Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޗާގޯސް

އީރާނަށް ހަމަލާ ދިނުމަށް ޗާގޯސް ބޭނުން ކުރުމުގެ ހުއްދަ ނުދޭނެ ކަމަށް އިނގިރޭސިން ބުނެފައިވަނިކޮށް އިނގިރޭސި ޚާރިޖީ ވަޒީރު އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓާ ބައްދަލުކުރައްވަނީ

ޗާގޯސް ޖަޒީރާގެ ސިޔާދަތީ ބާރު މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސިވިލާތުން ނިންމި ނިންމުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަނެއްކާވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ. ޓްރަމްޕް މި އެއްބަސްވުމާ ދެކޮޅު ހައްދަވަނީ އީރާނާ ދެކޮޅަށް ހިންގާފާނެ އަސްކަރީ އޮޕަރޭޝަންތަކުގައި ފޯޅަވަހީގެ އަސްކަރީ މަރުކަޒު ބޭނުންކުރުމުގެ ހުއްދަ އިނގިރޭސިވިލާތުން ނުދީފާނެތީ ކަމަށް ރިޕޯޓްތައް ބުނޭ. މި މައްސަލައިގައި ޚިޔާލުތަފާތުވުންތައް އުފެދިފައިވާ ދަނޑިވަޅެއްގައި، އިނގިރޭސި ޚާރިޖީ ވަޒީރު އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓާ ބައްދަލުކުރައްވައި ދިފާއީ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައި.

ރާއްޖެ އެމްވީ | 20 ފެބުރުއަރީ 2026 | ހުކުރު 17:22
އަފްޣާނިސްތާނަށް ހަމަލާދިނުމަށް ހިންގި "އޮޕަރޭޝަން އެންޑިއުރިން ފްރީޑަމް" ގެ ތެރެއިން، 2001 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު، ހަމަލާދޭ މިޝަންއަކަށް ފުރުމަށްޓަކައި ޑިއޭގޯ ގާސިއާގައި ބީ-52އެޗް ސްޓްރެޓޯފޯޓްރެސް ބޮންއަޅާ ބޯޓު ދުއްވާފައި ދިޔައިރު، އެމެރިކާގެ އެއާފޯސް ގްރައުންޑް ކުރޫގެ މެންބަރުން އެ ބޯޓަށް އަތުން އިޝާރާތްކޮށް ހަނާއަޅަނީ.

އަފްޣާނިސްތާނަށް ހަމަލާދިނުމަށް ހިންގި "އޮޕަރޭޝަން އެންޑިއުރިން ފްރީޑަމް" ގެ ތެރެއިން، 2001 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު، ހަމަލާދޭ މިޝަންއަކަށް ފުރުމަށްޓަކައި ޑިއޭގޯ ގާސިއާގައި ބީ-52އެޗް ސްޓްރެޓޯފޯޓްރެސް ބޮންއަޅާ ބޯޓު ދުއްވާފައި ދިޔައިރު، އެމެރިކާގެ އެއާފޯސް ގްރައުންޑް ކުރޫގެ މެންބަރުން އެ ބޯޓަށް އަތުން އިޝާރާތްކޮށް ހަނާއަޅަނީ. | ގެޓީ އިމޭޖަސް

އެމެރިކާ އާއި އިނގިރޭސިވިލާތުގެ އަސްކަރީ މަރުކަޒެއް ގާއިމުކޮށްފައިވާ ޗާގޯސް ޖަޒީރާގެ ސިޔާދަތީ ބާރު ދޫކޮށްލުމަށް އިނގިރޭސިވިލާތުން ނިންމި ނިންމުމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަލުން ފާޑުވިދާޅުވެފައި ވަނިކޮށް، އިނގިރޭސި ޚާރިޖީ ވަޒީރު އިވެޓް ކޫޕާ ހުކުރު ދުވަހު އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯއާ ބައްދަލުކުރައްވާ ގޮތައް ހަމަޖެހިފައިވާ ކަމަށް ރޮއިޓާސް އިން ބުނެފި އެވެ.

އިންޑިއާ ކަނޑުގައި އޮންނަ މި ޖަޒީރާތަކުގެ ސިޔާދަތީ ބާރު މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސި ބޮޑުވަޒީރު ކިއަރ ސްޓާމަރ އެއްބަސްވެވަޑައިގަތީ މިދިޔަ އަހަރުގެ ތެރޭގައެވެ. ނަމަވެސް، އެ އެއްބަސްވުމުގެ ދަށުން އެމެރިކާގެ އަސްކަރީ އޮޕަރޭޝަންތައް ކުރިއަށްގެންދާ ފޯޅަވަހި (ޑިއޭގޯ ގާސިއާ) 99 އަހަރުގެ ކުއްޔަކަށް އިނގިރޭސިވިލާތުގެ ބާރުގެ ދަށުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ.

މި އެއްބަސްވުމަށް މިދިޔަ އަހަރު އެމެރިކާ ސަރުކާރުން ތާއީދުކުރި ނަމަވެސް، އޭގެ ފަހުން ޓްރަމްޕް ވަނީ އެކި ފަހަރު މަތިން އެކަމާ މެދު އެކި ގޮތައް ވާހަކަ ދައްކަވާފަ އެވެ. އެގޮތުން މިދިޔަ ޖެނުއަރީ މަހު ޓްރަމްޕް އެ އެއްބަސްވުން ސިފަކުރެއްވީ "ވަރަށް ބޮޑު މޮޔަކަމެއް" ގެ ގޮތުގައެވެ. ނަމަވެސް، މި މަހުގެ ކުރީކޮޅު އޭނާ ވިދާޅުވީ އެއީ ބޮޑުވަޒީރު ސްޓާމަރަށް ހެއްދެވޭނެ އެންމެ ރަނގަޅު އެއްބަސްވުން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެހެންނަމަވެސް، މި ހަފުތާގައި ޓްރަމްޕް ވަނީ އަނެއްކާވެސް އެ ނިންމުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވާން ފައްޓަވާފައެވެ.

ވޮޝިންގޓަންގައި ކޫޕާ، ރޫބިއޯއާ ބައްދަލުކުރައްވަނީ ދިފާއީ އަދި ސަލާމަތީ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށެވެ. މި ބައްދަލުވުން މި ބާއްވަނީ، އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމާ ގުޅޭގޮތުން ކުރިއަށް އޮތް 10 ނުވަތަ 15 ދުވަހުގެ ތެރޭގައި އެއްބަސްވުމަކަށް އަންނަންޖެހޭނެ ކަމަށާއި، އެހެން ނޫންނަމަ "ވަރަށް ގޯސް ކަންތައްތަކެއް" ހިނގާފާނެ ކަމަށް ވިދާޅުވެ، ޓްރަމްޕް އީރާނަށް ދެއްވާ އިންޒާރުތައް ވަރުގަދަކުރައްވާފައިވާ ދަނޑިވަޅެއްގައެވެ.

ފޯޅަވަހީގައި އޮންނަ އަސްކަރީ މަރުކަޒަކީ ފަހަކަށް އައިސް މެދުއިރުމަތީގައި ޔަމަނުގެ ހޫޘީންނާ ދެކޮޅަށް ހިންގާ އޮޕަރޭޝަންތަކުގައާއި، ޣަޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ މަސައްކަތްތަކުގައި ބޭނުންކުރަމުންދާ މަރުކަޒެކެވެ.

ޗާގޯސް އެއްބަސްވުމަށް ތާއީދުކުރާ ކަމަށް ރޫބިއޯގެ ސްޓޭޓް ޑިޕާޓްމަންޓުން މިދިޔަ އަންގާރަ ދުވަހު ބުނި ނަމަވެސް، އޭގެ ޖެހިގެން އައި ދުވަހު ޓްރަމްޕް ވިދާޅުވީ އިނގިރޭސިވިލާތުން ހަދަނީ ވަރަށް ބޮޑު ގޯހެއް ކަމަށެވެ.

ޓްރަމްޕްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް ކަމަށްވާ "ޓްރުތް ސޯޝަލް" ގައި ކުރެއްވި ޕޯސްޓެއްގައި "ޑިއޭގޯ ގާސިއާ ދޫކޮށްނުލާ!" ލިޔުއްވާފައިވެ އެވެ. އަދި އީރާނުން ދީފާނެ ހަމަލާއެއް ހުއްޓުވުމަށް ކުރިއަށް އޮތް ތަނުގައި ހިންގާ އެއްވެސް އަސްކަރީ އޮޕަރޭޝަނެއްގައި އެ މަރުކަޒުގެ ބޭނުން ހިފަން ޖެހިދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި ދެ ގައުމު ގުޅިގެން ބޭނުންކުރާ އަސްކަރީ މަރުކަޒުގެ އުސޫލުތައް އޮންނަ ގޮތުން، ފޯޅަވަހިން ހިންގާ ކޮންމެ އޮޕަރޭޝަނަކަށް އިނގިރޭސިވިލާތުގެ އިޒުނަ ކުރިން ހޯދަންޖެހެއެވެ.

އިނގިރޭސިވިލާތުގެ "ދަ ޓައިމްސް" ނޫހުން ބުރާސްފަތި ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި، ޗާގޯސް އެއްބަސްވުމަށް ޓްރަމްޕް އެންމެ ފަހުން ފާޑުވިދާޅުވީ، އީރާނަށް ދޭ ހަމަލާތަކުގައި އެ މަރުކަޒު ބޭނުންކުރުމުގެ ހުއްދަ އިނގިރޭސިވިލާތުން އަދި ދީފައި ނުވާތީއެވެ. އިނގިރޭސިވިލާތުން އެ ހުއްދަ ނުދީ ހިފަހައްޓަނީ، އެފަދަ ހަމަލާތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފު ކަމަކަށް ވެދާނެތީ ކަމަށް އެ ނޫހުން ބުނެފައިވެއެވެ.

"ދަ ޓައިމްސް" ގެ މި ރިޕޯޓާ ގުޅޭގޮތުން ސުވާލުކުރުމުން، އިނގިރޭސި ދިފާއީ ވުޒާރާއިން ބުރާސްފަތި ދުވަހު ބުނީ އަސްކަރީ އޮޕަރޭޝަންތަކާ ގުޅޭ ކަންކަމުގައި އެ މިނިސްޓްރީން ވަކި އެއްޗެއް ހާމަނުކުރާނެ ކަމަށެވެ. ނަމަވެސް، އެމެރިކާ އާއި އީރާނާ ދެމެދު މިހާރު ކުރިއަށްދާ ސިޔާސީ މަޝްވަރާތަކަށް އިނގިރޭސިވިލާތުން ތާއީދުކުރާ ކަމަށް އެ ވުޒާރާއިން ބުންޏެވެ.

ޑޮނަލްޑް ޓްރަމްޕްޗާގޯސްކިއަރ ސްޓާމާމާކޯ ރޫބިއޯ އިވެޓް ކޫޕަރއީރާން

އިތުރަށް ކިޔާލަން

20 ފެބުރުއަރީ 2026

އީރާނަށް އަސްކަރީ ހަމަލާ ދޭން ޗާގޯސް ބޭނުން ނުކުރެވޭނެ ކަމަށް އިނގިރޭސިވިލާތުން ބުނެފި

20 ފެބުރުއަރީ 2026
އީރާނަށް އަސްކަރީ ހަމަލާ ދޭން ޗާގޯސް ބޭނުން ނުކުރެވޭނެ ކަމަށް އިނގިރޭސިވިލާތުން ބުނެފި
20 ފެބުރުއަރީ 2026

އެމެރިކާގެ ސުޕްރީމް ކޯޓުން ޓްރަމްޕްގެ ޓެރިފްތަކަށް ހުރަސްއަޅައި, އެއީ ބާރުގެ ނަހަމަ ބޭނުން ހިފުން ކަމަށް ކަނޑައަޅާ ހުކުމް ކޮށްފި

20 ފެބުރުއަރީ 2026
އެމެރިކާގެ ސުޕްރީމް ކޯޓުން ޓްރަމްޕްގެ ޓެރިފްތަކަށް ހުރަސްއަޅައި, އެއީ ބާރުގެ ނަހަމަ ބޭނުން ހިފުން ކަމަށް ކަނޑައަޅާ ހުކުމް ކޮށްފި
20 ފެބުރުއަރީ 2026

ޗާގޯސް އަށް ވަޒަންވެރިވާން ދިޔަ މީހުން ބޭރުކުރުން ކޯޓު އަމުރަކުން ހުއްޓުވައިފި

20 ފެބުރުއަރީ 2026
ޗާގޯސް އަށް ވަޒަންވެރިވާން ދިޔަ މީހުން ބޭރުކުރުން ކޯޓު އަމުރަކުން ހުއްޓުވައިފި
20 ފެބުރުއަރީ 2026

އީރާނުގެ އަސްކަރީ ބޯޓެއް ވެއްޓި ޕައިލެޓަކު މަރުވެއްޖެ

20 ފެބުރުއަރީ 2026
އީރާނުގެ އަސްކަރީ ބޯޓެއް ވެއްޓި ޕައިލެޓަކު މަރުވެއްޖެ
20 ފެބުރުއަރީ 2026

ޓްރަމްޕްގެ ނަމަށް ފްލޮރިޑާ އެއާޕޯޓުގެ ނަން ބަދަލުކުރަނީ

20 ފެބުރުއަރީ 2026
ޓްރަމްޕްގެ ނަމަށް ފްލޮރިޑާ އެއާޕޯޓުގެ ނަން ބަދަލުކުރަނީ
20 ފެބުރުއަރީ 2026

އީރާނަށް ހަމަލާއެއް ދީފިނަމަ، އެމެރިކާގެ އަސްކަރީ މަރުކަޒުތަކާއި ވަސީލަތްތަކަކީ ހަމަލާދެވިދާނެ ތަންތަން ކަމަށް ބުނެ އީރާނުން އިންޒާރު ދީފި

20 ފެބުރުއަރީ 2026
އީރާނަށް ހަމަލާއެއް ދީފިނަމަ، އެމެރިކާގެ އަސްކަރީ މަރުކަޒުތަކާއި ވަސީލަތްތަކަކީ ހަމަލާދެވިދާނެ ތަންތަން ކަމަށް ބުނެ އީރާނުން އިންޒާރު ދީފި
20 ފެބުރުއަރީ 2026

މިސައިލާއި ބޮޑު ބަޑި ހަރުކޮށްފައިވާ ދަރުމަވަންތަ ފޯޅަވަހި ކައިރީގައި ހަރަކާތްތެރިވާ ހަބަރު އިނގިރޭސީ ނޫސްތަކަށް

20 ފެބުރުއަރީ 2026
މިސައިލާއި ބޮޑު ބަޑި ހަރުކޮށްފައިވާ ދަރުމަވަންތަ ފޯޅަވަހި ކައިރީގައި ހަރަކާތްތެރިވާ ހަބަރު އިނގިރޭސީ ނޫސްތަކަށް
19 ފެބުރުއަރީ 2026

ޗާގޯސްގެ މިލްކުވެރިކަން މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސި ސަރުކާރުން ނިންމި ނިންމުމާ ދެކޮޅަށް، އެ ޖަޒީރާތަކުގެ އަސްލު ވަޒަންވެރިންގެ ބަޔަކު އެތަނަށް ގޮސް ވަޒަންވެރިވުމަށް މަސައްކަތް ފަށައިފި

19 ފެބުރުއަރީ 2026
ޗާގޯސްގެ މިލްކުވެރިކަން މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސި ސަރުކާރުން ނިންމި ނިންމުމާ ދެކޮޅަށް، އެ ޖަޒީރާތަކުގެ އަސްލު ވަޒަންވެރިންގެ ބަޔަކު އެތަނަށް ގޮސް ވަޒަންވެރިވުމަށް މަސައްކަތް ފަށައިފި
19 ފެބުރުއަރީ 2026

އެއްބަސްވުމަކަށް އައުމަކީ ބުއްދިވެރި ގޮތް ކަމަށް ވިދާޅުވެ، އަނެއްކާ ވެސް ޓްރަމްޕް އީރާން އަށް އިންޒާރު ދެއްވައިފި

19 ފެބުރުއަރީ 2026
އެއްބަސްވުމަކަށް އައުމަކީ ބުއްދިވެރި ގޮތް ކަމަށް ވިދާޅުވެ، އަނެއްކާ ވެސް ޓްރަމްޕް އީރާން އަށް އިންޒާރު ދެއްވައިފި
18 ފެބުރުއަރީ 2026

އީރާނުން މުހިންމު އަސްކަރީ ސައިޓުތަކުގެ ދިފާއު ވަރުގަދަކުރަނީ

18 ފެބުރުއަރީ 2026
އީރާނުން މުހިންމު އަސްކަރީ ސައިޓުތަކުގެ ދިފާއު ވަރުގަދަކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު