Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަޙުމަދު ޙަލީމް (ދޮންބިލެތް)

ރައްޔިތުން ގަބޫލުކުރަނީ ފެންނަ ނުފެންނަ އިންތިހާބަކީ ޕީއެންސީ އިން ދާއިމަށް ވެރިކަމުގައި ތިބެން ކުރާ ކަމެއްގެ ގޮތުގައި: ދޮންބިލެތް

އެމްޑީޕީން ކުރަމުންދާ ކެމްޕޭން ދަތުރުތަކުގައި ރައްޔިތުން މިކަމަށް ހޭލުންތެރިވެފައިވާ މިންވަރު ފެންނަ ކަމަށާއި، މި އިންތިޚާބުގައި ރައްޔިތުން ބޮޑުތަނުން "ނޫނެކޭ" ބުނާނެ ކަމަށް އޭނާ ފާހަގަކުރެއްވި. މީގެ އިތުރުން، ލާމަރުކަޒީ ނިޒާމު ހިމާޔަތްކުރުމަށްޓަކައި ކުރިއަށް އޮތް އިންތިޚާބުތައް ކާމިޔާބުކުރުން މުހިންމުކަންވެސް އޭނާ ފާހަގަކުރެއްވި.

އަލީ ޝާހީން
އަލީ ޝާހީން | 23 މާރިޗު 2026 | ހޯމަ 13:07
ބިލެތްދޫ ދާއިރާގެ ކުރީގެ މެމްބަރު އަޙުމަދު ޙަލީމް (ދޮންބިލެތް)

ބިލެތްދޫ ދާއިރާގެ ކުރީގެ މެމްބަރު އަޙުމަދު ޙަލީމް (ދޮންބިލެތް) | ރާއްޖެ އެމްވީ

ރައްޔިތުން ގަބޫލުކުރާ ގޮތުގައި ފެންނަ ނުފެންނަ އިންތިހާބަކީ ވެރިކަން ކުރާ ޕީއެންސީ އިން ދާއިމަށް ވެރިކަމުގައި ތިބުމަށް ރާވައިގެން ހީލަތްތެރިކަމާއެކު ކުރާ ކަމެއް ކަމަށް ބިލެތްދޫ ދާއިރާގެ ކުރީގެ މެމްބަރު އަޙުމަދު ޙަލީމް (ދޮންބިލެތް) ވިދާޅުވެއްޖެ އެވެ.

އެމްޑީޕީ އިން ރަށްރަށަށް ކުރަމުންދާ ކެމްޕޭނުގެ ތެރެއިން ރާއްޖެޓީވީއާއި ވާހަކަ ދައްކަވަމުން ދޮންބިލެތް ވިދާޅުވީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ހިމާޔަތްކުރުމަށާއި ރަށްރަށުގެ ތަރައްޤީ ހުއްޓުމެއް ނެތި ކުރިއަށް ގެންދިއުމަށްޓަކައި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތހާބާއި ފެންނަ ނުފެންނަ އިންތިހާބު ކާމިޔާބުކުރަން ޖެހޭ ކަމަށެވެ. އަދި ފެންނަ ނުފެންނަ އިންތިހާބަކީ ވެރިކަންކުރާ ޕީއެންސީ އިން ދާއިމަށް ވެރިކަމުގައި ތިބެން ވަރަށް ރޭވިގެން ކުރާ ކަމެއްކަން ރައްޔިތުން ގަބޫލުކުރާކަމަށް ދޮންބިލެތް ވިދާޅުވި އެވެ. 

ދޮންބިލެތް ވިދާޅުވީ ރާއްޖޭގެ ރަށްރަށުން ފެންނަނީ މި އިންތިހާބަށް ރައްޔިތުން ވަރަށް ބޮޑަށް ހޭލުންތެރިވެފައިވާ މަންޒަރު ކަމަށާއި ފެންނަ ނުފެންނަ އިންތިހާބުގައި ރައްޔިތުން ބޮޑުތަނުން ނޫނެކޭ ބުނާނެ ކަމަށެވެ. 

އެ ބޭފުޅުން ދެކެނީ މީހަމަ ދާއިމަށް ޕީއެންސީން ވެރިކަމުގައި ތިބެން މުޢިއްޒު ވެރިކަމުގައި ހުންނަން ހީލަތްތެރި ރޭވުމެއްގެ ތެރެއިން ކުރާ ކަމެއްގެ ގޮތުގައި. އަޅުގަނޑުމެން މިވާހަކަ ދައްކަން ވެސް ނުޖެހޭވަރަށް އެބޭފުޅުންނަށް މައުލޫމާތު ސާފު. އަޅުގަނޑު ގަބޫލުކުރާގޮތުގައި މި އިންތިހާބު ބޮޑުތަނުން ނޫނެކޭ ރައްޔިތުން ބުނާނެ. 
އަޙުމަދު ޙަލީމް (ދޮންބިލެތް)

މީގެ އިތުރުން ދޮންބިލެތް ވިދާޅުވީ، ފެންނަ ނުފެންނަ ވޯޓުގައި ނޫނެކޭ ބުނަންޖެހޭ ސަބަބުތައް ވަރަށް ގިނަ ކަމަށާއި އޭގެތެރެއިން އެންމެ އާދައިގެ ސަބަބުތަކުގެ ތެރޭގައި ރައްޔިތުން ފާހަގަކުރަނީ ނަގަން އުޅޭ ފެންނަ ނުފެންނަ ވޯޓުގެ އެއްވެސް މައުލޫމާތެއް އެއްވެސް މިންވަރަކަށް ރައްޔިތުންނަށް ނުދީ ނަގަން އުޅޭ ވޯޓަކަށް ވުން ކަމަށެވެ. އަދި މި އިންތިހާބަކީ ރައްޔިތުން އެއްވެސް ވަރަކަށް ގަބޫލުވެސް ކުރާ އިންތިހާބެއް ނޫން ކަމަށް ދޮންބިލެތް ވިދާޅުވި އެވެ.  

މި ދަތުރުފުޅަކީ ކުރިއަށް އޮތް އިންތިޚާބުތަކަށް އެމްޑީޕީއަށް ވޯޓު ހޯދުމަށާއި، ޚާއްޞަކޮށް ލާމަރުކަޒީ ނިޒާމާއި، ސަރުކާރުން ގެންނަން އުޅޭ ބަދަލުތަކާ މެދު ރައްޔިތުން ހޭލުންތެރިކުރުވުމަށް ކުރާ ދަތުރެއްކަން ދޮންބިލެތް ފާހަގަކުރެއްވި އެވެ.

އަޙްމަދު ޙަލީމްޕީއެންސީއެމްޑީޕީލާމަރުކަޒީ ނިޒާމުލޯކަލް ކައުންސިލް އިންތިހާބު

އިތުރަށް ކިޔާލަން

23 މާރިޗު 2026

ވޯޓަށް ނުފޫޒުފޯރުވުމަށް ވަޒީފާތައް މެދުވެރިކޮށް ރައްޔިތުންގެ ހައްގުތަކަށް އަރައިގަންނަމުންދާ ކަމަށް ބުނެ އެމްޑީޕީ އިން އެޗްއާރްސީއެމް އަށް

23 މާރިޗު 2026
ވޯޓަށް ނުފޫޒުފޯރުވުމަށް ވަޒީފާތައް މެދުވެރިކޮށް ރައްޔިތުންގެ ހައްގުތަކަށް އަރައިގަންނަމުންދާ ކަމަށް ބުނެ އެމްޑީޕީ އިން އެޗްއާރްސީއެމް އަށް
23 މާރިޗު 2026

މުރައިދޫއަށް ޖެންސެންޓް ގެނައި މަންޒަރު ލައިވްކުރި އެރަށުގެ ކައުންސިލްގެ ނައިބު ރައީސް އަށް ޕީއެންސީގެ އެކްޓިވިސްޓުން ފުރައްސާރަކޮށް ހަމަލާ ދިނުމަށް މަސައްކަތް ކޮށްފި

23 މާރިޗު 2026
މުރައިދޫއަށް ޖެންސެންޓް ގެނައި މަންޒަރު ލައިވްކުރި އެރަށުގެ ކައުންސިލްގެ ނައިބު ރައީސް އަށް ޕީއެންސީގެ އެކްޓިވިސްޓުން ފުރައްސާރަކޮށް ހަމަލާ ދިނުމަށް މަސައްކަތް ކޮށްފި
22 މާރިޗު 2026

އެމްޑީޕީ ޕިކަޕް ޖަލްސާ: "ވެރިކަމަށް އާދެވުނީ އޮޅުވާލައިގެން ކަމަށް ވާތީ ރައީސް މުއިއްޒަށް ހީފުޅުވަނީ ކޮންމެ ކަމެއްވެސް ރައްޔިތުންނަށް އޮޅުވާލެއްވޭނެ ކަމަށް"

22 މާރިޗު 2026
އެމްޑީޕީ ޕިކަޕް ޖަލްސާ: "ވެރިކަމަށް އާދެވުނީ އޮޅުވާލައިގެން ކަމަށް ވާތީ ރައީސް މުއިއްޒަށް ހީފުޅުވަނީ ކޮންމެ ކަމެއްވެސް ރައްޔިތުންނަށް އޮޅުވާލެއްވޭނެ ކަމަށް"
22 މާރިޗު 2026

ރައީސް މުއިއްޒު ސަރުކާރުގެ ސިޔާސަތެއް ނެތް، ސިޔާސަތަކަށް ގެންގުޅެނީ ''ގަނޑުކަނޑާ ފޮތަކާއި ކަޅު ދަބަހެއް'' : މެންބަރު ޒިޔާދު

22 މާރިޗު 2026
ރައީސް މުއިއްޒު ސަރުކާރުގެ ސިޔާސަތެއް ނެތް، ސިޔާސަތަކަށް ގެންގުޅެނީ ''ގަނޑުކަނޑާ ފޮތަކާއި ކަޅު ދަބަހެއް'' : މެންބަރު ޒިޔާދު
22 މާރިޗު 2026

އަޖައިބެއްނު، މިއީ ފުޓުބޯޅަ މެޗެއް! ދެހާފް ކުޅެގެން ހަމަނުޖެހުން އުފެދިދާނެއޭ ކިޔާފައި އެއް ހާފަށް ބަދަލު ކުރެވިދާނެތަ؟

22 މާރިޗު 2026
އަޖައިބެއްނު، މިއީ ފުޓުބޯޅަ މެޗެއް! ދެހާފް ކުޅެގެން ހަމަނުޖެހުން އުފެދިދާނެއޭ ކިޔާފައި އެއް ހާފަށް ބަދަލު ކުރެވިދާނެތަ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު