Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން-އެމެރިކާ

އިރާނާއި އެމެރިކާގެ ނިއުކްލިއާ މަޝްވަރާތައް "ރަނގަޅު ފެށުމެއް" ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު ވިދާޅުވެއްޖެ

އިރާނުގެ ނިއުކްލިއާ މައްސަލައިގައި އެމެރިކާއާއެކު އޮމާންގައި ބޭއްވި ނުސީދާ މަޝްވަރާތަކަކީ އުންމީދީ ފެށުމެއް ކަމަށާއި، ވާހަކަތައް ކުރިއަށް ގެންދިއުމަށް ދެފަރާތުން އެއްބަސްވެފައިވާ ކަމަށް އިރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ ވިދާޅުވި. މި މަޝްވަރާތަކުގައި ހަމައެކަނި ނިއުކްލިއާ މައްސަލައަށް އިސްކަންދޭން އީރާނުން ބޭނުންވި ނަމަވެސް، އެމެރިކާއިން ބޭނުންވަނީ އީރާނުގެ މިސައިލް ޕްރޮގްރާމާއި ސަރަހައްދީ ހަމަޖެހުމާ ގުޅޭ ކަންކަން ވެސް ހިމަނުމަށް. އިރާނުން ވަނީ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށް ޝަރުތުކޮށް، ޔުރޭނިއަމް މުއްސަނދިކުރުމުގެ ބައެއް ކަންކަމުގައި ދޫދިނުމަށް ތައްޔާރަށް އޮތްކަން ހާމަކޮށްފަ.

ރާއްޖެ އެމްވީ | 6 ފެބުރުއަރީ 2026 | ހުކުރު 16:35
އޮމާންގެ މަސްކަޓުގައި އީރާނާއި އެމެރިކާއާ ދެމެދު ކުރިއަށްދިޔަ މަޝްވަރާތައް ނިންމަވާލެއްވުމަށްފަހު، 2026 ފެބްރުއަރީ 6 ވަނަ ދުވަހު އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ އެ ގައުމުގެ މީޑިއާތަކާ ވާހަކަދައްކަވަނީ.

އޮމާންގެ މަސްކަޓުގައި އީރާނާއި އެމެރިކާއާ ދެމެދު ކުރިއަށްދިޔަ މަޝްވަރާތައް ނިންމަވާލެއްވުމަށްފަހު، 2026 ފެބްރުއަރީ 6 ވަނަ ދުވަހު އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ އެ ގައުމުގެ މީޑިއާތަކާ ވާހަކަދައްކަވަނީ. | ޕްރެސް ޓީވީ

އިރާނާއި އެމެރިކާއާ ދެމެދު އޮމާންގައި ހުކުރު ދުވަހު ބޭއްވި ނިއުކްލިއާ މަޝްވަރާތަކަކީ ރަނގަޅު ފެށުމެއް ކަމަށާއި، އެ މަޝްވަރާތައް ކުރިއަށްދާނެ ކަމަށް އިރާނުގެ ފޮރިން މިނިސްޓަރު ވިދާޅުވެއްޖެ އެވެ.

ހަ ގަޑީއިރުގެ ދިގު މި މަޝްވަރާތައް ބާއްވާފައި މިވަނީ، މުހިންމު މި ނިންމުންތަކުގައި ނާކާމިޔާބީއާ ކުރިމަތިލާން ޖެހިއްޖެ ނަމަ މެދުއިރުމަތީގައި އިތުރު ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު ބޮޑުވެފައިވާ ދަނޑިވަޅެއްގަ އެވެ.

އިރާނުގެ ދައުލަތުގެ ޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ވިދާޅުވީ، މިއީ މަޝްވަރާތަކަށް ލިބުނު ރަނގަޅު ފެށުމެއް ކަމަށާއި، ވާހަކަތައް ކުރިއަށް ގެންދިއުމާ މެދު ދެފަރާތުގެ މެދުގައި މިހާރު ވަނީ އެއްބަސްވުމަކަށް އާދެވިފައި ކަމަށެވެ. އަދި ކުރިއަށްދާނެ ގޮތުގެ އިތުރު ކަންކަން ނިންމާނީ ދެ ގައުމުގެ ވެރިރަށްތަކުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

އަރަގްޗީ އިތުރަށް ވިދާޅުވީ، މި މަރުހަލާ މިގޮތަށް ކުރިއަށްދާ ނަމަ، ދެފަރާތުން އެއްބަސްވާ ފަދަ ރަނގަޅު އޮނިގަނޑަކަށް ވާސިލުވެވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

އޮމާންގެ ވެރިރަށް މަސްކަޓުގައި އެ ގައުމުގެ މެދުވެރިކަމާއެކު ނުސީދާކޮށް ކުރިއަށްދިޔަ މި މަޝްވަރާތަކަށްފަހު، ދެ ގައުމުގެ އޮފިޝަލުން ވެސް އިތުރު ލަފާ ހޯދުމަށް އެނބުރި ގައުމަށް ވަޑައިގަންނަވާނެ ކަމަށް އަރާގްޗީ ވިދާޅުވި އެވެ.

އިރާނުގެ ނިއުކްލިއާ މައްސަލައިގައި ހުޅަނގާއެކު އުފެދިފައިވާ ދިގުލީ ދެބަސްވުންތަކަށް ހައްލެއް ހޯދުމަށް ޑިޕްލޮމެޓިކް މަގުން މަސައްކަތް ކުރުމަށް ދެފަރާތުން ވެސް ތައްޔާރަށް ތިބިކަން ހާމަކޮށްފައިވީ ނަމަވެސް، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ބުދަ ދުވަހު ވިދާޅުވީ، އިރާނުގެ ބެލިސްޓިކް މިސައިލްތަކާއި، ސަރަހައްދީ ހަނގުރާމަވެރި ޖަމާއަތްތަކަށް ދޭ އެހީތެރިކަމާއި، އެ ގައުމުގެ ރައްޔިތުންނާ މެދު އަމަލުކުރާ ގޮތުގެ މައްސަލަ ވެސް މި މަޝްވަރާތަކުގެ ތެރޭގައި ހިމަނަން ވޮޝިންޓަނުން ބޭނުންވާ ކަމަށެވެ.

އިރާނުގެ ދައުލަތުގެ ނިއުސް އެޖެންސީ "އިރްނާ" އަށް ދެއްވި ބަޔާނެއްގައި އަރަގްޗީ ވިދާޅުވީ، މަޝްވަރާތަކުގައި ބިރުދެއްކުމާއި ފިއްތުންތަކުން ދުރުވާންޖެހޭނެ ކަމަށެވެ. އަދި ތެހެރާނުން އެމެރިކާއާއެކު މަޝްވަރާ ކުރާނީ ހަމައެކަނި ނިއުކްލިއާ މައްސަލައިގައި ކަމަށާއި، އެ ނޫން އެއްވެސް މައްސަލައެއްގައި ވާހަކަ ނުދައްކާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިރާނުގެ އޮފިޝަލުން ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ، އެ ސަރަހައްދުގައި އޮތް އެންމެ ބޮޑު އެއް މިސައިލް އާސެނަލް ކަމަށްވާ އިރާނުގެ މިސައިލް ޕްރޮގްރާމާ ގުޅޭގޮތުން އެއްވެސް މަޝްވަރާއެއް ނުކުރާނެ ކަމަށެވެ. އަދި ޔުރޭނިއަމް މުއްސަނދި ކުރުމުގެ ހައްގު އިރާނަށް އޮތްކަން ބަލައިގަތުމަށް ތެހެރާނުން ބޭނުންވާއިރު، އިރާނުގެ އެތެރޭގައި ޔުރޭނިއަމް މުއްސަނދި ކުރުމަކީ ވޮޝިންޓަނުން ގަބޫލުކުރާ ކަމެއް ނޫނެވެ.

އަރަގްޗީ ވިދާޅުވީ، މަޝްވަރާތަކުގައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އިތުބާރު ނެތުން ކަމަށާއި، އެކަން ހައްލުކުރަން ޖެހޭ ކަމަށެވެ.

އިރާނުން ވަނީ އެ ގައުމުގެ "ދިފާއީ ގާބިލުކަމާއި، މިސައިލްތަކާއި އޭގެ ރޭންޖާ" ގުޅޭގޮތުން މަޝްވަރާ ކުރުމަށް ސާފުކޮށް އިންކާރުކޮށްފަ އެވެ.

އިރާނުގެ ބާރު ދައްކާލުމުގެ ގޮތުން، މަޝްވަރާތައް ފެށުމުގެ މަދު ގަޑިއިރުތަކެއް ކުރިން އެ ގައުމުގެ ދައުލަތުގެ ޓީވީން ވަނީ، އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސްގެ ބޮޑު ބިންގަރާސް "މިސައިލް ސިޓީ" އެއްގައި، އެ ގައުމުގެ އެންމެ ޒަމާނީ ދުރު ރޭންޖުގެ ބެލިސްޓިކް މިސައިލް ކަމަށްވާ "ޚުއްރަމްޝަހަރު-4" ބަހައްޓާފައިވާ މަންޒަރު ދައްކާފަ އެވެ.

އެހެންނަމަވެސް، ޔުރޭނިއަމް މުއްސަނދި ކުރުމުގެ މައްސަލައިގައި ދޫދިނުމަށް ތެހެރާން ތައްޔާރަށް އޮތް ކަމަށާއި، އޭގެ ތެރޭގައި 400 ކިލޯގެ މަތީ ދަރަޖައަށް މުއްސަނދިކޮށްފައިވާ ޔުރޭނިއަމް ހަވާލުކުރުމާއި، ކޮންސޯޓިއަމް އެއްގެ ދަށުން ނޫނީ ޔުރޭނިއަމް މުއްސަނދި ކުރުން ހުއްޓާލުމަށް ތައްޔާރަށް އޮތް ކަމަށް އިރާނުގެ އޮފިޝަލުން މިދިޔަ ހަފުތާގައި ރޮއިޓާސްއަށް މައުލޫމާތު ދީފައިވެ އެވެ.

މީގެ އިތުރުން، 2015 ވަނަ އަހަރު ދުނިޔޭގެ ބާރުތަކާއެކު ވެފައިވާ ނިއުކްލިއާ އެއްބަސްވުމުން 2018 ވަނަ އަހަރު ޓްރަމްޕް ވަކިވެވަޑައިގަތުމާ ގުޅިގެން އަލުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށް ވެސް އިރާނުން ދަނީ ޑިމާންޑް ކުރަމުންނެވެ.

އީރާން-އެމެރިކާއައްބާސް އަރަގްޗީމާކޯ ރޫބިއޯ ނިއުކްލިއާ އެއްބަސްވުންރައީސް ޑޮނަލްޑް ޓްރަމްޕްއީރާން ނިއުކްލިއަރ ޕްރޮގްރާމް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ރައީސް މުއިއްޒުގެ ވާހަކަފުޅާއި ބައިނަލްއަޤްވާމީ މަސްރަހާ ދެމެދު ބޮޑު "ފުށުއެރުން"

ރައީސް މުއިއްޒުގެ ވާހަކަފުޅާއި ބައިނަލްއަޤްވާމީ މަސްރަހާ ދެމެދު ބޮޑު "ފުށުއެރުން"

06 ފެބުރުއަރީ 2026
އީރާނާއި އެމެރިކާ އާ ދެމެދު މަޝްވަރާތައް ފަށައިފި

އީރާނާއި އެމެރިކާ އާ ދެމެދު މަޝްވަރާތައް ފަށައިފި

06 ފެބުރުއަރީ 2026
ޗާގޯސް މޮރިޝަސް އަށް ހަވާލު ކުރުމަށް އިނގިރޭސިން ނިންމި ނިންމުމަށް މުއިއްޒު ގޮން ޖެއްސެވިތަނުން ޓްރަމްޕް އިނގިރޭސިވިލާތައް ތާއީދު ކުރައްވައިފި

ޗާގޯސް މޮރިޝަސް އަށް ހަވާލު ކުރުމަށް އިނގިރޭސިން ނިންމި ނިންމުމަށް މުއިއްޒު ގޮން ޖެއްސެވިތަނުން ޓްރަމްޕް އިނގިރޭސިވިލާތައް ތާއީދު ކުރައްވައިފި

06 ފެބުރުއަރީ 2026
ޗާގޯސް މޮރިޝަސް އާ ހަވާލު ކުރާ އެއްބަސްވުމަށް އެމެރިކާ އިން ތާއީދުކޮށްފި

ޗާގޯސް މޮރިޝަސް އާ ހަވާލު ކުރާ އެއްބަސްވުމަށް އެމެރިކާ އިން ތާއީދުކޮށްފި

06 ފެބުރުއަރީ 2026
އަސްކަރީ ކުރިމަތިލުމެއް އުފެދިދާނެކަމުގެ ބިރު ބޮޑުވެފައިވާ ދަނޑިވަޅެއްގައި އެމެރިކާ އާ އެކު ސީދާ މަޝްވަރާތަކަށް އީރާނުގެ ޚާރިޖީ ވަޒީރު އޮމާން އަށް ވަޑައިގެންފި

އަސްކަރީ ކުރިމަތިލުމެއް އުފެދިދާނެކަމުގެ ބިރު ބޮޑުވެފައިވާ ދަނޑިވަޅެއްގައި އެމެރިކާ އާ އެކު ސީދާ މަޝްވަރާތަކަށް އީރާނުގެ ޚާރިޖީ ވަޒީރު އޮމާން އަށް ވަޑައިގެންފި

06 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

26 ފެބުރުއަރީ
ރޯދަ މެނޫ ވެސް ހުއްދަ ނެތި އިޝްތިހާރު ނުކުރެވޭ ވަރުގެ ހަރުކަށި ގަވައިދެއް ހަދައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރޯދަ މެނޫ ވެސް ހުއްދަ ނެތި އިޝްތިހާރު ނުކުރެވޭ ވަރުގެ ހަރުކަށި ގަވައިދެއް ހަދައިފި

ރައީސް ހެއްދެވީ ބޮޑު އިތުރުފުޅެއްކަން އަމީރު ހާމަކުރެއްވުމާއެކު، ރައީސް އޮފީހުގެ ޚަބަރުން އެބައި އުނިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ރައީސް ހެއްދެވީ ބޮޑު އިތުރުފުޅެއްކަން އަމީރު ހާމަކުރެއްވުމާއެކު، ރައީސް އޮފީހުގެ ޚަބަރުން އެބައި އުނިކޮށްފި

ގޭންގު ހަމަނުޖެހުން: ޒުވާނާގެ މަރާއި ޖޫސް ޓައިމަށް ދިން ހަމަލާގެ ފަހަތުގައިވާ ވާހަކަތައް!
20233 އަހަރު ކުރިން
ރިޕޯޓު

ގޭންގު ހަމަނުޖެހުން: ޒުވާނާގެ މަރާއި ޖޫސް ޓައިމަށް ދިން ހަމަލާގެ ފަހަތުގައިވާ ވާހަކަތައް!

ރައީސް ޔާމީން އުޅުއްވާ ގޮތުން ހީވަނީ "ބްރޭކްއަޕް"އަކުން އަރައިނުގަނެވިގެން އުޅުއްވާހެންނެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން އުޅުއްވާ ގޮތުން ހީވަނީ "ބްރޭކްއަޕް"އަކުން އަރައިނުގަނެވިގެން އުޅުއްވާހެންނެވެ.

ހާޝަގްޖީ މަރާލާފައިވަނީ ސައުދީގެ ވަލީއަހުދުގެ އަމުރަށް: އެމެރިކާގެ އިންޓަލިޖެންސް ރިޕޯޓް
20215 އަހަރު ކުރިން
ދުނިޔެ

ހާޝަގްޖީ މަރާލާފައިވަނީ ސައުދީގެ ވަލީއަހުދުގެ އަމުރަށް: އެމެރިކާގެ އިންޓަލިޖެންސް ރިޕޯޓް

އީސީ އުވާލައި ފަނޑިޔާރުންނަށް އިންތިހާބާ ގުޅޭ ކަންކަން ހަވާލުކުރުމަށް މޫސަ ގޮވާލައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

އީސީ އުވާލައި ފަނޑިޔާރުންނަށް އިންތިހާބާ ގުޅޭ ކަންކަން ހަވާލުކުރުމަށް މޫސަ ގޮވާލައްވައިފި

އަލީ ހަމީދުގެ އަނބިކަނބަލުން އޮންނަ ގޮޅިއަށް ފިރިހެނުން ވަންނަ މައްސަލަ އެޗްއާރްސީއެމްއަށް!
20188 އަހަރު ކުރިން
ރާއްޖެ

އަލީ ހަމީދުގެ އަނބިކަނބަލުން އޮންނަ ގޮޅިއަށް ފިރިހެނުން ވަންނަ މައްސަލަ އެޗްއާރްސީއެމްއަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު