Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސަރުކާރުގެ ނުފޫޒު

އޭޕްރީލް 4 ގައި ނަގާ ވޯޓުތަކަށް ސަރުކާރުން ފާޅުގައި ނުފޫޒު ފޯރުވަމުންދާ ކަމަށް ބުނެ އެމްޑީޕީން އޭސީސީއަށް: އޭސީސީން ބުނީ ބަލަމުންދާ ކަމަށް!

24 މާރިޗު 2026 | އަންގާރަ 07:50

ނިޔާޒް ވިދާޅުވި ގޮތުގައި ސަރުކާރުން އެކަންކަން އެއްވެސް ހައްދެއްނެތި ކުރަމުންދަނީ ސަރުކާރަށް ފާރަވެރިވާނެ ބަޔަކު މިއަދު ނެތްކަން ޔަޤީންވާތީ.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 24 މާރިޗު 2026 | އަންގާރަ 07:50
އެމްޑީޕީން އެންޓި ކޮރަޕްޝަން ކޮމިޝަނާ ބައްދަލުކުރުން.

އެމްޑީޕީން އެންޓި ކޮރަޕްޝަން ކޮމިޝަނާ ބައްދަލުކުރުން. | ރާއްޖެ އެމްވީ

އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ނަގާ ކައުންސިލް އިންތިޚާބާ ގުޅޭ ވޯޓާއި ޑަބްލިއުޑީސީ އަދި ރެފަރެންޑަމް ވޯޓަށް ސަރުކާރުން ނުފޫޒު ފޯރުވަމުންދާކަމަށް ބުނެ އިދިކޮޅު އެމްޑީޕީން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ސަމާލުކަމަށް އެކަން ގެނެސްފި އެވެ.

އެމްޑީޕީން ވަނީ ރެފަރެންޑަމް ވޯޓާއި ކައުންސިލް އިންތިޚާބާ ގުޅޭގޮތުން މަސައްކަތް ކުރުމަށް އެ ޕާޓީގެ ތެރެއިން ކޮމިޓީތައް އެކުލަވާލާފަ އެވެ. އެގޮތުން އެ ކޮމިޓީތަކުގެ ފަރާތުން ފާއިތުވި ދުވަސްތަކުގައި ވަނީ ދައުލަތުގެ ކަމާ ގުޅުންހުރި އިދާރާތަކާ ބައްދަލުކޮށް ކަންބޮޑުވުންތައް ހިއްސާކޮށްފަ އެވެ.

Advertisement - newsAdvertisement

އަންގާރަ ދުވަހު އެމްޑީޕީން އެންޓި ކޮރަޕްޝަން ކޮމިޝަނާވެސް ބައްދަލުކޮށްފައިވާއިރު، މި ބައްދަލުކުރެއްވުން ނިންމަވާލެއްވުމަށްފަހު ރާއްޖެޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި  ހުޅުމާލޭ ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޔާޒު ވިދާޅުވީ، އިންތިޚާބާ ބެހޭ ޤާނޫނުގެ ބޭރުން މި ވޯޓުތަކަށް ނާޖާއިޒު ނުފޫޒު ފޯރުވަމުންދާ ކަމަށެވެ.

އެހެންކަމުން ސަރުކާރުގެ ފަރާތުން އަންނަ ނުފޫޒުން އެއްކިބާވުމަށްޓަކައި މުއައްސަސާތަކުން ކުރަމުންދަނީ ކޮން މަސައްކަތެއްތޯ މި ބައްދަލުވުންތަކުގައި ސާފު ކުރަމުންދާކަންވެސް ނިޔާޒު ފާހަގަ ކުރެއްވި އެވެ.

ނިޔާޒު ވިދާޅުވީ، ކައުންސިލުގެ ފަހު އަހަރު ބިންތައް ބެހުމާއި ބޮޑެތި މަޝްރޫއުތައް ހިންގުން ހުއްޓުވުމަށް  މި ސަރުކާރުން ލާމަރުކަޒީ ޤާނޫނަށް އިސްލާޙު ގެނެސްފައިވާ ކަމަށެވެ. އެގޮތުން އެ އިސްލާހުގައިވާ ގޮތުން، ކައުންސިލްތަކުގެ ފަހު އަހަރު ކައުންސިލްގެ އިދާރާތަކަށް މުވައްޒަފުން ނެގުމާއި ބިންތައް ދޫކުރުމުގައި ފިނޭންސް މިނިސްޓްރީ އާއި އެލްޖީއޭގެ ހުއްދަ ހޯދަން ޖެހެ އެވެ.

އެ އިސްލާހުގެ ދަށުން އެލްޖީއޭ އިން ހެދި އުސޫލުގައި ވަނީ އެ ހުއްދަތައް ހޯދަން ކައުންސިލްތަކުން އެ އޮތޯރިޓީ އާއި ފިނޭންސް މިނިސްޓްރީއަށް ހުށަހަޅަން ޖެހޭނެ ލިޔެކިޔުންތަކާއި ހުއްދަ ދިނުމުގައި އަމަލުކުރާނެ ގޮތްތައް ތަފުސީލުކޮށް ބަޔާންކޮށްފަ އެވެ.

ނިޔާޒު ވިދާޅުވި ގޮތުގައި އެއީ މި ސަރުކާރުން ހެޔޮ ނިޔަތުގައި ގެނައި އިސްލާޙެއް ނޫނެވެ. 

އެއީ މި ސަރުކާރުން ހެޔޮ ނިޔަތުގައި ގެނައި އިސްލާޙެއް ނޫން، ސަބަބަކީ ސަރުކާރުން މިއަދުވެސް ޕްރޮޖެކްޓުތައް ދެނީ، މިއަދުވެސް މުވައްޒަފުން ނަގަނީ.
ހުޅުމާލޭ ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޔާޒު 


ނިޔާޒު އިތުރަށް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިލެކްޝަންސް ކޮމިޝަނަށް ނުފޫޒު ފޯރުވަމުންދާކަންވެސް އެމްޑީޕީން އޭސީސީގެ ސަމާލުކަމަށް ގެނެސްފައިވާނެ ކަމަށެވެ. އަދި ވިދާޅުވީ، އެކަންކަން ބަލަމުންދާކަމަށް އޭސީސީން ބުނެފައިވާކަމަށެވެ.

އެމްޑީޕީން އެންޓި ކޮރަޕްޝަން ކޮމިޝަނާ ބައްދަލުކުރުން

އެމްޑީޕީން އެންޓި ކޮރަޕްޝަން ކޮމިޝަނާ ބައްދަލުކުރުން

ނިޔާޒް ވިދާޅުވި ގޮތުގައި ސަރުކާރުން އެކަންކަން އެއްވެސް ހައްދެއްނެތި ކުރަމުންދަނީ ސަރުކާރަށް ފާރަވެރިވާނެ ބަޔަކު މިއަދު ނެތްކަން ޔަޤީންވާތީއެވެ.  

ވަޒީފާތައް ބެހުން ފަދަ ކަންކަން ހައްދެއް ނެތި އެ ކުރަނީ، އަޅުގަނޑުމެންނަށް ޤަބޫލު ކުރެވެނީ އެގޮތަށް އެ ކަން އެ ކުރަނީ އެބޭފުޅުންނަށް ފާރަލާނެ ބަޔަކު ނެތްކަން ސަރުކާރަށް ޔަޤީންވާތީއޭ.
ހުޅުމާލޭ ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޔާޒު 

މީގެ އިތުރުން، ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓުގެ ނަމުގައި ނަގަން މަސައްކަތް ކުރާ ވޯޓާ ގުޅޭ ފުރިހަމަ މައުލޫމާތު ވެސް ރައްޔިތުންނަށް ނުލިބޭކަމަށް ނިޔާޒް ވަނީ ވިދާޅުވެފައެވެ. އަދި ދެ އިންތިހާބު އެއްކޮށްލުމަށް ގާނޫނުއަސާސީއަށް އިސްލާހު ގެނައީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބަލިވާނެކަން އިނގޭތީ، އެ އިންތިހާބަށް ނުފޫޒު ފޯރުވައިގެން ކާމިޔާބުކުރުމަށް ކަމަށް އެމްޑީޕީން ގެންދަނީ ބުނަމުންނެވެ.

 

ނިޔާޒުއޭސީސީއެމްޑީޕީނޫނެކޭއިލެކްޝަންސް ކޮމިޝަން

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

24 މާރިޗު 2026

ފެންނަ ނުފެންނަ ވޯޓު ކަރުދާހުގެ ސުވާލު ވަނީ އޮޅުވާލާފަ: ޝާތިރު

24 މާރިޗު 2026
ފެންނަ ނުފެންނަ ވޯޓު ކަރުދާހުގެ ސުވާލު ވަނީ އޮޅުވާލާފަ: ޝާތިރު
23 މާރިޗު 2026

ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާ އކަީ މަޖިލިސް އުވާލުން ކަމަށް ވެދާނެ، މިއީ ރިޔާސީ ނިޒާމެއްގައި ކުރެވޭނެ ކަމެއް ނޫން: ޖިނާހު

23 މާރިޗު 2026
ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާ އކަީ މަޖިލިސް އުވާލުން ކަމަށް ވެދާނެ، މިއީ ރިޔާސީ ނިޒާމެއްގައި ކުރެވޭނެ ކަމެއް ނޫން: ޖިނާހު
23 މާރިޗު 2026

ދެ އިންތިޚާބު އެއްކޮށްލުމުން މަޖިލީހަށް ހޮވޭ މެމްބަރުން ވާނީ ރައީސް ވިދާޅުވާހާ ގޮތަކަށް އަމަލުކުރާ ޕްރޮކްސީ މެމްބަރުންނަށް: އަސްލަމް

23 މާރިޗު 2026
ދެ އިންތިޚާބު އެއްކޮށްލުމުން މަޖިލީހަށް ހޮވޭ މެމްބަރުން ވާނީ ރައީސް ވިދާޅުވާހާ ގޮތަކަށް އަމަލުކުރާ ޕްރޮކްސީ މެމްބަރުންނަށް: އަސްލަމް
23 މާރިޗު 2026

ސަރުކާރުން އުޅެނީ މުއިއްޒު ބޭނުންފުޅުވާ ކޮންމެ ވަގުތެއްގައި މަޖިލިސް އުވާލެވޭނެ ފަދަ ހީލަތެއް ހަދަން: ބޮންޑާ

23 މާރިޗު 2026
ސަރުކާރުން އުޅެނީ މުއިއްޒު ބޭނުންފުޅުވާ ކޮންމެ ވަގުތެއްގައި މަޖިލިސް އުވާލެވޭނެ ފަދަ ހީލަތެއް ހަދަން: ބޮންޑާ
23 މާރިޗު 2026

އެލްޖީއޭ އިން ނުހައްގުން ސަސްޕެންޑް ކުރި ހޯރަފުށީ ކައުންސިލްގެ ރައީސް އެނބުރި އޮފީހަށް ނިކުތުމުން ރަތްދޫލައިގެ މަރުހަބާ އެއް

23 މާރިޗު 2026
 އެލްޖީއޭ އިން ނުހައްގުން ސަސްޕެންޑް ކުރި ހޯރަފުށީ ކައުންސިލްގެ ރައީސް އެނބުރި އޮފީހަށް ނިކުތުމުން ރަތްދޫލައިގެ މަރުހަބާ އެއް
23 މާރިޗު 2026

ރައްޔިތުން ގަބޫލުކުރަނީ ފެންނަ ނުފެންނަ އިންތިހާބަކީ ޕީއެންސީ އިން ދާއިމަށް ވެރިކަމުގައި ތިބެން ކުރާ ކަމެއްގެ ގޮތުގައި: ދޮންބިލެތް

23 މާރިޗު 2026
ރައްޔިތުން ގަބޫލުކުރަނީ ފެންނަ ނުފެންނަ އިންތިހާބަކީ ޕީއެންސީ އިން ދާއިމަށް ވެރިކަމުގައި ތިބެން ކުރާ ކަމެއްގެ ގޮތުގައި: ދޮންބިލެތް
23 މާރިޗު 2026

ވޯޓަށް ނުފޫޒުފޯރުވުމަށް ވަޒީފާތައް މެދުވެރިކޮށް ރައްޔިތުންގެ ހައްގުތަކަށް އަރައިގަންނަމުންދާ ކަމަށް ބުނެ އެމްޑީޕީ އިން އެޗްއާރްސީއެމް އަށް

23 މާރިޗު 2026
ވޯޓަށް ނުފޫޒުފޯރުވުމަށް ވަޒީފާތައް މެދުވެރިކޮށް ރައްޔިތުންގެ ހައްގުތަކަށް އަރައިގަންނަމުންދާ ކަމަށް ބުނެ އެމްޑީޕީ އިން އެޗްއާރްސީއެމް އަށް
23 މާރިޗު 2026

ރެފަރެންޑަމް ވޯޓުގައި އާނއެކޭ ބުނެއްޖެނަމަ ރައީސަށް ހުރިހާ ބާރެއް ލިބޭނެ، އެހިސާބުން ފެނާއި ކަރަންޓުގެ އަގުވެސް ބޮޑުވާނެ: އިލްހާމް

23 މާރިޗު 2026
ރެފަރެންޑަމް ވޯޓުގައި އާނއެކޭ ބުނެއްޖެނަމަ ރައީސަށް ހުރިހާ ބާރެއް ލިބޭނެ، އެހިސާބުން ފެނާއި ކަރަންޓުގެ އަގުވެސް ބޮޑުވާނެ: އިލްހާމް
23 މާރިޗު 2026

ރައީސްގެ ޤަރާރާ ގުޅިގެން އެމްޑީޕީން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އާންމު އުސޫލާ ޚިލާފަށް ލަސްކުރަމުންދާކަން ފާހަގަވޭ: މައުރޫފް

23 މާރިޗު 2026
ރައީސްގެ ޤަރާރާ ގުޅިގެން އެމްޑީޕީން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އާންމު އުސޫލާ ޚިލާފަށް ލަސްކުރަމުންދާކަން ފާހަގަވޭ: މައުރޫފް
23 މާރިޗު 2026

ރެފަރެންޑަމް ވޯޓުގެ ސުވާލު އިބާރާތްކޮށްފައިވަނީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިގެންފި

23 މާރިޗު 2026
ރެފަރެންޑަމް ވޯޓުގެ ސުވާލު އިބާރާތްކޮށްފައިވަނީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިގެންފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް