Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

އީރާނުން އިޒްރޭލުގެ އަސްކަރީ މަރުކަޒުތަކަށާއި ސައުދީ އަރަބިއްޔާގައި ހުންނަ އެމެރިކާގެ ޕްރިންސް ސުލްތާން އެއާ ބޭސްއަށް ވަރުގަދަ ހަމަލާތަކެއް ދީފި

އީރާނުގެ އިސް އޮފިޝަލުން ޝަހީދުކޮށްލުމުގެ ބަދަލުހިފުމުގެ ގޮތުން ދިން މި ހަމަލާތަކުގައި ދުޝްމަނުންގެ އަމާޒުތަކަށް ސީދާ ހަމަލާ އަރާފައިވާ ކަމަށާއި، އެމެރިކާއާއި އިޒްރޭލުގެ ހުރިހާ ހަރަކާތްތަކެއް ވަރަށް ގާތުން ބަލަމުންދާނެ ކަމަށް އައިއާރުޖީސީން ވަނީ ބުނެފައި. މި އޮޕަރޭޝަނަކީ އީރާނުގެ އިސްތިގުލާލު ދިފާއުކުރުމަށާއި ސަރަހައްދީ އުދުވާންތަކަށް ރައްދު ދިނުމަށް ކުރިއަށްގެންދާ ދެމެހެއްޓެނިވި މަސައްކަތެއްގެ ބައެއް ކަމަށްވެސް އެ ފައުޖުން ހާމަކުރޭ.

ރާއްޖެ އެމްވީ | 23 މާރިޗު 2026 | ހޯމަ 01:21
އިޒްރޭލުން އިސްތިއުމާރުކޮށްފައިވާ ފަލަސްތީނުގެ ބިންތަކަށް އީރާނުން ދިން މިސައިލް ހަމަލާތަކުގެ ސަބަބުން އިމާރާތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި.

އިޒްރޭލުން އިސްތިއުމާރުކޮށްފައިވާ ފަލަސްތީނުގެ ބިންތަކަށް އީރާނުން ދިން މިސައިލް ހަމަލާތަކުގެ ސަބަބުން އިމާރާތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި. | ޕްރެސްޓީވީ

އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން އިޒްރޭލުގެ އަސްކަރީ މަރުކަޒުތަކަށާއި ސައުދީ އަރަބިއްޔާގައި ހުންނަ އެމެރިކާގެ ޕްރިންސް ސުލްތާން އެއާ ބޭސްއަށް ވަރުގަދަ ހަމަލާތަކެއް ދީފިއެވެ. ޝަހީދުކޮށްލާފައިވާ އީރާނުގެ ކޮމާންޑަރުންގެ ބަދަލުހިފުމުގެ ގޮތުންނާއި، ޒަޔަނިސްޓުންނާއި އެމެރިކާގެ އުދުވާންތަކަށް ރައްދު ދިނުމުގެ ގޮތުން "އޮޕަރޭޝަން ޓްރޫ ޕްރޮމިސް 4" ގެ ދަށުން ކުރިއަށްގެންދާ މި ހަމަލާތަކަކީ "އޯ ފާތިމާ އަލް-ޒަހްރާ" ގެ ނަމުގައި ކުރިއަށްގެންދިޔަ 75 ވަނަ ފިޔަވައްސެވެ.

އާދީއްތަ ދުވަހުގެ ރޭ އައިއާރުޖީސީން ނެރުނު ރަސްމީ ބަޔާނެއްގައި ބުނެފައިވަނީ، މި ފަހަރުގެ ހަމަލާތައް އަމާޒުކޮށްފައިވަނީ ޝަހީދުކޮށްލާފައިވާ އައިއާރުޖީސީގެ ތަރުޖަމާނު ބްރިގޭޑިއާ ޖެނެރަލް އަލީ މުހައްމަދު ނައީނީ އާއި، ޝަހީދުކޮށްލާފައިވާ އިންޓެލިޖެންސް މިނިސްޓަރު ހުއްޖަތުލްއިސްލާމް އިސްމާއީލް ޚަތީބް ފަދަ ބޭފުޅުންގެ ހަނދާނުގައި ކަމަށެވެ.

އައިއާރުޖީސީގެ އޮޕަރޭޝަނަލް އިންޓެލިޖެންސް ޔުނިޓްތަކުން ހޯދި ސައްހަ މައުލޫމާތުގެ މައްޗަށް ބިނާކޮށް، އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ އެކި ސަރަހައްދުތަކުގައި އަލަށް ގާއިމުކޮށްފައިވާ އަސްކަރީ މަރުކަޒުތަކަށާއި އިޒްރޭލު ސިފައިން ފިލައިގެން ތިބި ތަންތަނަށް މި އޮޕަރޭޝަނުގައި ވަނީ ހަމަލާދީފައެވެ.

މީގެ އިތުރުން، އީރާނާ ދެކޮޅަށް އެމެރިކާއިން ހިންގާ ވައިގެ އޮޕަރޭޝަންތަކާއި އަސްކަރީ ހަރަކާތްތަކުގެ މައި މަރުކަޒެއް ކަމަށްވާ ސައުދީ އަރަބިއްޔާގެ އަލް-ޚަރްޖްގައި ހުންނަ ޕްރިންސް ސުލްތާން އެއާ ބޭސްއަށް ވެސް އައިއާރުޖީސީން ވަނީ ހަމަލާދީފައެވެ. މި ހަމަލާތައް ދިނުމަށް ބޭނުންކޮށްފައިވަނީ އެންމެ ޒަމާނީ ބެލިސްޓިކް މިސައިލްތަކެވެ.

އައިއާރުޖީސީން ވަނީ ޒަޔަނިސްޓު އިޒްރޭލާއި އެމެރިކާގެ ޓެރަރިސްޓް ފައުޖުތަކަށް ވަރުގަދަ އިންޒާރެއް ދީފައެވެ. އެގޮތުން އެ ފައުޖުތަކުގެ ހުރިހާ ހަރަކާތްތަކެއް އައިއާރުޖީސީގެ އިންޓެލިޖެންސް ނިޒާމުގެ ދަށުން މެދުނުކެނޑި ބަލަމުންދާނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

އަރާދު ފަދަ އާންމުން ދިރިއުޅޭ ސަރަހައްދުތަކުގައި ސިފައިން ފޮރުވިގެން ތިބި ނަމަވެސް، އެމީހުންނަށް އެއްވެސް ރައްކާތެރިކަމެއް ނުލިބޭނެ ކަމަށް އައިއާރުޖީސީން ބުންޏެވެ.

"އާންމުން ދިރިއުޅޭ ރަށްތަކުގައި ސިފައިން ފިލައި ތިބުމަކީ އެމީހުންގެ ފުރާނަ ސަލާމަތް ކުރެވޭނެ ކަމެއް ނޫން، ސަބަބަކީ އައިއާރުޖީސީގެ އިންޓެލިޖެންސް ގާބިލުކަން މާ މަތީގައި ހުރުން،" ކަމަށް ބުނެފައިވެއެވެ. އަދި ކުރިމަތިވާ ކޮންމެ އުދުވާނަކަށް ދޭ ރައްދު ހަމަލާތަކަކީ ސީދާ އަމާޒަށް އަރާނެ، ހުއްޓުވޭނެ ހަމަލާތަކެއް ނޫން ކަމަށް ވެސް ބުނެފައިވެއެވެ.

އޮޕަރޭޝަން ޓްރޫ ޕްރޮމިސް 4 އަކީ އީރާނުގެ އިސްތިގުލާލު ދިފާއުކުރުމަށާއި، "އެކްސިސް އޮފް ރެސިސްޓެންސް" އަށް އެހީތެރިވުމަށް ކުރިއަށްގެންދާ ދެމެހެއްޓެނިވި ހަރަކާތެކެވެ. މިއީ އިޒްރޭލާއި އެމެރިކާއިން ސަރަހައްދީ ގައުމުތަކަށާއި އީރާނަށް ދެމުންދާ ހަމަލާތަކާއި ހިންގަމުންދާ ޖަރީމާތަކުގެ ބަދަލުހިފުމުގެ ގޮތުން ހިންގާ އޮޕަރޭޝަނެކެވެ.

އައިއާރުޖީސީން ވަނީ އެ ޖަމާއަތުގެ އަސްކަރީ ގާބިލުކަން ދަމަހައްޓާނެ ކަމަށް ބުނެ، އުދުވާން ހިންގާ ފަރާތްތަކަށް ފިލައިގެން ތިބެވޭނެ އެއްވެސް ތަނެއް ނުވަތަ ރައްކާތެރިކަމެއް ނޯންނާނެ ކަމަށް ތަކުރާރުކޮށް ބުނެފައެވެ.

އެމެރިކާއާއި އިޒްރޭލުން ގުޅިގެން އީރާނާ ދެކޮޅަށް ހިންގާ ޖަރީމާތައް ފަށާފައިވަނީ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އީރާނުގެ އިސް އޮފިޝަލުންނާއި ކޮމާންޑަރުން ޝަހީދުކޮށްލުމަށް ދިން ވައިގެ ހަމަލާތަކާ އެކުގައެވެ.

މީގެ ރައްދުގައި އީރާނުގެ ހަތިޔާރު އެޅި ފައުޖުތަކުން ދަނީ ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އިޒްރޭލުން ހިފާފައިވާ ބިންތަކަށާއި، ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް މިސައިލާއި ޑްރޯން ހަމަލާތައް ދެމުންނެވެ.

އީރާނުން މި ހަމަލާތައް ދެމުންދަނީ "ލޮލަކަށް ލޮލެއް" ގެ އުސޫލުން ބަދަލުހިފުމުގެ ގޮތުން ކަމަށާއި، މި ހަމަލާތަކުގެ ސަބަބުން ދުޝްމަނުންނަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް އެ ގައުމުން ބުނެއެވެ.

އައިއާރުޖީސީއީރާން-އިޒްރޭލްއީރާން-އެމެރިކާއޮޕަރޭޝަން ޓްރޫ ޕްރޮމިސްޕްރިންސް ސުލްޠާން އެއާބޭސްއީރާން-ޔޫއެސްއޭ-އިޒްރޭލް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އިރާނުގެ އަސްކަރިއްޔާއިން ބެލިސްޓިކް މިސައިލާއި ސުއިސައިޑް ޑްރޯން ބޭނުންކޮށްގެން، އެމެރިކާ އާއި އިޒްރޭލުގެ އަމާޒުތަކަށް ރައްދުގައި ދޭ ހަމަލާތަކުގެ އާ ބުރެއް ކުރިއަށް ގެންގޮސްފި

އިރާނުގެ އަސްކަރިއްޔާއިން ބެލިސްޓިކް މިސައިލާއި ސުއިސައިޑް ޑްރޯން ބޭނުންކޮށްގެން، އެމެރިކާ އާއި އިޒްރޭލުގެ އަމާޒުތަކަށް ރައްދުގައި ދޭ ހަމަލާތަކުގެ އާ ބުރެއް ކުރިއަށް ގެންގޮސްފި

23 މާރިޗު 2026
އީރާނުން އެފް-15 ހަނގުރާމަމަތީ ބޯޓަކަށް މިސައިލް ހަމަލާދީފި

އީރާނުން އެފް-15 ހަނގުރާމަމަތީ ބޯޓަކަށް މިސައިލް ހަމަލާދީފި

23 މާރިޗު 2026
އީރާނާ ދެކޮޅަށް ހިންގާ އަސްކަރީ އޮޕަރޭޝަންތަކުގައި ބޭނުންކުރާ އެމެރިކާގެ މަނަވަރުތަކުގެ މިސައިލް ސްޓޮކް ވަރަށް ބޮޑަށް މަދުވެ، ހަތިޔާރު ހުސްވުމުގެ މައްސަލަ ވަނީ ކުރިމަތިވެފައި

އީރާނާ ދެކޮޅަށް ހިންގާ އަސްކަރީ އޮޕަރޭޝަންތަކުގައި ބޭނުންކުރާ އެމެރިކާގެ މަނަވަރުތަކުގެ މިސައިލް ސްޓޮކް ވަރަށް ބޮޑަށް މަދުވެ، ހަތިޔާރު ހުސްވުމުގެ މައްސަލަ ވަނީ ކުރިމަތިވެފައި

23 މާރިޗު 2026
ޓްރަމްޕްގެ 'ބޯހަމަނުޖެހޭ އިންޒާރުތަކަށް' އީރާނުން ރައްދުދޭނީ ހަނގުރާމައިގެ މައިދާނުގައި: ޕެޒެޝްކިއާން

ޓްރަމްޕްގެ 'ބޯހަމަނުޖެހޭ އިންޒާރުތަކަށް' އީރާނުން ރައްދުދޭނީ ހަނގުރާމައިގެ މައިދާނުގައި: ޕެޒެޝްކިއާން

23 މާރިޗު 2026
ޓްރަމްޕް އަކީ އަމިއްލަ އަށް ވާހަކަ ދެއްކޭނެ މީހެއް، އަހަރަމެން ޖަވާބު ދޭކަށް ނުޖެހޭނެ: އިނގިރޭސިވިލާތުގެ ހައުސިން ސެކްރެޓަރީ

ޓްރަމްޕް އަކީ އަމިއްލަ އަށް ވާހަކަ ދެއްކޭނެ މީހެއް، އަހަރަމެން ޖަވާބު ދޭކަށް ނުޖެހޭނެ: އިނގިރޭސިވިލާތުގެ ހައުސިން ސެކްރެޓަރީ

22 މާރިޗު 2026

އަހަރުތަކުން މިއަދު

23 މާރިޗު
މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި
20251 އަހަރު ކުރިން
ރާއްޖެ

މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!
20242 އަހަރު ކުރިން
ރިޕޯޓު

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!
20233 އަހަރު ކުރިން
ރިޕޯޓު

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ
20224 އަހަރު ކުރިން
ރިޕޯޓު

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި
20215 އަހަރު ކުރިން
ދުނިޔެ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ
20197 އަހަރު ކުރިން
ރާއްޖެ

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު