Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިރާން ހަނގުރާމަ

އިރާނުގެ އަސްކަރިއްޔާއިން ބެލިސްޓިކް މިސައިލާއި ސުއިސައިޑް ޑްރޯން ބޭނުންކޮށްގެން، އެމެރިކާ އާއި އިޒްރޭލުގެ އަމާޒުތަކަށް ރައްދުގައި ދޭ ހަމަލާތަކުގެ އާ ބުރެއް ކުރިއަށް ގެންގޮސްފި

އިރާނުގެ "އޮޕަރޭޝަން ޓްރޫ ޕްރޮމިސް 4" ގެ ދަށުން އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށާއި އިޒްރޭލުގެ މުހިންމު ސަރަހައްދުތަކަށް އަމާޒުކޮށް ބެލިސްޓިކް މިސައިލާއި ޑްރޯންގެ ވަރުގަދަ ހަމަލާތަކެއް ދީފި. އީރާނުން ދެމުންދާ ރައްދު ހަމަލާތަކުގެ ސަބަބުން ދުޝްމަނުންގެ ވައިގެ ދިފާއީ ނިޒާމުތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށް އެ ގައުމުން ބުނޭ. އަދި އިރާނުގެ ވަސީލަތްތަކަށް އިތުރު ހަމަލާއެއް ދީފިނަމަ، އުންމީދު ނުކުރާ ފަދަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރުވެސް ވަނީ ދީފައި.

ރާއްޖެ އެމްވީ | 23 މާރިޗު 2026 | ހޯމަ 01:07
މި ފޮޓޯއިން ފެންނަނީ 2026 ވަނަ އަހަރުގެ މާރިޗު މަހުގެ 21 ވަނަ ދުވަހު، އިޒްރޭލުން ހިފާފައިވާ ދެކުނުގެ ރަށެއް ކަމަށްވާ އަރާދަށް، އީރާނުން ދިން ވަރުގަދަ މިސައިލް ހަމަލާތަކަށްފަހު އެ ސިޓީއަށް ލިބިފައިވާ ބޮޑެތި ގެއްލުންތައް.

މި ފޮޓޯއިން ފެންނަނީ 2026 ވަނަ އަހަރުގެ މާރިޗު މަހުގެ 21 ވަނަ ދުވަހު، އިޒްރޭލުން ހިފާފައިވާ ދެކުނުގެ ރަށެއް ކަމަށްވާ އަރާދަށް، އީރާނުން ދިން ވަރުގަދަ މިސައިލް ހަމަލާތަކަށްފަހު އެ ސިޓީއަށް ލިބިފައިވާ ބޮޑެތި ގެއްލުންތައް. | ޕްރެސްޓީވީ

އިރާނުގެ އަސްކަރިއްޔާއިން އާދީއްތަ ދުވަހު ބެލިސްޓިކް މިސައިލާއި ސުއިސައިޑް ޑްރޯން ބޭނުންކޮށްގެން، އެމެރިކާ އާއި އިޒްރޭލުގެ އަމާޒުތަކަށް ރައްދުގައި ދޭ ހަމަލާތަކުގެ އާ ބުރެއް ކުރިއަށް ގެންގޮސްފި އެވެ.

އިރާނުގެ އަސްކަރިއްޔާއިން މާރިޗު މަހުގެ 22 ވަނަ ދުވަހު އިއުލާނުކުރި ގޮތުގައި، "އޮޕަރޭޝަން ޓްރޫ ޕްރޮމިސް 4" ގެ ދަށުން ދިން 74 ވަނަ ބުރުގެ މި ހަމަލާތައް އަމާޒުކޮށްފައިވަނީ ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށާއި، އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ މެދުތެރެއާއި ދެކުނުގެ ސަރަހައްދުތަކުގައި ހުރި އަމާޒުތަކަށެވެ. މި ހަމަލާތަކަކީ ކުރިން ރޭވިފައިވާ ސިނާރިއޯތަކެއްގެ ދަށުން، އާ އުކުޅުތަކާއި ތަރައްގީކޮށްފައިވާ ނިޒާމުތައް ބޭނުންކޮށްގެން ދީފައިވާ ހަމަލާތަކެއް ކަމަށް އެ ގައުމުން ބުނެއެވެ.

އިރާނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެމެރިކާގެ ޕްރިންސް ސުލްތާން އެއާ ބޭސްއަށާއި، އެމެރިކާގެ ފިފްތު ފްލީޓް (ފަސްވަނަ ކަނޑުގެ ފައުޖު) އަދި ކޯމަލާ ޓެރަރިސްޓް ގްރޫޕްގެ މަރުކަޒުތަކަށް އިރާނުގެ "އިމާދު"، "ފާތިހު" އަދި "ގިޔާމް" މަރުކާގެ މިސައިލްތަކާއި ހަނގުރާމަވެރި ޑްރޯންތަކުން ހަމަލާދީފައިވާ ކަމަށެވެ.

މީގެ އިތުރުން، އާދިއްތަ ދުވަހުގެ ހެނދުނު އިޒްރޭލުގެ އަސްކަރީ މަރުކަޒުތަކާއި ސަލާމަތީ މަރުކަޒުތަކަށް "ގަދަރު"، "ޚައިބަރު-ޝެކަން" އަދި "ޚޯރަމްޝަހަރު 4" މަރުކާގެ ބަރު މިސައިލްތަކުން ސީދާ ހަމަލާދީ، އެ ތަންތަން ވަރަށް ބޮޑަށް ހަލާކުކޮށްލާފައިވާ ކަމަށްވެސް އެ ބަޔާނުގައިވެއެވެ.

އިރާނުގެ އަސްކަރިއްޔާއިން ދިން ހުޝިޔާރު އަދި ހުނަރުވެރި ހަމަލާތަކުގެ ސަބަބުން، އެމެރިކާގެ ސެންޓްރަލް ކޮމާންޑަށް  އޮޅުންބޮޅުންތަކެއް އަރައި، ހުޅަނގު އޭޝިއާ ސަރަހައްދުގައި އެމެރިކާއާއި ޒަޔަނިސްޓުން ގާއިމުކޮށްފައިވާ ގިނަ ފަންތީގެ ވައިގެ ދިފާއީ ނިޒާމުތައް ހަލާކުވެ، އެމެރިކާގެ ހަތިޔާރުގެ އެހީތެރިކަން ފޯރުކޮށްދޭ ނިޒާމަށް ބުރޫއަރާފައިވާ ކަމަށް އެ ގައުމުން ބުނެއެވެ. މީގެ ސަބަބުން ހަނގުރާމައިގެ މިސްރާބު އިރާނަށް ފަހިވާ ގޮތަށް ބަދަލުވެފައިވާ ކަމަށްވެސް ބަޔާނުގައިވެއެވެ.

އެމެރިކާއާއި ޒަޔަނިސްޓު ހަނގުރާމަވެރިންގެ މެދުގައި އުފެދިފައިވާ ރުޅި އާއި މާޔޫސްކަމަކީ ކުރިންވެސް ލަފާކުރެވުނު ކަމެއް ކަމަށާއި، ހަނގުރާމައިގެ ތެރެއަށް އެމެރިކާއާއި ޒަޔަނިސްޓު ރެޖީމް ގެނބިގެންދާނެ ކަމުގެ އިންޒާރާއި، ސަރަހައްދީ ފެންވަރުގައި ބޮޑު ހަނގުރާމައެއް ފެށިދާނެ ކަމުގެ އިންޒާރު މީގެ ކުރިންވެސް ދީފައިވާނެ ކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އިރާނުގެ އަސްކަރިއްޔާއިން އަލުން އިންޒާރު ދެމުން ބުނެފައިވަނީ، ދުޝްމަނުން އިރާނުގެ އިންސާނީ ވަސީލަތްތަކާއި ހަކަތައިގެ މަރުކަޒުތަކަށް ދޭ ހަމަލާތައް ތަކުރާރުކޮށްފިނަމަ، އިސްލާމީ ޖުމްހޫރިއްޔާގެ ރައްދު ހުންނާނީ އުންމީދު ނުކުރާ ފަދަ މިންވަރަކަށް، އަދި މިހާރުގެ އުސޫލުތަކާ މުޅިން ތަފާތު ގޮތަކަށް ކަމަށެވެ.

އޮޕަރޭޝަން ޓްރޫ ޕްރޮމިސްޕްރިންސް ސުލްޠާން އެއާބޭސްއީރާން-ޔޫއެސްއޭ-އިޒްރޭލް

ކޮމެންޓް

އިތުރަށް ކިޔާލަން

އީރާނުން އެފް-15 ހަނގުރާމަމަތީ ބޯޓަކަށް މިސައިލް ހަމަލާދީފި

އީރާނުން އެފް-15 ހަނގުރާމަމަތީ ބޯޓަކަށް މިސައިލް ހަމަލާދީފި

23 މާރިޗު 2026
އީރާނާ ދެކޮޅަށް ހިންގާ އަސްކަރީ އޮޕަރޭޝަންތަކުގައި ބޭނުންކުރާ އެމެރިކާގެ މަނަވަރުތަކުގެ މިސައިލް ސްޓޮކް ވަރަށް ބޮޑަށް މަދުވެ، ހަތިޔާރު ހުސްވުމުގެ މައްސަލަ ވަނީ ކުރިމަތިވެފައި

އީރާނާ ދެކޮޅަށް ހިންގާ އަސްކަރީ އޮޕަރޭޝަންތަކުގައި ބޭނުންކުރާ އެމެރިކާގެ މަނަވަރުތަކުގެ މިސައިލް ސްޓޮކް ވަރަށް ބޮޑަށް މަދުވެ، ހަތިޔާރު ހުސްވުމުގެ މައްސަލަ ވަނީ ކުރިމަތިވެފައި

23 މާރިޗު 2026
ޓްރަމްޕްގެ 'ބޯހަމަނުޖެހޭ އިންޒާރުތަކަށް' އީރާނުން ރައްދުދޭނީ ހަނގުރާމައިގެ މައިދާނުގައި: ޕެޒެޝްކިއާން

ޓްރަމްޕްގެ 'ބޯހަމަނުޖެހޭ އިންޒާރުތަކަށް' އީރާނުން ރައްދުދޭނީ ހަނގުރާމައިގެ މައިދާނުގައި: ޕެޒެޝްކިއާން

23 މާރިޗު 2026
އީރާނުން އިޒްރޭލުގެ ތިންވަނަ އެފް-16 ޖެޓް ވައްޓާލައިފި

އީރާނުން އިޒްރޭލުގެ ތިންވަނަ އެފް-16 ޖެޓް ވައްޓާލައިފި

22 މާރިޗު 2026
ހަނގުރާމަ ރާއްޖެ އާ ގާތައް، އެމެރިކާގެ ބޮން އަޅާ ބޯޓުފަހަރު ސްޓޭޝަން ކޮށްފައިވާ ޑިއޭގޯ ގާސިއާ އީރާނަށް ހަމަލާ ދިނުމަށް ބޭނުން ކުރުމުގެ ހުއްދަ ދިނުމަކީ ހަނގުރާމައިގައި ބައިވެރިވުން ކަމަށް އެ ގައުމުން ބުނެފި

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު