Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

ބިރު ދެއްކިޔަސް އީރާން އޮތީ ބިރަކުން ނޫން، ހަމަލާ ދިނަސް އަވަހަށް ހައްލު ހޯދާނެ

މީގެ އިތުރުން މިނިސްޓަރު ވަނީ ކަރަންޓުގެ ސިސްޓަމް ތަަކަށް ހަމަލާއެއް ލިބިއްޖެ ނަަމަ، އެކަން އަވަހަށް ރަނގަޅު ކުރުމަށް ބޭނުންވާ ވަސީލަތްތަކާއި، ތަކެތި އީރާންގައި ހުރި ކަމަށް ފާހަގަ ކުރައްވާފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 24 މާރިޗު 2026 | އަންގާރަ 07:47
އީރާނުގެ އެނާޖީ މިނިސްޓަރު އައްބާސް އަލީއާބާދީ.

އީރާނުގެ އެނާޖީ މިނިސްޓަރު އައްބާސް އަލީއާބާދީ. | ރޮއިޓާސް

އީރާންގެ ކަރަންޓުގެ ސިސްޓަމް ތަކަށް ހަމަލާ ދޭން އުޅޭ ފަރާތްތައް ދެކެ އެ ޤައުމުން ބިރު ނުގަންނަ ކަމަށް، އީރާންގެ އެނާޖީ މިނިސްޓަރު އައްބާސް އަލީއާބާދީ ވިދާޅުވެއްޖެ އެވެ.

އަލިއާބާދީ ވިދާޅުވީ، އީރާންގެ ކަރަންޓު އުފެއްދުމުގެ ނިޒާމު ވަނީ ތަފާތު ސަރަހަައްދު ތަކަށް ބަހާލެވިފައި ކަމަށެވެ. އަދި އެއްވެސް ބަޔަކު ދޭ ހަމަލާ ތަކެއްގައި އީރާންގެ ކަރަންޓުގެ ނިޒާމަށް ގެއްލުން ތަކެއް ލިބިއްޖެ ނަމަ، ވަރަށް އަވަހަށް އެކަން ޙައްލު ކުރެވޭނެ ގޮތް ތަކެއް ރާވާާފައި އޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ، އީރާންގެ ކަރަންޓުގެ ނިޒާމު ވަނީ ޒަމާނީ ގޮތެއްގައި ރާވާލާފައި ކަމަށެވެ. ޚާއްސަކޮށް ރަނގަޅު ނިޒާމަކާއި، ސިޔާސަތެއްގެ ދަށުން އެކަން ބިނާ ކޮށްފައި އޮތުމުން، ގެއްލުން ތަކެއް ނުލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެހެން ކަމުން، ކަރަންޓުގެ ނިޒާމަށް ހަމަލާ ދޭނެ ކަމަށް ބުނެ ދެމުން އަންނަ އިންޒާރު ތަކަށް އީރާން ނުސިހޭނެ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ. 

އީރާންގެ ކަރަންޓުގެ ނިޒާމުގެ ބާރު އިތުރު ކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅިގެން މިނިސްޓަރު ވިދާޅުވީ، ޤައުމުގެ އެކި ސަރަހައްދު ތަކުގައި ކަރަންޓު އުފައްދާ ތަންތަން އިތުރު ކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަަމަށެވެ. އެގޮތުން ކަރަންޓު އުފެއްދުން ތަފާތު ސަރަހައްދު ތަކަށް ބަހާލުމުން، ހަމަލާއެއްގައި އެއް ސަރަހައްދަކަށް ގެއްލުމެއް ލިބިއްޖެ ނަމަ، އެހެން ސަރަހައްދު ތަކުން ކަރަންޓު އުފެއްދުން ކުރިއަށް ދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

މީގެ އިތުރުން މިނިސްޓަރު ވަނީ ކަރަންޓުގެ ސިސްޓަމް ތަަކަށް ހަމަލާއެއް ލިބިއްޖެ ނަަމަ، އެކަން އަވަހަށް ރަނގަޅު ކުރުމަށް ބޭނުންވާ ވަސީލަތްތަކާއި، ތަކެތި އީރާންގައި ހުރި ކަމަށް ފާހަގަ ކުރައްވައިފަ އެވެ. އަދި އެފަދަ ޙާލަތް ތަކުގައި އަވަހަރަށް ހަރަކާތްތެރި ވުމަށް ތަމްރީނު ލިބިފައިވާ ޓީމު ތަކެއް ތައްޔާރު ކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މަސްދަރު: އަލް ޖަޒީރާ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އީރާން

އިތުރަށް ކިޔާލަން

24 މާރިޗު 2026

މެކްސިކޯ އަށް މެޗުތައް ބަދަލު ކުރުމަށް އީރާން އިން އެދުނު ނަމަވެސް، ފީފާ އިން އެ ފުރުސަތު ނުދިން

24 މާރިޗު 2026
މެކްސިކޯ އަށް މެޗުތައް ބަދަލު ކުރުމަށް އީރާން އިން އެދުނު ނަމަވެސް، ފީފާ އިން އެ ފުރުސަތު ނުދިން
24 މާރިޗު 2026

ޓްރަމްޕްގެ މަންދޫބު ސާޖިއޯ، ފޮރިން މިނިސްޓަރު ޚަލީލް އާއި ޑިފެންސް މިނިސްޓަރު ޣައްސާންއާ ބައްދަލު ކުރައްވައިފި

24 މާރިޗު 2026
ޓްރަމްޕްގެ މަންދޫބު ސާޖިއޯ، ފޮރިން މިނިސްޓަރު ޚަލީލް އާއި ޑިފެންސް މިނިސްޓަރު ޣައްސާންއާ ބައްދަލު ކުރައްވައިފި
24 މާރިޗު 2026

ޖަރުމަނުގެ ލުފްތަންސާ އެއަރލައިނުން މެދުއިރުމަތީގެ ބައެއް ސަރަޙައްދުތަކަށް ކުރާ ދަތުރުތައް މެދުކަނޑާލާފައި އޮތް އޮތުން އިތުރުކޮށްފި

24 މާރިޗު 2026
ޖަރުމަނުގެ ލުފްތަންސާ އެއަރލައިނުން މެދުއިރުމަތީގެ ބައެއް ސަރަޙައްދުތަކަށް ކުރާ ދަތުރުތައް މެދުކަނޑާލާފައި އޮތް އޮތުން އިތުރުކޮށްފި
24 މާރިޗު 2026

ޚާމަނާއީ އަވަހާރަކޮށްލުމަށް ވިސްނައިދިނުމަށް ނަތަންޔާހޫ ޓްރަމްޕް އަށް ކުރި ފޯނު ކޯލުގެ މައުލޫމާތު ހާމަވެއްޖެ

24 މާރިޗު 2026
ޚާމަނާއީ އަވަހާރަކޮށްލުމަށް ވިސްނައިދިނުމަށް ނަތަންޔާހޫ ޓްރަމްޕް އަށް ކުރި ފޯނު ކޯލުގެ މައުލޫމާތު ހާމަވެއްޖެ
24 މާރިޗު 2026

އީރާނުގެ ހަމަލާތަކުން ކުވެއިތުގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިއްޖެ

24 މާރިޗު 2026
އީރާނުގެ ހަމަލާތަކުން ކުވެއިތުގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު