Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

އީރާނުން އެފް-15 ހަނގުރާމަމަތީ ބޯޓަކަށް މިސައިލް ހަމަލާދީފި

އީރާނުގެ ދެކުނުގެ ވައިގެ ސަރަހައްދަށް ހުއްދަނެތި ވަން ދުޝްމަނުންގެ އެފް-15 މަރުކާގެ ބޯޓަކަށް އެ ގައުމުގެ ދިފާއީ ބާރުތަކުން މިސައިލް ހަމަލާއެއް ދީފި. މި ހަމަލާއަކީ އެމެރިކާ އާއި އިޒްރޭލުން އީރާނާ ދެކޮޅަށް ފަށާފައިވާ އަސްކަރީ ކެމްޕޭނާ ގުޅިގެން، އެ ގައުމުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ދިން ރައްދު ހަމަލާއެއް. އީރާނުން ދަނީ އެ ގައުމަށް ދެމުންދާ ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން ސަރަހައްދީ ގައުމުތަކުގައި ހުރި އެމެރިކާގެ މަރުކަޒުތަކަށް އަމާޒުކޮށް މިސައިލާއި ޑްރޯން ހަމަލާތައް ދެމުން.

ރާއްޖެ އެމްވީ | 23 މާރިޗު 2026 | ހޯމަ 00:55
އިޒްރޭލުގެ ދެކުނުގައިވާ ބީރް ޝެވާ ކައިރީގައި އޮންނަ ހަޓްޒެރިމް އެއަރ ފޯސް ބޭސްގައި، 2010 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހު ބޭއްވި އިޒްރޭލު ސިފައިންގެ ޕައިލެޓުންގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގެ އެއަރ ޝޯއެއްގެ ތެރެއިން، އެ ގައުމުގެ އެފް-15 މަރުކާގެ ޖެޓަކުން މިސައިލުން ދިފާއުވުމަށް ބޭނުންކުރާ ފްލެއާސްތަކެއް ފޮނުވާލަނީ.

އިޒްރޭލުގެ ދެކުނުގައިވާ ބީރް ޝެވާ ކައިރީގައި އޮންނަ ހަޓްޒެރިމް އެއަރ ފޯސް ބޭސްގައި، 2010 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހު ބޭއްވި އިޒްރޭލު ސިފައިންގެ ޕައިލެޓުންގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގެ އެއަރ ޝޯއެއްގެ ތެރެއިން، އެ ގައުމުގެ އެފް-15 މަރުކާގެ ޖެޓަކުން މިސައިލުން ދިފާއުވުމަށް ބޭނުންކުރާ ފްލެއާސްތަކެއް ފޮނުވާލަނީ. | ގެޓީ އިމޭޖަސް

އީރާނުގެ ދެކުނުގެ ސަރަހައްދުން އެ ގައުމުގެ ވައިގެ ދިފާއީ ބާރުތަކުން ދުޝްމަނުންގެ އެފް-15 މަރުކާގެ ހަނގުރާމަމަތީ ބޯޓަކަށް ހުރަސް އަޅައި، އެ ބޯޓަށް އަމާޒުކޮށް މިސައިލް ހަމަލާއެއް ދީފިއެވެ.

އީރާނުގެ އެއަރ ޑިފެންސް ޖޮއިންޓް ހެޑްކުއާޓާރޒުން އާދީއްތަ ދުވަހު ހާމަކޮށްފައިވާ ގޮތުގައި، އެ ގައުމުގެ ދެކުނުގެ ސަރަހައްދަށް ވަތް ދުޝްމަނުންގެ ހަނގުރާމަމަތީ ބޯޓަށް ވަނީ ހަމަލާދީފައެވެ.

އެ އިދާރާއިން ބުނި ގޮތުގައި، އީރާނުގެ ދެކުނު އައްސޭރިފަށުގެ ހޮރްމޫޒް ރަށުގެ ވައިގެ ސަރަހައްދަށް ހުއްދަނެތި ވަތް ދުޝްމަނުންގެ އެފް-15 މަރުކާގެ ބޯޓެއް ވަނީ ފާހަގަކުރެވިފައެވެ. އަދި އެއާއެކު އީރާނުގެ އަސްކަރިއްޔާގެ އެއަރ ޑިފެންސްގެ ބިމުން ވައިގެ ތެރެއަށް ފޮނުވާލާ މިސައިލް ސިސްޓަމްތަކުން އެ ބޯޓަށް އަމާޒުކޮށް މިސައިލް ހަމަލާއެއް ފޮނުވާލާފައިވާ ކަމަށް ވެސް އެ އިދާރާއިން ބުނެފައިވެއެވެ.

ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު، އިސްލާމީ އިންގިލާބުގެ ލީޑަރު އާޔަތުﷲ ސައްޔިދު އަލީ ޚާމަނާއީގެ އިތުރުން އަސްކަރިއްޔާގެ އިސް ކޮމާންޑަރުންތަކަކާއި އާންމު ރައްޔިތުންތަކެއް ޝަހީދު ކޮށްލުމަށް ފަހު، އެމެރިކާ އާއި އިޒްރޭލުން ވަނީ އެއްވެސް އުދުވާނަކާ ނުލައި އީރާނާ ދެކޮޅަށް ފުޅާދާއިރާއެއްގައި އަސްކަރީ ކެމްޕޭނެއް ފަށާފައެވެ.

އެމެރިކާ އާއި އިޒްރޭލުން ދެމުންދާ މި ހަމަލާތަކުގައި އީރާނުގެ އެކި ސަރަހައްދުތަކުގައި ހުރި އަސްކަރީ މަރުކަޒުތަކަށާއި އާންމުން ދިރިއުޅޭ ތަންތަނަށް ވައިގެ މަގުން ގިނަ ހަމަލާތަކެއް ދީފައިވާއިރު، މި ހަމަލާތަކުގެ ސަބަބުން ގިނަ ބަޔަކު މަރުވެ، ގައުމުގެ އުމްރާނީ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.

މި ހަމަލާތަކުގެ ރައްދުގައި އީރާނުގެ ސަފުތަކުން ވަނީ ބަދަލުހިފުމުގެ އޮޕަރޭޝަންތަކެއް ފަށާފައެވެ. އެގޮތުން އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި ހުރި މަރުކަޒުތަކަށާއި ސަރަހައްދީ ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް އީރާނުން ދަނީ ގިނަ އަދަދެއްގެ މިސައިލާއި ޑްރޯން ހަމަލާތައް ދެމުންނެވެ.

އީރާންއީރާން-ޔޫއެސްއޭ-އިޒްރޭލްއެފް-16

ކޮމެންޓް

އިތުރަށް ކިޔާލަން

އީރާނާ ދެކޮޅަށް ހިންގާ އަސްކަރީ އޮޕަރޭޝަންތަކުގައި ބޭނުންކުރާ އެމެރިކާގެ މަނަވަރުތަކުގެ މިސައިލް ސްޓޮކް ވަރަށް ބޮޑަށް މަދުވެ، ހަތިޔާރު ހުސްވުމުގެ މައްސަލަ ވަނީ ކުރިމަތިވެފައި

އީރާނާ ދެކޮޅަށް ހިންގާ އަސްކަރީ އޮޕަރޭޝަންތަކުގައި ބޭނުންކުރާ އެމެރިކާގެ މަނަވަރުތަކުގެ މިސައިލް ސްޓޮކް ވަރަށް ބޮޑަށް މަދުވެ، ހަތިޔާރު ހުސްވުމުގެ މައްސަލަ ވަނީ ކުރިމަތިވެފައި

23 މާރިޗު 2026
ޓްރަމްޕްގެ 'ބޯހަމަނުޖެހޭ އިންޒާރުތަކަށް' އީރާނުން ރައްދުދޭނީ ހަނގުރާމައިގެ މައިދާނުގައި: ޕެޒެޝްކިއާން

ޓްރަމްޕްގެ 'ބޯހަމަނުޖެހޭ އިންޒާރުތަކަށް' އީރާނުން ރައްދުދޭނީ ހަނގުރާމައިގެ މައިދާނުގައި: ޕެޒެޝްކިއާން

23 މާރިޗު 2026
އިނގިރޭސިވިލާތަށް ހަމަލާ ދެވޭ ފެންވަރުގެ މިސައިލް އީރާން އަތުގައި ހުރި ކަމުގެ އިންޒާރު، ބޮޑު ވަޒީރު ސްޓާމާ އަށް ދީފި

އިނގިރޭސިވިލާތަށް ހަމަލާ ދެވޭ ފެންވަރުގެ މިސައިލް އީރާން އަތުގައި ހުރި ކަމުގެ އިންޒާރު، ބޮޑު ވަޒީރު ސްޓާމާ އަށް ދީފި

22 މާރިޗު 2026
ޑިއޭގޯ ގާސިއާ އަށް އަމާޒުކޮށް ހަމަލާ ނުދޭ ކަމަށް އީރާން އިން ބުނެފި

ޑިއޭގޯ ގާސިއާ އަށް އަމާޒުކޮށް ހަމަލާ ނުދޭ ކަމަށް އީރާން އިން ބުނެފި

22 މާރިޗު 2026
އީރާނުން އިޒްރޭލުގެ ތިންވަނަ އެފް-16 ޖެޓް ވައްޓާލައިފި

އީރާނުން އިޒްރޭލުގެ ތިންވަނަ އެފް-16 ޖެޓް ވައްޓާލައިފި

22 މާރިޗު 2026

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު