Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

އީރާންގެ ވަރުގަދަ އިންޒާރެއް އެމެރިކާ އަށް

އީރާން އިން ރައްދު ދޭނީ ކުރިމަތިވާ ނުރައްކަލާ އެއްވަރުގެ ހަމަލާ ތަކުން ކަމަށާއި، ކަރަންޓުގެ ނިޒާމަށް ހަމަލާ ދީފި ނަމަ ރައްދުގައި ހަމަލާ ދޭނީ ވެސް ކަަރަންޓުގެ ނިޒާމަށް ކަމަށް ބަޔާނުގައި ވަނީ ބުނެފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 23 މާރިޗު 2026 | ހޯމަ 09:08
އީރާނުގެ މަގު މަތީގައި އެ ގައުމުގެ މިސައިލްތަކުގެ ނުރައްކާތެރިކަން ދައްކާލުމުގެ ގޮތުން ބަހައްޓާފައިވާ ނަމޫނާ މިސައިލް ތަކެއް

އީރާނުގެ މަގު މަތީގައި އެ ގައުމުގެ މިސައިލްތަކުގެ ނުރައްކާތެރިކަން ދައްކާލުމުގެ ގޮތުން ބަހައްޓާފައިވާ ނަމޫނާ މިސައިލް ތަކެއް | ރޮއިޓާސް

އީރާންގެ ކަރަންޓު އުފައްދާ ނިޒާމު އެއްކޮށް ސުންނާފަތި ކޮށްލާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޒާރު ދެއްވާފައިވާއިރު، އެކަމާ ގުޅިގެން އީރާން އިން ވެސް ވަރުގަދަ އިންޒާރެއް ދީފި އެވެ.

އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން ހޯމަ ދުވަހު ވަނީ، އިޒްރޭލް އާއި އެމެރިކާގެ އަސްކަރީ މަރުކަޒު ތަަކަށް ކަަރަންޓު ފޯރުކޮށްދޭ ތަންތަނަށް ހަމަލާ ދޭނެ ކަމުގެ ވަރުގަދަ އިންޒާރެއް ދީފަ އެވެ. 

އީރާންގެ ދައުލަތުގެ މީޑިއާ މެދުވެރިކޮށް އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ، އެމެރިކާގެ ރައީސް އަކީ އިތުރުފުޅު ހައްދަވާ ބޭފުޅެއް ކަމަށާއި، އީރާން އިން ސަރަަހައްދީ ޤައުމު ތަކުގެ ފެން ސާފު ކުރާ ނިޒާމު ތަކަށް ހަމަލާ ދޭން އުޅޭ ކަމަށް ވިދާޅުވެ ޓްރަމްޕް ދައްކަވަނީ ދޮގު ވާހަކަ ތަަކެއް ކަމަށެވެ. އަދި އީރާން އިން ރައްދު ދޭނީ ކުރިމަތިވާ ނުރައްކަލާ އެއްވަރުގެ ހަމަލާ ތަކުން ކަމަށާއި، ކަރަންޓުގެ ނިޒާމަށް ހަމަލާ ދީފި ނަމަ ރައްދުގައި ހަމަލާ ދޭނީ ވެސް ކަަރަންޓުގެ ނިޒާމަށް ކަމަށް ބަޔާނުގައި ވަނީ ބުނެފަ އެވެ. 

 މި ނުތަނަވަސްކަން ބޮޑުވެފައި ވަނީ، 48 ގަޑިއިރުގެ ތެރޭގައި ހޮރްމޫޒް ކަނޑު އޮޅިން އެއްކޮށް ހުޅުވައި ނުލައިފި ނަމަ، އީރާންގެ ކަރަންޓު އުފައްދާ މަރުކަޒުތައް ހަލާކު ކޮށްލާނެ ކަމަށް ވިދާޅުވެ ޓްރަމްޕް އިންޒާރު ދެއްވުމުންނެވެ. އެ އިންޒާރުގެ ވަގުތު ހަމަވާނީ ހޯމަ ދުވަހުގެ ރެޔަށެވެ. 

އީރާން އިން ރައްދުގައި އެމެރިކާ އަށް އިންޒާރު ދީފައިވާއިރު، އީރާން އިން އަންނަނީ ރައްދުގައި ދެމުން އަންނަ ހަމަލާތައް ވެސް ވަރުގަދަ ކުރަމުންނެވެ. އެމެރިކާ އާއި އިޒްރޭލް އިން ދެމުން އަންނަ ހަމަލާ ތަކުގެ ސަބަބުން، އީރާންގެ މިސައިލް ޤާބިލުކަން ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށް ބުނެފައި ވީ ނަމަވެސް، އީރާން އިން ދަނީ އަދި ވެސް ވަރުގަދަ ރައްދު ހަމަލާ ތަކެއް ދެމުންނެވެ. 

އެމެރިކާ އާއި އިޒްރޭލް އިން އީރާންއާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން، އީރާން އިން ވަނީ ހޮރްމޫޒް ކަނޑު އޮޅިން ދަތުރު ކުރުން މަނާ ކޮށްފަ އެވެ. ނަމަވެސް، އީރާން އިން ބުނެފައި ވަނީ އެ ކަނޑު އޮޅި ބަންދު ކޮށްފައި ވަނީ އެމެރިކާ އާއި އިޒްރޭލްގެ އިތުރުން، އެ ޤައުމު ތަކުގެ ބައިވެރިންނަށް ކަމަށެވެ. އަދި އެހެން ޤައުމު ތަކަށް ހޮރްމޫޒް ކަނޑު އޮޅިން ދަތުރު ކުރެވޭނެ ކަމަށް އީރާން އިން ބުނެފައިވެ އެވެ.

މަސްދަރު: އަލް އަރަބިއްޔާ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް

ކޮމެންޓް

އިތުރަށް ކިޔާލަން

ހަނގުރާމައިގައި ހަމަލާ ދިނުމަށް ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުން ކުރުމުގެ ހުއްދަ އަށް އެދުނު ޤައުމުގެ ނަން ރައީސް އަށް އެނގިވަޑައި ނުގަންނަވާ

ހަނގުރާމައިގައި ހަމަލާ ދިނުމަށް ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުން ކުރުމުގެ ހުއްދަ އަށް އެދުނު ޤައުމުގެ ނަން ރައީސް އަށް އެނގިވަޑައި ނުގަންނަވާ

23 މާރިޗު 2026
އީރާނުން އިޒްރޭލުގެ އަސްކަރީ މަރުކަޒުތަކަށާއި ސައުދީ އަރަބިއްޔާގައި ހުންނަ އެމެރިކާގެ ޕްރިންސް ސުލްތާން އެއާ ބޭސްއަށް ވަރުގަދަ ހަމަލާތަކެއް ދީފި

އީރާނުން އިޒްރޭލުގެ އަސްކަރީ މަރުކަޒުތަކަށާއި ސައުދީ އަރަބިއްޔާގައި ހުންނަ އެމެރިކާގެ ޕްރިންސް ސުލްތާން އެއާ ބޭސްއަށް ވަރުގަދަ ހަމަލާތަކެއް ދީފި

23 މާރިޗު 2026
އިނގިރޭސިވިލާތަށް ހަމަލާ ދެވޭ ފެންވަރުގެ މިސައިލް އީރާން އަތުގައި ހުރި ކަމުގެ އިންޒާރު، ބޮޑު ވަޒީރު ސްޓާމާ އަށް ދީފި

އިނގިރޭސިވިލާތަށް ހަމަލާ ދެވޭ ފެންވަރުގެ މިސައިލް އީރާން އަތުގައި ހުރި ކަމުގެ އިންޒާރު، ބޮޑު ވަޒީރު ސްޓާމާ އަށް ދީފި

22 މާރިޗު 2026
ޓްރަމްޕް އަކީ އަމިއްލަ އަށް ވާހަކަ ދެއްކޭނެ މީހެއް، އަހަރަމެން ޖަވާބު ދޭކަށް ނުޖެހޭނެ: އިނގިރޭސިވިލާތުގެ ހައުސިން ސެކްރެޓަރީ

ޓްރަމްޕް އަކީ އަމިއްލަ އަށް ވާހަކަ ދެއްކޭނެ މީހެއް، އަހަރަމެން ޖަވާބު ދޭކަށް ނުޖެހޭނެ: އިނގިރޭސިވިލާތުގެ ހައުސިން ސެކްރެޓަރީ

22 މާރިޗު 2026
ޑިއޭގޯ ގާސިއާ އަށް އަމާޒުކޮށް ހަމަލާ ނުދޭ ކަމަށް އީރާން އިން ބުނެފި

ޑިއޭގޯ ގާސިއާ އަށް އަމާޒުކޮށް ހަމަލާ ނުދޭ ކަމަށް އީރާން އިން ބުނެފި

22 މާރިޗު 2026

އަހަރުތަކުން މިއަދު

12 އެޕްރީލު
ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ
20251 އަހަރު ކުރިން
ރާއްޖެ

ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި
20242 އަހަރު ކުރިން
ރާއްޖެ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި
20233 އަހަރު ކުރިން
ކުޅިވަރު

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ
20224 އަހަރު ކުރިން
ރާއްޖެ

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!
20197 އަހަރު ކުރިން
ރާއްޖެ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް
20188 އަހަރު ކުރިން
ތަފާތު ޚަބަރު

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު