Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

އީރާނާ އެކު މަޝްވަރާތައް ކުރިއަށްދާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވުން އީރާނުން ދޮގުކޮށްފި

އީރާނުގެ މުހިންމު ސަރަހައްދުތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވުމަށްފަހު، އެ ނިންމެވުން މަޑުޖައްސާލައި މަޝްވަރާތައް ކުރިއަށްދާ ކަމަށް ވިދާޅުވި ވާހަކަ އީރާނުން ވަނީ ދޮގުކޮށްފައި. އީރާނުގެ އިސްވެރިން ވިދާޅުވީ އެމެރިކާއާ އެކު އެއްވެސް މަޝްވަރާއެއް ބާއްވާފައި ނުވާނެ ކަމަށާއި، ހަމަލާތައް ހުއްޓާލާނީ އެމެރިކާގެ އަސްކަރީ މަރުކަޒުތައް ބަންދުކޮށް ލިބުނު ގެއްލުމުގެ ބަދަލު ދިނުމުން ކަމަށް.

ރާއްޖެ އެމްވީ | 24 މާރިޗު 2026 | އަންގާރަ 01:03
އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާޢީލް ބަޣާއީ.

އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާޢީލް ބަޣާއީ. | ޕްރެސްޓީވީ

އީރާނާ އެކު މަޝްވަރާތައް ކުރިއަށްދާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވުން އީރާނުން ދޮގުކޮށްފިއެވެ. އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ވިދާޅުވީ، އެއްވެސް އުސޫލެއް ނެތި އެމެރިކާ އާއި އިޒްރޭލުން އީރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައަށް 24 ދުވަސް ވެފައިވާއިރު، މި މުއްދަތުގެ ތެރޭގައި ވޮޝިންޓަނާ އެކު އެއްވެސް މަޝްވަރާއެއް ބާއްވާފައި ނުވާނެ ކަމަށެވެ.

ހޯމަ ދުވަހު ވާހަކަދައްކަވަމުން އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއިލް ބަޣާއީ ވިދާޅުވީ، ހޮރްމޫޒް ކަނޑުއޮޅިއާ ގުޅޭގޮތުންނާއި، އީރާނުގެ މައްޗަށް މަޖުބޫރުކޮށްފައިވާ މި ހަނގުރާމަ ހުއްޓާލުމަށް ހުށަހަޅާފައިވާ ޝަރުތުތަކަށް އެއްވެސް ބަދަލެއް އައިސްފައި ނުވާ ކަމަށެވެ.

ސްޓްރެޓީޖިކް ގޮތުން މުހިންމު ހޮރްމޫޒް ކަނޑުއޮޅި ހުޅުވާލުމަށް ޓްރަމްޕް ކުރިން ވަނީ އީރާނަށް 48 ގަޑިއިރުގެ މުހުލަތެއް ދެއްވާފައެވެ. އަދި އެ މުއްދަތުގައި އެކަން ނުކޮށްފިނަމަ އީރާނުގެ އިންޖީނުގެތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު ވެސް ދެއްވިއެވެ. ނަމަވެސް، ހޯމަ ދުވަހު ޓްރަމްޕް ވަނީ އެ ނިންމެވުމުން ފަހަތަށް ޖެހިވަޑައިގެން، އީރާނަށް ހަމަލާދިނުމަށް ރާވާފައިވާ ހުރިހާ ރޭވުންތަކެއް މަޑުޖައްސާލުމަށް ޕެންޓަގަނަށް އަމުރުކުރައްވާފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި އީރާނާ އެކު މަޝްވަރާތައް ކުރިއަށްދާ ކަމަށް ވެސް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

ޓްރަމްޕްގެ އިންޒާރުތަކަށް ރައްދު ދެމުން އީރާނުން ބުނެފައިވަނީ، އިޒްރޭލުގެ ހަކަތަ އުފައްދާ ވަސީލަތްތަކަށާއި، އީރާނާ ދެކޮޅަށް އަސްކަރީ ހަމަލާދިނުމަށް ބޭނުންކުރާ ސަރަހައްދީ ކޮންމެ ގައުމަކަށް ވެސް ހަމަލާދޭނެ ކަމަށެވެ.

އަރަބި ގައުމުތަކުގެ އޮފިޝަލުން ވިދާޅުވި ގޮތުގައި، ތެހެރާނާއި ވޮޝިންޓަނާ ދެމެދު އެއްބަސްވުމަކަށް އައުމަށް ކުރަމުންދާ މަސައްކަތްތަކުން މިހާތަނަށް އެދެވޭ ނަތީޖާއެއް ފެނިފައެއް ނުވެއެވެ. ބަޣާއީ ކަށަވަރުކޮށްދެއްވި ގޮތުގައި، ހިނގަމުންދާ ހަނގުރާމަ ހުއްޓާލުމަށް މަޝްވަރާ ކުރުމަށް އެދި އެމެރިކާއިން ފޮނުވި މެސެޖުތަކެއް، އެކުވެރި ބައެއް ގައުމުތައް މެދުވެރިކޮށް ފާއިތުވި ދުވަސްތަކުގައި އީރާނަށް ލިބިފައިވެއެވެ. އަދި އެކަމަށް އީރާނުން ގަބޫލު ކުރާ އުސޫލުތަކުގެ މައްޗަށް ބިނާކޮށް އެކަށީގެންވާ ރައްދެއް ދީފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އީރާނުން ދިން ރައްދުގައި، އެ ގައުމުގެ މުހިންމު ވަސީލަތްތަކަށް ހަމަލާދީފިނަމަ ކުރިމަތިވާނެ ނުރައްކާތެރި ނަތީޖާތަކާ މެދު އިންޒާރު ދީފައިވާނެ ކަމަށް ބަގާއީ ވިދާޅުވިއެވެ. އަދި އެފަދަ އެއްވެސް އަމަލެއް ހިންގައިފިނަމަ، އީރާނުގެ ހަތިޔާރު އެޅި ބާރުތަކުން "ވަގުތުން، ވަރުގަދަ އަދި ނަތީޖާ ނެރެދޭ ފަދަ" ރައްދެއް ދޭނެ ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

އީރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މުހައްމަދު ބާގިރު ގާލީބާފް ވެސް ވަނީ ހަނގުރާމައިގެ ތެރޭގައި އެމެރިކާއާ އެކު އެއްވެސް މަޝްވަރާއެއް ބާއްވާފައިވާ ކަމަށް ބުނާ ވާހަކަ ދޮގުކުރައްވާފައެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ގާލީބާފް ވިދާޅުވީ، އެމެރިކާއާ އެކު އެއްވެސް މަޝްވަރާއެއް ބާއްވާފައި ނުވާނެ ކަމަށެވެ. އަދި މިފަދަ ދޮގު ޚަބަރުތައް ފަތުރަނީ މާލީ އަދި ތެލުގެ ބާޒާރަށް ނުފޫޒު ފޯރުވުމަށާއި، އެމެރިކާ އާއި އިޒްރޭލު ތާށިވެފައިވާ އަޑިނޭނގޭ ވަޅުގަނޑުން ސަލާމަތްވާނެ މަގެއް ހޯދުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ގާލީބާފް ވިދާޅުވީ، އީރާނުގެ ރައްޔިތުން ބޭނުންވަނީ އިސްވެ ހަމަލާދިން ފަރާތްތަކަށް، ދުވަހަކުވެސް ހަނދާން ނުނެތޭނެ ފަދަ ހަރުކަށި އަދަބެއް ދިނުމަށް ކަމަށެވެ. އަދި އެ އަމާޒަށް ވާސިލްވަންދެން ހުރިހާ އޮފިޝަލުން ވެސް ލީޑަރާއި ރައްޔިތުންނާ އެކު ސާބިތުކަމާއެކު ތިއްބަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އީރާނުން ބުނެފައިވާ ގޮތުގައި، އެމެރިކާ އާއި އިޒްރޭލާ ދެކޮޅަށް ދެމުންދާ ރައްދު ހަމަލާތައް ހުއްޓާލާނީ، ދެން ދުވަހަކުވެސް ހަނގުރާމައެއް ނުކުރާނެ ކަމުގެ ޔަގީންކަން ދިނުމުންނާއި، ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތައް ބަންދުކުރުމުންނެވެ. އަދި އީރާނުގެ އަސްކަރީ އަދި މަދަނީ ވަސީލަތްތަކަށް ލިބުނު ގެއްލުމުގެ ބަދަލު ދިނުމަކީ ވެސް ހަމަލާތައް ހުއްޓާލުމުގެ ޝަރުތެކެވެ.

އެމެރިކާ އާއި އިޒްރޭލުން އީރާނާ ދެކޮޅަށް އަސްކަރީ ހަމަލާތައް ފަށާފައިވަނީ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުއެވެ. އެ ހަމަލާތަކުގައި އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ ސައްޔިދު އަލީ ޚާމަނާއީ އަވަހާރަކޮށްލާފައިވާއިރު، އަސްކަރިއްޔާގެ އިސް ކޮމާންޑަރުންނާއި އާންމު ރައްޔިތުން ވެސް ވަނީ މަރާލާފައެވެ.

މިކަމުގެ ރައްދުގައި އީރާނުގެ ހަތިޔާރު އެޅި ބާރުތަކުން ދަނީ ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށާއި، އިޒްރޭލުން ހިފާފައިވާ ބިންތަކަށް މިސައިލާއި ޑްރޯން ބޭނުންކޮށްގެން ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ.

އީރާން-އެމެރިކާޑޮނަލްޑް ޓްރަމްޕްހޮރްމޫޒް ކަނޑުއޮޅިއިސްމާޢީލް ބަޣާއީއީރާން-ޔޫއެސްއޭ-އިޒްރޭލް

ކޮމެންޓް

އިތުރަށް ކިޔާލަން

"ނިހާއީ ކާމިޔާބީއާ ހަމައަށް": އީރާނުން ދުޝްމަނުންގެ އަމާޒުފަތްތަކަށް މިސައިލާއި ޑްރޯންގެ 77 ވަނަ ހަމަލާގެ ރާޅު ފޮނުވާލައިފި

"ނިހާއީ ކާމިޔާބީއާ ހަމައަށް": އީރާނުން ދުޝްމަނުންގެ އަމާޒުފަތްތަކަށް މިސައިލާއި ޑްރޯންގެ 77 ވަނަ ހަމަލާގެ ރާޅު ފޮނުވާލައިފި

24 މާރިޗު 2026
ކުރިއަށް އޮތް ދުވަސްތަކަށް އީރާނުން ހައިރާންކުރުވަނިވި އައު ކަންތައްތަކެއް ރާވާފައިވާ ކަމަށް އެ ގައުމުގެ އަސްކަރިއްޔާ އިން ބުނެފި

ކުރިއަށް އޮތް ދުވަސްތަކަށް އީރާނުން ހައިރާންކުރުވަނިވި އައު ކަންތައްތަކެއް ރާވާފައިވާ ކަމަށް އެ ގައުމުގެ އަސްކަރިއްޔާ އިން ބުނެފި

24 މާރިޗު 2026
ގަލްފް ސަރަހައްދުގެ ސަލާމަތީ ކަންކަމާ ބެހުމަށް މަސައްކަތް ނުކުރުމަށް، އެ ސަރަހައްދުން ބޭރުގެ ގައުމުތަކަށް އިރާނުގެ އެންމެ މަތީ އޮޕަރޭޝަނަލް ކޮމާންޑް ޔުނިޓުން އިންޒާރު ދީފި

ގަލްފް ސަރަހައްދުގެ ސަލާމަތީ ކަންކަމާ ބެހުމަށް މަސައްކަތް ނުކުރުމަށް، އެ ސަރަހައްދުން ބޭރުގެ ގައުމުތަކަށް އިރާނުގެ އެންމެ މަތީ އޮޕަރޭޝަނަލް ކޮމާންޑް ޔުނިޓުން އިންޒާރު ދީފި

24 މާރިޗު 2026
އީރާން އިން އިނގިރޭސިވިލާތަށް ހަމަލާއެއް ދީފާނެ ކަމުގެ އެއްވެސް ހެއްކެއް ނެތް: ބޮޑު ވަޒީރު ސްޓާމާ

އީރާން އިން އިނގިރޭސިވިލާތަށް ހަމަލާއެއް ދީފާނެ ކަމުގެ އެއްވެސް ހެއްކެއް ނެތް: ބޮޑު ވަޒީރު ސްޓާމާ

23 މާރިޗު 2026
ހަނގުރާމައިގެ ސަބަބުން ހަކަތައިގެ 40 ވަސީލަތަކަށް ގެއްލުން ލިބިފައިވާ ކަމަށް ހާމަ ކޮށްފި

ހަނގުރާމައިގެ ސަބަބުން ހަކަތައިގެ 40 ވަސީލަތަކަށް ގެއްލުން ލިބިފައިވާ ކަމަށް ހާމަ ކޮށްފި

23 މާރިޗު 2026

އަހަރުތަކުން މިއަދު

24 މެއި
ސުޕްރީމު ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑު ކުރުމުގެ ޑްރާމާ ރޭވި ތަމްސީލު ވަމުން ދިޔަ ގޮތް މިއޮތީ!
20251 އަހަރު ކުރިން
ރިޕޯޓު

ސުޕްރީމު ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑު ކުރުމުގެ ޑްރާމާ ރޭވި ތަމްސީލު ވަމުން ދިޔަ ގޮތް މިއޮތީ!

ޗައިނާ ވައިޓް ރާއްޖޭގައި ފެތުރި ޒުވާނުންތައް މަރުވަނީ، އިދާރާތަކުގެ ހިލަމެއް ނެތް؟
20242 އަހަރު ކުރިން
ރިޕޯޓު

ޗައިނާ ވައިޓް ރާއްޖޭގައި ފެތުރި ޒުވާނުންތައް މަރުވަނީ، އިދާރާތަކުގެ ހިލަމެއް ނެތް؟

"ހަމަ ނިންޖެއް ނުލިބޭ، ތަންމައްޗަށް ކުޑަކަމުދެވޭ، ބޭރަށް ނުކުމެ ކުޅެލަން ބިރުގަނޭ"
20233 އަހަރު ކުރިން
ރިޕޯޓު

"ހަމަ ނިންޖެއް ނުލިބޭ، ތަންމައްޗަށް ކުޑަކަމުދެވޭ، ބޭރަށް ނުކުމެ ކުޅެލަން ބިރުގަނޭ"

ލޯންޗުކޮޅު ގޮއްވާލުން: އެއީ ރައީސް ޔާމީނު ތަފާތު ސީޓެއްގައި އިށީންދެވަޑައިގެންނެވި ހަމައެކަނި ދަތުރުފުޅު
20224 އަހަރު ކުރިން
ރާއްޖެ

ލޯންޗުކޮޅު ގޮއްވާލުން: އެއީ ރައީސް ޔާމީނު ތަފާތު ސީޓެއްގައި އިށީންދެވަޑައިގެންނެވި ހަމައެކަނި ދަތުރުފުޅު

ސެލެބްރިޓީ ރޭހުގެ ޗެމްޕިއަން ޓީމަށް ގްރޭންޑް ޕްރައިޒް ދީފި
20215 އަހަރު ކުރިން
ރާއްޖެ

ސެލެބްރިޓީ ރޭހުގެ ޗެމްޕިއަން ޓީމަށް ގްރޭންޑް ޕްރައިޒް ދީފި

ހިތްތައް އަތުލި ތޮއްޑޫ ބަނޑިޔާ!
20197 އަހަރު ކުރިން
ރިޕޯޓު

ހިތްތައް އަތުލި ތޮއްޑޫ ބަނޑިޔާ!

ނަޝީދުގެ ހަޔާތްޕުޅުން ބައްޕާފުޅު އިބުރަތް ހާސިލު ކުރެއްވި: އަންވަރުގެ ދަރިކަނބަލުން
20188 އަހަރު ކުރިން
ރާއްޖެ

ނަޝީދުގެ ހަޔާތްޕުޅުން ބައްޕާފުޅު އިބުރަތް ހާސިލު ކުރެއްވި: އަންވަރުގެ ދަރިކަނބަލުން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު