Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިންތިހާބު އެއްކުރުން

ދެ އިންތިހާބު އެއްކޮށްލަން އަހާ ސުވާލު އޮތީ ޤާނޫނުއަސާސީގެ ތެރެއިން އަދި ރެފަރަންޑަމަކަށް ވޯޓަށް އެހޭ ކަހަލަ ގޮތަކަށް ވެސް ނޫން: ބިގޭ

ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމަކީ ޤާނޫނުއަސާސީގެ ރޫޙާ ޚިލާފު ކަމެއް ކަމަށާއި، މީގެ ސަބަބުން ސަރުކާރު ރައްޔިތުންނަށް ޖަވާބުދާރީވުން ކުޑަވެގެންދާނެ ކަމަށް ކުރީގެ މެންބަރު މުޙައްމަދު ރަޝީދު ޙުސައިން ވިދާޅުވެއްޖެ. އިންތިޚާބުތައް މަދުކުރުމަކީ ވެރިން ރައްޔިތުންގެ ގާތަށް ދިއުން ހުއްޓާލައި، ބާރުތައް އެއްކޮށް ރައްޔިތުން ބިކަކުރުމަށް ކުރާ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ. އެހެންކަމުން، ލާމަރުކަޒީ ނިޒާމުގެ ބާރުތައް ކަނޑުވާލައި ރައްޔިތުން އަޅުވެތިކުރުމަށް ކުރާ މި މަސައްކަތަށް "ނޫނެކޭ" ބުނުމަށް އޭނާ ވަނީ ގޮވާލައްވާފަ.

މަޚްތޫމް
މަޚްތޫމް, ރާއްޖެ އެމްވީ | 23 މާރިޗު 2026 | ހޯމަ 02:12
 އަލިފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ)

އަލިފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) | ރާއްޖެ އެމްވީ

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެއްކޮށްލަން ރައްޔިތުންނަށް އަހާ ސުވާލު އޮތީ ޤާނޫނުއަސާސީގެ ތެރެއިން އަދި ރެފަރަންޑަމަކަށް ވޯޓަށް އެހޭ ކަހަލަ ގޮތަކަށް ވެސް ނޫން ކަމަށް އަލިފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވެއްޖެ އެވެ. 

ރާއްޖެޓީވީގެ ނޫނެކޭ ޕްރޮގްރާމުގައި ބިގޭ ވިދާޅުވީ ޤާނޫނުއަސާސީގެ ބާރުތައް ވަރަށް ބޮޑަށް ވަކިވަކިން އޮންނަން ހުރިހާ ބޭފުޅުންގެ ވިސްނުމުގައި ހުރި ނަމަވެސް މިހާރު މި ދަނީ އެ ޤާނޫނުއަސާސީގެ ރޫހާ ވެސް މުޅިން ޚިލާފަށް ކަމަށެވެ. އޭނާ ވިދާޅުވީ މިހާރު ވޯޓު ކަރުދާހުގައި އޮތް ސުވާލުގެ މާނަ ވެސް އޮޅޭ ގޮތަށް ކަމަށާއި، އެއީ ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވާނީތޯ ނޫނީ އެހެން ދުވަހެއްގައި ބާއްވާނީތޯ ސުވާލުކުރާ ގޮތަކަށް ވެސް ނޫން ކަމަށެވެ.

Advertisement - newsAdvertisement

ބިގޭ ވިދާޅުވީ އޭނާ ފެރިދޫއަށް ކުރެއްވި ޒިޔާރަތުގައި ފެރިދޫއިން ދިމާވި މީހަކު ބުނީ މިއީ އެއްގޮތަކަށް ވެސް ވޯޓުދޭންވާނެ އެއްޗެއް ނޫން ކަމަށް ބުނެފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ދެ އިންތިހާބު އެއްކޮށްލައިފި ކަމަށް ވަންޏާމު ފަސް އަހަރު އެއް ފަހަރު ނޫނީ ސަރުކާރުގެ ވެރިން ލޮލުކޮޅަށް ވެސް ނުފެންނާނެ ކަމަށް އެމީހާ ބުނި ކަމަށެވެ. 

މިހާރު އަހަރުން ގާތަށް އެބަ އާދޭ، މަޖިލީހުގެ އިންތިޚާބުގައި ވެސް، ރިޔާސީ އިންތިޚާބުގައި ވެސް، އަދި ކައުންސިލު އިންތިޚާބުގައި ވެސް. ރައްޔިތުން ގާތަށް ސަރުކާރުގެ ވެރިން އެބަ އާދޭ. އައިސް، ކަންތައްތަކެށް ކޮށްދޭން އެބަ ވިދާޅުވޭ. އަދި ނުކުރެވި ހުރި ކަންތައް އޮތް ކަމަށް ވަންޏާމު، ދެން އަންނަ ޖެހިގެން އަންނަ އިންތިޚާބަށް އައިސް އަނެއްކާ އެ ކަންތައްތައް ފަށައިދޭން އެބަ މަސައްކަތްކުރޭ ކޮންމެވެސް ވަރަކަށް. މިކަން ކޮށްފި ކަމަށް ވަންޏާމު، ދެ އިންތިޚާބު އެއްކޮށްލައިފި ކަމަށް ވަންޏާމު، ދެން ފަސް އަހަރު، އެއް ފަހަރު ނޫނީ މިއިން މީހަކު ލޮލުކޮޅަށް ވެސް ނުފެންނާނެ. މިއީ ހަމަ އެ ބޭފުޅުން ދެއްކި ރާގުގައި އެގޮތަށް އަޅުގަނޑު މި ދެންނެވީ އިނގޭތޯ. ޙަޤީޤަތަކީ އެއީ.
އަލިފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ)

އެމަނިކުފާނު ވިދާޅުވީ މިކަމުން ސަލާމަތްވުމަށްޓަކައި މި ވޯޓުގައި ހަމަ ނޫނެކޭ ބުނުން ނޫން ގޮތެއް ނެތް ކަމަށެވެ.

ބިގޭ ވިދާޅުވީ ލާމަރުކަޒީ ގާނޫނުގެ ތެރެއިން ރައްޔިތުން ގާތުގައި ތިބަ ޖަވާބުދާރީކުރުވާނެ ވެރިންތަކެއް ރައްޔިތުން އަމިއްލައަށް އިންތިހާބުކުރަން ރަށްރަށުގައި ކަތީބުގެ ދައުރު ނިންމައިލާފައި ކަނޑައެޅި ނަމަވެސް މިހާރު މި ދަނީ އެ ބާރު ޤާނޫނުއަސާސީގެ ތެރެއިން ނަންގަވަމުން ކަމަށެވެ.

އޭނާ ވިދާޅުވީ އަތޮޅު އޮފީސްތައް އުވާލުމާއި ރަށްތަކުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ބާރުވެރިކަމުގެ ތެރެއިން އެތައް ބައެއް ގެއްލިގެންދިޔަ ކަމަށެވެ. ބިގޭ ވިދާޅުވީ ލޯކަލް ކައުންސިލް މި ދައުރުގައި ފަސް އަހަރުގެ ޓާމްގެ ތެރޭގައި އެ ބޭފުޅުންނަށް ލިބުނީ ސާފު ދެ އަހަރު ވެރިކަން ކުރަން ކަމަށާއި، އެ ދެ އަހަރު ދިޔައީ ކޮވިޑާ ގުޅިގެން ގެއްލުން ކަމަށެވެ.

ބިގޭ ވިދާޅުވީ ސަރުކާރުން އުޅެނީ ހަމައެކަނި ދެ އިންތިހާބެއް  އެއްކުރަން ނޫން ކަމަށާއި، ބާރުތައް އެއްކުރަމުން ގޮސްފައި އެހެން އެއްވެސް މީހަކަށް ހިންދެމިނުން ލެވޭވަރަށް ރައްޔިތުން އަޅުވެތިކޮށްފައި ރައްޔިތުން ބިކަ ކުރުން ނޫން އެހެން ކަމެއް މި ސަރުކާރުން ކުރާ ތަނެއް ނުފެންނަ ކަމަށެވެ.

ރައްޔިތުންގެ މަޖިލިސްލާމަރުކަޒުކުރުންމުހައްމަދު ރަޝީދު ހުސައިން (ބިގޭ)ނޫނެކޭ

ކޮމެންޓް

އިތުރަށް ކިޔާލަން

އީރާން ހަނގުރާމަ: ދިމާވެދާނެ ކުއްލި ހާލަތަކަށް ތައްޔާރުވުމަށް މަޝްވަރާ ކުރުމަށް 241 ކޮމިޓީގެ ބައްދަލުވުމެއް ބާއްވަދޭން އެދެފި

އީރާން ހަނގުރާމަ: ދިމާވެދާނެ ކުއްލި ހާލަތަކަށް ތައްޔާރުވުމަށް މަޝްވަރާ ކުރުމަށް 241 ކޮމިޓީގެ ބައްދަލުވުމެއް ބާއްވަދޭން އެދެފި

22 މާރިޗު 2026
ރައީސް މުއިއްޒު ސަރުކާރުގެ ސިޔާސަތެއް ނެތް، ސިޔާސަތަކަށް ގެންގުޅެނީ ''ގަނޑުކަނޑާ ފޮތަކާއި ކަޅު ދަބަހެއް'' : މެންބަރު ޒިޔާދު

ރައީސް މުއިއްޒު ސަރުކާރުގެ ސިޔާސަތެއް ނެތް، ސިޔާސަތަކަށް ގެންގުޅެނީ ''ގަނޑުކަނޑާ ފޮތަކާއި ކަޅު ދަބަހެއް'' : މެންބަރު ޒިޔާދު

22 މާރިޗު 2026
މުއިއްޒު އެ ގެންނަވަން އުޅުއްވަނީ ރަސްކަލެއްގެ ބާރުގައި ރައީސްކަމުގައި ހުރެވޭނެ ފަދަ ނިޒާމެއް، ކޮންމެހެންވެސް ނޫނެކޭ ބުނަން ޖެހޭ: ވައްޑެ

މުއިއްޒު އެ ގެންނަވަން އުޅުއްވަނީ ރަސްކަލެއްގެ ބާރުގައި ރައީސްކަމުގައި ހުރެވޭނެ ފަދަ ނިޒާމެއް، ކޮންމެހެންވެސް ނޫނެކޭ ބުނަން ޖެހޭ: ވައްޑެ

22 މާރިޗު 2026
އިލެކްޝަންސް ކޮމިޝަނުގެ ޤާނޫނަށްވުރެ އެ ކޮމިޝަނުން އިސްކުރަނީ ރައީސް ފޮނުއްވެވި ޤަރާރު، ނޫނެކޭ ބުނަންޖެހެނީ އެހެންވެ: ވަހީދު

އިލެކްޝަންސް ކޮމިޝަނުގެ ޤާނޫނަށްވުރެ އެ ކޮމިޝަނުން އިސްކުރަނީ ރައީސް ފޮނުއްވެވި ޤަރާރު، ނޫނެކޭ ބުނަންޖެހެނީ އެހެންވެ: ވަހީދު

22 މާރިޗު 2026
ރެފަރެންޑަމްގަ ނޫނެކޭ ބުނަން ޖެހެނީ ބަސް ބުނުމުގެ މިނިވަންކަމާ ހައްގުތަކާ ބާރުތައް އަތުގަ އޮންނަން އެދޭތީ: ކުޑޫ

ރެފަރެންޑަމްގަ ނޫނެކޭ ބުނަން ޖެހެނީ ބަސް ބުނުމުގެ މިނިވަންކަމާ ހައްގުތަކާ ބާރުތައް އަތުގަ އޮންނަން އެދޭތީ: ކުޑޫ

22 މާރިޗު 2026

އަހަރުތަކުން މިއަދު

25 މެއި
އެންމެ ފަހުން އެޗްއާރުސީއެމް ވެސް ގާނޫނާ ޚިލާފުވެއްޖެ ކަމަށް ކަނޑައަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

އެންމެ ފަހުން އެޗްއާރުސީއެމް ވެސް ގާނޫނާ ޚިލާފުވެއްޖެ ކަމަށް ކަނޑައަޅައިފި

ސަރުކާރު އުޅެނީ، ޕާން ފޮތި ބޭނުންވެގެން ހިޔަޅު އުޅުނުހެން!
20242 އަހަރު ކުރިން
ރިޕޯޓު

ސަރުކާރު އުޅެނީ، ޕާން ފޮތި ބޭނުންވެގެން ހިޔަޅު އުޅުނުހެން!

ދަސްވެނީންގެ ހަފްލާގައި ޝަރަފުވެރި މެހެމާނުގެ އިތުރުން ރައީސް ބަލަދުވެރިޔަކަށް
20233 އަހަރު ކުރިން
ރާއްޖެ

ދަސްވެނީންގެ ހަފްލާގައި ޝަރަފުވެރި މެހެމާނުގެ އިތުރުން ރައީސް ބަލަދުވެރިޔަކަށް

ޖޯޑަންގެ މި އަންހެން މީހާ ވަޔަރުތައް ބަދަލުކޮށްލަނީ ރީތީ ޓްރޭތަކަށް
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޖޯޑަންގެ މި އަންހެން މީހާ ވަޔަރުތައް ބަދަލުކޮށްލަނީ ރީތީ ޓްރޭތަކަށް

17 މުވައްޒަފުންނާއެކު ރާއްޖެޓީވީ އަނެއްކާވެސް ލޮކްޑައުންއަކަށް!
20215 އަހަރު ކުރިން
ރާއްޖެ

17 މުވައްޒަފުންނާއެކު ރާއްޖެޓީވީ އަނެއްކާވެސް ލޮކްޑައުންއަކަށް!

މުލައްދަނޑިން އިންސާފު ހޯދުން: ބޮޑު ގޯހެއްގެ ފެށުން!
20197 އަހަރު ކުރިން
ރިޕޯޓު

މުލައްދަނޑިން އިންސާފު ހޯދުން: ބޮޑު ގޯހެއްގެ ފެށުން!

ޗިކަން ޝަވަރުމާ
20188 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކަން ޝަވަރުމާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު