Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ-އިޒްރޭލް

އީރާންއާ ދެމެދު ނުތަނަވަސްކަން އުފެދިފައި ވަނިކޮށް، ރޫބިއޯ އިޒްރޭލް އަށް ވަޑައިގަންނަވަނީ

މިއީ މިއަހަރުގެ ތެރޭގައި ރޫބިއޯ އިޒްރޭލް އަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރު. ނަމަވެސް، މިދިޔަ އަހަރުގެ ތެރޭގައި ރޫބިއޯ ވަނީ އެކި ފަހަރު މަތިން އިޒްރޭލް އަށް ވަޑައިގެންފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 28 ފެބުރުއަރީ 2026 | ހޮނިހިރު 07:19
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ | ގެޓީ އިމޭޖަސް

އެމެރިކާ އާއި އީރާންއާ ދެމެދު ނުތަނަވަސްކަން އިތުރުވެ، ހަމަލާ ދީފާނެ ކަމުގެ ނުރައްކާތެރިކަން ބޮޑުވެފައި ވަނިކޮށް، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ އިޒްރޭލް އަށް ވަޑައިގަންނަވަން ނިންމަވައިފި އެވެ. 

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާނު ޓޮމީ ޕިގޮޓް ހާމަ ކުރެއްވި ގޮތުގައި، މާޗު މަހުގެ ދެ ވަނަ ދުވަހުން ފެށިގެން، ތިން ވަނަ ދުވަހުގެ ނިޔަލަށް ރޫބިއޯ އިޒްރޭލް އަށް ވަޑައިގަންނަވާނެ އެވެ. މި ދަތުރުފުޅުގައި ލުބުނާން އާއި، ޣައްޒާ އަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވިހި ނުކުތާގެ ސުލްޙައިގެ ޕްލޭން ތަންފީޒު ކުރުމުގެ މަސައްކަތްތައް ހިމެނޭ ގޮތުން، ސަރަހައްދީ މުހިންމު ކަންކަމާ މެދު މަޝްވަރާ ކުރައްވާނެ ކަމަށް ވެސް ޕިގޮޓް ވިދާޅުވި އެވެ. 

ރޫބިއޯ އިޒްރޭލް އަށް ވަޑައިގަންނަވާ މި ދަނޑިވަޅަކީ، އީރާން އާއި އެމެރިކާއާ ދެމެދު ނުތަނަވަސްކަން އިތުރުވެފައިވާ ވަގުތެކެވެ. އީރާންގައި އެ ޤައުމުގެ ސަރުކާރާ ދެކޮޅަށް ފެށުނު މުޒާހަރާތައް މައިތިރި ކުރުމަށް ބާރުގެ ބޭނުން ކުރުމާއި، ނިއުކްލިއާ މައްސަލައިގައި އެމެރިކާ އިން އަންނަނީ އީރާން އަށް އިންޒާރު ދެމުންނެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަމުރުފުޅަށް، އެމެރިކާ އިން ވަނީ މެދު އިރުމަތީގައި އަސްކަރީ ބާރުވެރިކަން އިތުރު ކޮށްފަ އެވެ. 

އީރާން އާއި އެމެރިކާއާ ދެމެދު ނިއުކްލިއާ އެއްބަސްވުމެއް ޤާއިމު ކުރުމަށް މަޝްވަރާތައް އަންނަނީ ކުރިއަށް ގެންދަމުންނެވެ. އެގޮތުން އަލުން މަޝްވަރާތައް ފަށާފައިވާއިރު، މިހާތަނަށް ވަނީ ތިން ބުރެއްގެ މަތިން މަޝްވަރާތައް ކުރިއަށް ގެންގޮސްފަ އެވެ. އޮމާން މެދުވެރިވެގެން ކުރިއަށް ގެންދާ މަޝްވަރާ ތަކާ މެދު ހިތްހަމަ ނުޖެހޭ ކަމަށް ވެސް އެމެރިކާ އިން އޮތީ ހާމަ ކޮށްފަ އެވެ. ނަމަވެސް އޮމާން އިން ބުނެފައި ވަނީ މަޝްވަރާތައް ކުރިއަށް ދަނީ ރަނގަޅު މިސްރާބެއްގައި ކަމަށެވެ. 

މިއީ މިއަހަރުގެ ތެރޭގައި ރޫބިއޯ އިޒްރޭލް އަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. ނަމަވެސް، މިދިޔަ އަހަރުގެ ތެރޭގައި ރޫބިއޯ ވަނީ އެކި ފަހަރު މަތިން އިޒްރޭލް އަށް ވަޑައިގެންފަ އެވެ. އެމެރިކާ އާއި އިޒްރޭލްއާ ދެމެދު ގޮތް ގުޅުމެއް އޮންނައިރު، ޓްރަމްޕްގެ ރިޔާސީ ދެ ވަނަ ދައުރުގައި އެ ގުޅުން އިތުރުވެފައިވާކަން ފާހަގަ ކުރެވެ އެވެ. 

މަސްދަރު: އަލް އަރަބިއްޔާ

އީރާން-އެމެރިކާޣައްޒާމާކޯ ރޫބިއޯ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއީރާން ނިއުކްލިއަރ ޕްރޮގްރާމްއެމެރިކާ-އިޒްރޭލު

އިތުރަށް ކިޔާލަން

28 ފެބުރުއަރީ 2026

އީރާންގެ މަޝްވަރާތަކާ މެދު ޓްރަމްޕް ހިތްހަމަ ނުޖެހޭ، ހަމަލާ ދިނުމާ މެދު އަދި ގޮތެއް ނުނިންމާ

28 ފެބުރުއަރީ 2026
އީރާންގެ މަޝްވަރާތަކާ މެދު ޓްރަމްޕް ހިތްހަމަ ނުޖެހޭ، ހަމަލާ ދިނުމާ މެދު އަދި ގޮތެއް ނުނިންމާ
28 ފެބުރުއަރީ 2026

ނިއުކްލިއާ ހަތިޔާރު އުފެއްދުމަށް ބޭނުންވާ މާއްދާ ދުވަހަކު ވެސް ބޭނުން ނުކުރަން އީރާން އިން އެއްބަސްވެއްޖެ

28 ފެބުރުއަރީ 2026
ނިއުކްލިއާ ހަތިޔާރު އުފެއްދުމަށް ބޭނުންވާ މާއްދާ ދުވަހަކު ވެސް ބޭނުން ނުކުރަން އީރާން އިން އެއްބަސްވެއްޖެ
27 ފެބުރުއަރީ 2026

އީރާނާއި އެމެރިކާގެ ނިއުކްލިއާ މަޝްވަރާތަކުގައި ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ބުނެފި

27 ފެބުރުއަރީ 2026
އީރާނާއި އެމެރިކާގެ ނިއުކްލިއާ މަޝްވަރާތަކުގައި ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ބުނެފި
26 ފެބުރުއަރީ 2026

އީރާނުގެ ފަރާތުން ވަގުތުން ކުރިމަތިވެދާނެ ނުރައްކަލެއް އޮތްކަމުގެ އެއްވެސް ހެއްކެއް ނެތި ބާރުގެ ބޭނުންކުރުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފު ކަމެއް: އަލްބަރާދައީ

26 ފެބުރުއަރީ 2026
އީރާނުގެ ފަރާތުން ވަގުތުން ކުރިމަތިވެދާނެ ނުރައްކަލެއް އޮތްކަމުގެ އެއްވެސް ހެއްކެއް ނެތި ބާރުގެ ބޭނުންކުރުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފު ކަމެއް: އަލްބަރާދައީ
26 ފެބުރުއަރީ 2026

އީރާން އާއި، އެމެރިކާގެ ތިން ވަނަ ބުރުގެ މަޝްވަރާތައް ޖެނީވާގައި ފަށައިފި

26 ފެބުރުއަރީ 2026
އީރާން އާއި، އެމެރިކާގެ ތިން ވަނަ ބުރުގެ މަޝްވަރާތައް ޖެނީވާގައި ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު