Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިރާން ހަނގުރާމަ

އީރާން ހަނގުރާމައާ ގުޅިގެން ފިލިޕީންސްގައި ހަކަތައިގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފި

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ތެލުގެ އަގު އުފުލި ސަޕްލައިއަށް ބުރޫއަރާފައިވާތީ، ފިލިޕީންސްގެ ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އެ ގައުމުގެ ރައީސް ފާޑިނަންޑް މާކޯސް ޖޫނިއަރ އެއް އަހަރު ދުވަހުގެ މުއްދަތަށް ހަކަތައިގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރައްވައިފި. މި ނިންމުމާއެކު ޒަރޫރީ މުދާ ފޯރުކޮށްދިނުމަށް ހާއްސަ ކޮމިޓީއެއް އެކުލަވާލާފައިވާއިރު، ތެޔޮ އިގްތިސާދު ކުރުމުގެ ގޮތުން ސަރުކާރުގެ މުވައްޒަފުން މަސައްކަތްކުރާ ދުވަސްތައް މަދުކުރުން ފަދަ ހަރުދަނާ ފިޔަވަޅުތަކެއް އެ ގައުމުން ދަނީ އަޅަމުން. ތެލުގެ ބޮޑުބައެއް ގަލްފުގެ ގައުމުތަކުން އިމްޕޯޓްކުރާ ފިލިޕީންސަށް މި ހާލަތުގެ ސަބަބުން އިގްތިސާދީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި.

ރާއްޖެ އެމްވީ | 24 މާރިޗު 2026 | އަންގާރަ 17:02
އީރާނުގެ ވެރިރަށް ތެހެރާނުގެ ހުޅަނގު އުތުރުގައި ހުންނަ ތެޔޮ ރައްކާކުރާ މަރުކަޒަކަށް، 2026 މާރިޗު 8 ވީ އާދީއްތަ ދުވަހުގެ ރޭ އިޒްރޭލާއި އެމެރިކާ ގުޅިގެން ދިން ވަރުގަދަ ހަމަލާތަކާ ގުޅިގެން، އެ ތަނުން ބޯ ދުން އަރަމުންދަނީ.

އީރާނުގެ ވެރިރަށް ތެހެރާނުގެ ހުޅަނގު އުތުރުގައި ހުންނަ ތެޔޮ ރައްކާކުރާ މަރުކަޒަކަށް، 2026 މާރިޗު 8 ވީ އާދީއްތަ ދުވަހުގެ ރޭ އިޒްރޭލާއި އެމެރިކާ ގުޅިގެން ދިން ވަރުގަދަ ހަމަލާތަކާ ގުޅިގެން، އެ ތަނުން ބޯ ދުން އަރަމުންދަނީ. | ގެޓީ އިމޭޖަސް

އެެެމެރިކާ އާއި އިޒްރޭލު ގުޅިގެން އީރާނަަށް ދޭން ފެށި ހަމަލާތަކާ ގުޅިގެން މެދުއިރުމަތީގެ މަސްރަހް ނުރައްކާ ވުމުގެ ސަބަބުން ފިލިޕީންސް އަށް  ބޭނުންވާ ތެލުގެ ސަޕްލައިއަށް ކުރިމަތިވެފައިވާ "ނުރައްކާތެރި ހާލަތަށް" ރިއާޔަތްކޮށް، އެ ގައުމުގައި ހަކަތައިގެ ކުއްލި ނުރައްކަލުގެ ހާލަތު އެ ގައުމުގެ ސަރުކާރުން އިއުލާންކޮށްފިއެވެ.

ދުނިޔޭގެ ސަޕްލައި ޗެއިންއަށް ކުރިމަތިވެފައިވާ ބޮޑެތި ހުރަސްތަކާއެކު، ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ރިޔާސީ ގަރާރެއްގައި ސޮއިކުރައްވާފައިވާ ކަމަށް ރައީސް ފާޑިނަންޑް މާކޯސް ޖޫނިއަރ ވިދާޅުވިއެވެ.

އިޒްރޭލާއި އެމެރިކާ ގުޅިގެން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައާއި، ކަނޑުގެ މުހިންމު މަގެއް ކަމަށްވާ ސްޓްރެއިޓް އޮފް ހޮރްމޫޒް ބަންދުވުމާ ގުޅިގެން، ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ވަނީ ބޮޑު ލޮޅުމެއް އަރާފައެވެ. މީގެ ސަބަބުން ތެލުގެ އަގު އިންތިހާއަށް އުފުލި، ތެޔޮ ލިބުމުގައި ދަތިތަކެއް ވަނީ ކުރިމަތިވެފައެވެ.

ފިލިޕީންސަކީ ތެޔޮ އިމްޕޯޓްކުރުމަށް ވަރަށް ބޮޑަށް ބަރޯސާވާ ގައުމަކަށް ވުމުން، ތެޔޮ އުފެއްދުމަށާއި އޭގެ ސަޕްލައިއަށް އަންނަ މިފަދަ ބަދަލުތަކުގެ ނޭދެވޭ އަސަރު އެ ގައުމަށް ވަރަށް ބޮޑަށް ކުރެއެވެ.

އަންގާރަ ދުވަހު މީޑިއާއާ ހިއްސާކުރި ރިޔާސީ ގަރާރުގައި މާކޯސް ވިދާޅުވީ، މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ގައުމަށް ބޭނުންވާ ހަކަތަ ލިބުމަށާއި އޭގެ އަގު ހިފެހެއްޓުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާތީ، މުޅި ގައުމުގައި ހަކަތައިގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރައްވާ ކަމަށެވެ.

މި ނިންމުމުގެ ސަބަބުން ގައުމުގެ އިގްތިސާދަށް ކުރިމަތިވަމުންދާ ހުރަސްތަކުން އަރައިގަތުމަށްޓަކައި، ސަރުކާރުގެ ހުރިހާ މުއައްސަސާތަކެއް ގުޅިގެން "ވިލަރެސްކުރެވިފައިވާ ފިޔަވަޅުތަކެއް" އެޅުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް މާކޯސް ވިދާޅުވިއެވެ.

މީގެ އިތުރުން، ތެލާއި، ކާބޯތަކެއްޗާއި، ބޭހުގެ އިތުރުން ޒަރޫރީ އެހެނިހެން މުދާ ހަމަޖެހޭ އުސޫލަކުން ފޯރުކޮށްދިނުމާއި ބެހުމުގެ ކަންކަން ބެލެހެއްޓުމަށްޓަކައި ހާއްސަ ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް މި ހާލަތު އުވާލަން ނިންމަވަންދެން ނުވަތަ މުއްދަތު އިތުރުކުރަންދެން، މި ކުއްލި ނުރައްކަލުގެ ހާލަތު އެއް އަހަރު ދުވަހުގެ މުއްދަތަށް ދެމިއޮންނާނެއެވެ.

މި ފިޔަވަޅު އަޅާފައިވަނީ، ތެލުގެ އަގު އުފުލުމުގެ ސަބަބުން ފިލިޕީންސްގެ އާއިލާތަކަށް ކުރިމަތިވެފައިވާ "ކުއްލި ނުރައްކަލުގެ ހާލަތުގެ" ދަތިތައް ގަބޫލުކުރުމަށް ބައެއް ސެނެޓަރުން ރައީސް މާކޯސްއަށް ގޮވާލާފައިވަނިކޮށެވެ.

އަންގާރަ ދުވަހު ތެލުގެ އަގަށް އައި ބަދަލާއެކު، ޕެޓްރޯލާއި ޑީސަލްގެ އަގު ވަނީ ފެބްރުއަރީ މަހު ހަނގުރާމަ ފެށުމުގެ ކުރިން ހުރި އަގަށްވުރެ ދެގުނައަށްވުރެ ބޮޑަށް އުފުލިފައެވެ.

ފިލިޕީންސަށް ބޭނުންވާ ސާފުނުކުރާ ތެލުގެ ގާތްގަނޑަކަށް 98 އިންސައްތަ އިމްޕޯޓްކުރަނީ ގަލްފްގެ ގައުމުތަކުންނެވެ. އެހެންކަމުން މި ހަނގުރާމައިގެ ސަބަބުން ދަތުރުފަތުރާއި ހަނޑޫ ފަދަ ތަކެތީގެ އަގަށް ވަނީ ބޮޑެތި އަސަރުތަކެއް ކޮށްފައެވެ.

ހަނގުރާމަ ފެށުނީއްސުރެ، ސަރުކާރުން ދަނީ ދަތުރުފަތުރުގެ ހިދުމަތްދޭ ޑްރައިވަރުންނަށް ސަބްސިޑީ ދެމުންނެވެ. އަދި ތެޔޮ އިގްތިސާދު ކުރުމުގެ ގޮތުން ފެރީގެ ހިދުމަތްތައް މަދުކޮށް، ސިވިލް ސާވަންޓުން ހަފުތާއަކު ހަތަރު ދުވަހު މަސައްކަތްކުރާ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

އަންގާރަ ދުވަހުގެ ކުރީކޮޅު އެނާޖީ ސެކްރެޓަރީ ޝެރަން ގަރިން ވިދާޅުވީ، އެ ގައުމުގައި މިހާރު ހުރީ ގާތްގަނޑަކަށް 45 ދުވަހަށް ފުދޭވަރުގެ ތެޔޮ ކަމަށެވެ.

ލިކުއިފައިޑް ނެޗުރަލް ގޭސް (އެލް.އެން.ޖީ) ގެ އަގު އިންތިހާއަށް އުފުލުމާ ގުޅިގެން، ހަކަތައިގެ ބޭނުންތައް ފުއްދުމަށްޓަކައި "ވަގުތީ ގޮތުން" ކޮލި ބޭނުންކޮށްގެން ހިންގާ އިންޖީނުގެތަކަށް ބަރޯސާވާ މިންވަރު އިތުރުކުރާނެ ކަމަށް ގަރިން ނޫސްވެރިންނަށް މައުލޫމާތު ދެއްވިއެވެ.

ހޮރްމޫޒް ކަނޑުއޮޅި ބަންދުވުމުގެ ނުރައްކާ އެންމެ ބޮޑަށް އޮތީ އޭޝިއާގެ ގައުމުތަކަށެވެ. ނިމިދިޔަ އަހަރު އެ ކަނޑުގެ މަގުން އުފުލި ތެލާއި ގޭހުގެ ގާތްގަނޑަކަށް 90 އިންސައްތަ ފޮނުވާފައިވަނީ އޭޝިއާ ސަރަހައްދުގެ ގައުމުތަކަށެވެ.

ފިލިޕީންސްރައީސް ފާޑިނަންޑް މާކޯސް ޖޫނިއަރއިޒްރާއީލް-އީރާން-އެމެރިކާހޮރްމޫޒް ކަނޑުއޮޅި

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އީރާނާ އެކު މަޝްވަރާތައް ކުރިއަށްދާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވުން އީރާނުން ދޮގުކޮށްފި

އީރާނާ އެކު މަޝްވަރާތައް ކުރިއަށްދާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވުން އީރާނުން ދޮގުކޮށްފި

24 މާރިޗު 2026
ކުރިއަށް އޮތް ދުވަސްތަކަށް އީރާނުން ހައިރާންކުރުވަނިވި އައު ކަންތައްތަކެއް ރާވާފައިވާ ކަމަށް އެ ގައުމުގެ އަސްކަރިއްޔާ އިން ބުނެފި

ކުރިއަށް އޮތް ދުވަސްތަކަށް އީރާނުން ހައިރާންކުރުވަނިވި އައު ކަންތައްތަކެއް ރާވާފައިވާ ކަމަށް އެ ގައުމުގެ އަސްކަރިއްޔާ އިން ބުނެފި

24 މާރިޗު 2026
ގަލްފް ސަރަހައްދުގެ ސަލާމަތީ ކަންކަމާ ބެހުމަށް މަސައްކަތް ނުކުރުމަށް، އެ ސަރަހައްދުން ބޭރުގެ ގައުމުތަކަށް އިރާނުގެ އެންމެ މަތީ އޮޕަރޭޝަނަލް ކޮމާންޑް ޔުނިޓުން އިންޒާރު ދީފި

ގަލްފް ސަރަހައްދުގެ ސަލާމަތީ ކަންކަމާ ބެހުމަށް މަސައްކަތް ނުކުރުމަށް، އެ ސަރަހައްދުން ބޭރުގެ ގައުމުތަކަށް އިރާނުގެ އެންމެ މަތީ އޮޕަރޭޝަނަލް ކޮމާންޑް ޔުނިޓުން އިންޒާރު ދީފި

24 މާރިޗު 2026
ޓްރަމްޕްގެ 'ބޯހަމަނުޖެހޭ އިންޒާރުތަކަށް' އީރާނުން ރައްދުދޭނީ ހަނގުރާމައިގެ މައިދާނުގައި: ޕެޒެޝްކިއާން

ޓްރަމްޕްގެ 'ބޯހަމަނުޖެހޭ އިންޒާރުތަކަށް' އީރާނުން ރައްދުދޭނީ ހަނގުރާމައިގެ މައިދާނުގައި: ޕެޒެޝްކިއާން

23 މާރިޗު 2026
ޓްރަމްޕް އަކީ އަމިއްލަ އަށް ވާހަކަ ދެއްކޭނެ މީހެއް، އަހަރަމެން ޖަވާބު ދޭކަށް ނުޖެހޭނެ: އިނގިރޭސިވިލާތުގެ ހައުސިން ސެކްރެޓަރީ

ޓްރަމްޕް އަކީ އަމިއްލަ އަށް ވާހަކަ ދެއްކޭނެ މީހެއް، އަހަރަމެން ޖަވާބު ދޭކަށް ނުޖެހޭނެ: އިނގިރޭސިވިލާތުގެ ހައުސިން ސެކްރެޓަރީ

22 މާރިޗު 2026

އަހަރުތަކުން މިއަދު

24 މާރިޗު
ރަސްދޫގައި ފިހުނު ޒުވާން ދެމަފިރިންގެ ހާލު ގޯސްވެ، ވެންޓިލޭޓަރަށް ލައިފި
20251 އަހަރު ކުރިން
ރާއްޖެ

ރަސްދޫގައި ފިހުނު ޒުވާން ދެމަފިރިންގެ ހާލު ގޯސްވެ، ވެންޓިލޭޓަރަށް ލައިފި

ރައްޔިތުން ބޯންވީމަ އިސްކުރު ފެން، ރައީސްގެ ގެކޮޅުގައި ބޭނުންކުރަން ޗައިނާ އިމްޕޯޓެޑް ލަގްޒަރީ ފެން
20242 އަހަރު ކުރިން
ރިޕޯޓު

ރައްޔިތުން ބޯންވީމަ އިސްކުރު ފެން، ރައީސްގެ ގެކޮޅުގައި ބޭނުންކުރަން ޗައިނާ އިމްޕޯޓެޑް ލަގްޒަރީ ފެން

ސުމާއާއި އާސިމާ: ރަންތާޖު ގުރުއާން މުބާރާތުގައި މަންމައާއި ދަރިފުޅު!
20233 އަހަރު ކުރިން
ރިޕޯޓު

ސުމާއާއި އާސިމާ: ރަންތާޖު ގުރުއާން މުބާރާތުގައި މަންމައާއި ދަރިފުޅު!

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ބައެއް މަންޒަރުތައް ދައްކުވައިދޭ ޓްރެއިލަރެއް
20224 އަހަރު ކުރިން
ރިޕޯޓު

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ބައެއް މަންޒަރުތައް ދައްކުވައިދޭ ޓްރެއިލަރެއް

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން 3000 ޒުވާނުންނަށް ތަމްރީނު ދިނުމަށް ހުޅުވާލައިފި
20215 އަހަރު ކުރިން
ރާއްޖެ

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން 3000 ޒުވާނުންނަށް ތަމްރީނު ދިނުމަށް ހުޅުވާލައިފި

އަޅުގަނޑުގެ ކެންޑިޑޭޓަކީ ސައްލެ، ވޯޓު ދެއްވުމަށް އާދޭހާ އެކު އެދެން: މިނިސްޓަރު އައިޝާ
20197 އަހަރު ކުރިން
ރާއްޖެ

އަޅުގަނޑުގެ ކެންޑިޑޭޓަކީ ސައްލެ، ވޯޓު ދެއްވުމަށް އާދޭހާ އެކު އެދެން: މިނިސްޓަރު އައިޝާ

އދ.ގެ ޕޮލިޓިކަލް އެފެއަރޒް ޑިޕާޓްމަންޓްގެ ޓީމެއް ރާއްޖޭގައި!
20188 އަހަރު ކުރިން
ރާއްޖެ

އދ.ގެ ޕޮލިޓިކަލް އެފެއަރޒް ޑިޕާޓްމަންޓްގެ ޓީމެއް ރާއްޖޭގައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު