Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އެމްޑީޕީ

ވޯޓަށް ނުފޫޒުފޯރުވުމަށް ވަޒީފާތައް މެދުވެރިކޮށް ރައްޔިތުންގެ ހައްގުތަކަށް އަރައިގަންނަމުންދާ ކަމަށް ބުނެ އެމްޑީޕީ އިން އެޗްއާރްސީއެމް އަށް

ކުރިއަށް އޮތް އިންތިޚާބުތަކާ ގުޅިގެން ސަރުކާރުން ވަޒީފާގެ ބިރުދައްކައި، ވޯޓަށް ނުފޫޒު ފޯރުވަމުންދާ ކަމަށް ބުނެ އެމްޑީޕީން އެޗްއާރްސީއެމަށް މައްސަލަ ހުށަހަޅައިފި. އެ ޕާޓީން ފާހަގަކުރި ކަންބޮޑުވުންތަކުގެ ތެރޭގައި ރާއްޖޭން ބޭރާއި ރިސޯޓުތަކުގައި ވޯޓު ފޮށި ނުބަހައްޓަން ނިންމުމުގެ ސަބަބުން ގިނަ ބައެއްގެ ވޯޓުލުމުގެ ހައްގު ގެއްލުން ހިމެނޭ. އެހެންކަމުން، ދައުލަތުގެ މުއައްސަސާތަކުން ގާނޫނާ އެއްގޮތަށް އަމަލުކޮށް، މި މައްސަލަތައް ބަލައި ފިޔަވަޅު އެޅުމަށް އެމްޑީޕީން ވަނީ ގޮވާލާފަ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 23 މާރިޗު 2026 | ހޯމަ 09:32
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ ރައީސް ޝާތިރު އަބްދުއްރަހްމާން

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ ރައީސް ޝާތިރު އަބްދުއްރަހްމާން | ރާއްޖެ އެމްވީ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓަށް ނުފޫޒު ފޯރުވުމަށްޓަކައި މި ސަރުކާރުން ދަނީ ވަޒީފާތައް މެދުވެރިކޮށް ރައްޔިތުންގެ ހައްގުތަކަށް އަރައިގަންނަމުން ކަމަށާއި، އެކަން ބަލައި، ފިޔަވަޅު އަޅަން ޖެހޭ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް އެމްޑީޕީ އިން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) ގައި އެދިއްޖެ އެވެ. 

ހޯމަ ދުވަހު އެމްޑީޕީ އިން ވަނީ ކުރިއަށް އޮތް އިންތިޚާބާ ގުޅިގެން އެ ޕާޓީގެ ކަންބޮޑުވުންތައް އެޗްއާރްސީއެމް އާ ހިއްސާ ކޮށްފައެވެ. އެ ކަންބޮޑުވުންތައް ހިއްސާ ކޮށް، އެ ކޮމިޝަނާ ބައްދަލު ކުރެއްވުމަށްފަހު ރާއްޖެޓީވީ އާ ވާހަކަދައްކަވަމުން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ ރައީސް ޝާތިރު އަބްދުއްރަހްމާން ވިދާޅުވީ މި ސަރުކާރުން ދަނީ ވޯޓަށް ނުފޫޒު ފޯރުވުމަށް ވަޒީފާތައް ވެސް ބަހަމުން ކަމަށެވެ. 

Advertisement - newsAdvertisement

އެކަމުގެ ސަބަބުން އެތައް ބައެއްގެ ހައްގުތައް ގެއްލޭއިރު، ސަރުކާރާ އިދިކޮޅު ފަރާތްތަކަށް ވަަޒީފާ ގެ ބިރުދައްކާ، އިންޒާރު ވެސް ދެމުންދާ ކަމަށެވެ. 

ރެފަރެންޑަމް ކޮމިޓީގެ ފަރާތުން އަޅުގަނޑުމެން ހިއުމަން ރައިޓްސް ކޮމިޝަނާ މި ބައްދަލު ކުރީ ރެފަރެންޑަމް ވޯޓާ ގުޅިގެން ހުރި ކަންބޮޑުވުންތައް ހިއްސާކުރުމަށް. އަޅުގަނޑުމެން ދެންނެވިން އަޅުގަނޑުމެންނަށް މިކަމުގަ ހުރި ބޮޑެތި ކަންބޮޑުވުންތައް ހިފައިގެން މި ރާއްޖޭގެ ވަރަށް ގިނަ މުއައްސަސާތަކަށް އަޅުގަނޑުމެންނަށް ދެވިއްޖެ އޭ.  މިއަށް އިޖާބަ ދޭނެ އެއްވެސް މުއައްސަސާ އެއް މި ރާއްޖޭގައި ނެތޭ. މި ރާއްޖޭގައި ހުރި މިކަމާ ގުޅުން ހުރި ހުރިހާ މުއައްސަސާތައް އެތިބީ ރައީސް މުއިއްޒު އެންގެވި ގޮތަކަށް މިކަން ކުރުމަށް އަތުކުރި އޮޅާލައި، ގާނޫނު އެކަހެރި ކޮށްފަ އެކަން ކުރާ ގޮތަށްށޭ، 
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ ރައީސް ޝާތިރު އަބްދުއްރަހްމާން

ޝާތިރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތަކުން ދަނީ ސަރުކާރާ އިދިކޮޅު ފަރާތްތަކަށް ވަޒީފާ އިން ވަކި ކުރާނެ ކަމަށް ބުނެ އިންޒާރު ދީ ބިރު ދައްކައި، ޖެއްސުން ވެސް ކުރަމުން ކަމަށެވެ. އެގޮތުން ބައެއް ފަރާތްތަކުން ދިރިއުޅޭ ރަށް ނޫން އެހެން ރަށްރަށަށް ވެސް ބަދަލު ކޮށް އުނދަގޫ ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. 

އެންމެ ބޮޑު އެއް ކަންބޮޑުވުމެއްގެ ގޮތުގައި ދެން ފާހަގަ ކޮށްފައިވާނީ ގިނަ ބަޔަކަށް ވޯޓު ނުލެވޭތީ އެކަން ކަމަށް ވެސް ޝާތިރު ވިދާޅުވި އެވެ. އެގޮތުން ރާއްޖެއިން ބޭރުގައި ވޯޓު ފޮށިތައް ނުބައްހައްޓަން ނިންމާފައިވާއިރު ޚާއްސަ ކޮށް އިންޑިއާ، ސްރީލަންކާ އަދި މެލޭޝިއާ ފަދަ ގައުމުތަކަކީ ގިނަ އަދަދެއްގެ ދިވެހި ރައްޔިތުން ދިރިއުޅެމުންދާ ގައުމުތަކެއް ކަމަށެވެ. 

އޭގެ އިތުރުން ސިނާއީ ރަށްތަކާ ރިސޯޓު ތަކުގައި ވެސް ވޯޓު ފޮށި ނުބަހައްޓާއިރު، އެ ގެއްލެނީ ވެސް އެތައް ބައެއްގެ ހައްގު ކަން އެމްޑީޕީ އިން ފާހަގަ ކޮށްފައިވާނެ ކަމަށް ޝާތިރު ވިދާޅުވި އެވެ. 

ޝާތިރު ވިދާޅުވީ އެއްވެސް މުއައްސަސާއަކުން މި ކަންބޮޑުވުންތައް އަޑު އަހާފައިނުވާއިރު އެމްޑީޕީ އިން އެޗްއާރްސީއެމްގައި އެދުނީ މިކަން ބަލައި ފިޔަވަޅު އަޅައިދިނުމަށް ކަމަށެވެ. 

އެމްޑީޕީޝާތިރު އަބްދުއްރަހްމާންލޯކަލް ކައުންސިލް އިންތިޚާބު 2026ޚިޔާލު ހޯދުމުގެ ވޯޓުހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް

ކޮމެންޓް

އިތުރަށް ކިޔާލަން

މި ސަރުކާރުން ވަނީ ރާއްޖޭގެ ޒުވާން އާބާދީ ދުނިޔޭގެ ފަގީރު ގައުމުތަކުގައި އޮންނަ ''ބޮންޑަޑް ލޭބަރ'' ދަރަޖައަށް ވައްޓާލާފައި: މެންބަރު އަހުމަދު ދީދީ

މި ސަރުކާރުން ވަނީ ރާއްޖޭގެ ޒުވާން އާބާދީ ދުނިޔޭގެ ފަގީރު ގައުމުތަކުގައި އޮންނަ ''ބޮންޑަޑް ލޭބަރ'' ދަރަޖައަށް ވައްޓާލާފައި: މެންބަރު އަހުމަދު ދީދީ

23 މާރިޗު 2026
ރެފަރެންޑަމް އަކީ ރައްޔިތުންގެ ބޮލުގައި އަޅުވާފައި، ހަމައެކަނި ރައީސް މުއިއްޒު ބޭނުންފުޅު ވެގެން ނަގާ ވޯޓެއް: މެންބަރު އަހުމަދު ދީދީ

ރެފަރެންޑަމް އަކީ ރައްޔިތުންގެ ބޮލުގައި އަޅުވާފައި، ހަމައެކަނި ރައީސް މުއިއްޒު ބޭނުންފުޅު ވެގެން ނަގާ ވޯޓެއް: މެންބަރު އަހުމަދު ދީދީ

23 މާރިޗު 2026
އެމްޑީޕީ ޕިކަޕް ޖަލްސާ: "ވެރިކަމަށް އާދެވުނީ އޮޅުވާލައިގެން ކަމަށް ވާތީ ރައީސް މުއިއްޒަށް ހީފުޅުވަނީ ކޮންމެ ކަމެއްވެސް ރައްޔިތުންނަށް އޮޅުވާލެއްވޭނެ ކަމަށް"

އެމްޑީޕީ ޕިކަޕް ޖަލްސާ: "ވެރިކަމަށް އާދެވުނީ އޮޅުވާލައިގެން ކަމަށް ވާތީ ރައީސް މުއިއްޒަށް ހީފުޅުވަނީ ކޮންމެ ކަމެއްވެސް ރައްޔިތުންނަށް އޮޅުވާލެއްވޭނެ ކަމަށް"

22 މާރިޗު 2026
ރައީސް މުއިއްޒު ސަރުކާރުގެ ސިޔާސަތެއް ނެތް، ސިޔާސަތަކަށް ގެންގުޅެނީ ''ގަނޑުކަނޑާ ފޮތަކާއި ކަޅު ދަބަހެއް'' : މެންބަރު ޒިޔާދު

ރައީސް މުއިއްޒު ސަރުކާރުގެ ސިޔާސަތެއް ނެތް، ސިޔާސަތަކަށް ގެންގުޅެނީ ''ގަނޑުކަނޑާ ފޮތަކާއި ކަޅު ދަބަހެއް'' : މެންބަރު ޒިޔާދު

22 މާރިޗު 2026
އަޖައިބެއްނު، މިއީ ފުޓުބޯޅަ މެޗެއް! ދެހާފް ކުޅެގެން ހަމަނުޖެހުން އުފެދިދާނެއޭ ކިޔާފައި އެއް ހާފަށް ބަދަލު ކުރެވިދާނެތަ؟

އަޖައިބެއްނު، މިއީ ފުޓުބޯޅަ މެޗެއް! ދެހާފް ކުޅެގެން ހަމަނުޖެހުން އުފެދިދާނެއޭ ކިޔާފައި އެއް ހާފަށް ބަދަލު ކުރެވިދާނެތަ؟

22 މާރިޗު 2026

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު