Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހޯރަފުށި ކައުންސިލް

އެލްޖީއޭ އިން ނުހައްގުން ސަސްޕެންޑް ކުރި ހޯރަފުށީ ކައުންސިލްގެ ރައީސް އެނބުރި އޮފީހަށް ނިކުތުމުން ރަތްދޫލައިގެ މަރުހަބާ އެއް

23 މާރިޗު 2026 | ހޯމަ 13:20

މި ސަސްޕެންޝަނަކީ ސިޔާސީ ނުފޫޒުން ނު ހައްގުން ދީފައިވާ އަދަބެއް ކަމަށް ކައުންސިލުން ހާމަކުރެއެވެ. އެކަންސިލުގެ ހުރިހާ މެމްބަރުންނަކީ ވެސް އެމްޑީޕީގެ މެމްބަރުންނެވެ. މި މައްސަލާގައި އިތުރު މުވައްޒަފުންނަށް ފިޔަވަޅު އަޅާނެ ކަމުގެ އިޝާރާތެއް އެލްޖީއޭ އިން މީގެ ކުރިން ދީފައިވޭ. އެހެންނަމަވެސް، ވަހީދުގެ ސަސްޕެންޝަންގެ މުއްދަތު ހަމަވެ އޭނާ އޮފީހަށް ނިކުތްއިރުވެސް، މި މައްސަލައާ ގުޅިގެން އެރަށު ކައުންސިލްގެ އެއްވެސް މުވައްޒަފެއްގެ މައްސަލައެއް ދައުލަތުގެ އިދާރާއަކަށް ހުށަހަޅާފައިވާކަން އެނގޭކަށް ނެތް.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް | 23 މާރިޗު 2026 | ހޯމަ 13:20

ކައުންސިލްގެ ރައީސްކަމުގެ މަސްއޫލިއްޔަތާ ހަވާލުވުމަށް އާދީއްތަ ދުވަހު ވަހީދު އަނބުރާ އޮފީހަށް ނިކުތުމުން އޭނާ އަށް ކައުންސިލް މުވައްޒަފުން ވަނީ ރަތްދޫލައިގެ މަރުހަބާ އެއް ދަންނަވާފަ | ހޯރަފުށީ ކައުންސިލް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ތިން މަސް ދުވަހުގެ މުއްދަތަށް ސަސްޕެންޑް ކުރި ހއ. ހޯރަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު، ސަސްޕެންޝަންގެ މުއްދަތު ހަމަވުމުން ހޯމަ ދުވަހު އެނބުރި މަސައްކަތަށް ނިކުމެވަޑައިގެންފި އެވެ.

ކައުންސިލްގެ ރައީސްކަމުގެ މަސްއޫލިއްޔަތުތަކާ އަލުން ހަވާލުވުމަށް އޭނާ އޮފީހަށް ނިކުމެވަޑައިގަތުމުން، ކައުންސިލްގެ މުވައްޒަފުން ވަނީ އޭނާ އަށް ރަތްދޫލައިގެ ހޫނު މަރުހަބާއެއް ދަންނަވާފަ އެވެ.

Advertisement - newsAdvertisement

ވަހީދު އެނބުރި މަސައްކަތަށް ނިކުމެވަޑައިގަތުމުން ކައުންސިލްގެ އިދާރާގައި ބޭއްވި މަރުހަބާ ދެންނެވުމުގެ ހަރަކާތުގައި ކައުންސިލްގެ މެންބަރުންނާއި މުވައްޒަފުން ބައިވެރިވެ، އޭނާއަށް ކައުންސިލްގެ ފުރިހަމަ އެއްބާރުލުން އޮތްކަން ވަނީ ހާމަކޮށްފަ.

ވަހީދު މަގާމުން ސަސްޕެންޑް ކުރީ 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 8 ވަނަ ދުވަހު އެވެ. އެލްޖީއޭ އިން އޭރު ބުނެފައިވަނީ އޭނާ ސަސްޕެންޑް ކުރަން ނިންމީ ހޯރަފުށީ ކައުންސިލުން ލާމަރުކަޒީ ގާނޫނާއި، ލޯކަލް ކައުންސިލްތަކުގެ އާންމު އިޖުރާއީ ގަވާއިދުގެ އިތުރުން މާލިއްޔަތު ގަވާއިދާ ހިލާފަށް އަމަލުކޮށްފައިވާކަން އެ އޮތޯރިޓީ އަށް ފާހަގަކުރެވިގެން ކަމަށެވެ. ނަމަވެސް މި ސަސްޕެންޝަނަކީ ނުހައްގުން ދީފައިވާ އަދަބެއް ކަމަށް ކައުންސިލުން ވަނީ ސިފަކޮށްފަ އެވެ.

މި މައްސަލައާ ގުޅިގެން ހޯރަފުށީ ކައުންސިލްގެ އިތުރު މުވައްޒަފުންނަށް ވެސް ފިޔަވަޅު އަޅާނެ ކަމުގެ އިޝާރާތެއް އެލްޖީއޭ އިން މީގެ ކުރިން ދީފައިވެ އެވެ. އެގޮތުން ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އާއި އިދާރީ އެހެން މުވައްޒަފެއްގެ އިހުމާލު މިކަމުގައި ހިމެނޭނަމަ، އެ މުވައްޒަފުންގެ މައްސަލަ ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް ހުށަހަޅާނެ ކަމަށް އެލްޖީއޭ އިން ބުނެފައިވެ އެވެ. އެހެންނަމަވެސް، ވަހީދުގެ ސަސްޕެންޝަންގެ މުއްދަތު ހަމަވެ އޭނާ އޮފީހަށް ނިކުތްއިރުވެސް، މި މައްސަލައާ ގުޅިގެން އެރަށު ކައުންސިލްގެ އެއްވެސް މުވައްޒަފެއްގެ މައްސަލައެއް ދައުލަތުގެ އިދާރާއަކަށް ހުށަހަޅާފައިވާކަން އެނގޭކަށް ނެތެވެ.

ހޯރަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު ހިމެނޭ ގޮތަށް އެ ކައުންސިލްގެ ހުރިހާ މެންބަރުންނަކީ ވެސް އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ މެންބަރުންނެވެ. އެހެންކަމުން، ކައުންސިލްގެ ރައީސަށް ފިޔަވަޅު އެޅުމަކީ ސިޔާސީ ނުފޫޒުން ކޮށްފައިވާ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ތުހުމަތު ކުރަމުންނެވެ.

ވަހީދު އެނބުރި މަސައްކަތަށް ނިކުމެވަޑައިގަތުމުން ކައުންސިލްގެ އިދާރާގައި ބޭއްވި މަރުހަބާ ދެންނެވުމުގެ ހަރަކާތުގައި ކައުންސިލްގެ މެންބަރުންނާއި މުވައްޒަފުން ބައިވެރިވެ، އޭނާއަށް ކައުންސިލްގެ ފުރިހަމަ އެއްބާރުލުން އޮތްކަން ވަނީ ހާމަކޮށްފަ އެވެ. 

ލޯކަލް ގަވަމަންޓް އޮތޯރިޓީހއ. ހޯރަފުށިއެމްޑީޕީމުހައްމަދު ވަހީދު

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

23 މާރިޗު 2026

ރައްޔިތުން ގަބޫލުކުރަނީ ފެންނަ ނުފެންނަ އިންތިހާބަކީ ޕީއެންސީ އިން ދާއިމަށް ވެރިކަމުގައި ތިބެން ކުރާ ކަމެއްގެ ގޮތުގައި: ދޮންބިލެތް

23 މާރިޗު 2026
ރައްޔިތުން ގަބޫލުކުރަނީ ފެންނަ ނުފެންނަ އިންތިހާބަކީ ޕީއެންސީ އިން ދާއިމަށް ވެރިކަމުގައި ތިބެން ކުރާ ކަމެއްގެ ގޮތުގައި: ދޮންބިލެތް
23 މާރިޗު 2026

ވޯޓަށް ނުފޫޒުފޯރުވުމަށް ވަޒީފާތައް މެދުވެރިކޮށް ރައްޔިތުންގެ ހައްގުތަކަށް އަރައިގަންނަމުންދާ ކަމަށް ބުނެ އެމްޑީޕީ އިން އެޗްއާރްސީއެމް އަށް

23 މާރިޗު 2026
ވޯޓަށް ނުފޫޒުފޯރުވުމަށް ވަޒީފާތައް މެދުވެރިކޮށް ރައްޔިތުންގެ ހައްގުތަކަށް އަރައިގަންނަމުންދާ ކަމަށް ބުނެ އެމްޑީޕީ އިން އެޗްއާރްސީއެމް އަށް
22 މާރިޗު 2026

އެމްޑީޕީ ޕިކަޕް ޖަލްސާ: "ވެރިކަމަށް އާދެވުނީ އޮޅުވާލައިގެން ކަމަށް ވާތީ ރައީސް މުއިއްޒަށް ހީފުޅުވަނީ ކޮންމެ ކަމެއްވެސް ރައްޔިތުންނަށް އޮޅުވާލެއްވޭނެ ކަމަށް"

22 މާރިޗު 2026
އެމްޑީޕީ ޕިކަޕް ޖަލްސާ: "ވެރިކަމަށް އާދެވުނީ އޮޅުވާލައިގެން ކަމަށް ވާތީ ރައީސް މުއިއްޒަށް ހީފުޅުވަނީ ކޮންމެ ކަމެއްވެސް ރައްޔިތުންނަށް އޮޅުވާލެއްވޭނެ ކަމަށް"
22 މާރިޗު 2026

އަޖައިބެއްނު، މިއީ ފުޓުބޯޅަ މެޗެއް! ދެހާފް ކުޅެގެން ހަމަނުޖެހުން އުފެދިދާނެއޭ ކިޔާފައި އެއް ހާފަށް ބަދަލު ކުރެވިދާނެތަ؟

22 މާރިޗު 2026
އަޖައިބެއްނު، މިއީ ފުޓުބޯޅަ މެޗެއް! ދެހާފް ކުޅެގެން ހަމަނުޖެހުން އުފެދިދާނެއޭ ކިޔާފައި އެއް ހާފަށް ބަދަލު ކުރެވިދާނެތަ؟
22 މާރިޗު 2026

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް އއ، ބ އަދި ރ އަތޮޅަށް ފުރާވަޑައިގެންފި

22 މާރިޗު 2026
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް އއ، ބ އަދި ރ އަތޮޅަށް ފުރާވަޑައިގެންފި
22 މާރިޗު 2026

ރެފަރެންޑަމްގަ ނޫނެކޭ ބުނަން ޖެހެނީ ބަސް ބުނުމުގެ މިނިވަންކަމާ ހައްގުތަކާ ބާރުތައް އަތުގަ އޮންނަން އެދޭތީ: ކުޑޫ

22 މާރިޗު 2026
ރެފަރެންޑަމްގަ ނޫނެކޭ ބުނަން ޖެހެނީ ބަސް ބުނުމުގެ މިނިވަންކަމާ ހައްގުތަކާ ބާރުތައް އަތުގަ އޮންނަން އެދޭތީ: ކުޑޫ
21 މާރިޗު 2026

ރެފަރެންޑަމްއާ ގުޅޭގޮތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައާމެދު ކަންކުރާ ގޮތުން ކޯޓުގެ މިނިވަންކަން އެނގޭނެ: ޔައުޤޫބް

21 މާރިޗު 2026
ރެފަރެންޑަމްއާ ގުޅޭގޮތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައާމެދު ކަންކުރާ ގޮތުން ކޯޓުގެ މިނިވަންކަން އެނގޭނެ: ޔައުޤޫބް
21 މާރިޗު 2026

ސަރުކާރުން ދެ އިންތިޚާބު އެއްކުރަން އުޅޭ ގޮތް ގޯސް، ރެފަރެންޑަމްގައި ނޫނެކޭ ބުނަން ޖެހެނީ އެހެންވެގެން: މާރިޔާ

21 މާރިޗު 2026
ސަރުކާރުން ދެ އިންތިޚާބު އެއްކުރަން އުޅޭ ގޮތް ގޯސް، ރެފަރެންޑަމްގައި ނޫނެކޭ ބުނަން ޖެހެނީ އެހެންވެގެން: މާރިޔާ
20 މާރިޗު 2026

ދެ އިންތިޚާބު އެއްކޮށްލުމާއި ދެކޮޅަށް "ނޫނެކޭ" ބުނަން ނ. ލަންދޫ އިން ބޮޑުތަނުން ތައްޔާރަށް

20 މާރިޗު 2026
ދެ އިންތިޚާބު އެއްކޮށްލުމާއި ދެކޮޅަށް "ނޫނެކޭ" ބުނަން ނ. ލަންދޫ އިން ބޮޑުތަނުން ތައްޔާރަށް
20 މާރިޗު 2026

ދޫނި ޕާޓީ އިން ކުރިހާ ވެސް ކަމަކީ ވެރި މީހާ އެކަނި ވާދަކުރައްވާ ބިންގާ އެޅުމުގެ މުބާރާތެއް މުޅި ރާއްޖޭގައި ބޭއްވުން: ދީދީ

20 މާރިޗު 2026
ދޫނި ޕާޓީ އިން ކުރިހާ ވެސް ކަމަކީ ވެރި މީހާ އެކަނި ވާދަކުރައްވާ ބިންގާ އެޅުމުގެ މުބާރާތެއް މުޅި ރާއްޖޭގައި ބޭއްވުން: ދީދީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް