Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއާ ލީގު

ފަހު ވަގުތު ފޮރެސްޓް ބަލިކުރުމަށް ފަހު ލިވަޕޫލަށް ހަމަޖެހިލައިފި

މޮޅާ އެކު ލިވަޕޫލް އޮތީ ލީގު ތާވަލްގެ ހަ ވަނަ މަގާމުގައި. މިހާތަނަށް ލީގުގައި ކުޅެފައިވާ 27 މެޗުން ލިވަޕޫލް އަށް ލިބެނީ 45 ޕޮއިންޓު.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 23 ފެބުރުއަރީ 2026 | ހޯމަ 05:00
މެޗުގައި ލަނޑު ޖެހުމަށް ފަހު ލިވަޕޫލްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު ލިވަޕޫލްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ | ރޮއިޓާސް

އިނގިރޭސި ޕްރިމިއާ ލީގުގައި ނޮޓިންހަމް ފޮރެސްޓާ ދެކޮޅަށް ކުޅުނު މެޗުން ފަހު ވަގުތު މޮޅުވެ، ލިވަޕޫލް އިން ހަމަޖެހުމެއް ހޯދައިފި އެވެ. 

ފޮރެސްޓުގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު ލިވަޕޫލް އިން ކާމިޔާބު ކުރީ 1-0 އިންނެވެ. މެޗުގައި ލިވަޕޫލުން ޖެހި، ހަމައެކަނި ލަނޑު ޖެހީ މެޗުގެ އެންމެ ފަހު ވަގުތުގަ އެވެ. 

މެޗުގެ ފުރިހަމަ ވަގުތު ހަމަވާން މިނެޓަކަށް ވެފައި ވަނިކޮށް، ލިވަޕޫލް އަށް ކުޅެމުން އަންނަ އާޖެންޓީނާގެ އަލެކްސިސް މެކް އަލިސްޓާ ލަނޑެއް ޖެހި ނަމަވެސް، ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) އިން ވަނީ އެ ލަނޑު ބަަލައި ނުގަންނަން ނިންމައިފަ އެވެ. އެއީ އޮފްސައިޑުގައި ހުރުމުންނެވެ. 

ނަމަވެސް، މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި މެކް އަލިސްޓާ ވަނީ ލަނޑު ޖަހައި މެޗުން ލިވަޕޫލް މޮޅު ކޮށްދީފަ އެވެ. އެ ލަނޑު ބަަލައި ގަންނަން ނިންމީ ވެސް ވީއޭއާރު ބެލުމަށް ފަހު އެވެ. މިއީ މިދިޔަަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުން، ލީގުގައި ޖެހި ޖެހިގެން ދެ މެޗުން ލިވަޕޫލް މޮޅުވި ފުރަތަމަ ފަަހަރެވެ.

މި މޮޅާ އެކު ލިވަޕޫލް އޮތީ ލީގުގެ ތާވަލްގެ ހަ ވަނަ މަގާމުގަ އެވެ. މިހާތަނަށް ލީގުގައި ކުޅެފައިވާ 27 މެޗުން ލިވަޕޫލަށް ލިބެނީ 45 ޕޮއިންޓެވެ. ލިވަޕޫލް އަށް ވުރެ އެއް މެޗު މަދުން ކުޅެފައިވާ މެންޗެސްޓަރ ޔުނައިޓެޑަށް ފަސް ވަނައިގައި އޮތްއިރު ލިބެނީ 45 ޕޮއިންޓެވެ. މި ސީޒަންގައި ލިވަޕޫލްގެ ނަތީޖާތައް ވަރަށް ބޮޑަށް ދަށްވެފައިވާއިރު، އެ ޓީމުން އަންނަނީ ލީގު ގަދަ ހަތަރެއްގައި ހިމެނޭތޯ މަސައްކަތް ކުރަމުންނެވެ.

އިނގިރޭސި ޕްރިމިއަރ ލީގުލިވަޕޫލްނޮޓިންހަމް ފޮރެސްޓް

އިތުރަށް ކިޔާލަން

23 ފެބުރުއަރީ 2026

ދެ ވަނަ ހާފުގައި ޖެހި ލަނޑު ތަކުން ޓޮޓެންހަމް ބަލިކޮށް، އާސެނަލް ލީޑުގައި

23 ފެބުރުއަރީ 2026
ދެ ވަނަ ހާފުގައި ޖެހި ލަނޑު ތަކުން ޓޮޓެންހަމް ބަލިކޮށް، އާސެނަލް ލީޑުގައި
22 ފެބުރުއަރީ 2026

ނިއުކާސަލް ބަލިކޮށް، ސިޓީ އިން ޕޮއިންޓަކަށް ފަރަގު ކުޑަ ކޮށްފި

22 ފެބުރުއަރީ 2026
ނިއުކާސަލް ބަލިކޮށް، ސިޓީ އިން ޕޮއިންޓަކަށް ފަރަގު ކުޑަ ކޮށްފި
19 ފެބުރުއަރީ 2026

ވުލްވްސްއާ އެއްވަރުވެ، އާސެނަލް އަށް ލީޑު ފުޅާ ނުކުރެވުނު

19 ފެބުރުއަރީ 2026
ވުލްވްސްއާ އެއްވަރުވެ، އާސެނަލް އަށް ލީޑު ފުޅާ ނުކުރެވުނު
15 ފެބުރުއަރީ 2026

ޞަލާޙުގެ ލަނޑާ އެކު ބްރައިޓަން ބަލިކޮށް، ލިވަޕޫލް ގަދަ 16 އަށް

15 ފެބުރުއަރީ 2026
ޞަލާޙުގެ ލަނޑާ އެކު ބްރައިޓަން ބަލިކޮށް، ލިވަޕޫލް ގަދަ 16 އަށް
12 ފެބުރުއަރީ 2026

ސަންޑަލޭންޑް ބަލިކޮށް، ލިވަޕޫލް އަށް ހަމަ ނޭވާއެއް

12 ފެބުރުއަރީ 2026
ސަންޑަލޭންޑް ބަލިކޮށް، ލިވަޕޫލް އަށް ހަމަ ނޭވާއެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު