Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިންޑިއާ-އެމެރިކާ

ހުޅަނގު އޭޝިއާގެ ހަމަނުޖެހުންތަކާ ގުޅިގެން އިންޑިއާގެ ޖައިޝަންކަރާއި، ރޫބިއޯ މަޝްވަރާ ކުރައްވައިފި

ފޯނު ކޯލާ ގުޅޭ ގޮތުން ޖައިޝަންކަރު ވިދާޅުވީ، ދެ ބޭފުޅުން ދެމެދުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވުނީ ހުޅަނގު އޭޝިއާގައި މިހާރު ހިނގަނުންދާ ހަމަނުޖެހުންތަކާއި، އޭގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދަށް ކުރަމުންދާ އަސަރުތަކާ ގުޅޭ ގޮތުން ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 24 މާރިޗު 2026 | އަންގާރަ 07:49
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖައިޝަންކަރާއި، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖައިޝަންކަރާއި، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ. | އޭއެފްޕީ

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަން ޖައިޝަންކަރާއި، އެމެެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ފޯނުން ގުޅުއްވައި، ހުޅަނގު އޭޝިއާގެ މަސްރަހާއި ހަކަތައިގެ ރައްކާތެރިކަމާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވައިފި އެވެ. 

ޖައިޝަންކަރާއި ރޫބިއޯ މަޝްވަރާ ކުރައްވާފައި ވަނީ ހޯމަ ދުވަހު އެވެ. އެ ފޯނު ކޯލާ ގުޅޭ ގޮތުން ޖައިޝަންކަރު ވިދާޅުވީ، ދެ ބޭފުޅުން ދެމެދުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވުނީ ހުޅަނގު އޭޝިއާގައި މިހާރު ހިނގަނުންދާ ހަމަނުޖެހުންތަކާއި، އޭގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދަށް ކުރަމުންދާ އަސަރުތަކާ ގުޅޭ ގޮތުން ކަމަށެވެ. މީގެ އިތުރުން ބައިނަލްއަޤުވާމީ ބާޒާރުގައި ހަކަތައިގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ހުރި ގޮންޖެހުންތަކާ ގުޅޭ ގޮތުން ވެސް ދެ ބޭފުޅުން ވަނީ މަޝްވަރާ ކުރައްވައިފަ އެވެ. 

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޖައިޝަންކަރު ވިދާޅުވީ، ހުޅަނގު އޭޝިއާގެ ހަމަނުޖެހުން ތަކުގެ ސަބަބުން ބައިނަލްއަޤުވާމީ މާކެޓު ތަކަށް ކުރާނެ ނޭދެވޭ އަސަރުތަކާ މެދު އިންޑިއާ އިން ކަންބޮޑުވާ ކަމަށެވެ. އަދި މި ހަމަ ނުޖެހުން ތަކުގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދީ ދުވެއްޔަށް މަޑު ޖެހުމެއް އަތުވެދާނެތީ، އެކަމަށް ދުރާލައި ތައްޔާރުވުމުގެ މުހިންމުކަން ވެސް ދެ ބޭފުޅުންގެ ވާހަކައިގައި ވަނީ ފާހަގަ ކުރައްވައިފަ އެވެ. 

މި މަޝްވަރާ ތަކުގައި ހަކަތައިގެ ރައްކާތެރިކަމަށް ހުރި ނުރައްކާ ތަކަށް އަލި އަޅުއްވާލައްވަމުން، ދުނިޔޭގެ ބާޒާާރުގައި ތެލާއި ގޭހުގެ އަގުތައް ހިފެހެއްޓުމަށާއި، ސަޕްލައި ޗެއިން މެދު ނުކެނޑި ކުރިއަށް ގެންދިޔުމަށް ކުރެވިދާނެ ކަންކަމާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރެވުނު ކަމަށް ޖައިޝަންކަރު ވިދާޅުވި އެވެ. 

އެމެރިކާ އާއި އިންޑިއާ އިން ގެންދަނީ ދެ ޤައުމުގެ ދެ މެދުގައި އޮތް ގުޅުން ރަނގަޅު ކުރުމާ އެކު، އެ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް ގިނަ މަސައްކަތް ތަކެއް ކުރަމުންނެވެ.

މަސްދަރު: ރޮއިޓާސް

އިންޑިއާ-އެމެރިކާއިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ޑރ ސުބްރަމާނިއަމް ޖަޔަޝަންކަރްމާކޯ ރޫބިއޯ ހުޅަނގު އޭޝިއާ

އިތުރަށް ކިޔާލަން

19 މާރިޗު 2026

ރޫބިއޯ އާއި ހެގްސެތު ދިރިއުޅުއްވާ އަސްކަރީ މަަރުކަޒެއްގެ މަތިން ޑްރޯން ތަކެއް އުދުހުމާ އެކު، ބިރުވެރިކަން ބޮޑު ވެއްޖެ

19 މާރިޗު 2026
ރޫބިއޯ އާއި ހެގްސެތު ދިރިއުޅުއްވާ އަސްކަރީ މަަރުކަޒެއްގެ މަތިން ޑްރޯން ތަކެއް އުދުހުމާ އެކު، ބިރުވެރިކަން ބޮޑު ވެއްޖެ
12 މާރިޗު 2026

އެމެރިކާ ރައްޔިތުން އީރާނާއެކު ހަނގުރާމައަކަށް ބޭނުން ނުވާކަމަށް ސެނެޓުގެ މައިނޯރިޓީ ލީޑަރު ވިދާޅުވެއްޖެ

12 މާރިޗު 2026
އެމެރިކާ ރައްޔިތުން އީރާނާއެކު ހަނގުރާމައަކަށް ބޭނުން ނުވާކަމަށް ސެނެޓުގެ މައިނޯރިޓީ ލީޑަރު ވިދާޅުވެއްޖެ
11 މާރިޗު 2026

ސައުދީގެ ފޮރިން މިނިސްޓަރު ފައިޞަލް އާއި، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ރޫބިއޯގެ ފޯނު ކޯލެއް

11 މާރިޗު 2026
ސައުދީގެ ފޮރިން މިނިސްޓަރު ފައިޞަލް އާއި، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ރޫބިއޯގެ ފޯނު ކޯލެއް
28 ފެބުރުއަރީ 2026

އީރާން އަކީ ނުހައްގުން މީހުން ބަންދު ކުރާ ޤައުމެއް ކަމަށް އެމެރިކާާ އިން ކަނޑައަޅައިފި

28 ފެބުރުއަރީ 2026
އީރާން އަކީ ނުހައްގުން މީހުން ބަންދު ކުރާ ޤައުމެއް ކަމަށް އެމެރިކާާ އިން ކަނޑައަޅައިފި
28 ފެބުރުއަރީ 2026

އީރާންއާ ދެމެދު ނުތަނަވަސްކަން އުފެދިފައި ވަނިކޮށް، ރޫބިއޯ އިޒްރޭލް އަށް ވަޑައިގަންނަވަނީ

28 ފެބުރުއަރީ 2026
އީރާންއާ ދެމެދު ނުތަނަވަސްކަން އުފެދިފައި ވަނިކޮށް، ރޫބިއޯ އިޒްރޭލް އަށް ވަޑައިގަންނަވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު