Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައްޔިތުންގެ މަޖިލިސް

ހަނގުރާމައިގެ އަސަރު ކުރާއިރުވެސް މަޖިލިސް އޮތީ ވާކޮށްލާފައި، ވަޒީރުން ހާޒިރުކޮށްދެއްވާ: މީކާއިލް

މެދުއިރުމަތީގެ ހަނގުރާމައިގެ ނުރައްކާ ރާއްޖެއަށް އޮތް މިންވަރާއި ވައިގެ ސަރަހައްދުގެ ރައްކާތެރިކަމާ ގުޅޭގޮތުން ޑިފެންސް މިނިސްޓަރާ ސުވާލުކުރުމަށް މެންބަރު މީކާއިލް ނަސީމް ހުށަހަޅުއްވައިފި. މަޖިލީހުގެ ގަވާއިދާ އެއްގޮތަށް ޖަލްސާތައް ނުބާއްވާތީ ކަންބޮޑުވުން ފާޅުކުރައްވަމުން، ސަރުކާރު ޖަވާބުދާރީ ކުރުވުމަށްޓަކައި ވަޒީރުން މަޖިލީހަށް ހާޒިރުކޮށްދެއްވުމަށް އޭނާ ވަނީ އެދިވަޑައިގެންފަ. މި މައްސަލައިގައި އިދިކޮޅު މެންބަރުންގެ ފާޑުކިޔުން ސަރުކާރަށާއި މަޖިލީހުގެ ރިޔާސަތަށް ވަނީ އަމާޒުވެފަ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 23 މާރިޗު 2026 | ހޯމަ 06:58
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް | މަޖިލިސް

ހަނގުރާމައިގެ ނޭދެވޭ އަސަރު ރާއްޖޭގެ އާންމު ރައްޔިތުންނަށް ފޯރަމުންދާއިރު، ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ޒިންމާ އޮތް ރައްޔިތުންގެ މަޖިލިސް ވަނީ ވާކޮށްލާފައި ކަމަށާއި އެކަމާ ގުޅޭ މައުލޫމާތު ހާމަ ކުރުމަށް މަޖިލީހަށް ވަޒީރު ހާޒިރު ކޮށްދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމް އެދިވަޑައިގެންފި އެވެ. 

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ޓެގް ކުރައްވައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މީކާއިލް ވިދާޅުވީ ހަނގުރާމައިގެ ނޭދެވޭ އަސަރު ރާއްޖޭގެ އާންމު ރައްޔިތުންނަށް ފޯރަމުންދާއިރު، ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ޒިންމާ އޮތް ރައްޔިތުންގެ މަޖިލިސް ވަނީ ވާކޮށްފައި ކަމަށެވެ. އަދި ގަވާއިދުގެ ދަށުން ބާއްވަން ލާޒިމް ޖަލްސާތައް ވެސް ނުބާއްވާއިރު، ޕީއެންސީ އޮތީ ކެންޕޭނަށް ހުސްވެ ކަމަށެވެ. 

Advertisement - newsAdvertisement

މީކާއިލް ވަނީ ވަޒީރުން ހާޒިރުކޮށްދެއްވުމަށް ވެސް އެދިވަޑައިގެންފައެވެ. 

އެ ޕޯސްޓާއެކު މެންބަރު ވަނީ ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން މަޖިލީހަށް ހާޒިރު ކުރަން އެދި، ކުރައްވަން ހުށަހަޅުއްވާފައިވާ ސުވާލުތައް ވެސް ހިއްސާ ކުރައްވާފަ އެވެ. އެގޮތުން މެންބަރު ވަނީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ނުރައްކާތެރިކަން  ދިވެހިރާއްޖެ އަށް އޮތީ ކިހާ މިންވަރަކަށް ކަން ދެނެގަނެވިފައިވާ ނަމަ އެ ކަމަށް ތައްޔާރު ވުމުގެ ގޮތުން އަޅަނީ ކޮން ފިޔަވަޅުތަކެއްތޯ މިނިސްޓަރާ ސުވާލު ކުރައްވާފަ އެވެ. 

އޭގެ އިތުރުން ދިވެހިރާއްޖޭގެ ވައިގެ ސަރަހައްދު ހުރަސްކޮށް ޑިއެގޯ ގާސިއާ އަށް ހަމަލާ ދީފައިވާއިރު އެކަން ދިވެހިރާއްޖޭގެ ދިފާއީ ބާރަށް އެނގިފައިވޭތޯ ސުވާލު ކުރެއްވުމާއި އެފަދަ ކަންކަމުން ދިމާވެދާނެ ނުރައްކަލަކުން ދިވެހި ރައްޔިތުން ސަލާމަތް ކުރުމަށް ދިވެހިރާއްޖޭގެ ވައިގެ ސަރަހައްދުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް މިހާތަނަށް އެއްވެސް ކަމެއް ކޮށްފައިވޭތޯ މިނިސްޓަރާ ސުވާލު ކުރުމަށް ވެސް ހިމަނުއްވާފައި ވެ އެވެ. 

މަޖިލީހުގެ ޖަލްސާތައް މަޖިލީހުގެ ގަވާއިދުގައި ލާޒިމު ކުރާ ދުވަސްތަކުގައި ވެސް ނުބާއްވާ، މެންބަރުންނަށް ވާނުވާ ވެސް އެންގުމެއް ނެތި ޖަލްސާތައް ކެންސަލް ކުރާ މައްސަލަ ވަނީ ބޮޑުވެފަ އެވެ. މިކަމުގެ ކަންބޮޑުވުން އިދިކޮޅު މެންބަރުން ދަނީ ތަކުރާރު ކޮށް ފާޅުކުރައްވަމުންނެވެ. 

މީކާއިލް އަހުމަދު ނަސީމްއަބްދުއްރަހީމް އަބްދުﷲޣައްސާން މައުމޫންރައްޔިތުންގެ މަޖިލިސް

ކޮމެންޓް

އިތުރަށް ކިޔާލަން

ދެ އިންތިހާބު އެއްކޮށްލަން އަހާ ސުވާލު އޮތީ ޤާނޫނުއަސާސީގެ ތެރެއިން އަދި ރެފަރަންޑަމަކަށް ވޯޓަށް އެހޭ ކަހަލަ ގޮތަކަށް ވެސް ނޫން: ބިގޭ

ދެ އިންތިހާބު އެއްކޮށްލަން އަހާ ސުވާލު އޮތީ ޤާނޫނުއަސާސީގެ ތެރެއިން އަދި ރެފަރަންޑަމަކަށް ވޯޓަށް އެހޭ ކަހަލަ ގޮތަކަށް ވެސް ނޫން: ބިގޭ

23 މާރިޗު 2026
އީރާން ހަނގުރާމަ: ދިމާވެދާނެ ކުއްލި ހާލަތަކަށް ތައްޔާރުވުމަށް މަޝްވަރާ ކުރުމަށް 241 ކޮމިޓީގެ ބައްދަލުވުމެއް ބާއްވަދޭން އެދެފި

އީރާން ހަނގުރާމަ: ދިމާވެދާނެ ކުއްލި ހާލަތަކަށް ތައްޔާރުވުމަށް މަޝްވަރާ ކުރުމަށް 241 ކޮމިޓީގެ ބައްދަލުވުމެއް ބާއްވަދޭން އެދެފި

22 މާރިޗު 2026
ރެފަރެންޑަމްގަ ނޫނެކޭ ބުނަން ޖެހެނީ ބަސް ބުނުމުގެ މިނިވަންކަމާ ހައްގުތަކާ ބާރުތައް އަތުގަ އޮންނަން އެދޭތީ: ކުޑޫ

ރެފަރެންޑަމްގަ ނޫނެކޭ ބުނަން ޖެހެނީ ބަސް ބުނުމުގެ މިނިވަންކަމާ ހައްގުތަކާ ބާރުތައް އަތުގަ އޮންނަން އެދޭތީ: ކުޑޫ

22 މާރިޗު 2026
އިންތިޚާބުތަކާއެކު ރައްޔިތުންގެ ގާތަށް ދާން ޖެހޭ ދިއުން، ރައްޔިތުން ނުކުމެ ބަދަލު ކޮށްގެން ނުވާނެ: މެންބަރު ޒިޔާދު

އިންތިޚާބުތަކާއެކު ރައްޔިތުންގެ ގާތަށް ދާން ޖެހޭ ދިއުން، ރައްޔިތުން ނުކުމެ ބަދަލު ކޮށްގެން ނުވާނެ: މެންބަރު ޒިޔާދު

21 މާރިޗު 2026
އެމްޑީޕީ ޕިކަޕް ޖަލްސާ: "ޚަރަދު ކުޑަކުރަން ކުރަން ބޭނުން ކަމަކީ ރައްޔިތުންގެ އަޑު ނޭހުން. ސަރުކާރުން މަހެއްގެ މައްޗަށް 54 މިލިއަން ރުފިޔާ ހޭދަކުރޭ"

އެމްޑީޕީ ޕިކަޕް ޖަލްސާ: "ޚަރަދު ކުޑަކުރަން ކުރަން ބޭނުން ކަމަކީ ރައްޔިތުންގެ އަޑު ނޭހުން. ސަރުކާރުން މަހެއްގެ މައްޗަށް 54 މިލިއަން ރުފިޔާ ހޭދަކުރޭ"

20 މާރިޗު 2026

އަހަރުތަކުން މިއަދު

25 މެއި
އެންމެ ފަހުން އެޗްއާރުސީއެމް ވެސް ގާނޫނާ ޚިލާފުވެއްޖެ ކަމަށް ކަނޑައަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

އެންމެ ފަހުން އެޗްއާރުސީއެމް ވެސް ގާނޫނާ ޚިލާފުވެއްޖެ ކަމަށް ކަނޑައަޅައިފި

ސަރުކާރު އުޅެނީ، ޕާން ފޮތި ބޭނުންވެގެން ހިޔަޅު އުޅުނުހެން!
20242 އަހަރު ކުރިން
ރިޕޯޓު

ސަރުކާރު އުޅެނީ، ޕާން ފޮތި ބޭނުންވެގެން ހިޔަޅު އުޅުނުހެން!

ދަސްވެނީންގެ ހަފްލާގައި ޝަރަފުވެރި މެހެމާނުގެ އިތުރުން ރައީސް ބަލަދުވެރިޔަކަށް
20233 އަހަރު ކުރިން
ރާއްޖެ

ދަސްވެނީންގެ ހަފްލާގައި ޝަރަފުވެރި މެހެމާނުގެ އިތުރުން ރައީސް ބަލަދުވެރިޔަކަށް

ޖޯޑަންގެ މި އަންހެން މީހާ ވަޔަރުތައް ބަދަލުކޮށްލަނީ ރީތީ ޓްރޭތަކަށް
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޖޯޑަންގެ މި އަންހެން މީހާ ވަޔަރުތައް ބަދަލުކޮށްލަނީ ރީތީ ޓްރޭތަކަށް

17 މުވައްޒަފުންނާއެކު ރާއްޖެޓީވީ އަނެއްކާވެސް ލޮކްޑައުންއަކަށް!
20215 އަހަރު ކުރިން
ރާއްޖެ

17 މުވައްޒަފުންނާއެކު ރާއްޖެޓީވީ އަނެއްކާވެސް ލޮކްޑައުންއަކަށް!

މުލައްދަނޑިން އިންސާފު ހޯދުން: ބޮޑު ގޯހެއްގެ ފެށުން!
20197 އަހަރު ކުރިން
ރިޕޯޓު

މުލައްދަނޑިން އިންސާފު ހޯދުން: ބޮޑު ގޯހެއްގެ ފެށުން!

ޗިކަން ޝަވަރުމާ
20188 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކަން ޝަވަރުމާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު