Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އީރާން އިން އިނގިރޭސިވިލާތަށް ހަމަލާއެއް ދީފާނެ ކަމުގެ އެއްވެސް ހެއްކެއް ނެތް: ބޮޑު ވަޒީރު ސްޓާމާ

23 މާރިޗު 2026 | ހޯމަ 12:57

ހޯމަ ދުވަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ބޮޑު ވަޒީރު ސްޓާމާ ވިދާޅުވީ، ޤައުމުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި އަބަދު ވެސް ކަންކަން ދިރާސާކޮށް، އަދި އެސެސްމެންޓުތައް ހަދަމުންދާ ކަމަށް. ނަމަވެސް، އިނގިރޭސިވިލާތަށް އަމާޒުކޮށް އީރާން އިން ހަމަލާއެއް ދޭން އުޅޭ ކަމުގެ އެއްވެސް އިޝާރާތެއް އަދި އެފަދަ އެސެސްމެންޓެއް މިހާތަނަށް ފެނިފައި ނުވާ ކަމަށް ބޮޑު ވަޒީރު ވަނީ ތަކުރާރުކޮށް ވިދާޅުވެފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 23 މާރިޗު 2026 | ހޯމަ 12:57
އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ

އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ | ގެޓީ އިމޭޖަސް

އިނގިރޭސިވިލާތަށް، ނުވަތަ އެ ޤައުމުގެ މައި އެއްވެސް ސަރަހައްދަކަށް އަމާޒުކޮށް އީރާން އިން ހަމަލާއެއް ދޭން އުޅޭ ކަމުގެ އެއްވެސް ހެއްކެއް ނުވަތަ އެފަދަ އެއްވެސް އެސެސްމަންޓެއް މިހާތަނަށް ލިބިފައި ނުވާ ކަމަށް، އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ ވިދާޅުވެއްޖެ އެވެ. 

ބޮޑު ވަޒީރު ސްޓާމާާ މިހެން ވިދާޅުވީ، އިންޑިއާ ކަނޑުގައި އޮންނަ އިނގިރޭސިވިލާތާއި، އެމެރިކާގެ އަސްކަރީ މަރުކަޒެއް ކަމަށްވާ ޑިއޭގޯ ގާސިއާ އަށް އީރާނުން ބެލިސްޓިކް ދެ މިސައިލް ފޮނުވާލި ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ނޫސްވެރިން ކުރި ސުވާލު ތަކަށް ޖަވާބު ދެއްވަމުންނެވެ. 

ހޯމަ ދުވަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ބޮޑު ވަޒީރު ސްޓާމާ ވިދާޅުވީ، ޤައުމުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި އަބަދު ވެސް ކަންކަން ދިރާސާކޮށް، އަދި އެސެސްމެންޓުތައް ހަދަމުންދާ ކަމަށެވެ. ނަމަވެސް، އިނގިރޭސިވިލާތަށް އަމާޒުކޮށް އީރާން އިން ހަމަލާއެއް ދޭން އުޅޭ ކަމުގެ އެއްވެސް އިޝާރާތެއް އަދި އެފަދަ އެސެސްމެންޓެއް މިހާތަނަށް ފެނިފައި ނުވާ ކަމަށް ބޮޑު ވަޒީރު ވަނީ ތަކުރާރުކޮށް ވިދާޅުވެފަ އެވެ. 

މީގެ އިތުރުން ހޮރްމޫޒް ކަނޑު އޮޅި އަލުން ހުޅުވާލުމަށް ކުރެވޭ ކޮންމެ މަސައްކަތަކީ ވަރަށް ބޮޑަށް ވިސްނައި އަދި ހަރުދަނާ ރޭވުމެއްގެ ދަށުން ކުރަން ޖެހޭ ކަމެއް ކަމަށް ވެސް ބޮޑު ވަޒީރު ސްޓާމާ ފާހަގަ ކުރެއްވި އެވެ. އެގޮތުން ބޮޑު ވަޒީރު ސްޓާމާ ވިދާޅުވީ މިވަގުތު އެންމެ އިސްކަމެއް ދެއްވަނީ އިނގިރޭސިވިލާތުގެ މަސްލަޙަތު ހިމާޔަތް ކުރުމަށާއި، ސަރަހައްދީ މަސްރަހު ފިނި ކުރުމަށް ކަަމަށެވެ. 

މިދިޔަ ހަފުތާ ބަންދުގައި ބައިނަލްއަޤުވާމީ މީޑިއާ ތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، އީރާނުން ވަނީ ޑިއޭގޯ ގާސިއާގައި ހުންނަ އަސްކަރީ މަރުކަޒަށް އަމާޒުކޮށް ދެ މިސައިލް ފޮނުވާލައިފަ އެވެ. މި ހާދިސާއާ ގުޅިގެން އިނގިރޭސިވިލާތުގެ ސަލާމަތީ ކަންކަމާ މެދު ސުވާލު އުފެދިފައި ވީ ނަަމަވެސް، އެ ޤައުމުގެ ސަރުކާރުން ބުނަމުން ދަނީ ޙާލަތު ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ. 

ބޮޑު ވަޒީރު ސްޓާމާގެ ވާހަކަފުޅުގައި ބާރު އެޅުއްވީ، މެދު އިރުމަތީގެ މަސްރަހު ނުތަނަވަސްވެފައިވާ މި ދަނޑި ވަޅުގައި، އިނގިރޭސިވިލާތުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތް ތަކެއް ކުރަމުންދާ ކަމަށެވެ. އަދި ބައިނަލްއަޤުވާމީ މުޖުތަމައުއާ ގުޅިގެން ހަމަ ނުޖެހުންތައް ކުޑަ ކުރުމަށް މަސައްކަތް ކުރައްވާ ކަމުގެ ޔަޤީންކަން ވެސް އެމަނިކުފާނު ވަނީ ދެއްވައިފަ އެވެ. 

މަސްދަރު: ރޮއިޓާސް

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ ކީ ސްޓާމާ (އިނގިރޭސި ބޮޑު ވަޒީރު)އީރާން-ޔޫކޭ

އިތުރަށް ކިޔާލަން

23 މާރިޗު 2026

ޓްރަމްޕްގެ މަންދޫބު ސާޖިއޯގެ ދަތުރު ރާއްޖެ އިން ސިއްރު ކޮށްގެން އުޅުމަށް ފަހު، ނޫސްވެރިން ސުވާލު ކުރުމުން ރާއްޖޭގައި އޭނާ ހުންނެވި ކަަމަށް ސަރުކާރުން އެއްބަސްވެއްޖެ

23 މާރިޗު 2026
ޓްރަމްޕްގެ މަންދޫބު ސާޖިއޯގެ ދަތުރު ރާއްޖެ އިން ސިއްރު ކޮށްގެން އުޅުމަށް ފަހު، ނޫސްވެރިން ސުވާލު ކުރުމުން ރާއްޖޭގައި އޭނާ ހުންނެވި ކަަމަށް ސަރުކާރުން އެއްބަސްވެއްޖެ
23 މާރިޗު 2026

އެމެރިކާގެ އަސްކަރީ ބޭސް ތަކަށް އީރާން އިން ހަމަލާ ދޭތީ ކަންބޮޑުވާ މޭރުމަކުން ރައީސް މުޢިއްޒު ވާހަކަ ދައްކަވައިފި

23 މާރިޗު 2026
އެމެރިކާގެ އަސްކަރީ ބޭސް ތަކަށް އީރާން އިން ހަމަލާ ދޭތީ ކަންބޮޑުވާ މޭރުމަކުން ރައީސް މުޢިއްޒު ވާހަކަ ދައްކަވައިފި
23 މާރިޗު 2026

ހަނގުރާމައިގެ ސަބަބުން ހަކަތައިގެ 40 ވަސީލަތަކަށް ގެއްލުން ލިބިފައިވާ ކަމަށް ހާމަ ކޮށްފި

23 މާރިޗު 2026
ހަނގުރާމައިގެ ސަބަބުން ހަކަތައިގެ 40 ވަސީލަތަކަށް ގެއްލުން ލިބިފައިވާ ކަމަށް ހާމަ ކޮށްފި
23 މާރިޗު 2026

އީރާންގެ ވަރުގަދަ އިންޒާރެއް އެމެރިކާ އަށް

23 މާރިޗު 2026
އީރާންގެ ވަރުގަދަ އިންޒާރެއް އެމެރިކާ އަށް
23 މާރިޗު 2026

ހަނގުރާމައިގައި ހަމަލާ ދިނުމަށް ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުން ކުރުމުގެ ހުއްދަ އަށް އެދުނު ޤައުމުގެ ނަން ރައީސް އަށް އެނގިވަޑައި ނުގަންނަވާ

23 މާރިޗު 2026
ހަނގުރާމައިގައި ހަމަލާ ދިނުމަށް ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުން ކުރުމުގެ ހުއްދަ އަށް އެދުނު ޤައުމުގެ ނަން ރައީސް އަށް އެނގިވަޑައި ނުގަންނަވާ
23 މާރިޗު 2026

އީރާނުން އިޒްރޭލުގެ އަސްކަރީ މަރުކަޒުތަކަށާއި ސައުދީ އަރަބިއްޔާގައި ހުންނަ އެމެރިކާގެ ޕްރިންސް ސުލްތާން އެއާ ބޭސްއަށް ވަރުގަދަ ހަމަލާތަކެއް ދީފި

23 މާރިޗު 2026
އީރާނުން އިޒްރޭލުގެ އަސްކަރީ މަރުކަޒުތަކަށާއި ސައުދީ އަރަބިއްޔާގައި ހުންނަ އެމެރިކާގެ ޕްރިންސް ސުލްތާން އެއާ ބޭސްއަށް ވަރުގަދަ ހަމަލާތަކެއް ދީފި
22 މާރިޗު 2026

އިނގިރޭސިވިލާތަށް ހަމަލާ ދެވޭ ފެންވަރުގެ މިސައިލް އީރާން އަތުގައި ހުރި ކަމުގެ އިންޒާރު، ބޮޑު ވަޒީރު ސްޓާމާ އަށް ދީފި

22 މާރިޗު 2026
އިނގިރޭސިވިލާތަށް ހަމަލާ ދެވޭ ފެންވަރުގެ މިސައިލް އީރާން އަތުގައި ހުރި ކަމުގެ އިންޒާރު، ބޮޑު ވަޒީރު ސްޓާމާ އަށް ދީފި
22 މާރިޗު 2026

ޓްރަމްޕް އަކީ އަމިއްލަ އަށް ވާހަކަ ދެއްކޭނެ މީހެއް، އަހަރަމެން ޖަވާބު ދޭކަށް ނުޖެހޭނެ: އިނގިރޭސިވިލާތުގެ ހައުސިން ސެކްރެޓަރީ

22 މާރިޗު 2026
ޓްރަމްޕް އަކީ އަމިއްލަ އަށް ވާހަކަ ދެއްކޭނެ މީހެއް، އަހަރަމެން ޖަވާބު ދޭކަށް ނުޖެހޭނެ: އިނގިރޭސިވިލާތުގެ ހައުސިން ސެކްރެޓަރީ
22 މާރިޗު 2026

ޑިއޭގޯ ގާސިއާ އަށް އަމާޒުކޮށް ހަމަލާ ނުދޭ ކަމަށް އީރާން އިން ބުނެފި

22 މާރިޗު 2026
ޑިއޭގޯ ގާސިއާ އަށް އަމާޒުކޮށް ހަމަލާ ނުދޭ ކަމަށް އީރާން އިން ބުނެފި
22 މާރިޗު 2026

ހަނގުރާމަ ހުއްޓުމަކަށް އަތުވެއްޖެ ނަމަ، ހޮރްމޫޒް ކަނޑު އޮޅިން ބޮން ހުސް ކުރަން ސިފައިން ފޮނުވުމަށް ޖަޕާން އިން ވިސްނާނެ

22 މާރިޗު 2026
ހަނގުރާމަ ހުއްޓުމަކަށް އަތުވެއްޖެ ނަމަ، ހޮރްމޫޒް ކަނޑު އޮޅިން ބޮން ހުސް ކުރަން ސިފައިން ފޮނުވުމަށް ޖަޕާން އިން ވިސްނާނެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް