Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާާން-އެމެރިކާ

މިސައިލް ޕްރޮގްރާމްއާ ގުޅޭ ގޮތުން އީރާން އިން ވާހަކަ ނުދެއްކުމަކީ ވަރަށް ބޮޑު ގޯހެއް: ރޫބިއޯ

އެމެރިކާ އިން އީރާން އަށް ހަމަލާ ދިނުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ރޫބިއޯ ވިދާޅުވީ، މިހާތަނަށް އައިއިރު އެމެރިކާގެ ރައީސް ޓްރަމްޕް އެފަދަ ނިންމުމެއް ނިންމަވާފައި ނެތް ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 26 ފެބުރުއަރީ 2026 | ބުރާސްފަތި 08:25
އެމެރިކާާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ

އެމެރިކާާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ | ގެޓީ އިމޭޖަސް

އީރާން އާއި އެމެރިކާާއާ ދެމެދު ކުރިއަށް ގެންދަމުން އަންނަ މަޝްވަރާ ތަކުގައި، އީރާންގެ މިސައިލް ޕްރޮގްރާމްއާ ގުޅޭ ގޮތުން އެ ޤައުމުން ވާހަކަ ދައްކަން ޖެހޭ ކަމަށާއި، އެ ވާހަކަ ނުދެއްކުމަކީ ވަރަށް ބޮޑު ގޯހެއް ކަމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވިދާޅުވެއްޖެ އެވެ. 

އެމެރިކާ އާއި އީރާންއާ ދެމެދު ތިން ވަނަ ބުރުގެ މަޝްވަރާ ތަކެއް ބުރާސްފަތި ދުވަހު ކުރިއަށްދާއިރު، އެ މަޝްވަރާ ތަކުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރޫބިއޯ ވިދާޅުވީ، އީރާން އިން ބެލިސްޓިކް މިސައިލްތަކާ ބެހޭ ގޮތުން ނުދައްކާނެ ކަމަށް އެ ޤައުމުން ބުނެފައި ވުމަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ. 

ނަމަވެސް، ޖެނީވާގައި ކުރިއަށް ގެންދާ ވާހަކަ ތަކަކީ އެމެރިކާ އިން އީރާން އަށް ހަމަލާ ދާނެ ކަމެއް ނުވަތަ ނޫން ކަމެއް ނިންމާނެ މަޝްވަރާ ތަކެއްކަން ސާފުކޮށް ރޫބިއޯ ވިދާޅުވެފައި ނުވެ އެވެ. ކެރީބިއަން ކަނޑުގެ ކުޑަ ޤައުމެއް ކަމަށްވާ ސެއިންޓް ކިޓްސް އެންޑް ނެވިސް އަށް ކުރެއްވި ދަތުރުފުޅުގައި ރޫބިއޯ ވިދާޅުވީ، އެމެރިކާގެ ރައީސް ޓްރަމްޕް ބޭނުން ވަނީ ސިޔާސީ ގޮތުން މައްސަލަ ހައްލު ކުރަން ކަމަށެވެ. އަދި އެއީ ޓްރަމްޕް ވަރަށް ބޮަޑަށް ބާރު އަޅުއްވާ ގޮތެއް ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ. 

މަޝްވަރާތަކާ ގުޅޭ ގޮތުން ރޫބިއޯ ވިދާޅުވެފައި ވަނީ، އެ މަޝްވަރާތަކާއި، ވާހަކަ ތަކުން ނަތީޖާއެއް ހޯދޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. ނަމަވެސް، ފަހުން އަދި ނިއުކްލިއަރ ޕްރޮގްރާމް އަށް ވުރެ އިތުރަށް، އެހެން ކަންތައްތަކާ ގުޅޭ ގޮތުން ވެސް ވާހަކަ ދައްކަން ޖެހޭނެ ކަމަށް ރޫބިއޯ ވިދާޅުވެފައިވެ އެވެ. 

އެމެރިކާ އިން އީރާން އަށް ހަމަލާ ދިނުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ރޫބިއޯ ވިދާޅުވީ، މިހާތަނަށް އައިއިރު އެމެރިކާގެ ރައީސް ޓްރަމްޕް އެފަދަ ނިންމުމެއް ނިންމަވާފައި ނެތް ކަމަށެވެ. އެހެންކަމުން ބުރާސްފަތި ދުވަހަކީ ވަކި ޚާއްސަ ތާރީޚެއްގެ ގޮތުގައި ފާހަގަވާން ނެތް ކަމަށް ވެސް ރޫބިއޯ ވިދާޅުވެފައިވެ އެވެ. އެކަަމަކު ވެސް، މަޝްވަރާ ތަކުން ކުރިއެރުން ހޯދުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ. 

އީރާންގެ ނިއުކްލިއަރ ޕްރޮގްރާމް އާއި، މިސައިލް ޕްރޮގްރާމް އަކީ އެމެރިކާ އިން އިންތިހާ އަށް ކަންބޮޑުވާ މައްސަލައެއް ކަމަށް ބުނެ، އެމެރިކާ އިން ގެންދަނީ އީރާން އަށް އެކި ކަހަލަ އިންޒާރުތައް ދެމުންނެވެ. ނަމަވެސް، އީރާން އިން ބުނަމުން ގެންދަނީ އެ ޤައުމުގެ މިސައިލް ޕްރޮގްރާމް އަކީ އެ ޤައުމުގެ ދިފާއުގައި ހިންގާ ޕްރޮގްރާމެއް ކަމަށެވެ. 

މަސްދަރު: އޭއެފްޕީ

މާކޯ ރޫބިއޯ އީރާން-އެމެރިކާއީރާން ނިއުކްލިއަރ ޕްރޮގްރާމްމިސައިލް ޕްރޮގްރާމްއެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޑިޕްލޮމަސީ އަށް އިސްކަން ދޭނަން، އެކަމަކު ނިއުކްލިއަރ ހަތިޔާރުގެ ފުރުސަތު އީރާން އަށް ނުދޭނަން: ޓްރަމްޕް

ޑިޕްލޮމަސީ އަށް އިސްކަން ދޭނަން، އެކަމަކު ނިއުކްލިއަރ ހަތިޔާރުގެ ފުރުސަތު އީރާން އަށް ނުދޭނަން: ޓްރަމްޕް

26 ފެބުރުއަރީ 2026
ކޮންގްރެސްގެ މުސްލިމް ދެ މެމްބަރަކު އެމެރިކާ އިން ބޭރު ކުރުމަށް ޓްރަމްޕް ގޮވާލައްވައިފި

ކޮންގްރެސްގެ މުސްލިމް ދެ މެމްބަރަކު އެމެރިކާ އިން ބޭރު ކުރުމަށް ޓްރަމްޕް ގޮވާލައްވައިފި

26 ފެބުރުއަރީ 2026
ޓްރަމްޕްގެ ބޯޑު އޮފް ޕީސްއާ މެދު ރަޝިޔާ އިން ސުވާލު އުފައްދައިފި

ޓްރަމްޕްގެ ބޯޑު އޮފް ޕީސްއާ މެދު ރަޝިޔާ އިން ސުވާލު އުފައްދައިފި

26 ފެބުރުއަރީ 2026
ވެނެޒުއެލާ އިން 80 މިލިއަން ތެޔު ފީފާ ލިބިއްޖެ: ޓްރަމްޕް

ވެނެޒުއެލާ އިން 80 މިލިއަން ތެޔު ފީފާ ލިބިއްޖެ: ޓްރަމްޕް

26 ފެބުރުއަރީ 2026
ރިޔާސީ ރޭހުގައި ވާދަ ކުރާނެ ކަމުގެ އަޑުތައް ފެތުރިފައި ވަނިކޮށް، ނިއުސަމްއާ ގުޅޭ ފޮތެއް ނެރުއްވައިފި

ރިޔާސީ ރޭހުގައި ވާދަ ކުރާނެ ކަމުގެ އަޑުތައް ފެތުރިފައި ވަނިކޮށް، ނިއުސަމްއާ ގުޅޭ ފޮތެއް ނެރުއްވައިފި

26 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

19 މާރިޗު
ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު
20251 އަހަރު ކުރިން
ރާއްޖެ

ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު

ވުޖޫދުގައި ނެތް ތަންތަނުން ވެސް ވަޒީފާ ދެނީ! މި ކަހަލަ ވެރިކަމެއް ދުށީމުތަ؟
20242 އަހަރު ކުރިން
ރިޕޯޓު

ވުޖޫދުގައި ނެތް ތަންތަނުން ވެސް ވަޒީފާ ދެނީ! މި ކަހަލަ ވެރިކަމެއް ދުށީމުތަ؟

އެސްޓީއޯއިން ހެޔޮ އަގުގައި ލުނބޯ ވިއްކަން ފަށައިފި
20233 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯއިން ހެޔޮ އަގުގައި ލުނބޯ ވިއްކަން ފަށައިފި

ތުރުކީގައި ހުރި ރަޝިއާގެ މިސައިލް ސިސްޓަމްތައް ޔޫކްރެއިނަށް ދިނުމަށް އެމެރިކާއިން ހުށަހަޅައިފި
20224 އަހަރު ކުރިން
ދުނިޔެ

ތުރުކީގައި ހުރި ރަޝިއާގެ މިސައިލް ސިސްޓަމްތައް ޔޫކްރެއިނަށް ދިނުމަށް އެމެރިކާއިން ހުށަހަޅައިފި

ފިރުޝާނާއާމެދު މުޅި ދިވެހި ޤައުމު ފަޚުރުވެރިވޭ: ރައީސް
20215 އަހަރު ކުރިން
ރާއްޖެ

ފިރުޝާނާއާމެދު މުޅި ދިވެހި ޤައުމު ފަޚުރުވެރިވޭ: ރައީސް

ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު
20188 އަހަރު ކުރިން
ރިޕޯޓު

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު