Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޚިޔާލު ހޯދުމުގެ ވޯޓު

ރެފަރެންޑަމްގަ ނޫނެކޭ ބުނަން ޖެހެނީ ބަސް ބުނުމުގެ މިނިވަންކަމާ ހައްގުތަކާ ބާރުތައް އަތުގަ އޮންނަން އެދޭތީ: ކުޑޫ

ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ހުރި މަގުތައް ބަންދުވެފައިވާ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ކަންބޮޑުވުން ފާޅުކުރައްވައިފި. ވަޒީރުންނާ ކުރާ ސުވާލުތަކަށް ޖަވާބު ނުލިބުމާއި ދައުލަތުގެ މީޑިއާއިން އިދިކޮޅު ފަރާތްތަކަށް ފުރުސަތު ނުދޭކަން ފާހަގަކުރައްވައި، އޭނާ ވިދާޅުވީ ރައްޔިތުންގެ ބާރުތައް ދެމެހެއްޓުމަށްޓަކައި އިންތިޚާބުތައް އެއްކޮށްލުމާ ދެކޮޅަށް ވޯޓު ދޭންޖެހޭ ކަމަށް. އެހެންކަމުން، މިނިވަންކަމާއި ހައްގުތައް ރައްކާތެރިކުރުމަށްޓަކައި މި ބަދަލަށް "ނޫނެކޭ" ބުނުމަށް އޭނާ ވަނީ ގޮވާލައްވާފަ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 22 މާރިޗު 2026 | އާދީއްތަ 03:11
 ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ)

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) | ރާއްޖެ އެމްވީ

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ރިޔާސީ އިންތިޚާބު އެއްކޮށްލުމާ މެދު ނަގާ ފެންނަ ނުފެންނަ ވޯޓުގައި ނޫނެކޭ ބުނަން ޖެހެނީ އެއީ ރައްޔިތުންގެ މިނިވަންކަމާއި ބަސް ބުނުމުގެ މިނިވަންކަމާ ރައްޔިތުންގެ ހައްގުތަކާ ރައްޔިތުންގެ ބާރުތައް ރައްޔިތުންގެ އަތުގައި އޮންނަން އެދޭތީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ވިދާޅުވެއްޖެ އެވެ. 

ހޮނިހިރު ދުވަހުގެރޭ ރާއްޖެޓީވީން ގެނެސްދިން ނޫނެކޭ ކެމްޕޭން ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މެންބަރު ވިދާޅުވީ މިހާރު ވެސް މި ސަރުކާރު ޖަވާބުދާރީ ކުރުވޭނެ ގޮތެއް ނެތް ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގައި ތިބެ އިދިކޮޅު އެމްޑީޕީ އިން އެތައް މަސައްކަތެއް ކުރި ނަމަވެސް މި ސަރުކާރު ޖަވާބުދާރީ ކުރުވޭނެ ހުރިހާ މަގެއް އޮތީ ބަންދުވެފައި ކަމަށް ކުޑޫ ވިދާޅުވި އެވެ. 

މިހާރު ވެސް ސަރުކާރު ޖަވާބުދާރީ ކުރުވާނެ ގޮތެއް ނެތް. އަޅުގަނޑުމެން ރައްޔިތުންގެ މަޖިލީހުގަ ގަވާއިދެއް އޮންނާނެ. އަޅުގަނޑުމެން ލިޔާ ސިޓީތަކަށް ޖަވާބުދެއްވަން ޖެހޭނެ. ސަރުކާރު އޮފީސްތަކުން ވެސް އަޅުގަނޑުމެން އަހާ އެއްޗިއްސަށް ހޭ ވެސް އަހާނުލާނެ. މިވަގުތު މިހާތަނަށް 60 އަށް ވުރެ ގިނަ ސުވާލު ވަޒީރުންނަށް ފޮނުވިފަ ވާނީ. ގާނޫނީ ގޮތުން ޖަވާބުދާރީ ވާންޖެހޭ  މުއްދަތު ހަމަވެފަ. ހަމަ އެއްވެސް އެއްޗަކަށް ޖަވާބުދާރީ ނުވެ އެ ތިއްބަވަނީ ނޫންތޯ. އަޅުގަނޑުމެންނަށް ކިހިނެއްތޯ ސަރުކާރު ޖަވާބުދާރީ ކުރުވޭނީ. ރައްޔިތުންނާ ކޮންމެހެން ފޯރުކޮށްދޭން ޖެހޭ ޚިދުމަތްތަކުގަ ވެސް ސަރުކާރު ޖަވާބުދާރީ
 ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ)

ކުޑޫ ވިދާޅުވީ އިދިކޮޅު ޕާޓީ އެއް އޮންނަން ޖެހޭ ކަމަށެވެ. އަދި އިދިކޮޅު ޕާޓީ ގެ ޒިންމާއެއް ވެސް އޮންނަ ކަމަށާ ނަމަވެސް މިއަދު އެމްޑީޕީ އަށް އެ ޒިންމާ އަދާކުރެވޭނެ ހުރިހާ މަގެއް މި ސަރުކާރުން އޮތީ ބަންދު ކޮށްފައި ކަމަށެވެ. 

މިސާލަކަށް އިދިކޮޅުގެ އަޑު އިއްވުމަށް ދައުލަތުގެ މީޑިއާ އިން ވެސް ފުރުސަތު ނުދޭކަން ފާހަގަ ކުރައްވައި މެންބަރު ވިދާޅުވީ ދައުލަތުގެ މީޑިއާ އާ ގުޅޭ ގާނޫނެއް ވެސް އޮންނަ ކަމަށެވެ. އެއީ ހަމަހަމަ މީޑިއާ އަކަށް ވާން ޖެހޭނެ ކަަމަށް ބަޔާން ކޮށްފައިވީ ނަމަވެސް އެކަން އެގޮތަށް ނުވާ ކަމަށް ކުޑޫ ވިދާޅުވި އެވެ. 

މެންބަރު ވިދާޅުވީ މި ސަރުކާރު އައި ފަހުން ދައުލަތުގެ މީޑިއާ އިން އިދިކޮޅުގެ އަޑު އިއްވާފައި ނުވާ ކަމަށެވެ. އަދި މިއަދާ ހަމައަށް ވެސް އެއްވެސް ފުރުސަތެއް ވެސް އިދިކޮޅަށް ދީފައިނުވާއިރު އެއީ އެމްޑީޕީ އިން ނާންނާތީ ކަމަށް އެ ބޭފުޅުން މިހާރު ސުވާލު ކުރިއަސް ވިދާޅުވާނެ ކަމަށް ކުޑޫ ވިދާޅުވި އެވެ. އެހެން ނަމަވެސް އެއީ ކަނޑައެޅިގެން ދޮގެއް ކަމަށާ ދައުލަތުގެ މީޑިއާ އިން އިދިކޮޅަށް ފުރުސަތު ނުވެސް ދޭނެ ކަމަށް ކުޑޫ ވިދާޅުވި އެވެ. ސަބަބަކީ އެއީ އެހެން އޮޕަރޭޓް ކުރާ ތަނަކަށް އެތަން ނުވުން ކަމަށް ކުޑޫ ވިދާޅުވި އެވެ. 

އެހެންކަމުން ފެންނަ ނުފެންނަ ވޯޓުގައި ނޫނެކޭ ބުނަން ޖެހެނީ އެއީ ރައްޔިތުންގެ މިނިވަންކަމާއި ބަސް ބުނުމުގެ މިނިވަންކަމާއި ރައްޔިތުންގެ ހައްގުތަކާ ރައްޔިތުންގެ ބާރުތައް ރައްޔިތުންގެ އަތުގައި އޮންނަން އެދޭތީ ކަމަށް މެންބަރު ތަކުރާރު ކޮށް ވިދާޅުވި އެވެ. 

މުޙައްމަދު އިބްރާހީމް (ކުޑޫ)އެމްޑީޕީރައްޔިތުންގެ މަޖިލިސްޚިޔާލު ހޯދުމުގެ ވޯޓު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ރެފަރެންޑަމްއާ ގުޅޭގޮތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައާމެދު ކަންކުރާ ގޮތުން ކޯޓުގެ މިނިވަންކަން އެނގޭނެ: ޔައުޤޫބް

ރެފަރެންޑަމްއާ ގުޅޭގޮތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައާމެދު ކަންކުރާ ގޮތުން ކޯޓުގެ މިނިވަންކަން އެނގޭނެ: ޔައުޤޫބް

21 މާރިޗު 2026
ސަރުކާރުން ދެ އިންތިޚާބު އެއްކުރަން އުޅޭ ގޮތް ގޯސް، ރެފަރެންޑަމްގައި ނޫނެކޭ ބުނަން ޖެހެނީ އެހެންވެގެން: މާރިޔާ

ސަރުކާރުން ދެ އިންތިޚާބު އެއްކުރަން އުޅޭ ގޮތް ގޯސް، ރެފަރެންޑަމްގައި ނޫނެކޭ ބުނަން ޖެހެނީ އެހެންވެގެން: މާރިޔާ

21 މާރިޗު 2026
އިންތިޚާބުތަކާއެކު ރައްޔިތުންގެ ގާތަށް ދާން ޖެހޭ ދިއުން، ރައްޔިތުން ނުކުމެ ބަދަލު ކޮށްގެން ނުވާނެ: މެންބަރު ޒިޔާދު

އިންތިޚާބުތަކާއެކު ރައްޔިތުންގެ ގާތަށް ދާން ޖެހޭ ދިއުން، ރައްޔިތުން ނުކުމެ ބަދަލު ކޮށްގެން ނުވާނެ: މެންބަރު ޒިޔާދު

21 މާރިޗު 2026
ރެފަރެންޑަމްގައި ނޫނެކޭ ބުނަން ޖެހެނީ މިއީ އޮޅުވާލުމެއްގެ ތެރެއިން މި ސަރުކާރުން މުޅި ގާނޫނު އަސާސީ ބަދަލު ކުރުމަށް ފަށާ ރޭވުމަކަށް ވާތީ: މާރިޔާ

ރެފަރެންޑަމްގައި ނޫނެކޭ ބުނަން ޖެހެނީ މިއީ އޮޅުވާލުމެއްގެ ތެރެއިން މި ސަރުކާރުން މުޅި ގާނޫނު އަސާސީ ބަދަލު ކުރުމަށް ފަށާ ރޭވުމަކަށް ވާތީ: މާރިޔާ

21 މާރިޗު 2026
ދެ އިންތިޚާބު އެއްކޮށްލުމާއި ދެކޮޅަށް "ނޫނެކޭ" ބުނަން ނ. ލަންދޫ އިން ބޮޑުތަނުން ތައްޔާރަށް

ދެ އިންތިޚާބު އެއްކޮށްލުމާއި ދެކޮޅަށް "ނޫނެކޭ" ބުނަން ނ. ލަންދޫ އިން ބޮޑުތަނުން ތައްޔާރަށް

20 މާރިޗު 2026

އަހަރުތަކުން މިއަދު

22 މާރިޗު
ސްޓްރޯބެރީ ބްރައުނީސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްޓްރޯބެރީ ބްރައުނީސް

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް
20242 އަހަރު ކުރިން
ރިޕޯޓު

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް

އެގް ބްރީޓޯ
20233 އަހަރު ކުރިން
ލައިފް ސްޓައިލް

އެގް ބްރީޓޯ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް
20224 އަހަރު ކުރިން
ދުނިޔެ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި
20215 އަހަރު ކުރިން
ރާއްޖެ

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
20197 އަހަރު ކުރިން
ރިޕޯޓު

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު