޫމް
މަޚްތޫމް, ރާއްޖެ އެމްވީ | 23 މާރިޗު 2026 | ހޯމަ 19:07
ޤާނޫނީ ވަކީލް އަލީ ހުސެއިން ޖޭއެސްސީ ބޭރުގައި ހުންނަވާ ރާއްޖެއެމްވީ އަށް ދެއްވި ބަސްތީގަތުމުގެ ތެރެއިން - 27 ފެބްރުއަރީ 2025

ޤާނޫނީ ވަކީލް އަލީ ހުސެއިން ޖޭއެސްސީ ބޭރުގައި ހުންނަވާ ރާއްޖެއެމްވީ އަށް ދެއްވި ބަސްތީގަތުމުގެ ތެރެއިން - 27 ފެބްރުއަރީ 2025 | ރާއްޖެއެމްވީ

ގާނޫނުގައި ވަކިގޮތަކަށް ބަޔާންކޮށްފައި އޮންނަ ކަމެއް، ގާނޫނު ނުދަންނަ އަދި ގާނޫނު އަސާސީވެސް ނުދަންނަ "އުސޫލު" ކިޔާއެއްޗެއް ބޭނުންކޮށްގެން ބަދަލު ކުރުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ. 

އަލީ ހުސައިން މިފަދައިން ވިދާޅުވީ ސަރުކާރުގެ އާއިލީ ބޯހިޔާވަހިކަން ޕްރޮގްރާމުގެ ދަށުން ފްލެޓާއި ބިމަށް ކުރިމަތިލާ މީހުންގެ ތެރެއިން 400 އަކަފޫޓަށް ވުރެ ބޮޑު ކުޑަ ބިމެއް އޮންނަ މީހުން، އެ ބައި ދައުލަތަށް ދޫކޮށްލަންޖެހޭ ގޮތަށް އުސޫލުގައި އޮތް ބައި އިސްލާހުކުރަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވުމާއި ގުޅިގެންނެވެ. 

ހޯމަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވީ މިހާރު އޮންނަ ގޮތުން ގޯތި ނުވަތަ ފުލެޓް ލިބިއްޖެ ނަމަ، އެމީހަކަށް 400 އަކަފޫޓަށް ވުރެ ކުޑަ ބިންކޮޅެއް އޮންނަ މީހަކު އެ ބިން ދައުލަތަށް ދޫކޮށްލަންޖެހޭ ގޮތަށް އޮންނަ ކަމަށެވެ. އެހެންނަމަވެސް އެ އުސޫލު ބަދަލު ކުރާނެ ކަމަށެވެ. 

ބަދަލުކޮށްފައި އެމީހާގެ އަނބިމީހާ ނުވަތަ ފިރިމީހާ ނުވަތަ ދަރިން ނުވަތަ އެއްބަނޑު އެއްބަފާ މީހުންގެ ތެރެއިން އެމީހާ ބޭނުންވާ މީހަކަށް ބިންކޮޅު ބަދަލުކޮށްލެވޭ ގޮތަށް މި ބަދަލުކުރަނީ. ސަރުކާރަށް ދޫކޮށްލާކަށް ނުޖެހޭނެ. އެހެންވީމާ ސްޕައުސް، ދަރިން އަދި އެއްބަނޑު އެއްބަފާ ފަރާތްތައް.  މީގެ ތެރެއިން އެއް ފަރާތަކަށް އެމީހާ ދައުލަތަށް ދޫކޮށްލަންޖެހޭ ބިން ދޫކޮށްލުމުގެ ބަދަލުގައި ބަދަލުކުރަނީ. އަދި މިއަށް އެޕްލައި ކުރެވޭނެ މިދިޔަ ސަރުކާރުގެ ބިންވެރިޔާ ސްކީމުގެ ތެރެއިން ބިންކޮޅު ދޫކޮށްލަންޖެހޭ ފަރާތްތަކަށް ވެސް. 
ރައީސް ޑރ. މުހައްމަދު މުއިއްޒު

މިކަމާއި ގުޅިގެން ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވީ ގާނޫނުގައި ވަކިގޮތަކަށް ބަޔާންކޮށްފައި އޮންނަ ކަމެއް، ގާނޫނު ނުދަންނަ އަދި ގާނޫނު އަސާސީވެސް ނުދަންނަ "އުސޫލު" ކިޔާއެއްޗެއް ބޭނުންކޮށްގެން ބަދަލު ކުރުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށެވެ. 

އަލީ ހުސައިން ވިދާޅުވީ އުސޫލު ކިޔާ އެއްޗެއް ޤާނޫނު އަސާސީގައި ނޯންނާނެ ކަމަށާއި، އުސޫލަކީ ޤާނޫނު އަސާސީ ދަންނަ އެއްޗެއް ނޫން ކަމަށެވެ. އެހެންނަމަވެސް ޤާނޫނުއަސާސީ ފުރަތަމަ އައުމަށް ފަހުގައި އޭރު ހުންނެވި އެޓަރނީ ޖެނެރަލްގެ އޮފީހުން އުސޫލު ކިޔާ އެއްޗެއް ހަދާފަ އެފަހުން އުސޫލު ހަދަން ފެށި ކަމަށެވެ. އަލީ ހުސައިން ވިދާޅުވީ ޤާނޫނުއަސާސީ ދަންނަނީ ޤާނޫނުއަސާސީއާއި ގާނޫނުތަކާއި ގަވާއިދު ކަމަށެވެ. އެހެންކަމުން އުސޫލު ކިޔާ އެއްޗެހި ޤާނޫނުއަސާސީ ނުދަންނާނެ ކަމަށެވެ. 

އުސޫލަށް ބަދަލުކޮށްގެން އެކަމެއް ނުކުރެވޭނެ. އެއީ ބިމާ ބެހޭ ގާނޫނުގައި ކަނޑައަޅާފައި ހުރި ވާހަކައަކީ ކަނޑައަޅާފައި ހުރި ގާނޫނީ ވާހަކައަކީ ހަމަތަކަށް އެއްގޮތަށް ނޫނީ ބިމެއް އެހެން މީހަކާ ޢައްޔަނުކޮށް ބަދަލުކޮށެއް ނުހެދޭނެ. އެހެންވީމަ ބިމާ ބެހޭ ގާނޫނުގައި އެބަ ބުނޭ މިސާލަކަށް ހިބައިންވިޔަސް އެނޫން ގޮތަކަށްވެސް ދެވޭނެ މީހުން ކެޓަގަރޭސްކޮށްފައި އެބަހުރި ބުނެފަ. އެނޫން މީހަކަށް ނުއެއްދެވޭނެކަން އެކަން ކުރަންޏާ ޖެހޭނީ އެގޮތަށް ދޫކުރެވެންޖެހޭނީ ބިމާ ބެހޭ ޤާނޫނަށް އިޞްލާޙު ގެންނަންޖެހޭނީ. އެމީހުން ހަމައެކަނި އުސޫލަށް ބަދަލުގެނެސްގެން އެ ބިން އެހެން މީހުންނަކަށް އެލޮކޭޓެއް ނުކުރެވޭނެ. 
ގާނޫނީ ވަކީލު އަލީ ހުސައިން

ރާއްޖޭގައި އަމަލުކުރަމުން އަންނަ ގާނޫނީ ހަމައަކީ، އެންމެ މަތިން ތިރިއަށް ހައިރާކީ އޮންނަ ގޮތަށެވެ. އެއީ ގާނޫނު އަސާސީ، ގާނޫނު އަދި އޭގެ ފަހަތުން ގަވާއިދު، އުސޫލު، ދެން ސާކިއުލާ ދެން ސިޓީ ނޯޓެވެ. ނަމަވެސް މި ސަރުކާރުން ކަންކަން ކުރަނީ ގާނޫނެއް ގަވާއިދެއް އޮންނަ ގޮތަކަށް ނޫނެވެ. އުސޫލެއް ގާނޫނަކާއި ގާނޫނުއަސާސީއާ ފުށު އަރާނަމަ އެވާނީ ބާތިލްއެއްޗަކަށެވެ. މި ސަރުކާރުން އެތައް ކަމެއް ކޮށްފައި އެބަހުއްޓެވެ. އެގޮތުން  4000 ހައުސިން ޔުނިޓާއި، ފޭސް3 އަދި ގިރާވަރުން ދިން ގޯތީގެ ރަޖިސްޓްރީ ބާތިލް ކުރީ އުސޫލެއް ހަދައިގެން ކަމަށާއި، އެއީ އެކަން ކުރެވޭނެ ގޮތެއް ނޫނެވެ.  

އަލީ ހުސައިންޑރ. މުޙައްމަދު މުޢިއްޒުބިމާބެހޭ ގާނޫނު

ކޮމެންޓް

އިތުރަށް ކިޔާލަން

މަޖިލީހުގެ ވަކި އިންސައްތައެއް އެއީ 30 އަހަރުން ދަށުގެ ޒުވާނުންނާ އަންހެނުން ކަމަށް ކަނޑައަޅަން ދިރާސާ ކުރަނީ

މަޖިލީހުގެ ވަކި އިންސައްތައެއް އެއީ 30 އަހަރުން ދަށުގެ ޒުވާނުންނާ އަންހެނުން ކަމަށް ކަނޑައަޅަން ދިރާސާ ކުރަނީ

23 މާރިޗު 2026
ރެފަރެންޑަމް ވޯޓުގެ ސުވާލު އިބާރާތްކޮށްފައިވަނީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިގެންފި

ރެފަރެންޑަމް ވޯޓުގެ ސުވާލު އިބާރާތްކޮށްފައިވަނީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިގެންފި

23 މާރިޗު 2026
އެމްޑީޕީ ޕިކަޕް ޖަލްސާ: "ވެރިކަމަށް އާދެވުނީ އޮޅުވާލައިގެން ކަމަށް ވާތީ ރައީސް މުއިއްޒަށް ހީފުޅުވަނީ ކޮންމެ ކަމެއްވެސް ރައްޔިތުންނަށް އޮޅުވާލެއްވޭނެ ކަމަށް"

އެމްޑީޕީ ޕިކަޕް ޖަލްސާ: "ވެރިކަމަށް އާދެވުނީ އޮޅުވާލައިގެން ކަމަށް ވާތީ ރައީސް މުއިއްޒަށް ހީފުޅުވަނީ ކޮންމެ ކަމެއްވެސް ރައްޔިތުންނަށް އޮޅުވާލެއްވޭނެ ކަމަށް"

22 މާރިޗު 2026
އަރަބި ތެޔޮ ހޮޅިތައް ކާށިދޫ ކަނޑުން ނެރޭނެކަމަށް ޝަހީމް ކުރިން ވިދާޅުވި ވާހަކައަށް އިތުރަށް ވާހަކަ ދައްކަވަން ބޭނުން ނުވި

އަރަބި ތެޔޮ ހޮޅިތައް ކާށިދޫ ކަނޑުން ނެރޭނެކަމަށް ޝަހީމް ކުރިން ވިދާޅުވި ވާހަކައަށް އިތުރަށް ވާހަކަ ދައްކަވަން ބޭނުން ނުވި

22 މާރިޗު 2026
ދެ އިންތިޚާބު އެއްކޮށްލުމާއި ދެކޮޅަށް "ނޫނެކޭ" ބުނަން ނ. ލަންދޫ އިން ބޮޑުތަނުން ތައްޔާރަށް

ދެ އިންތިޚާބު އެއްކޮށްލުމާއި ދެކޮޅަށް "ނޫނެކޭ" ބުނަން ނ. ލަންދޫ އިން ބޮޑުތަނުން ތައްޔާރަށް

20 މާރިޗު 2026

އަހަރުތަކުން މިއަދު

16 އެޕްރީލު
އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް
20251 އަހަރު ކުރިން
ރިޕޯޓު

އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް
20233 އަހަރު ކުރިން
މީހުން

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު