Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ

ޓްރަމްްޕްގެ އަމިއްލަ ރިސޯޓު މާ އަ ލާގޯ ހިމެނޭ ފްލޮރިޑާގެ ޤާނޫނު ހަދާ މަޖިލީހުގެ ގޮނޑި، އިދިކޮޅު ޑިމޮކްރަޓިކް ޕާޓީ އިން ކާމިޔާބު ކޮށްފި

މި އިންތިޚާބުގައި ފުރަތަމަ ފަހަރަށް ވާދަ ކުރެއްވި ޑިމޮކްރަޓިކް ޕާޓީގެ ކެންޑިޑޭޓް އެމިލީ ގްރެގަރީ ވަނީ، ރައީސް ޓްރަމްޕްގެ ތާއީދާ އެކު ނިކުމެ ވަޑައިގެންނެވި ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓުގެ މައްޗަށް ކުރި ހޯއްދަވާފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 25 މާރިޗު 2026 | ބުދަ 08:43
އަންގާރަ ދުވަހު ވައިޓް ހައުސްގައި އޮތް އިވެންޓެއްގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް.

އަންގާރަ ދުވަހު ވައިޓް ހައުސްގައި އޮތް އިވެންޓެއްގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް. | ގެޓީ އިމޭޖަސް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ލަގްޒަރީ އަމިއްލަ ރިސޯޓު މާ އަ ލާގޯ ހުންނަ، ފްލޮރިޑާގެ ޤާނޫނު ހަދާ މަޖިލީހުގެ ގޮނޑި އިިދިކޮޅު ޑިމޮކްރަޓިކް ޕާޓީ އިން ކާމިޔާބު ކޮށްފައިވާ ކަމަށް ނަތީޖާ ތަކުން ދައްކައިފި އެވެ.

ރަމްޒީ ބޮޑު މުހިންމު ކަމެއް ދެވިފައިވާ މި ބައި އިލެކްޝަންގައި، ފްލޮރިޑާގެ ޑިސްޓްރިކްޓް 87ގެ ގޮނޑި، އިދިކޮޅު ޑިމޮކްރަޓިކް ޕާޓީ އިން ކާމިޔާބު ކޮށްފައިވާ ކަމަށް، ސީއެންއެން އާއި ނިއުޔޯކް ޓައިމްސް އިން ވަނީ ހާމަ ކޮށްފަ އެވެ. 

މި އިންތިޚާބުގައި ފުރަތަމަ ފަހަރަށް ވާދަ ކުރެއްވި ޑިމޮކްރަޓިކް ޕާޓީގެ ކެންޑިޑޭޓް އެމިލީ ގްރެގަރީ ވަނީ، ރައީސް ޓްރަމްޕްގެ ތާއީދާ އެކު ނިކުމެ ވަޑައިގެންނެވި ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓުގެ މައްޗަށް ކުރި ހޯއްދަވައިފަ އެވެ. މި ކާމިޔާބީއާ ގުޅިގެން ފްލޮރިޑާގެ ޑިމޮކްރަޓިކް ޕާޓީ އިން ބުނެފައި ވަނީ، ޓްރަމްޕް އަމިއްލަ ގޮނޑި އާއި، މާ އަ ލާގޯ ހިމެނޭ ދާއިރާ އެ ޕާޓީ އިން ކާމިޔާބު ކޮށްފައިވާ ކަމަށާއި، އެމިލީ ގްރެގަރީ ހޯއްދެވި ކާމިޔާބީ އަށް މަރުޙަބާ ކިޔާ ކަމަށެވެ. 

އެމިލީ ގްރެގަރީގެ މި ކާމިޔާބީ އަކީ، މިފަހަކަށް އައިސް އެމެރިކާގެ އެކި ސަރަހައްދު ތަކުގައި ރިޕަބްލިކަން ޕާޓީގެ މައްޗަށް، ޑިމޮކްރަޓިކް ޕާޓީ އިން ހޯދަމުންދާ ކާމިޔާބީ ތަކުގެ ތެރެއަށް އިތުރުވި ބޮޑު ކުރިއެރުމެކެވެ. މީގެ ކުރިން މިދިޔަ ޖަނަވަރީ މަހު ޓެކްސަސްގައި ބޭއްވި އިންތިޚާބު ވެސް، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ދާއިރާއެއްގެ ސްޓޭޓް ސެނެޓު ގޮނޑި ޑިމޮކްރަޓިކް ޕާޓީ އިން ވަނީ ކާމިޔާބު ކޮށްފަ އެވެ. ސިޔާސީ މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި، މިއީ ރިޕަބްލިކަން ޕާޓީއާ މެދު އާންމު ރައްޔިތުންގެ މެދުގައި އޮތް ތާއީދު ކުޑަވަމުންދާ ކަމުގެ ހެއްކެކެވެ. 

މީގެ އިތުރުން މިދިޔަ އަހަރުގެ ފަހު ކޮޅު ނިއު ޖާޒީ އާއި، ވާޖިނިއާގެ ގަވަރުނަރުންގެ ގޮތުގައި ޑިމޮކްރަޓިކް ޕާޓިގެ ކެންޑިޑޭޓުން އިންތިޚާބު ވެފައިވާއިރު، ނިއުޔޯކް ސިޓީގެ މޭޔަރުގެ މަޤާމަށް އިންތިޚާބުވެފައި ވަނީ ޒޯރަން މަމްދާނީ އެވެ. މި ކާމިޔާބީ ތަކާ އެކު އިދިކޮޅު ޑިމޮކްރަޓިކް ޕާޓީގެ ޙަރަކާތް އަދި ރޫހު ވަނީ އިތުރަށް ވަރުގަދަ ވެގެން ގޮސްފަ އެވެ. 

މިއާ އެކު، މިއަހަރުގެ ނޮވެމްވަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ މިޑް ޓާމް އިންތިޚާބަކީ، ކޮންގްރެސްގެ މެޖޯރިޓީ އޮތް ވެރިކަން ކުރާ ރިޕަބްލިކަން ޕާޓީ އަށް ބޮޑެތި ގޮން ޖެހުން ތަކެއް ކުރިމަތި ވާނެ އިންތިޚާބެއް ކަމަށް ބެލެވެ އެވެ. ޚާއްސަކޮށް އިޤްތިޞާދީ ގޮތުން ކުރިމަތި ވެފައިވާ ފިއްތުން ތަކާއި، އީރާންއާ ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމަ ދިގު ލައިގެން ދިޔުމުގެ ބިރު އޮތުމަކީ އެ ޕާޓީ އަށް އޮތް ބޮޑު ކަންބޮޑުވުމެކެވެ. 

އެމެރިކާރިޕަބްލިކަންް ޕާޓީ - އެމެރިކާޑިމޮކްރެޓިކް ޕާޓީ - އެމެރިކާއެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްފްލޮރިޑާމާރް-އަ-ލާގޯ

ކޮމެންޓް

އިތުރަށް ކިޔާލަން

ސުލްޙައިގެ މަޝްވަރާ ތަކުގައި މެދުވެރިއްގެ ދައުރު އަދާ ކުރަން ޕާކިސްތާން އޮތީ ތައްޔާރަށް

ސުލްޙައިގެ މަޝްވަރާ ތަކުގައި މެދުވެރިއްގެ ދައުރު އަދާ ކުރަން ޕާކިސްތާން އޮތީ ތައްޔާރަށް

25 މާރިޗު 2026
އީރާނުން އަހަރެންނަށް ތެލާގައި ގޭހުގެ ހަދިޔާއެއް ދީފި. އީރާނުގެ ލީޑަރުންނަށް މިހާރު އިތުބާރު ކުރަން: ޓްރަމްޕް

އީރާނުން އަހަރެންނަށް ތެލާގައި ގޭހުގެ ހަދިޔާއެއް ދީފި. އީރާނުގެ ލީޑަރުންނަށް މިހާރު އިތުބާރު ކުރަން: ޓްރަމްޕް

25 މާރިޗު 2026
އިޒްރޭލްގެ މަސްހަލަތު ހިމާޔަތް ކުރުމަށް، ނަތަންޔާހޫ އާއި ޓްރަމްޕް މަޝްވަރާ ކުރައްވައިފި

އިޒްރޭލްގެ މަސްހަލަތު ހިމާޔަތް ކުރުމަށް، ނަތަންޔާހޫ އާއި ޓްރަމްޕް މަޝްވަރާ ކުރައްވައިފި

24 މާރިޗު 2026
ރައީސް މުޢިއްޒުގެ ބައްދަލުވުން ކެންސަލް ކުރެއްވުމަށް ފަހު، ޓްރަމްޕްގެ މަންދޫބު ސާޖިއޯ ފުރާވަޑައިގެންފި

ރައީސް މުޢިއްޒުގެ ބައްދަލުވުން ކެންސަލް ކުރެއްވުމަށް ފަހު، ޓްރަމްޕްގެ މަންދޫބު ސާޖިއޯ ފުރާވަޑައިގެންފި

24 މާރިޗު 2026
ޓްރަމްޕްގެ މަންދޫބު ސާޖިއޯގެ ދަތުރު ރާއްޖެ އިން ސިއްރު ކޮށްގެން އުޅުމަށް ފަހު، ނޫސްވެރިން ސުވާލު ކުރުމުން ރާއްޖޭގައި އޭނާ ހުންނެވި ކަަމަށް ސަރުކާރުން އެއްބަސްވެއްޖެ

ޓްރަމްޕްގެ މަންދޫބު ސާޖިއޯގެ ދަތުރު ރާއްޖެ އިން ސިއްރު ކޮށްގެން އުޅުމަށް ފަހު، ނޫސްވެރިން ސުވާލު ކުރުމުން ރާއްޖޭގައި އޭނާ ހުންނެވި ކަަމަށް ސަރުކާރުން އެއްބަސްވެއްޖެ

23 މާރިޗު 2026

އަހަރުތަކުން މިއަދު

18 ޖޫން
އިސްރާއީލަށް އީރާނުގެ ވަރުގަދަ ހަމަލާއެއް- އެތައް ބަޔަކު މަރުވެ އިމާރާތްތަކަށް ބޮޑެތި ގެއްލުން ތަކެއް
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލަށް އީރާނުގެ ވަރުގަދަ ހަމަލާއެއް- އެތައް ބަޔަކު މަރުވެ އިމާރާތްތަކަށް ބޮޑެތި ގެއްލުން ތަކެއް

ސުމުއްވުލްއަމީރް އަބްދުލްހަންނާން ހަލީމް ދޮށިމޭނާކިލެގެފާނު އަވަހާރަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ސުމުއްވުލްއަމީރް އަބްދުލްހަންނާން ހަލީމް ދޮށިމޭނާކިލެގެފާނު އަވަހާރަވެއްޖެ

ސުމަކުން ފަށައިގެން ތުޅާދޫގައި 3 ކޮޓަރީގެ 100 ހައުސިންގ ޔުނިޓް ނިމުމަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

ސުމަކުން ފަށައިގެން ތުޅާދޫގައި 3 ކޮޓަރީގެ 100 ހައުސިންގ ޔުނިޓް ނިމުމަކަށް!

ކުޑަކުދިންނަށް ޖަހާ ކޮވިޑް ވެކްސިނާ ބެހޭ ގޮތުން އެނގެނީ ކިހާ ވަރަކަށް؟
20224 އަހަރު ކުރިން
ރިޕޯޓު

ކުޑަކުދިންނަށް ޖަހާ ކޮވިޑް ވެކްސިނާ ބެހޭ ގޮތުން އެނގެނީ ކިހާ ވަރަކަށް؟

އަސްރާގެ ނަމުގައި ޕީޖީ އޮފީހަށް ސިޓީ ދިޔައީ އީސަގެ ވަކީލުންގެ ފަރާތުން: ޕީޖީ
20215 އަހަރު ކުރިން
ރާއްޖެ

އަސްރާގެ ނަމުގައި ޕީޖީ އޮފީހަށް ސިޓީ ދިޔައީ އީސަގެ ވަކީލުންގެ ފަރާތުން: ޕީޖީ

އެމްއެޗް 370: އޮކްސިޖަން ނުދީ ފަސިންޖަރުން މަރާލުމަށް ފަހު ޕައިލެޓުު ފްލައިޓް ވައްޓާލީ
20197 އަހަރު ކުރިން
ރާއްޖެ

އެމްއެޗް 370: އޮކްސިޖަން ނުދީ ފަސިންޖަރުން މަރާލުމަށް ފަހު ޕައިލެޓުު ފްލައިޓް ވައްޓާލީ

ބަޖެޓެއް ނުލިބޭ، އިންތިހާބެއް ނޯންނާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ބަޖެޓެއް ނުލިބޭ، އިންތިހާބެއް ނޯންނާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު