Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ-އީރާން

އީރާން އަކީ ނުހައްގުން މީހުން ބަންދު ކުރާ ޤައުމެއް ކަމަށް އެމެރިކާާ އިން ކަނޑައަޅައިފި

ރޫބިއޯ ވިދާޅުވީ، އީރާނުން ގެންދަނީ އެމެރިކާ އާއި، އެހެން ޤައުމު ތަކުގެ ރައްޔިތުން ސިޔާސީ ފައިދާއަށްޓަކައި ނިކަމެތިކޮށް، ބަންދު ކުރުމުގެ އަމަލުތައް ހިންގަމުން ކަމަށް. އަދި އެއީ ވަރަށް ނުބައި އަމަލެއް ކަމަށާއި، އެކަން ވަގުތުން ހުއްޓާލަން ޖެހޭ ކަމަށް ވެސް ރޫބިއޯ ވަނީ ވިދާޅުވެފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 28 ފެބުރުއަރީ 2026 | ހޮނިހިރު 07:24
ވޮޝިންޓަންގައި ހުންނަ އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓް އިމާރާތުގެ ބޭރުގައި ހަރުކޮށްފައިވާ އެ އިދާރާގެ ނަން ބޯޑުގެ މަންޒަރެއް

ވޮޝިންޓަންގައި ހުންނަ އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓް އިމާރާތުގެ ބޭރުގައި ހަރުކޮށްފައިވާ އެ އިދާރާގެ ނަން ބޯޑުގެ މަންޒަރެއް | ރޮއިޓާސް

އީރާން އަކީ ނުހައްގުން މީހުން ބަންދު ކުރާ ޤައުމެއްގެ ގޮތުގައި ކަނޑައަޅައި، އީރާންގައި އެމެރިކާގެ ރައްޔިތުންނަށް އަނިޔާވެރިވާ ކަމަށް ބުނެ، އެމެރިކާ އިން އީރާން އަށް ވަރަށް ބޮޑަށް ފާޑު ކިޔައިފި އެވެ. 

އެކަމާ ގުޅޭ ގޮތުން އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވިދާޅުވީ، މީގެ 47 އަހަރު ކުރިން އީރާންގެ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ، އެމެރިކާގެ އެމްބަސީގެ މުވައްޒަފުން ބަންދު ކުރުމަށް އަންގައި، އެކަމަށް ތާއީދު ކުރެއްވި ކަމަށެވެ. 

ރޫބިއޯ ވިދާޅުވީ، އީރާން އިން ގެންދަނީ އެމެރިކާ އާއި، އެހެން ޤައުމު ތަކުގެ ރައްޔިތުން ސިޔާސީ ފައިދާއަށްޓަކައި ނިކަމެތިކޮށް، ބަންދު ކުރުމުގެ އަމަލުތައް ހިންގަމުން ކަމަށެވެ. އަދި އެއީ ވަރަށް ނުބައި އަމަލެއް ކަމަށާއި، އެކަން ވަގުތުން ހުއްޓާލަން ޖެހޭ ކަމަށް ވެސް ރޫބިއޯ ވަނީ ވިދާޅުވެފަ އެވެ. 

މިދިޔަ އަހަރުގެ ތެރޭގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ، އެހެން ޤައުމު ތަކުގައި އުޅޭ އެމެރިކާގެ ރައްޔިތުން ނުހައްގުން ބަންދު ކުރުމުގެ އަމަލުތަކުން ރައްކާތެރި ކުރުމުގެ ރިޔާސީ އަމުރެއްގައި ވެސް ސޮއި ކުރައްވައިފަ އެވެ. އަދި އީރާން އަކީ މިފަދަ ޤައުމެއްގެ ގޮތުގައި ކަނޑަ އެޅުމުގެ ބާރު ވެސް ޓްރަމްޕް ދެއްވާފައިވެ އެވެ. 

މީގެ އިތުރުން ރޫބިއޯ ވިދާޅުވެފައި ވަނީ، އީރާން އިން މި އަމަލުތައް ހުއްޓާލަން ޖެހޭ ކަމަށާއި، އެ ނޫން ނަމަ އެ ޤައުމާ ދެކޮޅަށް އިތުރު ފިޔަވަޅު ތަކެއް އަޅަން ޖެހޭނެ ކަމަށެވެ. އެކަމުގެ އިންޒާރު ދެއްވައި ރޫބިއޯ ވިދާޅުވީ، އެމެރިކާގެ ޕާސްޕޯޓު ބޭނުން ކުރާ ފަރާތްތަކުން އީރާން އަށް ދަތުރު ކުރުމާއި، އެ ޤައުމުން ދަތުރު ކުރުން ނުވަތަ އެ ޤައުމުގެ އެތެރެއިން ދަތުރު ކުރުން މަނާ ކުރުން ކަހަލަ ފިޔަވަޅުތައް ހިމެނޭނެ ކަމަށެވެ. 

އެއާއެކު ރޫބިއޯ ވިދާޅުވީ، އީރާން އިން މީހުން ބަންދު ކުރުން ހުއްޓާލައި، އީރާންގައި ނުހައްގުން ބަންދު ކޮށްފައިވާ އެމެރިކާގެ ހުރިހައި ރައްޔިތުން މިނިވަން ކޮށްފި ނަމަ، އެ ފިޔަވަޅުތައް އަލުން އަނބުރާ ނަންގަވާނެ ކަމަށެވެ. ރޫބިއޯ ވިދާޅުވީ، އެ ސަބަބު ތަކަށްޓަކައި އެމެރިކާގެ އެއްވެސް ރައްޔިތަކު މިވަގުތު އީރާން އަށް ދަތުރު ނުކުރުމަށް ގޮވާލާ ކަމަށެވެ. އަދި މިހާރު އީރާންގައި ތިބި އެމެރިކާގެ ރައްޔިތުން، ވަގުތުން އެ ޤައުމުން ބޭރުވުމަށް ވެސް ރޫބިއޯ ގޮވާލެއްވި އެވެ. 

މިއީ އެމެރިކާ އިން އީރާންއާ ދެކޮޅަށް އަޅަމުން އަންނަ ދަތި ކުރުމުގެ ފިޔަވަޅު ތަކުގެ ތެރެއިން އައު ފިޔަވަޅެކެވެ. އެމެރިކާ އިން މިގޮތަށް ކަނޑަ އެޅުމުގެ ސަބަބުން، އީރާންއާ ދެކޮޅަށް ޤާނޫނީ އަދި އިޤްތިޞާދީ ފިޔަވަޅުތައް އަޅަން އެމެރިކާ އިން އިތުރަށް ފަސޭހަ ވާނެ އެވެ. 

މަސްދަރު: އަލް އަރަބިއްޔާ

އެމެރިކާ-އީރާންމާކޯ ރޫބިއޯ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާޔަތުﷲ އަލީ ޚާމަނާއީ

އިތުރަށް ކިޔާލަން

28 ފެބުރުއަރީ 2026

އީރާންއާ ދެމެދު ނުތަނަވަސްކަން އުފެދިފައި ވަނިކޮށް، ރޫބިއޯ އިޒްރޭލް އަށް ވަޑައިގަންނަވަނީ

28 ފެބުރުއަރީ 2026
އީރާންއާ ދެމެދު ނުތަނަވަސްކަން އުފެދިފައި ވަނިކޮށް، ރޫބިއޯ އިޒްރޭލް އަށް ވަޑައިގަންނަވަނީ
28 ފެބުރުއަރީ 2026

އީރާންގެ މަޝްވަރާތަކާ މެދު ޓްރަމްޕް ހިތްހަމަ ނުޖެހޭ، ހަމަލާ ދިނުމާ މެދު އަދި ގޮތެއް ނުނިންމާ

28 ފެބުރުއަރީ 2026
އީރާންގެ މަޝްވަރާތަކާ މެދު ޓްރަމްޕް ހިތްހަމަ ނުޖެހޭ، ހަމަލާ ދިނުމާ މެދު އަދި ގޮތެއް ނުނިންމާ
28 ފެބުރުއަރީ 2026

ނިއުކްލިއާ ހަތިޔާރު އުފެއްދުމަށް ބޭނުންވާ މާއްދާ ދުވަހަކު ވެސް ބޭނުން ނުކުރަން އީރާން އިން އެއްބަސްވެއްޖެ

28 ފެބުރުއަރީ 2026
ނިއުކްލިއާ ހަތިޔާރު އުފެއްދުމަށް ބޭނުންވާ މާއްދާ ދުވަހަކު ވެސް ބޭނުން ނުކުރަން އީރާން އިން އެއްބަސްވެއްޖެ
27 ފެބުރުއަރީ 2026

އީރާނާއި އެމެރިކާގެ ނިއުކްލިއާ މަޝްވަރާތަކުގައި ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ބުނެފި

27 ފެބުރުއަރީ 2026
އީރާނާއި އެމެރިކާގެ ނިއުކްލިއާ މަޝްވަރާތަކުގައި ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ބުނެފި
27 ފެބުރުއަރީ 2026

އީރާނަށް ހަމަލާދިނުމަށް ޕެންޓަގަންގެ "ކާމިކާޒީ" ޑްރޯން ޔުނިޓް ތައްޔާރު ވެއްޖެ

27 ފެބުރުއަރީ 2026
އީރާނަށް ހަމަލާދިނުމަށް ޕެންޓަގަންގެ "ކާމިކާޒީ" ޑްރޯން ޔުނިޓް ތައްޔާރު ވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު