Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައްޔިތުންގެ މަޖިލިސް

އީރާން ހަނގުރާމަ: ދިމާވެދާނެ ކުއްލި ހާލަތަކަށް ތައްޔާރުވުމަށް މަޝްވަރާ ކުރުމަށް 241 ކޮމިޓީގެ ބައްދަލުވުމެއް ބާއްވަދޭން އެދެފި

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ތެލާއި ކާބޯތަކެތީގެ އަގު އުފުލި، ރާއްޖޭގެ އިގްތިސާދަށާއި ފަތުރުވެރިކަމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާކަން މެންބަރު މުހައްމަދު އިބްރާހިމް ފާހަގަކުރެއްވި. ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް ހުރި މިންވަރަށް ބަލާއިރު، މިއީ ކަންބޮޑުވާންޖެހޭ ހާލަތެއް ކަމުން މިކަމަށް ދުރާލާ ތައްޔާރުވުމަށްޓަކައި ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުމެއް ބާއްވައިދިނުމަށް އޭނާ ވަނީ އެދިވަޑައިގެންފަ. އެހެންކަމުން، މި ހާލަތުން އަރައިގަތުމަށް އަޅަންޖެހޭ ފިޔަވަޅުތަކާ މެދު މަޝްވަރާކުރުން މުހިންމު ކަމަށް މެންބަރު ވިދާޅުވި.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 22 މާރިޗު 2026 | އާދީއްތަ 14:08
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ)

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) | ރައްޔިތުންގެ މަޖިލިސް

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދިމާވެދާނެ ކުއްލި ހާލަތަކަށް ތައްޔާރު ވުމަށް މަޝްވަރާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) ގެ ބައްދަލުވުމެއް ބާއްވައި ދިނުމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެދިވަޑައިގެން އެކަން ހުށައަޅުއްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله އަށް ފޮނުވި ސިޓީއެއްގައި ކުޑޫ ވިދާޅުވީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ އަސަރުތައް ދިވެހިރާއްޖެއަށް ކުރިމަތިވާން ފަށައިފައިވާ ކަމަށެވެ. އެހެން ކަމުން މި ގައުމުގެ މިހާރުގެ މާލީ ހާލަތާއި، ފުދުންތެރިކަމާއި، ތެލާއި، ގެހާއި، ބޭހާއި އަދި ކާބޯތަކެއްޗަށް ކުރަންޖެހޭ ހަރަދުތައް ހަމަޖެއްސުމާމެދު  ބައެއް ކަންކަން ފާހަގަކުރެވޭ ކަމަށް ކުޑޫ ވިދާޅުވި އެވެ. 

Advertisement - newsAdvertisement

އެގޮތުން ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެޔޮފީފާއެއްގެ އަގު މިއަދު ހުރީ 112 ޑޮލަރުގައި ކަމަށާ އެ އަގު ދަނީ އުފުލެމުން ކަމަށް މެންބަރު ވިދާޅުވި އެވެ. ދިވެހިރާއްޖެއަށް ކޮންމެ މަހަކު 330،000 ފީފާގެ ތެޔޮ ބޭނުންވާއިރު މިހަނގުރާމަ ފެށުނު އިރު ތެޔޮ ގަތުމަށް ކޮންމެ މަހަކު އެވްރެޖްކޮށް 30 މިލިއަން ޑޮލަރު ހޭދަކުރި ނަމަވެސް މިއަދަދު މަހަކު 50 މިލިއަން ޑޮލަރާއި 60 މިލިއަން ޑޮލަރަށް މައްޗަށް ދާނެ ކަމަށް ލަފާކުރެވޭ ކަމަށް ކުޑޫ ވިދާޅުވި އެވެ. 

މެންބަރު ވިދާޅުވީ އަސާސީ އެހެނިހެން ތަކެއްޗާއެކު ޖުމްލަ އިމްޕޯޓަށް ކޮންމެ މަހަކު މަދުވެގެން 100 މިލިއަން ޑޮލަރު ބޭނުންވާ ކަމަށާ  ޔޫޒަބަލް ރިޒާވްގައި ހުރީ 240 މިލިއަން ޑޮލަރު ކަމަށެވެ. މިއީ، އެންމެ 2 މަހާއި ބަޔަށް ބޭނުންކުރެވޭ ވަރުގެ އަދަދެއް ކަމަށް ވެސް ކުޑޫ ވިދާޅުވި އެވެ. 

އޭގެ އިތުރުން ޓޫރިޒަމަށް ވެސްބޮޑު ލޮޅުމެއް އަރާފައިވާ ކަމަށާ ކޮންމެ ދުވަހަކު އެތައް ހާސް ބުކިންތަކެއް ދަނީ ކެންސަލް ކުރަމުން ކަމަށް މެންބަރު ވިދާޅުވި އެވެ. އެހެންކަމުން މި ކަންކަމާގުޅޭ ގޮތުން މައުލޫމާތު އެއްކުރުމަށާއި، ކުރިއާލާ އަޅާންޖެހޭ ފިޔަވަޅުތައް ދެނެގަތުމަށް މަޝްވަރާކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގެ ބައްދަލުވުމެއް ބާއްވައިދިނުން އެދޭ ކަމަށް ކުޑޫ ވިދާޅުވި އެވެ. 

މުޙައްމަދު އިބްރާހީމް (ކުޑޫ)އަބްދުއްރަހީމް އަބްދުﷲރައްޔިތުންގެ މަޖިލިސްސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ

ކޮމެންޓް

އިތުރަށް ކިޔާލަން

ރެފަރެންޑަމްގަ ނޫނެކޭ ބުނަން ޖެހެނީ ބަސް ބުނުމުގެ މިނިވަންކަމާ ހައްގުތަކާ ބާރުތައް އަތުގަ އޮންނަން އެދޭތީ: ކުޑޫ

ރެފަރެންޑަމްގަ ނޫނެކޭ ބުނަން ޖެހެނީ ބަސް ބުނުމުގެ މިނިވަންކަމާ ހައްގުތަކާ ބާރުތައް އަތުގަ އޮންނަން އެދޭތީ: ކުޑޫ

22 މާރިޗު 2026
އިންތިޚާބުތަކާއެކު ރައްޔިތުންގެ ގާތަށް ދާން ޖެހޭ ދިއުން، ރައްޔިތުން ނުކުމެ ބަދަލު ކޮށްގެން ނުވާނެ: މެންބަރު ޒިޔާދު

އިންތިޚާބުތަކާއެކު ރައްޔިތުންގެ ގާތަށް ދާން ޖެހޭ ދިއުން، ރައްޔިތުން ނުކުމެ ބަދަލު ކޮށްގެން ނުވާނެ: މެންބަރު ޒިޔާދު

21 މާރިޗު 2026
އެމްޑީޕީ ޕިކަޕް ޖަލްސާ: "ޚަރަދު ކުޑަކުރަން ކުރަން ބޭނުން ކަމަކީ ރައްޔިތުންގެ އަޑު ނޭހުން. ސަރުކާރުން މަހެއްގެ މައްޗަށް 54 މިލިއަން ރުފިޔާ ހޭދަކުރޭ"

އެމްޑީޕީ ޕިކަޕް ޖަލްސާ: "ޚަރަދު ކުޑަކުރަން ކުރަން ބޭނުން ކަމަކީ ރައްޔިތުންގެ އަޑު ނޭހުން. ސަރުކާރުން މަހެއްގެ މައްޗަށް 54 މިލިއަން ރުފިޔާ ހޭދަކުރޭ"

20 މާރިޗު 2026
ދެ އިންތިޚާބު އެއްކޮށްލުމަކީ ރިޔާސީ އިންތިޚާބުގެ ތެރެއަށް ބަރުލަމާނީ އިންތިޚާބެއް ލައިގެން، ނިޒާމް ގަޑުބަޑުކޮށްލުން: އަލީ ހުސެއިން

ދެ އިންތިޚާބު އެއްކޮށްލުމަކީ ރިޔާސީ އިންތިޚާބުގެ ތެރެއަށް ބަރުލަމާނީ އިންތިޚާބެއް ލައިގެން، ނިޒާމް ގަޑުބަޑުކޮށްލުން: އަލީ ހުސެއިން

17 މާރިޗު 2026
ރެފަރެންޑަމް ވޯޓަކީ މަޖިލީހުގެ ދައުރުގެ މުއްދަތު ބަދަލު ކުރުމަށް ނަގާ ވޯޓެއްކަމަށް އޭޖީންވެސް އެއްބަސްވެއްޖެ!

ރެފަރެންޑަމް ވޯޓަކީ މަޖިލީހުގެ ދައުރުގެ މުއްދަތު ބަދަލު ކުރުމަށް ނަގާ ވޯޓެއްކަމަށް އޭޖީންވެސް އެއްބަސްވެއްޖެ!

17 މާރިޗު 2026

އަހަރުތަކުން މިއަދު

25 މެއި
އެންމެ ފަހުން އެޗްއާރުސީއެމް ވެސް ގާނޫނާ ޚިލާފުވެއްޖެ ކަމަށް ކަނޑައަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

އެންމެ ފަހުން އެޗްއާރުސީއެމް ވެސް ގާނޫނާ ޚިލާފުވެއްޖެ ކަމަށް ކަނޑައަޅައިފި

ސަރުކާރު އުޅެނީ، ޕާން ފޮތި ބޭނުންވެގެން ހިޔަޅު އުޅުނުހެން!
20242 އަހަރު ކުރިން
ރިޕޯޓު

ސަރުކާރު އުޅެނީ، ޕާން ފޮތި ބޭނުންވެގެން ހިޔަޅު އުޅުނުހެން!

ދަސްވެނީންގެ ހަފްލާގައި ޝަރަފުވެރި މެހެމާނުގެ އިތުރުން ރައީސް ބަލަދުވެރިޔަކަށް
20233 އަހަރު ކުރިން
ރާއްޖެ

ދަސްވެނީންގެ ހަފްލާގައި ޝަރަފުވެރި މެހެމާނުގެ އިތުރުން ރައީސް ބަލަދުވެރިޔަކަށް

ޖޯޑަންގެ މި އަންހެން މީހާ ވަޔަރުތައް ބަދަލުކޮށްލަނީ ރީތީ ޓްރޭތަކަށް
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޖޯޑަންގެ މި އަންހެން މީހާ ވަޔަރުތައް ބަދަލުކޮށްލަނީ ރީތީ ޓްރޭތަކަށް

17 މުވައްޒަފުންނާއެކު ރާއްޖެޓީވީ އަނެއްކާވެސް ލޮކްޑައުންއަކަށް!
20215 އަހަރު ކުރިން
ރާއްޖެ

17 މުވައްޒަފުންނާއެކު ރާއްޖެޓީވީ އަނެއްކާވެސް ލޮކްޑައުންއަކަށް!

މުލައްދަނޑިން އިންސާފު ހޯދުން: ބޮޑު ގޯހެއްގެ ފެށުން!
20197 އަހަރު ކުރިން
ރިޕޯޓު

މުލައްދަނޑިން އިންސާފު ހޯދުން: ބޮޑު ގޯހެއްގެ ފެށުން!

ޗިކަން ޝަވަރުމާ
20188 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކަން ޝަވަރުމާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު