Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އިޒްރޭލްގެ މަސްހަލަތު ހިމާޔަތް ކުރުމަށް، ނަތަންޔާހޫ އާއި ޓްރަމްޕް މަޝްވަރާ ކުރައްވައިފި

ނަތަންޔާހޫ ވިދާޅުވީ ކޮންމެ ޙާލަތެއްގައި ވެސް، އިޒްރޭލްގެ މުހިންމު މަސްލަހަތުތައް ރައްކާތެރި ކުރާނެ ކަމަަށާއި، އެއާ އެކު އީރާން އާއި ލުބުނާންގައި ހަމަލާތައް ދިނުން ކުރިއަށް ދާނެ ކަމަށް. ނަތަންޔާހޫގެ ވީޑިއޯގައި އޭނާ ވަނީ، އެކަމާ ގުޅޭ ގޮތުން ހޯމަ ދުވަހު ޓްރަމްޕްއާ މަޝްވަރާ ކުރައްވާފައިވާ ކަަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 24 މާރިޗު 2026 | އަންގާރަ 07:48
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި، އިޒްރޭލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި، އިޒްރޭލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ. | ގެޓީ އިމޭޖަސް

އެމެރިކާ އާއި އިޒްރޭލްގެ ސިފައިން އީރާންއާ ދެކޮޅަށް ހޯދި ކާމިޔާބީތައް އިޒްރޭލްގެ މަސްލަހަތު ރައްކާތެރިކުރާ އެއްބަސްވުމަކަށް ބަދަލު ކުރެވިދާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޤަބޫލުފުޅު ކުރައްވާ ކަމަށް، އިޒްރޭލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެ އެވެ. 

ސޯޝަލް މީޑިއާގައި އާންމު ކުރި ވީޑިއޯ ބަޔާނެއްގައި ނަތަންޔާހޫ ވިދާޅުވީ، ޓްރަމްޕް ޤަބޫލުފުޅު ކުރައްވަނީ އިޒްރޭލްގެ ދިފާއީ ބާރުތަކާއި، އެމެރިކާގެ އަސްކަރީ ސިފައިންގެ ވަރުގަދަ ކާމިޔާބީތައް ބޭނުން ކޮށްގެން ހަނގުރާމައިގެ ލަނޑު ދަނޑިތައް އެއްބަސްވުމެއްގެ ތެރެއިން ޙާސިލު ކުރެވިދާނެ ކަމަށެވެ. އަދި އެއީ އިޒްރޭލްގެ މަސްލަޙަތުތައް ރައްކާތެރި ކުރާ އެއްބަސްވުމެއް ކަމަށް ވެސް ނަތަންޔާހޫ ވިދާޅުވި އެވެ. 

ނަތަންޔާހޫ ވިދާޅުވީ ކޮންމެ ޙާލަތެއްގައި ވެސް، އިޒްރޭލްގެ މުހިންމު މަސްލަހަތުތައް ރައްކާތެރި ކުރާނެ ކަމަަށާއި، އެއާ އެކު އީރާން އާއި ލުބުނާންގައި ހަމަލާތައް ދިނުން ކުރިއަށް ދާނެ ކަމަށެވެ. ނަތަންޔާހޫގެ ވީޑިއޯގައި އޭނާ ވަނީ، އެކަމާ ގުޅޭ ގޮތުން ހޯމަ ދުވަހު ޓްރަމްޕްއާ މަޝްވަރާ ކުރައްވާފައިވާ ކަަމަށެވެ. 

އެ ވީޑިއޯގައި ތަކުރާރުކޮށް ނަތަންޔާހޫ ވިދާޅުވެފައި ވަނީ، މިހާރު ދެމުން އަންނަ ހަމަލާ ތަކުގެ ސަބަބުން އީރާންގެ މިސައިލް ޕްރޮގްރާމް އާއި، ނިއުކްލިއާ ޕްރޮގްރާމް ހަލާކުވަމުން އަންނަ ކަމަށާއި، ހިޒްބުﷲ އަށް ވެސް ބޮޑެތި ގެއްލުން ތަކެއް ލިބެމުން އަންނަ ކަމަށެވެ. އަދި އެނާ ވިދާޅުވީ މީގެ ދުވަސް ކޮޅެއް ކުރިން އީރާންގެ އިތުރު ނިއުކްލިއާ ދެ ސައިންޓިސްޓުން މަރާލާފައިވާ ކަމަށާއި، އެއީ އަދި ނިމުމެއް ނޫން ކަމަށެވެ. 

ނަތަންޔާހޫ މިހެން ވިދާޅުވެފައި މި ވަނީ، އީރާން އާއެކު ވަރަށް ރަނގަޅު މަޝްވަރާ ތަކެއް ކޮށްފައިވާ ކަމަށް ޓްރަމްޕް ވިދާޅުވެފައި ވަނިކޮށެވެ. އީރާން އާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް ޓްރަމްޕް ވިދާޅުވި ނަމަވެސް، އީރާން އިން ވަނީ އެ ވާހަކަތައް ދޮގު ކޮށްފަ އެވެ. އެގޮތުން ހަނގުރާމަ ފެށުނު ފަހުން މިހާތަނަށް އެމެރިކާ އާއެކު އެއްވެސް މަޝްވަރާއެއް ކޮށްފައި ނުވާނެ ކަމަށް އީރާން އިން ވަނީ ބުނެފަ އެވެ. 

މަސްދަރު: އޭއެފްޕީ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްބެންޖަމިން ނަތަންޔާހޫ

އިތުރަށް ކިޔާލަން

24 މާރިޗު 2026

ބިރު ދެއްކިޔަސް އީރާން އޮތީ ބިރަކުން ނޫން، ހަމަލާ ދިނަސް އަވަހަށް ހައްލު ހޯދާނެ

24 މާރިޗު 2026
ބިރު ދެއްކިޔަސް އީރާން އޮތީ ބިރަކުން ނޫން، ހަމަލާ ދިނަސް އަވަހަށް ހައްލު ހޯދާނެ
24 މާރިޗު 2026

މެކްސިކޯ އަށް މެޗުތައް ބަދަލު ކުރުމަށް އީރާން އިން އެދުނު ނަމަވެސް، ފީފާ އިން އެ ފުރުސަތު ނުދިން

24 މާރިޗު 2026
މެކްސިކޯ އަށް މެޗުތައް ބަދަލު ކުރުމަށް އީރާން އިން އެދުނު ނަމަވެސް، ފީފާ އިން އެ ފުރުސަތު ނުދިން
24 މާރިޗު 2026

ރައީސް މުޢިއްޒުގެ ބައްދަލުވުން ކެންސަލް ކުރެއްވުމަށް ފަހު، ޓްރަމްޕްގެ މަންދޫބު ސާޖިއޯ ފުރާވަޑައިގެންފި

24 މާރިޗު 2026
ރައީސް މުޢިއްޒުގެ ބައްދަލުވުން ކެންސަލް ކުރެއްވުމަށް ފަހު، ޓްރަމްޕްގެ މަންދޫބު ސާޖިއޯ ފުރާވަޑައިގެންފި
24 މާރިޗު 2026

ޓްރަމްޕްގެ މަންދޫބު ސާޖިއޯ، ފޮރިން މިނިސްޓަރު ޚަލީލް އާއި ޑިފެންސް މިނިސްޓަރު ޣައްސާންއާ ބައްދަލު ކުރައްވައިފި

24 މާރިޗު 2026
ޓްރަމްޕްގެ މަންދޫބު ސާޖިއޯ، ފޮރިން މިނިސްޓަރު ޚަލީލް އާއި ޑިފެންސް މިނިސްޓަރު ޣައްސާންއާ ބައްދަލު ކުރައްވައިފި
24 މާރިޗު 2026

ޚާމަނާއީ އަވަހާރަކޮށްލުމަށް ވިސްނައިދިނުމަށް ނަތަންޔާހޫ ޓްރަމްޕް އަށް ކުރި ފޯނު ކޯލުގެ މައުލޫމާތު ހާމަވެއްޖެ

24 މާރިޗު 2026
ޚާމަނާއީ އަވަހާރަކޮށްލުމަށް ވިސްނައިދިނުމަށް ނަތަންޔާހޫ ޓްރަމްޕް އަށް ކުރި ފޯނު ކޯލުގެ މައުލޫމާތު ހާމަވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު