Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

ހަނގުރާމަ އިތުރު 10 ދުވަހަށް ދެމިގެން ހިނގައްޖެ ނަމަ، ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު 150 ޑޮލަރަށް އުފުލިދާނެ ކަމުގެ އިންޒާރު ދީފި

އީރާނުން ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރުމާ ގުޅިގެން ދުވާލަކު 21 މިލިއަން ފީފާގެ ތެޔޮ ސަޕްލައިކުރުމަށް ހުރަސްއެޅި، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ 119 ޑޮލަރަށް އުފުލިފައި. ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރުމުގެ ކުރިން ތެޔޮ ފީފާއެއްގެ އަގު ހުރީ 65 ޑޮލަރުގައި ކަމުގައި ވިޔަސް، ތެލުގެ އަގު ދަށްކުރުމަށް އެމެރިކާއިން ގިނަ މަސައްކަތްތަކެއް ކުރަމުންދަނިކޮށް، މިހާރު ތެލުގެ އަގު ވަނީ 119 ޑޮލަރަށް އަރާފައި.

ރާއްޖެ އެމްވީ | 22 މާރިޗު 2026 | އާދީއްތަ 02:03
މާރިޗު 8، 2026 ވީ އާދީއްތަ ދުވަހުގެ ރޭ ތެހެރާންގެ ހުޅަނގު އުތުރުގައި ހުންނަ ޝަހްރާން ތެޔޮ ސާފުކުރާ ކާރުޚާނާއަށް ދިން ވައިގެ ހަމަލާތަކާ ގުޅިގެން ރޯވި އަލިފާންގަނޑު ނިއްވުމުގެ މަސައްކަތް ކުރިއަށްދާއިރު، އީރާނުގެ ސިވިލް ޑިފެންސްގެ މެންބަރަކު އެ ސަރަހައްދުގައި ހަލާކުވެފައިވާ ތެޔޮ އުފުލާ ލޮރީއެއްގެ ކައިރިން ހިނގާފައި ދަނީ.

މާރިޗު 8، 2026 ވީ އާދީއްތަ ދުވަހުގެ ރޭ ތެހެރާންގެ ހުޅަނގު އުތުރުގައި ހުންނަ ޝަހްރާން ތެޔޮ ސާފުކުރާ ކާރުޚާނާއަށް ދިން ވައިގެ ހަމަލާތަކާ ގުޅިގެން ރޯވި އަލިފާންގަނޑު ނިއްވުމުގެ މަސައްކަތް ކުރިއަށްދާއިރު، އީރާނުގެ ސިވިލް ޑިފެންސްގެ މެންބަރަކު އެ ސަރަހައްދުގައި ހަލާކުވެފައިވާ ތެޔޮ އުފުލާ ލޮރީއެއްގެ ކައިރިން ހިނގާފައި ދަނީ. | ގެޓީ އިމޭޖަސް

އީރާނާ ދެކޮޅަށް އެމެރިކާ އާއި އިޒްރޭލު ގުޅިގެން ފެށި ޣައިރު ގާނޫނީ ހަނގުރާމަ އިތުރު 10 ދުވަހަށް ދެމިގެން ހިނގައްޖެ ނަމަ، ދުނިޔޭގެ ބާޒާރުގައި ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު 150 ޑޮލަރަށް އުފުލިދާނެ ކަމަށް އީރާނުގެ ހަކަތައާ ބެހޭ މާހިރަކު ލަފާކުރައްވައިފިއެވެ. މިކަން ހާމަކުރެއްވީ އީރާނުގެ އިންސްޓިޓިއުޝަން އޮފް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީގެ ސީނިއާ އެނާޖީ ސްޓްރެޓެޖިސްޓް މަހްދީ އަރަބްސާދެގް އެވެ.

އީރާނުގެ ފާރްސް ނިއުސް އެޖެންސީއަށް ދެއްވި ބަސްދީގަތުމެއްގައި އަރަބްސާދެގް ވިދާޅުވީ، "ދުޝްމަނުންގެ އުޅަނދުފަހަރަށް" ހޮރްމޫޒް ކަނޑުއޮޅި އީރާނުން ބަންދުކުރުމާ ގުޅިގެން، ދުވާލަކު 21 މިލިއަން ފީފާގެ ތެޔޮ އުފުލުމަށް ހުރަސް އެޅިފައިވާ ކަމަށެވެ. ހަނގުރާމަ ފެށުނީއްސުރެ މި ފިޔަވަޅު އަޅާފައިވުމުގެ ސަބަބުން، ދުނިޔޭގެ ބާޒާރަށް ތެޔޮ ސަޕްލައިކުރުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އަރަބްސާދެގް އިތުރަށް ވިދާޅުވީ، ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރުމުގެ ކުރިން ތެޔޮ ފީފާއެއްގެ އަގު ހުރީ 65 ޑޮލަރުގައި ކަމަށެވެ. ނަމަވެސް، ތެލުގެ އަގު ދަށްކުރުމަށް އެމެރިކާއިން ގިނަ މަސައްކަތްތަކެއް ކުރަމުންދަނިކޮށް، މިހާރު ތެލުގެ އަގު ވަނީ 119 ޑޮލަރަށް އުފުލިފައެވެ.

ތެލުގެ އަގު ކޮންޓްރޯލް ކުރުމަށް އެމެރިކާއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި، އީރާނުގެ ތެޔޮ ގަތުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް 30 ދުވަހުގެ މުއްދަތަކަށް ލުއިދިނުމަށް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ނިންމި ނިންމުން ހިމެނެއެވެ.

ހޮރްމޫޒް ކަނޑުއޮޅިއީރާން-ޔޫއެސްއޭ-އިޒްރޭލް

އިތުރަށް ކިޔާލަން

22 މާރިޗު 2026

އީރާނުގެ ހަނގުރާމައާ ގުޅޭގޮތުން ފުށު އަރާ އެތައް ވާހަކަ އެއް ޓްރަމްޕް ދައްކަވައިފި

22 މާރިޗު 2026
އީރާނުގެ ހަނގުރާމައާ ގުޅޭގޮތުން ފުށު އަރާ އެތައް ވާހަކަ އެއް ޓްރަމްޕް ދައްކަވައިފި
22 މާރިޗު 2026

ސައުދީން އީރާނުގެ ޑިޕްލޮމެޓުން 24 ގަޑިއިރު ތެރޭ ފުރުމަށް އަމުރުކޮށްފި

22 މާރިޗު 2026
ސައުދީން އީރާނުގެ ޑިޕްލޮމެޓުން 24 ގަޑިއިރު ތެރޭ ފުރުމަށް އަމުރުކޮށްފި
22 މާރިޗު 2026

އީރާނުން ދުނިޔޭގެ ފަތުރުވެރިކަމުގެ މަންޒިލްތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު ދީފި

22 މާރިޗު 2026
އީރާނުން ދުނިޔޭގެ ފަތުރުވެރިކަމުގެ މަންޒިލްތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު ދީފި
22 މާރިޗު 2026

ހޮރްމޫޒް ކަނޑުއޮޅި 48 ގަޑިއިރު ތެރޭގައި އެއްކޮށް ހުޅުވާނުލައިފިނަމަ، އީރާނުގެ އިންޖީނުގެތައް "ފުނޑުފުނޑުކޮށްލާނެ" ކަމަށް އެމެރިކާގެ ރައީސް ވިދާޅުވެއްޖެ

22 މާރިޗު 2026
ހޮރްމޫޒް ކަނޑުއޮޅި 48 ގަޑިއިރު ތެރޭގައި އެއްކޮށް ހުޅުވާނުލައިފިނަމަ، އީރާނުގެ އިންޖީނުގެތައް "ފުނޑުފުނޑުކޮށްލާނެ" ކަމަށް އެމެރިކާގެ ރައީސް ވިދާޅުވެއްޖެ
22 މާރިޗު 2026

އިޒްރޭލުގެ ނިއުކްލިއާ މަރުކަޒު ހުންނަ ޑިމޯނާ ސަރަހައްދަށް އީރާނުން ވަރުގަދަ ހަމަލާތަކެއްދީ ސިއްސުވާލައިފި

22 މާރިޗު 2026
އިޒްރޭލުގެ ނިއުކްލިއާ މަރުކަޒު ހުންނަ ޑިމޯނާ ސަރަހައްދަށް އީރާނުން ވަރުގަދަ ހަމަލާތަކެއްދީ ސިއްސުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު